ޔާމީން: އެމަނިކުފާނު ވިދާޅުވަނީ ބަޖެޓު ހުށަހަޅައިގެން މަޝްރޫއުތައް ހިންގަން މި ސަރުކާރަށް ވަގުތެއް ނެތް ކަމަށް.
02 ނޮވެމްބަރ 2022 - 12:36
އަންނަ އަހަރަށް ލަފާކޮށް، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 42 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް ހުށަހެޅީ ވައުދުތައް ފުއްދައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ކަމަށް ސަރުކާރުން ބުންޏަސް އެކަމަށް ވަގުތެއް މިހާރަކު ނެތް ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހޯމަ ދުވަހު މަޖިލިހަށް ހުށަހެޅުއްވި ބަޖެޓުގައި އަދަދުތަކެއް ޖަހާފައި ވަނީ "ރައްޔިތުންނަށް ގުނބޯ ހައްދަން" ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދެމެދު ވައުދު ފުއްދަން ލިބެނީ ހަތަރު މަސް ކަމަށާއި އެ މުއްދަތުގައި އެއްވެސް ކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ލާރި ލިބެން ފަށަނީ އެޕްރީލް މަހާ ހިސާބުގައި. ކުރާ ކަމެއް ކޮށް ނިންމަން ޖެހޭ ސެޕްޓެމްބަރު މަހާ ހަމައިގައި. އެހެންވީމާ ވިދާޅުވޭ ހަތަރު މަސް ބައިގެ ތެރޭގައި ބަނދަރެއް ހަދާ ނިމޭނެތަ؟ މަގެއް ހަދާ ނިމޭނެތަ؟ ކޯއްޗެއް ދެން ނިމޭނީ،" ޔާމީން ސުވާލުކުރެއްވި އެވެ.
"އެހެންވީމާ ރައްޔިތުން ކައިރީގައި ކޮން ވާހަކައެއް ދައްކަން މި އުޅެނީ. ބޮޑެތި ހޮސްޕިޓަލްތައް އަޅާ ވާހަކަ ދައްކަނީ. މިހާރު ވެސް ހަދާ ގޮތަށް ހާވާލެވިދާނެ ތަނެއް."
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖެއަށް ލިބޭ އާމްދަނީއަކީ ހުރިހާ ޓެކްސްތަކާ އެކު އަހަރެއްގެ މައްޗަށް 20،000 މިލިއަން ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
"މިހާރު ހުށަހަޅައިގެން މި އުޅެނީ 42 ބިލިއަން، އެހެންވީމާ ލިބޭވަރުގެ ގާތްގަނޑަކަށް ދެބައި. ދެން އެބައި ފޫބައްދަން ކިހިނެއްހޭ ހަދާނީ، ފޫބައްދަން ކަރުދާހުގައި ލިޔާ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
2023 ގެ ދައުލަތުގެ ބަޖެޓް ފޮތް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަރުދާހުގައި ޖަހާ ހިސާބުތަކަކީ އޭގެ ޒާތުގައި ލިބޭނެ އެއްޗެއް ނޫނެވެ. މި އަހަރުގެ ބަޖެޓާއި ކުރީގެ އަހަރުުގެ ބަޖެޓުން ވެސް އެކަން ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި، ބޭރުގެ އެހީ ލިބޭނެ ކަމަށް ޖަހާފައި އޮތް އަދަދާ ގާތްކުރާ ވަރަށް ވެސް ނުލިބުނު ކަން ފާހަގަކުރައްވައި ޔާމީން ފާޑުވިދާޅުވި އެވެ. އެހީގެ ގޮތުގައި ފައިސާދޭނެ ބަޔަކު ނުވި ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވެސް ވިދާޅުވެފައިވާ ކަމަށާއި ދެން ވެސް ދާން ޖެހޭނީ "ބޮޑުބޭބެ"ގެ ގާތަށް ކަަމަށް ވިދާޅުވި އެވެ.
