މައުމޫން: ޝިމާޒަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބެލުމަށްފަހު ނޫނީ ގޮތް ނިންމައިގެން ނުވާނެ ކަމަށް އެމްއާރުއެމްއިން ބުނޭ --- ފޮޓޯ/މިހާރު
02 ނޮވެމްބަރ 2022 - 22:18
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ އިދާރާތަކުން ބެލުމަށްފަހު ނޫނީ އެކަމުގައި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމްއާރުއެމްއިން ބުނެފި އެވެ.
އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި ޝިމާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، އޭނާ މަގާމުން ވަކިކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އޮފީހަށް ސިޓީ ފޮނުއްވާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު ސަރުކާރުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އެކަމާ ގުޅިގެން އެމްއާރުއެމްއިން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ ޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއް ކަމަށާއި އެކަމަކު ޝިމާޒްގެ މައްސަލާގައި ގޮތެއް ނިންމަން ވާނީ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ތަހުގީގެއް ހިންގުމަށްފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަމުގައި ދެން ބައިވެރިވާ ފަރާތްތަކާއި އެކަމުގެ ބޮޑުކަން ވެސް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގަކަށްފަހު ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޝިމާޒާ މެދު ޕާޓީން ގޮތެއް ނިންމާނީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަތަކެއް ދާދިފަހުން ފެންމަތިކޮށް، ބައެއް އުޅަނދުތަކުގެ ރަޖިސްޓްރީ ވެސް އެ މިނިސްޓްރީން ދާދިފަހުން ބާތިލްކުރި އެވެ. އެކަމަކު ކޯޓުން ވަނީ އޭގެ ތެެރެއިން ބައެއް އިއުލާންތަކަށް އަމަލުކުރުން ހުއްޓުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަން ދައްތާގެ އިބުރާ
03 November 2022
ރަން 30 ން ފެށިގެން މިއަދާ ހަމަ އަށް ޓްރާންސް ޕޯރޓް މިނިސްޓަރު ކަމަށް ނަހުލާ ވަރުގެ ހިތްވަރު ގަދަ މިނިސްޓަރަކު ޢައްޔަން ކުރެވިފައެއް ނުވޭ!
އެއީ
03 November 2022
އެއްވެސް ތަޖުރިބާއެއް ނެތް މީހަކު މިނިސްޓަރަކަށް ލީމަ ވާނެ ހައެތިހަމަ
ކްރޫސް
03 November 2022
އޭ ނަހުލާ ތިތަނުން ވަކިކޮށް ތަންކޮޅެއް ގައްޑާ ގޮލަޔަކު ލާބިޔަ. ކައޭމެން މާ ދެން އޮފްވަނީ ދޯ.
ފުޅާކޯލިޝަން
03 November 2022
އެމްއާރުއެމް ސްލޮޓުގަ އޮތް ވަޒީފާދޯ މުހިންމީ. ރައްޔިތުން 70000 ރުފިޔާއަށް ގަރާޖް ސިޓީ ގަނެގެން ކާރު ރަޖިސްޓްރީ ކުރީމަ ތަހުގީގު ނުކޮށް ސިސްޓަމް ހެކްކުރީއޭ ބުނެ ރަޖިސްޓްރީ ބާތިލް ކުރުން އޯކޭދޯ.
މުހަންމާކަލޯ
03 November 2022
ޝިމާޒެއް ނޫން ވަކިކުރަންވީ. ވަކިކުރަންވީ ނަހުލާ. އޭނަގެ ނުކުޅެދުންތެރިކަމުން ތި ހުރިހާކަމެއްވަނީ. ދުވަހަކު ސަރުކާރެއްގެ ވަޒީފާއެއް އަދާކުރިމީހެއްނޫން. އެއްވެސް ތަޖުރިބާއެއްހުރި މީހެއްނޫން. އޭނަގެ މިނިސްޓްރީ އިން ހަދާ އޭނަގެ ސްޓޭމްޕް ޖަހާފައި ރަޖިސްޓްރީތަކެއް ކިހިނެއް ބާތިލްކުރަނީ. އޭނަގެ ސަބަބުން މުޅިތަން ބޮއްސުންލައިގެން އުޅެނީ.
ހޯރަބޭ
03 November 2022
ޓްރާސްފޯޓްގަ ނޫޅެ ސަހަލު އެކަކުވެސް. މަނީ މަނީ ގޮވަގޮވާ އެ ތިބެނި
ހިޔާނާތުގެ އައްޑަނަ
02 November 2022
ވައްކަމާ ހިޔާނާތް ވެސް ބެލެން މިއޮތީ މައުމޫނު އޯކޭ ދިނީމައި . ދެން ކީއްކުރާ ގާނޫނު އަސާސީއެއްތޯ
ށަވިޔަނި
03 November 2022
އެއީ މައުމޫނު އޯކޭ ދިނުމެއްނޫން ކުށެއްގައި ތުހުމަތުކުރެވޭ މީހަކާމެދު ފިޔަވަޅުއަޅަންވާނީ އެކަމުގެ ހަގީގަތް ހޯދާ ބަލާފަ.
ކުޗީ
03 November 2022
އެބުނީ ފުރަތަމަ ތަހުޤީގު ކުރާށޭ .. ދެން ފިޔަވަޅުއަޅާ ދައުވާ ކުރާށޭ. މިގައުމުގައި ވަންކަންކުރީމަ ދެނަ ހަދާނެގޮތެއްވެސް ނޭނގޭ. ކަމެއް ކުރިޔަސް އެހާދގުލާ. ތަހުޤީގުން އެނގުނަސް ވަޒީފާއިން ވަކިކުރުން ނޫނީ އެހެން ވަޒީފާއެއް ދިނުން މިއޮންނަނީ. ވެންޓީލޭޓަރު މައްސަލަވެސް އޮބިދިޔައީ ...