ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
01 ނޮވެމްބަރ 2022 - 21:46
އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ.
އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް ހެދުމަށް ބާ ޖަމާލުއްދީނު ހުރި ބިން ހުސްކޮށްފައިވީ ނަމަވެސް އިދިކޮޅު މެމްބަރު ތޯރިގު ކުރެއްވި ޓުވީޓެއްގައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ސްކޫލްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ، އަރަބިއްޔާ ސްކޫލު ނަމުގައި އިމާރާތެއް އެޅުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެނަމުގައި އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް. އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި. ހިތާމަހުރި ކަމެއް. @DhiyaresNews @VaguthuOnline @Sangu_TV @Dhaurunews pic.twitter.com/d8dVeJRiXr
— Ahmed Thariq (@AhmedThaariq) November 1, 2022
"އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި. ހިތާމަ ހުރި ކަމެއް،" ތޯރިގްގެ ޓުވީޓުގައި ވިދާޅުވި އެވެ.
ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސުކޫލުގެ އާ އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަމިން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގަ އެވެ.
ޖުމުލަ 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 168 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހަރަދުތަކުގެ ވާހަކަ ހިމަނާފައި ނެތް މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ ސްކޫލަށް ހާއްސަކުރާ ދާއިމީ ބިމުގައި ޖަމާލުއްދީން ސްކޫލުުގެ ބައެއް ހަދާތީ، ޖާގައިގެ ދަތިކަން އަރަބިއްޔާގެ ކުދިންނަށް އިންތިހާ އަށް ބޮޑުވާނެ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެކަމަކު، ސަރުކާރުން އެ މައްސަލާގައި އަދި ހައްލެއް ހޯދައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި މީހެއް
02 November 2022
ކޮން އަރައްބެއްތަ؟ މީ ދިވެހި ޤައުމެއް! އަރަބި ކަރާގެ ގައުމެއްނޫން! ދިވެހި މީޑިއަމަށް ކިޔަވާދޭ އިސްކޫލެއް ހުޅުވަބަލަ!
ދިވެއްސެއް.
02 November 2022
އިނގިރޭސިކަރައިގެ ޤައުމެއްވީމަތަ އިނގިރޭސި މީޑިއަމަށް ކިޔަވައިދެނީ؟؟ ތިބުނާ ދިވެހި މީޑިއަމް ކިޔަވަދޭންވީ ހަމަ. އިނގިރޭސި މީޑިއަމް ސްކޫލެއް ނުވަތަ ސްކޫލުތަކެއް ބަދަލުކޮށްލަން ކީއްވެ ވަހަކަ ނުދައްކަނީ؟ ތީ ތިމީހުންގެ ވައްތަރު ހަމަ. ހިތުގަ އޮތް އެއްޗެއްތާ ބޭރުވާނީ.
ދަީމް
02 November 2022
އަހަރުން ބޭނުންވަނީ އިނގިރޭސި..
އަރަބިކަރަ
02 November 2022
އަރަބި މީޑިއަމްއަށް ކިޔަވައިދޭ 3 ސްކޫލް އެންމެ މަދުވެގެން މިައުމަށް ބޭނުންވެއެވެ. އަރަބި ބަހަކީވާ ހާދަހާ ރީތި ހިތްގައިމު މަތިވެރި ބަހެކެވެ.
ޓީބޭގް
02 November 2022
ތިޔަ އަރަބިއްޔާ ސްކޫލެއް ހަދަންފެށީ ބަޖެޓުކޮށްގެނެއްވެސް ނޫނެއްނު. ހަމަ ކުއްލިޔަކަށް އަހަރުގެ ތެރެއިން، ރައީސް ބުނެގެން. ދެން އެހެންވީމާ ތަފާތުވެދާނެތަ؟ ވެދާނެ ބަޖެޓު ފޮތުގައި ނުލިޔެވި އޮތީކަމަށްވެސް.