"ބޮޑުބޭބެ ވެސް ދޭކަށް ނެތް ލާރިއެއް. އެހެންވީމާ މިހާރު އެ ހިނގާ ބަޖެޓުގެ ދެގުނަ ޖަހައިގެން މި އަންނަ އަހަރު، އެ އުޅެނީ ރައްޔިތުން ގުނބޯ ހައްދަން،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހަށް ހުށަހެޅީ ވައުދު ފުއްދުމުގެ ބަޖެޓެއް ކަމަށް ވެސް ބުނާ ކަމަށާއި އެކަމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ވާހަކަ އާއި ބަޖެޓުގައި އޮތް ވާހަކައެއް ދިމައެއް ނުވާ ކަމަށެވެ.
ކޮވިޑުގެ ދެ އަހަރަށް ފަހު ވެސް ވައުދުތަކުގެ 95 ޕަސެންޓް ފުދިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ބޮޑެތި މަޝްރޫއުތަކަށް މިހާރު ވަގުތެއް މިސަރުކާރަކަށް ނެތް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަ ފަޅައިގެން ދިއުން
04 November 2022
ރިޔާސީ އިންތިހާބުގެ ބަލިމަޑުކަން
ޙިނި
03 November 2022
ޔާމިން އަނގަ ނުބާނާކަމެއްވެސް ނޯވޭތަ.
ރަމަ
02 November 2022
ތެދެއް ބޮޑެތި ވައްކަމެއް ނުހިގާ އެމަނިކުފާނު އެވިދާޅުވަނީ ހަމަރަގަޅަށް!ރަމަ
އަސް
02 November 2022
މަށަށް ހީވަނީ 2022ގެ ބަޖެޓް 36 ބިލިޔަން ވަރު ކަންނޭގެ. ޔާމީނު ހިތުން ހަމަ ހުވާ ކުރާ ދުވަސް ނުޖެހިފަ.
އަފްރާސިޔާބު
02 November 2022
އާދެ! ބިޔަ ބަޖެޓް ފާސްކޮށްގެން މިސާލިހު މިކުރާކަމަކީ ރައްޔިތުންނަށް ކަންކުރުން ހުއްޓުވުން. މިގޮތުން ރާއްޖެތެރޭގެ ރައްޔިތުން ނަޖިސްފެން ބުއިން ހުއްޓުވައި. އަތިރިމައްޗަށް ނުވަތަ ހަނޑަގެޔަށް ބޮޑުކަމުދިއުން ހުއްޓުވައިފި. އާދައިގެޓެސްޓް ހަދަން މާލެއައުން ހުއްޓުވައި. އެތައްހާސް ރުފިޔާއެއް ދީގެން އަތޮޅުތެރޭގައި ދަތުރުކުރުން ހުއްޓުވައި. ޓެކްސީނުލިބިގެން ގެއިން ނުނިކުމެވި ތިބުން ހުއްޓުވައިފި. ކަނޑުގެ އުރަފަށުގައި ދޯނި ބާއްވައިގެން މުދާބޭލުން ހުއްޓުވައިފި
އިބްރ
02 November 2022
95% ވައުދު ފުއްދިއްޖެ. 5% ވައުދު ފުއްދަން ކީއްކުރަންތޯ 42ބިލިޔަން. ހަމަ ދައުލަތް ލޫޓުވަނީ.
