ރިޕޯޓް

ކުރިން ދިން ހެކިބަސް ކެންސަލް، ބޮޑެތި މައްސަލަތައް ފެއިލް!

މާރާމާރީއެއް ހިނގި ސަރަހައްދުގައި ހެކި އެއްކުރަނީ: ބޮޑެތި މައްސަލަތަކުގައި ހެކިބަސް ދިނުމަށްފަހު ހެކިބަސް ބަދަލުކުރަން ކޯޓުތަކަށް ސިޓީ ފޮނުވާ މައްސަލަ ދަނީ ފެންމަތިވަމުން --- ފޮޓޯ/މިހާރު

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމަކީ އާ ކަމެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް އަދި ދައުލަތަކަށް އެކަމެއް ނުހުއްޓުވުނެވެ. ސިއްރު ހެކިވެރިން ބިން ގަރާހުގައި ބައިތިއްބައިގެން ހެކިބަސް ނެގިޔަސް، އެ މީހުންނަށް ރައްކާތެރިކަމެއް ނެތެވެ.

ކުރިން ހެކިންނަށް ނުފޫޒު ފޯރުވަނީ ކޯޓުގައި ހެކިބަސް ދިނުމުގެ ކުރިންނެވެ. މިހާރު މިކަން ވެސް ބަދަލުވެ، ބޭނުން ކުރަނީ އާ އުކުޅެކެވެ. ކޯޓުގައި ހެކިބަސް ދޭ ފަހުން ވެސް ހެކިބަސް ބަދަލުވަނީ އެވެ.

މަންޒަރު އެންމެ ގާތުން ފެނުނު ކަމަށް ބުނެ ސާފު ބަހުން ކޯޓުގައި ހެކިބަސް ދީ އަދި މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި ފަނޑިޔާރުގެ މޭޒުކޮޅު މައްޗަށް އަންނަނީ ސިއްރު ހެކިވެރިންގެ ސިޓީއެކެވެ. ކޯޓުގައި ކުރިން ދިން ހެކިބަސް ދޮގުކޮށްފަ އެވެ.

ކުރިން ދިން ހެކިބަސް ކެންސަލް، މައްސަލަ ނާކާމިޔާބު!

މާތްﷲ ގަންދީ ހުވާކޮށްގެން ކޯޓުގައި ދީފައިވާ ހެކިބަސް އަނބުރާ ގެންދަން ސަބަބެއްގެ ގޮތުގައި ދައްކަނީ އޭރު ހެކިބަސް ދިނީ ދައުވާ ލިބޭ މީހުންނާ މެދު އޮތް ރުޅިވެރިކަމެއްގެ ސަބަބުން ނުވަތަ އެ ނޫން ވެސް ކޮންމެވެސް ސަބަބެކެވެ. އާންމު ބަހުރުވައިގެން ބުނާ ނަމަ، "ކުރިން ބުނި އެތި ކެންސަލް" އެވެ.

މުޅި މައްސަލަ އެ ހެކިންގެ ހެކިބަހަށް ބިނާވާ ހެކިން މިގޮތަށް ސިޓީއެއް ފޮނުވާ ހިސާބުން މައްސަލަ ބަލިކަށިވީ އެވެ. ދެ މަރުހަލާއެއްގައި ހެކިވެރިން ދެ ގޮތަށް ވާހަކަ ދެއްކުމުން އުފެދިގެންދާ ޝައްކުގެ ފައިދާ ލިބޭނީ ޖިނާއީ އަދުލުގެ ނިޒާމު އޮންނަ ގޮތުން ދައުވާ ލިބޭ މީހުންނަށެވެ.

ވަކިން ހާއްސަކޮށް މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި އުފެދޭ މިފަދަ ޝައްކަކީ ކޯޓުތަކުން އަޅާނުލާ ދޫކޮށް ނުލާނެ އެއްޗެކެވެ. މިއީ މި ފަހަކަށް އައިސް މަރުގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ބަލިކަށި ކޮށްލަން ބޭނުންކުރާ އުކުޅެވެ. މި ހަފުތާގައި ކުށް ސާބިތު ނުވެ ނިމުނު މަރުގެ މައްސަލާގައި ވެސް ވީ އެ ގޮތަށެވެ.