ނަންރީތީކަޅޭ
02 November 2022
އަރަބިއްޔާ ނަމުގައި ސްކޫލްތައް ބިނާކުރާނެކަމެއްނެތް. މިރާއްޖޭގައި ތައްލީމް ނިޒާމްރޭވިފައިވަނީ ވީހާވެސް ގިނައިން ދިވެހި ނަންނަމުގައި އަދި އިގިރޭސި މީޑިއަމް އަށް ކިޔަވަން. ސިޔާސީމީހުން ކުޅޭބޯޅައަކަށް ދީން ހަދައިދެވިގެންނުވާނެ.
ގަމާރިއްޔާ ސްކޫލް
02 November 2022
ދިވެހިރާއްޖެއަކު ނުޖެހޭނެ ފަރަންސޭސި ސްކޫލެއް ހުންނާކައް. މަބޭނުން މަގޭދަރިން އިޓަލީ ސްކޫލަކައް ފޮނުވަން. އިޓަލިއްޔާ ސްކޫލް އެއް އަޅަދީ! ވޯޓެއް ނުދޭނަން އެކަން ނުކޮއްދީފިއްޔާ! އެއީ ޓުރިސްޓުން އަންނަ ގައުމަކައް ވާތީވެ!
ޓީޖެޓީ
02 November 2022
ނަމަކަށް ގަމާރިއްޔާ ޖަހާފައި ތިއޮތީކީއްވެގެންކަން ތި ކޮމެންޓުން އެބަ އެނގޭ
ޔޫސޭ
02 November 2022
ޢަރަބިއްޔާގައި ދިވެހި، ޢަރަބި، އަދި އިންގްލިޝް ވެސް ކިޔަވައިދޭ. ދުނިޔޭގަ ތެލާއި ބިމުގެޚަޒާނާގެ މުއްސަނދިކަން އޮތީ ޢަރަބިން އަތުގަ. އިސްލާމިކް ޓްއަރިޒަމަކަށް ވިސްނާއިރު، މިހާރުވެސް ގިނަ ޢަދަދަކަށް ޢަރަބި ގެސްޓުން ރާއްޖެ އަންނަ އިރު، އެ ޢަދަދު އިތުރު ކުރުމަށް، ޓުއަރ ގައިޑުން، ޑައިވިން ދާއިރާގައާއި، ރިޒޯޓް ތަކަށް ޢަރަބި ބަހާއި، އިންގްލިޝް ދަންނަ ޒުވާނުންނަށް އެބަ ބޭނުންވޭ. ޢަރަބިއްޔާއިން ކިޔަވާފަތިބި ޑޮކްޓަރުންނާ،ނަރުހުންނާ، އިންޖިނިއަރުން އެބަތިބި.
ތުޖުސޭ
02 November 2022
ޔޫސޭއަށް. ތިކަމާއި ބަޔަކު ދެކޮޅެއް ނަހަދާ! އެކަމަކު މައްސަލައަކީ ވަކި ސުކޫލަކުން ކިޔެވީމަ ދީނީ އިލްމު މެކުހަށް ޖަހާފައި ހުންނަކަމަށް އެސުކޫލުގެ ބެލެނިވެރިންނަށް ހީވާތީ. އެކަމަކު އެއީ ތެދެއް ނޫންކަމުގެ ހަގީގީ މިސާލެއް ދައްކާލާނަން. އޭގެ ބެލެނިވެރިޔަކު ދަރިފުޅު ގޮވައިގެން ސުކޫލުން އަންނައިރު ހިޔާ ފުލެޓުގެ ލިފްޓުގައި ކިޔު އޮންނާތީ ކިޔުގައި ނުޖެހިގޮސް ލިފްޓަށް އަރަނީ ފުރަތަމަ ބުރިން ތިރިއަށް އަންނަ ލިފްޓަށް. ތަރުބިއްޔަތުގެ ފުރިހަމަ ނަމޫނާއެއް ނޫންތޯ!
