ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިހާރު
19 ނޮވެމްބަރ 2022 - 12:08
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ގްރޫޕަކުން ދިން ހަމަލާ ކުށްވެރި ކުރައްވަމުން، ކޮރަޕްޝަންގެ މައްސަަލަތައް ބެލުމަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޝިމާޒް ރޭ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ގްރޫޕަކުން ވަނީ އޭނާއަށް ހަމަލާދީފަ އެވެ. އޭގެ ކުރިން މިދިޔަ ހަފުތާގައި އޭނާގެ ސައިކަލަށް ގެއްލުންދީފައިވާއިރު، އޭނާއަށް އިންޒާރުދީ މެސެޖުތަކެއް ފޮނުވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޝިމާޒު ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލާ ކަމުގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން ވަރަށް ފަހުން މިނިސްޓަރު ނަހުލާ ވަނީ ރައީސް އޮފީހުގައި އެދިފަ އެވެ. އެކަމަކު ޝިމާޒް ގެންދަވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
ރޭ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިމާޒަށް ދިން ހަމަލާ "ހަރުކަށި އިބާރާތުން" ކުއްވެރި ކުރައްވާ ކަމަށެވެ.
ނަހުލާ ވިދާޅުވީ، މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެކަމުގެ ތެރޭގައި އޭނާގެ އާއިލާއަށް ނިސްބަތްކޮށް، އަބުރު ކަތިލުމުގެ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.
އެ ޓްވީޓު ނިންމަވާލައްވަމުން ނަހުލާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރައްވާނެ ކަމަށެވެ.
"ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.
ޝިމާޒަށް ހަމަލާދިންކަން އޭނާގެ ޕާޓީ އެމްއާރްއެމުން ކަށަވަރުކޮށްދިން އިރު، ނަހުލާގެ ޕާޓީ ޖުމްހޫރީ ޕާޓީން ބުނީ، އެ ހަމަލާގައި ނަހުލާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އޭނާއަށް ދިން ހަމަލާއާ މެދު ޖޭޕީން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ޝިމާޒް 'މިހާރު' އަށް ކުރިން ވިދާޅުވި ގޮތުގައި ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ އެވެ. އޭނާ ވިދާޅުވީ ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރަށް އެނގިވަޑައިގެން ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެމްއާރުއެމުން ވެސް ޝިމާޒްގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭޕީ
21 November 2022
އަތެެއް ނެތިއްޔާ ފަޔެއްނަމަވެސް ވާނެ
ކީއްވެޔޯ
20 November 2022
އެހަމަލާގައި މިކަމަނާގެ އަތެއްނުވާކަމަށް ޖޭޕީން ބުނަންޖެހުނީ ކޮން ސަބަބަކާ ހުރެބާ؟ އެކަމަނާއަކީ ދުވަހަކުވެސް މީހުންނަށް ހަމަލާދީ އުޅުނު ކަނބަލެއްހެން ހިއެއްނުވޭ.
އިސްމާލި
20 November 2022
މި އުޅެނީ މީހެއްގެ ފުރާނައަށް ނުރައްކާ ވެގެން. އުޅޭ އިރު އެކަމާ ދެބަސް ބުނެފަ އަމިއްލަ މީހާ ގެ މޮޅުކަން ދައްކަން ތިންބަސް ބުނުމަކީ ސެލްފް ސެންޓަރޑް ކަން ދައްކައިދޭ ކަމެއް.
hasan
20 November 2022
އަބުރު ކަތިލުމަށް ވުރެ ، ކުކުޅު ކަތިލުންވެސް މާ ބުއްދި ވެރި !
ފޫހި
20 November 2022
ހައިރާންވެ އަންތަރީސްވަނީ 1 ގަރާޖުގެ ނަމުގައި 100 ކާރު ރަޖިސްޓްރީކުރުވާފަ އޮތީމަ. ދެން ކީކޭ ބުނާނީ.