މިދިޔަ އަހަރު ނިމުނު މަރުގެ މައްސަލައެއްގައި ވެސް މި ގޮތަށް ކަން ހިނގި އެވެ. ސިޓީ ފޮނުވިޔަސް، ދެ ވަނަ ފަހަރަށް އެ މީހުންގެ ހެކިބަހެއް ނުނަގަ އެވެ. ސަބަބަކީ ސިއްރު ހެކިން ހާޒިރު ކުރުމާއި ބާރު އޮންނަ ދައުލަތުން އެގޮތް ބޭނުން ނުވާތީ އެވެ.

އެތައް ވަގުތެއް އަދި ވަސީލަތެއް ބޭކާރު

މިއީ ކޯޓުތަކުގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. ކޯޓުތަކުގެ އެތައް ވަގުތަކާއި ވަސީލަތްތައް ހޭދަކޮށްގެން ސިއްރު ހެކިބަސް ނަގައި، މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި އެންމެ ސިޓީއަކުން، ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލާތީ އެވެ. ސިއްރު ހެކިންގެ ހެކިބަސް ނެގެނީ ވެސް އެތައް ދުވަހެއްގެ މަސައްކަތުންނެވެ.

"މި ގޮތަށް އަމަލުކުރާ ގިނަ ހެކިންނަކީ މައްސަލަތަކުގައި އެންމެ މުހިންމު ހެކިވެރިން ކަމަށް ވެދެ އެވެ،" މިދިޔަ އަހަރު މަރުގެ މައްސަލައެއްގައި މިފަދަ ކަމެއް ދިމާވުމުން އޭރު ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

"މި ކަމަކީ ހިނގާ ކަމެއް ކަމާއި އަދި މި ކަމުގެ ޒާތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައި މި ކަމުގެ ސަބަބުން ގިނަގުނަ ވަސީލަތްތަކެއް ބޭކާރުވެގެން ދާއިރު މިފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް މިކަމަށް ހައްލެއް ހޯދަންޖެހޭ،" އެ ހުކުމުގައިވެ އެވެ.

ހެކިވެރިންގެ ފަރާތުން މި ގޮތަށް ސިޓީތައް އަންނަނީ ހެކިންނާއި އެ މީހުންގެ އާއިލާތަކަށް ނުފޫޒު ފޯރުވާކަމުގެ އިންޓެލިޖެންސް މައުލޫމާތުތައް ފުލުހުން ލިބެމުން ދަނިކޮށް ކަމަށް ވިޔަސް، މީގެ އެއްވެސް މައްސަލައެއްގައި ހެކިންނަށް ބިރު ދެއްކި ބަޔަކު ހޯދިފައެއް ނުވަތަ ފިޔަވަޅު އެޅިފައެއް ވެސް ނެތެވެ.

ފިޔަވަޅު ނާޅަނީ ކީއްވެ؟

ދާދި ފަހުން އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ވެސް މިފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ވަކި ގޮތެއް ނޯވެ އެވެ. ނަމަވެސް ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި ދޮގު ހެކިބަސް ދިނުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. މީގެ ކުރިން ބައެއް މައްސަލަތަކުގައި ތަހުގީގަށް ދިން ބަޔާނާ ދިމާ އިދިކޮޅަށް ކޯޓުގައި ހެކިބަސް ދިނުމުން ބައެއް މީހުންގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ ވެސް ކުރެ އެވެ. އެކަމަކު މި ފަހުން ފެންމަތިވި އެއްވެސް މައްސަލައެއްގައި އެގޮތަކަށް އަމަލެއް ނުކުރެ އެވެ.

މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ހެކިބަސް އަނބުރާ ގެންދިއުމުގެ މައްސަލަތައް އާންމުކޮށް ހިނގަނީ މަރުގެ މައްސަލަތަކާއި ގްރޫޕް މާރާމާރީތަކާ ގުޅުން ހުރި މައްސަލަތަކުގަ އެވެ. މިދިޔަ އަހަރު ވެސް މަރުގެ މައްސަލައެއްގައި އެގޮތަށް ހެކިބަސް ބަދަލުކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ގްރޫޕް ހަދައިގެން ހިންގާ ކުށްތަކުގައި ޓެކްނިކެއްގެ ގޮތުގައި މިކަން އެބަ ބޭނުން ކުރޭ. މައްސަލަތައް ނުނިމި ލަސްވެގެން ދިޔުމަކީ ވެސް މި ގޮތަށް ހެކިބަސް ބަދަލުކުރަން ލިބޭ ފުރުސަތެއް،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ހެކިބަސް ބަދަލުކުރަނީ ސިއްރު ހެކިން ކަމަށް ވާތީ އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެކަމަކު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުން މި މައްސަލަ ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"ހުވައެއްގެ މަތީގައި ހުރެ ހެކިބަހެއް ދީފައި، ކުރިން އެހެން ބުނެވުނީ އޮޅުމަކުންނޭ ބުނެފައި އެ ބަސް އަނބުރާ ގެންދިއުމަކީ އާދައިގެ ކަމެއް ނޫން ގާނޫނީ ގޮތުން އަދި ޝަރުއީ ގޮތުން ބެލިޔަސް. ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަން މިއީ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މަރުގެ ހުކުމް އިއްވާފައިވާ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ހެކިވެރިއަކު ސިޓީއެއް ފޮނުވާފައި ބުނަންވީތޯ ތިމަންނަގެ ހެކިބަސް އަނބުރާ ގެންދަނީއޭ. ދައުލަތުން ލުއިކޮށް މިހާރު މިކަހަލަ ކަންކަން ނަގަނީ."