ފިނި
02 November 2022
ބަލަ ޔާމީނު ކަލޭ މޭފުއްޕާފަ ތި އުޅެނީ ކަލޭގެ ވެރިކަމުގާ ހިންގި ހުރިހާ ޕުރޮޖެކުޓެއް ހިންގީ އަދީބު އަދީ ދުވީ ޗައިނާ އާއި އެހެނިހެން ގައުމުތަކައް ފަންޑުހޯދާ ކަލޭ އުޅުނީ ތާސްކުޅެވޭތޯޔާ ސިޔާސީ މީހުން ޖަލައްލާން އެކަން ކުރި ކިތަންމެ ރަގަޅަކައްވެސް
ބޮޑުމީހާ
02 November 2022
ޔާމީނު ގެނަައި ތަރައްގީއާއި ގާތަކަށްވެސް މިމީހުންނަށް ތަރައްގީއެއް ނުކުރެވޭނެ. ދެން ބުނާނެ ޔާމީނު ކެއީއޭ! ނުކަނީ ކާކުތަ؟ އެމްއމްޕީއާރުސީގެ ޚިޔާނާތުގައި ނުޖެހޭ ސިޔާސީ މީހަކު ނެތް. މައްސަލަބަލަން އައި ސަރުކާރުން އެންމެން ދޫކުރީ. ދެން 100 މިލިއަނަށް ބްރިޖް ހަދަން އައި މީހުން ބްރިޖަށް ޚަރަދުކުރާވަރާއި، މަގު ހެދުމަށް ޚަރަދުކުރާވަރު ވަކިކުޑައެއްނޫން
ރުގްޔާ
02 November 2022
ބޮޑުމީހާއަށްވެސް ބޮޑުބައެއް އަޅާދީފައި އޮތީތާ ދޯ؟
ބިރުވެރިވަގު
03 November 2022
ބޮޑުމީހާ، ތިއީ ހަމަވަގުންގެ ވިސްނުން. އެއްމެންވެސްކަޔޭ ކިޔާ ދޮގުހަދައިގެން، އޮޅުވާލާފައި، ދެން ތިމަންނަކެޔަސް މައްސަލައެއްނޫނޭ، ތިމަންނަ ބަލާކަށް ނުޖެހޭނެ ކިހިނެއް އަންނަ ލާރިކަމެއް. ސުޕްރީމްކޯޓުން ތމަންނަކާރިން ހަދަންވީކިހިނެއް އެހީމައޭ ތިމަންނަ އަތްބާނައިގެން ހަޑިހާވަނީ. ޔާމީނަކީ ގައުމެއް ކީއްކުރަން އެއްވެސް ތާކު ލީޑަރަކަށް ހަދާވަރަށްވުރެ އަޚުލާގުނުބައި ނުލަފާ މޯހެއް.
ދޮންދައްތާގެ ހީނާ
02 November 2022
މަނިކުފާނަށް 2 ބަސް ފުޅު ވިދާޅުވެވޭ އިރު 1 ބަހުގައި އޮންނަނީ ފާއިސާ ފުޅުގެ ވާހަކަ
ފިސްތޫން
02 November 2022
އަސްލު ރަނގަޅު ވާހަކަޔެއް ތިޔާ. އެހެނީ ވަރަށް ވާންކޮށްގެން އައު މަޝްރޫއެއް ފެށޭނީ އަހަރު ފެށޭތަނުން. ނަމަވެސް މި ސަރުކާރުގެ ގިނަ މަޝްރޫތައް ހުރީ ކުރިޔާލާ ފަށާފަ. އަލަށް ފަށަން ހުރީ މަދު ކަމެއްކަމަށްވަނީ ބަޖެޓުކޮށްފަ. އެހެންވީމާ ބިޔަ ކަންކަން ދާ ބާރުމިނުގައި ކުރިޔަށް ދާނެކަމަށް ފެންނަނީ. އަލަށް ޖަހާ ކަންކަން ފެށުން ލަސްވުން ހަމަ އެކަށީގެންވޭ. އަނެއް ގޮތަށް ބަލާނަމަ ރިޔާސީ ދައުރެއް ފެށޭ އަހަރު ނުވާނެ ބޮޑެތި އައު މަޝްރޫ ފަށަންވެސް.
އަފްރާސިޔާބު
02 November 2022
ބަލަ! އެމަނިކުފާނު އަންނައަހަރު ގައުމުގެ ވެރިކަމާ ޙަވާލުވާއިރު ކުރަންޖެހޭ ހުރިހާކަމެއް މިސަރުކާރުން ނިންމައިފިއްޔާ އެމަނިކުފާނަށް ކަޓުނެގޭނެ ކަންކަން މަދުވާނެނުން. ދެން ކުރައްވަން ޖެހޭނެ ކަމަކަށް އޮންނާނީ މިހާރުގެ ރައީސް އޮފީހާއި ފޮރިންއެފެއާޒް ތަޅާލާފައި 25 ބުރިއަށް ނެގުން. އެކަމަކުން ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތަކަށް ކުރާނޭ މަންފާއެއް ނޯންނާނެ. މިސާލިހު މިކުރާކަންކަމުން އިކޮނޮމިސްޓް ހަންކެނޑޭނީ ވެރިކަމުގައި.