ޚަބަރު / މާލެ ސިޓީ ކައުންސިލް

ކަދުރު ރުއްތަކާ އެކު ބޮޑުތަކުރުފާނުމަގުގެ މަންޒަރު ބަދަލުކޮށްލާނެ ގޮތް ދައްކާލައިފި

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ މަންޒަރުތައް ފެންނަ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.

އެ ކައުންސިލުން ކުރި ޓުވީޓެއްގައި، އެ މަގަށް ގެންނަން ނިންމާފައިވާ ބަދަލުތައް ފެންނަ ހަތަރު ފޮޓޯ އާންމުކޮށްފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

ބޮޑުތަކުރުފާނު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ދެކުނު ފަރާތުން، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް މިހާރު ހުރީ ކަދުރު ރުއް ވެސް އިންދައިފަ އެވެ. އަދި އެ ރުއްތަކުގެ ބުޑުގެ ވަށައިގެން، ތިރި ފާރެއް ރާނައި، ވެލި އަޅާފައިވެ އެވެ.

ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުގައިވާ ގޮތުން އެ ރުށްތަކުގެ ބުޑުގައި ރީތި މާގަސްތައް އިންދާނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

އެ ކައުންސިލުން ކުރިން ބުނި ގޮތުގައި އެ މަގުގައި ކަދުރު ރުއްތައް އިންދަން ނިންމީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށް ފަހުގަ އެވެ.

އެ މަސައްކަތަށް ކުރާ ހަރަދުގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު އެ ކަދުރު ރުއްތަކަކީ ކައުންސިލުން ބިޑަށް ހުޅުވާލައިގެން، ގަނެގެން ގެނައި ރުށްތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދަން ވެސް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން މި އަހަރު މެދުތެރޭގައި އަމީނީމަގުގައި އަނބުގަސްތަކެއް ވެސް އިންދި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކާނިވަލުގައި ގަސް ވިއްކާ ފިހާރައެއް ވެސް ހުޅުވައިފަ އެވެ.

49 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 6%
icon angry icon angry 34%
icon wow icon wow 3%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

08 November 2022

ބުޅަލުގެ ބަދަލުގަ ޖަމަލު ގެންގުޅެންވީ ނުން؟

The name is already taken The name is available. Register?

އަބްޑޫޅް

08 November 2022

ދިވެހި ރުއް ނުއިންދާ، އަރަބި ރުއް އިންދަނީ ދޯ؟ ކަދުރު ރުއް އައުޓު! ކަދުރު ރުއް އައުޓު!

The name is already taken The name is available. Register?

ނާލު

02 November 2022

ދިވެހި ގޮތްގަނޑު ގެއްލިއްޖެ.

The name is already taken The name is available. Register?

ޭއިނތު

02 November 2022

މަޢް އެންމެ ފަހުން މާލެ އެރެ ފަހަރުވެސް މި މަގެއް ނުދެކެމު. މިޔަ ކޮންފަރާތަކު އިން މަގެއް؟

The name is already taken The name is available. Register?

ުއަންނި

02 November 2022

މުއިއްޒުގެ ބޮޓުން ވަރަށްް ގިނަ ކޮމެންޓުގަ. ރަނގަޅު.

The name is already taken The name is available. Register?

އަސަދުﷲ

01 November 2022

ބޭރު މަގުގަ ނެތެއްނު މުއިއްޒު ކުރި ކަމެއް ނޫން އެހެން ކަމެއް ފެންނާކަށް. މުއިއްޒުގެ މަސައްކަތަށް 10/10 ހަމަ.

The name is already taken The name is available. Register?

ސަމާހް އަހްމަދް

01 November 2022

ހަގީގަތް ގަބޫލްކުރާ ކޮންމެ މީހަކަށް އެނގޭނެ މުއިޒް ލައްކަ ކަމެއް އެބަ ކޮށްދޭކަން. އެވެސް ސަރުކާރުގެ އެއްބާރުލުން ނެތި.

The name is already taken The name is available. Register?

ނަޒްމާ

01 November 2022

ހަސްބެންޑް އާ އެކީ ތާރު މަގުން ދާއިރު ހާދަ ހިތްހަމަ ޖެހެޔޭ މިހާރު. އަވަހަށް ތިބައިވެސް ނިންމާލާ. ޝުކުރިއްޔާ ކައުންސިލް

The name is already taken The name is available. Register?

ނަބީލް އަހްމަދު

01 November 2022

މާލޭގެ މަލަމަތި ހަމަ ރަނގަޅަށްވެސް މުއިއްޒު ރީތި ކޮށްފި. ތޭންކްސް

The name is already taken The name is available. Register?

ނާޝިދް އިބްރާހިން

01 November 2022

މިހާރުވެސް ދުއްވާލަން ދާއިރު ހީވަނީ ދުބާއީ ހެން. ވަރަށް ފައްކާ ކަދުރު ރުއް އިންދާފަ ހުރި ލެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454