1206
02 November 2022
މި ކަމަށް، މިތާ ކޮމެންޓުކުރާ ފިތްބޯޑު ފަހުލަވާނުން ކޮމެންޓުކޮށްފާނެ، އަރަބިއްޔާގެ ބެލެނެވެރިން ކެތްތެރިވުމަށް. އަޚުލާޤު ރަނގަޅުކުރުމަށް. މުޒާހަރާ ނުކުރުމަށް. ހަޅޭއް ނުލެއްވުމަށް. ނުއެއްވުމަށް. ސުވާލަކީ އަރަބިއްޔާގެ ބެލެނެވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނަށް މުޅިން ތަފާތު މިންގަނޑެއް އާންމުންގެ މެދުގައި މި އޮންނަނީ ކީއްވެހޭ؟ އަރަބިއްޔާ ވީމާ މިވީ ހެދިހާ ގޮތެއް ހެދިގެން ތިބެންތަ؟ ހީކުރީ އެހެން ކަމަށްތަ؟ ނޫން، ފަހަރެއްގައި ވެސް ހީނުކުރާތި؟
ބޮރުނަމްބަރޭ
02 November 2022
ތިކަހަލަ މީހުންނާއި އެކަހަލަ ކަންތައް ދިމާވާނީވެސް. ހުށަހެޅި ބަޖެޓުގައި އެވާހަކަ ނެތީމަ ސުކޫލު އެޅުން ނިމުނީތަ؟ ނޫނީ އެސުކޫލުގެ ޕޭރެންޓުން ފަންޑު ފޮށްޓެއް ބަހައްޓައިގެންތަ ފައިސާ ހޯދާނީ. ބަލަގަ ސުކޫލު އިމާރާތްކުރަން ބަޔަކާއި އެއޮތީ ހަވާލުކޮށްފަ. އެމަސައްކަތަށް ދައްކަންޖެހޭ ފައިސާއެއް ދެއްކެންއޮތް ގޮތަކަށް ސަރުކާރުން ދައްކާނެ. އެއީ ދައުލަތުގެ ދަރަންޏެއް. ބެލެނިވެރިން ދައްކަންޖެހޭ އެއްޗެއް ނޫން.
މުއުޖިޒާތިއްޔާ
02 November 2022
ނެތުމަަކީ އަރަތެކޭ. ކަލޭމެން ޖެހޭނީ އެ އަރަތުގެ ޖަވާބު ހޯދަން.
ސޮންކުޅި
01 November 2022
އަރަބިއްޔާއަކީ ބެލެނިވެރިން ހިންގާ ސްކޫލެއް އެސްކޫލުގެ އާއިމާރާތް އަޅަނީވެސް ބެލެނިވެރިންގެ ޚަރަދުގަ އެހެންވީމަ ބަޖެޓަކު ނޯންނާނެއްނު
އޮޑިހަނު
01 November 2022
ކޮބާ ކަމެއް ވެގެންތާ އެ ބެލެނިވެރިން ފާރަވެރިވަނީ. އެމީހުން ކަންތައް ބޮޑު ކޮށްލައިގެން އުޅެނީ ކަމަށް މިދައްކަނީ. އެކަމަކު މިހާރު ޤަބޫލުކުރަން ހަމަ ޢަރަބިއްޔާއާ މެދު ޖެއްސުން ކުރަނީކަން މިސަރުކާރުން. މިސާލަކަށް ޖެއްސުން ނުކުރިޔަސް ގައިމު ހުރިހާ ކަމެއް ހިމަނައިގެން ދަރުވާލާ ބަޖެޓު ހަދާއިރުވެސް ޢަރަބިއްޔާ މަތިން ހަނދާން ނުހުންނަނީ އެއްވެސް ގޮތަކަށް އެކަމުގަ އިޚްލާސްތެރި ނޫން ވީމާ.
ނުކުލު
01 November 2022
މީ ސިޔާސީ މަގާމުތައް ގިނަކޮއްފަ އެބައި ކަހާލީ