ކޯޓުގައި ފިލައިގެން ތިބެ ހެކިބަސް ދިނަސް، ހެކިވެރިންނަށް ރައްކާތެރިކަމެއް ދައުލަތަކަށް ނުދެވުނެވެ. ނަތީޖާއަކަށް މިހާރު ވެފައި މި ވަނީ ކޯޓުގައި ދޭ ހެކިބަސް ފަހުން ބަދަލުކުރާ ހިސާބަށް ދިއުމެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހެކިބަހަކީ ކުޅޭ ކުޅޭ އެއްޗަކަށް ވެ، ބޮޑެތި މައްސަލަތައް ސާބިތުނުވެ ނިމިގެން ދިއުމެވެ.

10 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންހަސަން

16 November 2022

ދަގަނޑު ކެނޑޭނީ ދަނގަޑުން. އުމަރު ހެދިހެން ޖެހޭނީ ހަމަ މި ގޭންގުތައް ތަޅާ ސުންނާފަތި ކޮށްލަން. ދެން ޖެހޭނީ މީރާ އެމްއެމްއޭ ބޭންކުތައް ޒިންމާދާރު ކުރުވާ އެމީހުން ލޯންޑާ ކުރާ ފައިސާތައް ހޯދާ މުދާތައް ދައުލަތަށް ނަގަން. މިހާރުވެސް އެތަކެއް އެތަކެއް ލަގްޒަރީ އެޕާޓުމަންޓުތަކާ ގޯތިތައް އެއޮތީ ގަނެ ނަގާފަ. ނޭގެ ރިސޯޓު ހިންގަން ނުފަށާ ކަމެއްވެސް.

The name is already taken The name is available. Register?

އާސީނު

16 November 2022

އަދިވެސް ކިޔާނެ މަރަށް މަރު ހިފާށޭ. މަރަށް މަރު ހިފޭނީ މަރެއް ސާބިތު ވެގެންނު ފުރަތަމަ؟ މިއޮތީ ބޮއްސުން ލާފަ އޮތް މިންވަރު. މަރަށް މަރު ހިފަން ފަށައިފިއްޔާ ކުށްވެރިންނަށް ވުރެ ގިނައިން ކުށް ނުކުރާ މީހުން މަރުވާނީ. މިހާރުވެސް މި ގޭންގު ތަކުގެ ޑްރަގު ރެއިޑު ތަކުގަ ހުރިހާ އެއްޗަކާ އެކަކު ހަވާލުވެފަ އެންމެން އެ ފިލަނީ. ގުރުބާން ކަންބަޅިއެއް ހުރޭ އަބަދުވެސް.

The name is already taken The name is available. Register?

ޑަބްލިއޫ

16 November 2022

ހެކިވެރިން އެންމެ ކުރިއްސުރެ އެކަހެރިކޮށް އެމީހުންނާ އެމީހުންގެ އާއިލާއަށް ޝަރީއަތް ނިމެންދެން ހިމާޔަތްދީގެން ޝަރީއަތްތައް ވީހާ އަވަހެއް ކޮށްގެން ހެއްކަށް ނުފޫޒު ފޯރުވާނެ ޖާގަ ނެތިކޮށްގެން ތިޔަ ކަަހަލަ ކަންކަން ހައްލުވާނީ. މުޖުތަމައުގެ އަމާންކަމާ ގުޅޭ ބައެއް ކަހަލަ ޝަރީއަތްތައް އެކްސްޕްރެސްކޮށް ކުރެވޭނެ ފަދަ ނިޒާމެއް ނޯންނަނީބާ.