ބޮޑުމީހާ
20 November 2022
4 އަހަރު ވެގެންގޮސް 5 އަހަރު ނިމޭއިރު ވަގަށް އެތަކެއް ރެޖިސްޓްރީއެއް ތިތަނުން ހެދިކަން ކަމަނާއަށް ނޭގެންޏާ، ވާނުވާ ނޭގޭ މީހަކު މަގާމުގަ ބެހެއްޓުމުގެ ބޭނުމެއް ނެތް. ކަމަނާއަށް އެކަން އެގެންޏާ ވައްކަންކުރާ މީހަކުވެސް މަގާމުގަ ބެހެއްޓުމުގެ ބޭނުމެއް ނެތް
ކުޑަމީހާ
20 November 2022
އެކަމަނާ މަގާމަށް ގޮއްސަ ހަމައެކަނި ފެނުނީ ޔާމީނު ހާވާފަ ހުރި ހަޑި ސާފުކުރަންޖެހޭކަން. ނުތާހިރުކަން ފިލުވަން ސާފުކުރުމުގެ ތެރޭގަ ދެން އަޅާލާނެ ރަގަޅުކުރާނެ އެހެން އެއްވެސް ކަމެއް ނުފެނޭ. ލޯބިން ނޫނީ ރުޅިއައިސްގެން ނަމަވެސް ޔާމީނާ ހެދި ހޭބަލިވާ މީހުން މިގައުމުގަ ގިނައީ. އެކަމުން ނެއްޓިގެން ގައުމުގެ އެހެން މައްސަލަތަކެއް އެއްވެސް ބަޔަކަށް ބެލޭވަރެއް ނުވޭ.
ގެދޮރު ނެތް މާލޭމީހާ
19 November 2022
ޓްރާންސްޕޯރޓް މިނިސްޓްރީއަކީ ކޮރަޕްޝަންގެ ހާއްޔެއް. އައި ޖީ އެމް އެޗް ނަގާފަ ދެން ކޮރަޕްޝަންގެ އެންމެ ބޮޑު ތަން ތީ. ގަރާޖް ސިޓީ ނެތިވެސް 65000 ދެނިކޮށް ކާރު ރަޖިސްޓްރީ ކޮށްދޭން ބުނީ ތިތަނުން. ނޭނގެނީ ބުނީ ކާކުކަން. މި ސަރުކާރަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސަރުކާރެއް ނޫން. އެކަމަކު ނޯ ކޮރަޕްޝަން, ޒީރޯ ޓޮލަރެންސް.
ހަފުސް
19 November 2022
މިއީ ހާދަ ބޮޑާ ކިބުރުވެރި ވެސް އަންހެނެކޭ ދޯ؟!
އަބުރުވެރިޔާ
19 November 2022
ކަތިލާ ބާވަތްތަކުގެ ތެރޭގަ މިހާރު އަބުރުވެސް ހިމެނިއްޖެ. އަބުރަށް ގޮތްގޮތް ހެދެނީ އަބުރު ގެންގުޅެން ނޭގޭތީ. އަބުރު މަގުމަތި ކޮށްލީމަ މަގުންދާމީހުން އެބަލައި އެއާ ކުޅެއުޅޭނެ ގޮތް ހޯދާނެ.
ޓިން ޓިން
19 November 2022
އެހެންތާ ވާނީވެސް މިނިކާބާޒުވެސް އެބަ އުޅޭވިއްޔަ.
ޙަބީބު.
19 November 2022
ކޮރަފްޝަނާ ނުފޫޒުފޯރުވޭނީ މިހާކައްވަރައް ހދ ކުޅުދުއްފުށި އެއާޕޯޓު ތަރައްގީ ނުކޮއް ނަހުލާގެ ހުވަރަފުށި އެއާޕޯޓައް ދެފަހަރު ބޮޑުރާޅުއަރާ ޓީމިނަލްގެ ހުރިހާ ދޮރެއް ވެއްޓި ގޮތްނޭނގޭ ފާސްނުކުރާ ބަޖެޓަކުން އެކަންކުރި މަންޓާ އެއާފުލައިޓާ މޯލްޑިވިއަންވެސް ހ ު. ޥަރަފުއްޓައް އުދުހޭ ކުޅުދުއްފުށި މީހުންނާ ކައިރި ރައްރަށުމީހުން ހަފްތާ ވެއިޓިންގަ ނޫނީ 1500 ލޯންޗު ހިފައިގެން ދާންވީ ހަނިމީދީ އެއާޕޯޓައް މީނުފޫޒާ ބާރުގެ ބޭނުން ކުރުންނޫން ކ ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