ޕޮލިހާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއްގައި ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ނޮވެމްބަރ 2022 - 14:44
ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ފެށި ޓެރަރިޒަމްގެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.
އައްޑު އާއި މާލޭގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ބުނީ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ އިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މި އޮޕަރޭޝަން އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ތަންތަން ފާސްކޮށް ތުހުމަތާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދާފައިވެ އެވެ.
މިހާރު ހިންގަނީ ސީދާ ކޮން ކަމަކާ ގުޅޭ އޮޕަރޭޝަނެއް ކަމެއް ވެސް ނޭނގެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ، ހަރުކަށި ފިކުރުގެ 1،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެ އެވެ. މިފަދަ މީހުންނާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި އެކި ސާމާނާއި ލިޔެކިޔުން އަދި ގޮވާތަކެތި ހަދާ އެއްޗެހި ވެސް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމު19
12 November 2022
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ، ހަރުކަށި ފިކުރުގެ 1،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެ އެވެ. މާލެއާއި ރަށްރަށުގެ ގޭންގް ތަކުގައި ވެސް މީހުން މަރަން ފަސް ނުޖެހޭ މީހުންނާއި ކުދިން ބައިވަރު، އެ ވާހަކަ ނުދައްކަނީ ބިރުންތޯ ؟؟ ވެދުން
އިބްރ
12 November 2022
އެއްވެސް ޝެއިޚަކު ހައްޔަރުކުރިތޯ؟ މިހެން މިދެންނެވީ މި ސަރުކާރުން ދާދިފަހުންވެސް ދެޝެއިޚަކަށް ޓެރެރިޒަމްގެ ދައުވާ ކޮށްފައިވާތީ.
ދިއްދޫމީހާ
12 November 2022
ހުވާތައް؟ އަވަހަށް އިއުތިރާފް އެއްބަސްވުން ހަދާ އެހިސާބުން ނިމުނީ ދުނިޔޭގައިވެސް ނެތް ފެންވަރުގެ ޕީޖީއެ މިހުރީ ލިިބިފަ
ޔުޔުޔު
12 November 2022
ކައުންޓަރ ޓެރަރިޒަމް އޭ ކިޔާފަ ކަލޭމެން ނިކުމެ ކަމާ ނުބެހޭ މީހުން ގެންގޮސް ގޮޅިއަށް ލީމަ ޒިންމާ އަދާ ވީ ދެއްތޯ؟
ޟުސް
12 November 2022
އަނގަ ނުތަޅާ މަޑުން ހުރޭ
7654ެެ2
12 November 2022
ދިގުމުއަދަތައް ޖަލައް ލާންވި.ކޯޓްތަކުން މައްސަލަ އަވަހަށް ނިއްމާލާފަ.
ޖުޖު
12 November 2022
މާލޭގެގޭންތައް ވެސް ތިހެން ހުއްތުވައިދީ
އައްބެ
12 November 2022
ތިކަމެއް ނުކުރެވޭނެ. ސަބަބަކީ އެއީ ސިޔާސީ ބޭފުޅުން އޮޕަރޭޓްކުރާ ބައެއް، މީގައި ވަކި ޕާޓީއެއް އިސްތިސްނާއެއް ނުކުރަން. ގޭންގުތަކުގެ ބޭނުން އެންމެ ބޮޑަށް ހިފާބަޔަކީ ސިޔާސީ ލީޑަރުން އަދި ތިޔަ ގޭންގުތަކަކީ ޑްރަގް ވިޔަފާރިއާއި ހަށިވިއްކުމާއި ފޭރުމުގެ އަމަލުތަކުގެ ބައިވެރިން.