ގދ. ތިނަދޫ: އެރަށު މީހަކު ގޯއްޗަށް އެދި ހުށަހެޅި ފޯމެއް ބަދަލުކޮށްގެން އެހެން މީހަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ އަމުރުކޮށްފައި
01 ނޮވެމްބަރ 2022 - 16:36
ގދ. ތިނަދޫން ގޯއްޗަށް އެދި މީހަކު ހުށަހެޅި ފޯމެއްގައި ޓިޕެކްސް ޖަހައިގެން ބަދަލު ގެނެސް، އެހެން މީހަކަށް އެ ގޯތި ދިން ކަމަށް ބުނާ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ތިނަދޫން 2011 ވަނަ އަހަރު ގޯއްޗަށް ކުރިމަތިލާން އެރަށު އަންހެނަކު ހުށަހެޅި ފޯމެއްގައި ޓިޕެކްސް ބަދަލު ކުރުމަށް ފަހު، އެ ފޯމުގައި އޮތް ނަން އޭރުގެ ކައުންސިލް މެމްބަރަކު ބަދަލުކޮށް، އެހެން މީހަކަށް ގޯތި ދިން ކަމަށް ބުނެ ގޯތި ހޯދަން އަންހެން މީހާ ދައުވާ ކުރި އެވެ. އެ ރަށު ކޯޓުން ނިންމީ އޭނާއާ ދެކޮޅަށެވެ.
ފޯމުގެ ނަން ބަދަލު ކުރުމަށް ފަހު، ގޯތި ދިނީ ކައުންސިލްގެ އޭރު މެމްބަރެއްގެ އާއިލާ މީހަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކައުންސިލަރަށް ދައުވާކުރަން ޕީޖީއަށް އޭރު ފޮނުވި އެވެ. އެކަމަކު ޕީޖީން ނިންމާފައި އޮތީ ދައުވާ ނުކުރުމަށެވެ.
ގޯތި ހޯދަން އަންހެން މީހާ ތިނަދޫ ކައުންސިލާ ދެކޮޅަށް ހުށަހެޅި ނަމަވެސް ދަށު ކޯޓުން ނާކާމިޔާބުވި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ އެ ރަށު ކޯޓުން ނިންމުމުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާ ކަމަށެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓާއި އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ނަތީޖާގެ އިތުރުން މިހާރު އެ ގޯތި ލިބިފައިވާ މީހާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއްތޯ ނުވަތަ ނޫންތޯ ވެސް ދަށު ކޯޓުން ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެކަންކަމާ މެދު އަލުން ގޮތެއް ކަނޑައަޅަން އެ މައްސަލަ އަލުން ބަލަން އެންގީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ވެސް ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔަކީ އެއީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނަމަ، އެއް މަސް ތެރޭގައި އޭނާއަށް ގޯތި ދޭން ހައި ކޯޓުން އަމުރު ކުރުމަށެވެ. އަދި އޮޅުވާލައިގެން ކުރިން ގޯތި ލިބުނު ކަމަށް ބުނާ މީހާއަށް ގޯތި ލިބުނު ގޮތް ބަލަން ދަށު ކޯޓަށް ފޮނުވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރެދި ބެއްޔާ
02 November 2022
އުއްމީދުކުރަން ހައިކޯޓުން ފަނޑިޔާރުން ނިންމެވި ނިއްމެވުމަށް އަވަސް ގޮތެއްގައި ގޮތެއް ނިމިގެންދާނެކަމަށް.. މިއި ނިކަމެތި ރައްޔިތު މީހާ އަށް ބޯހިޔާވަހިކަމުން މަހުރޫމް ކޮށް ބާރު ހުރިމީހުން އަންބޮޑި އިތުރު ކުރުމަށް ހިންގާބޮޑެތި ކަރަޕްސަން.
ޑޮކްޓާރ. ބަނާނާ
02 November 2022
ފޯމު ގައި ޓިޕެކްސް ޖަހާ ބަދަލު ގެނެސް އޮޅުވާލައިގެން މީހުނަށް ގޯތި ދީ ސަރުކާރު ތެރެއިން މިފަދަ ބޮޑެތި ޖަރީމާ ހިންގާ މީހުން ގެ މައްސަލަތައް ބަލާ މިފަދަމީހުން މަގާމުތަކުން ބޭރުކޮށް ގާނޫނީ އިމުގެތެރެއިން މިއަމަލު ހިންގާ މީހުން ތޭރިފުރަގަހަށް ލާންޖެހޭ ! ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރާއި ލޯބި އިތުރުކުރެވެނީ ފަސްބައި ނަލަ ތައުލީމާއި ތަރުބިއްޔަތު ލިބިފައިވާ ރައްޔިތުން އިތުބާރު ކުރާ ބަޔަކު މަގާމުތަކުގައި ތިބެގެން! ވަރަށް ސަލާމް!
ސިއްޕެ
02 November 2022
ރަގަޅު ވާހަކައެއް ތިއީ.. ކަރަޕްސަން ހިންގާ މިފަދަ މީހުން ސަރުކާރުތެރޭ ތިބެގެން ސަރުކާރުގެ އިތުބާރު ގެއްލެނީ...
ކުޗީ
02 November 2022
ޒީރޯ ޓޮލަރަންސް ގެ މާނަ އަދި ނޭނގޭހެން ހީވަނީ. ޒީރޯ ޓޮލަރަންސް ގެ މާނައަކީ ވައްކަން ކޮށް މިކަހަލަ ކޮރަޕްޝަން ހިންގާމީހުންނަށް އިތުރު ފުރުސަތުދީ ސަރުކާރުގެ ބައިބޮޑުކުރަން މަގާމުގެ ކުރިއެރުންދީ އިހުނަށްވުރެން ގަދަކުރުން. ޓްރާންސްޕޯޓު ގެ ތެރެއިން ހިންގާލާ ޖަރީމާތަށް މިސާލަކަށް ނަގާ ...
ޝާމު
01 November 2022
ބޮޑު ހިރަކާއި ކުޑަ ހީރަހާއި ދެހީރަސް ޖެހި ކަރުދާސް ކޮޅުން ގޯތި ހޯދި އާއިލާތަށްތަށް ވެސް ހަވަރު ތިނަދޫގައި އެބައުޅޭ. ދޯ ޒާހިރު
ސަންތި މަރިޔަބާ
02 November 2022
ސާބަހޭ ކަނބުލޯ ހިންދޫޫ... ވާންކޮއްފަ ބަހައްޓާ ..
ވިންދު
03 November 2022
އޭސީސީން 4 މަސްވަންދެން ތިނަދޫގަތިބެ ހިންގިތަހުގީގުން ނުފެންނަ ހީރަސް ތިބޭފުޅާއަށް ފެނުނު ގޮތް ބުނެދީބަލަ
މުލޭ
01 November 2022
އެމްޑީޕީ ކައުންސިލަރެއް. ކާކުބާ!
ކަރިމްބެ
02 November 2022
މިހާރު މިކައުންސެލަރ ވީ ހިސާބެއް އެގޭ މީހަކު އެބަހުރިބާ؟؟