The name is already taken The name is available. Register?

އެޑްމުންޑޯ

16 November 2022

މައްސަލަތައް ދިގުލާގެން 5 އަހަރުން 6 އަހަރުން ނިމޭކަމަށްވާނަމަ ތިކަންތައްތައް ދިމާވާނެ ، މިމައްސަލަވެސް މިހާރު 5 އަހަރު ފުރި 6 ވަނައަހަރަށް މިދަނީ ،

The name is already taken The name is available. Register?

އަފްރާސިޔާބު

16 November 2022

މާތް ﷲ ގަންދީ ދޮގުވާކުރުމަކީ އެމީހަކަށް ގިޔާމަތްދުވަހުގައި ވޭންދެނިވި އަޒާބުލިބޭ ކަމެއްކަމަށް ދީނީ ފޮތްތަކުގައިހުރޭ. އެހެންނަމަވެސް ދިވެހިންނަކީ ޖާހިލުބަޔަކަށްވާތީ އެބައިމީހުންނަށް އެކަން އޮންނަގޮތް އެންގުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ. މީހުން ބުނެއުޅޭ ގޮތުގައި ފުލުހުންގެ އިންވެސްޓިގޭޝަން ތަކުގައްޔާއި ކޯޓުގެ ގާޒީންނާއި މުވައްޒަފުންގެ ތެރޭގައިވެސް ހެކިދޭމީހުންގެ މައުލޫމާތު ބޭރުކުރާ މީހުން ތިބޭކަމަށް. އަދި ފައިސާވެސް ލިބޭކަމަށް

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

16 November 2022

ކުރިންބުނިއެތި ކެންސަލްވުމަކީ ހާދަހިތާމަވެރި އަދި އެހާމެ ނުބައި ކަމެކޭ.

The name is already taken The name is available. Register?

އަހުމަދު އަދީބު

16 November 2022

ކަލެއަށް ކޮންކަމެއް ތަ ގޮގުހެކިބަސް ދިނީމަ ދޯ ސިޓީ ލާނީ ނޫނީ ކަލޭމެން އަށް ވަހީ އަންނަ ނީ ތަ އެއީ ދޮގު ހެކި ބަހޭ ކިޔާފަ ތީ ވަރަށް ބޮޑު ވަރު މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ހަމަ ދޮގު ހެކި ބަހަކާ ހުރެ މީހެއްގެ މުޅި އާއިލާ އާއި އޭނާގެ ދިރިއުޅުން ހަލާކު ވާނެ

The name is already taken The name is available. Register?

ވަހީދު

16 November 2022

ގައިމުވެސް އޭނަ ދެފަހަރު ދޭއްޗެއް ކިޔާކަމަށްވަންޏާ ކޮންމެވެސް އެއްފަހަރަކު އެހަދަނީ ދޮގު. ކަލޭވެސް ބުއްދި ސަލާމަތުން ހުރިއްޔާ މިވަރު އެނގޭނެ.

The name is already taken The name is available. Register?

އަބީސް

16 November 2022

ކުތިންދިން ހެކިބަސް އަނބުރާ ގެންދާނެތާ ސިއްރުހެކިވެރިޔާ އެނގި މުޅިއާއިލާ ދުއްވާލަން އިންޒާރު ދޭތީ..ސިއްރުހެކިވެރިޔާ އޮންނާނީ ލިޔުމުގައި..ކުށުގެ ތުހުމަތުވާ ފަރާތްތަކަށް ހެކިވެރިޔާ އެނގޭގޮތް ވަނީ ކީއްވެ؟؟

The name is already taken The name is available. Register?

ވިސްނާލީމާާ

16 November 2022

ކުށްވެރިއާއަށް ސިއްރު ހެކިވެރިއާ ދެނެގަނެވިދާނެ އެ ހެކިވެރިޔާ ކޯޓުގަ ދައްކާ ވާހަކައިން ވެސް. ކުރި ކުށެއްގެ ތަފްސީލު އެނގޭނެ މަދު ބަޔަކު ތިބިނަމަ ހެކި ދޭނީ އެއިން ކޮންމެވެސް މީހަކުކަން އެނގެން އެހާވެސް އުނދަގުލެއްނުވާނެ. އެ ނޫން ގޮތްގޮތަށްވެސް ސިއްރު ހެކިވެރިން ހޯދޭނެ މި ކުޑަ ގައުމުގަ އެކަކު އަނެކަކު ދަނެ ނެޓްވޯކް އެޅިފަ އޮންނަވަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454