ރައީސް ލިޔުމެއްގައި ސޮއިކުރައްވަނީ: އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހޭ މުއްދަތު އިތުރުކުރުމުގެ ބިލް އެމަނިކުފާނު ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
10 ނޮވެމްބަރ 2022 - 18:43
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން އެއް އަހަރުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ޢެ ގާނޫނުގެ ދަށުން އިންތިޚާބު ކުރަންޖެހޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގޮނޑިތައް ހުސްވެގެން އިންތިޚާބު އަބަދު ބާއްވަން ޖެހޭތީ ޚަރަދު ބޮޑުވެ، އިލެކްޝަންސް ކޮމިޝަނުން އޮތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނައީ އަންހެނުން ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލިބޭ މުއްދަތު އެއް އަހަރަށް އިތުރު ކުރުމާ އެކު، އެ ކޮމެޓީގެ ދައުރުގައި ބާކީ އެއް އަހަރު ނެތްނަމަ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ. ނަމަވެސް، އެ ކޮމެޓީގެ ގާނޫނު އަދަދު ހަމަވާ ވަރަށް މެމްބަރުން ނެތްނަމަ، 60 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، މިއަދުން ފެށިގެން ގާނޫނަކަށް ވަނީ ވެފަ އެވެ.
އަންހެނުން ކޮމެޓީތަކުގެ ގޮނޑިތައް ހުސްވުމުން ބައި އިލެކްޝަން ބާއްވަން ޖެހޭއިރު، އެ ކޮމެޓީތަކަށް އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިނުލުމުގެ މައްސަލަ ވެސް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރުދާ
11 November 2022
ބޭކާރު ޚަރަދެއް.ކޮބާ ބޭނުމަކީ.ތި ރަށްރަށުގައި ތިބޭމީހުންތިބެނީ މުސާރަ ނަގައިގެން ނާޖަރަންގީ ކުޅެން.
ބޮޑުމީހާ
10 November 2022
އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސް ފޮނުވީމާ ކައުންސިލްތަކުންވެސް ތިވަރުކަމެއް ކޮށްފާނެ. ކޮންމެހެން ވޯޓު ފޮއްޓެއް ހިފައިގެން މާލެއިން ބޮޑެތި ވަފުދުތައް ގޮސް ދައުލަތް ހުލި ނުކުރިޔަސް ތިވަރު އިންތިހާބެއް ބޭއްވޭނެ ފެންވަރު ކައުންސިލްތަކުގަ ހުންނާނެ
އަސްލުދޯ
10 November 2022
އަންހެނުންގެ ކޮމިޓީ އުވާލާ، ކައުންސިލަރުންގެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދާއި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރަންޖެހޭ..