މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ ޓެސްޓް ޕައިލެއް: އެ މަސައްކަތް ފެށީ މި މަހު -- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2022 - 17:49
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ޕައިލް މިހާރު ހުރީ ވަރަށް ރީއްޗަށް، ފެނުން މަތީގައި ފެންނާށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މި މަޝްރޫއު ދަށުން، ފުރަތަމަ މެރިން ޓެސްޓް ޕައިލް ހަރުކުރުމުގެ މަސައްކަތް ފެށީ މި މަހު ކުރީކޮޅުގަ އެވެ. އެ ޕައިލްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ މި މަހު ނުވައެއްގަ އެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ ޓެސްޓް ޕައިލެއް: އެ މަސައްކަތް ފެށީ މި މަހު -- ފޮޓޯ: ނިޝާން އަލީ | މިހާރު
މެރިން ޓެސްޓް ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ ދާއިމީ ތަނބުތައް ޖަހަން ފެށޭނެ އެވެ. އޭގެ ކުރިން ކުރަން ޖެހޭ ޕައިލިންގެ މަސައްކަތް މާލެ، ވިލިމާލެ އަދި ތިލަފުށީގައި ހިނގަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ބްރިޖުގެ ތަނބުތަކުގެ ތެރެއިން އެއްގަމުގައި ޖަހާ ފުރަތަމަ ތަނބު ޖެހީ މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ.
ތިލަމާލެ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ކޮޅުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގުޅާލާނީ މާލެ އާއި ވިލިމާލެ އެވެ. އެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި މުޅި ބްރިޖުގެ މަސައްކަތް ނިމޭނީ 2024 ގައި ކަމަށް ބުންޏެވެ.
ތިލަމާލެ ބްރިޖް: ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި https://t.co/x2rm6pe6Zn
— Mihaaru (@Mihaarunews) November 9, 2022
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
19 November 2022
ދޮޅުހާހެއްހާ މީހުންއުޅޭ، އިންޖީނުލީ ވެހިކަލް މަނާ ކުޑަރަށަކަށް އެތައް ބިލިއަނަކަށް މާކަނޑުހުރަސްކޮށް މިވަރުގެ ބުރިޖެއް މިއަޅަނީ ކިހިނެއް ވެގެންތަ.
އަބްޑޫޅް
17 November 2022
ޓެޝްޓު މުޑި ފެނުނީމަ ހީވަނީ އާދިއްލީ ގެ އަވަށްގަނޑަކުން ލުހެލައިގެން ގެނައި، ބާ ދަގަނޑުގަނޑެއް ހެން. އަވަށު ޕަންޗާޔަތުގެ ބަޅާސާހިބުގެ ހުއްދަ ލިބިގެންތަ، މި ދަގަނޑުގަނޑު ގެނައީ؟
ތުނޑުހަސަނު
17 November 2022
ތީގެ ތަނބުކޮޅެއް ޖަހައިގެން ކަންނެލި ޖަގަހައެއް ހަދައިދީބަލަ.
ރަދީފްއޮފިޝަލް
17 November 2022
ސާބަހޭ ޔެމްޑީޕީ ސަރުކާރު.ޔެފްކޮންގެ މަސައްކަތް ވެސް ސުޕަރު.ނައްލަ.ގުޑް ލަކް.ވ.ވެދުން
ކުރި
17 November 2022
ކުރިން ބުނީ އަންނަ އަހަރު އޯގަސްޓްމަހު ބްރިޖް ހުޅުވާނެ ކަމަށް. އެތާރީޚު ފަސްވަނީތޯ ނުވަތަ އަވަސްވަނީތޯ.
އަވަސްވަނީ
17 November 2022
އެއް ތަނބު ޖަހާފަވެސް ބްރިޖް ހުޅުވިދާނެ.
ަވިލިގނލި ކަމަނަ
17 November 2022
އަލްހަމްދު ލިއްލާހި ޝުކުރު އިންޝާﷲ ކުރިއަށް އަހަރެމެން ވިލިގިނލި މީހުން މިތިބީ ވ. އުފަލުން ރައީސް ޞާލިހުއަށް ވ ވ ވ ބޮޑަށް ޝުކުރިއްޔާ ސާބަހޭދަރިޔާ ހިތްވަރުކުރާތި ތިގޮތުގަ.
ކަމަނަމެނާ
17 November 2022
އެގޮތަށް ހިތްވަރު ކޮށްގެން އަދި ކިތައް އަހަރުންބާ އެ ބްރިޖް ފެންނާނީ. ކުރިއަށް އޮތީ ތަކެތި އަގުބޮޑުކަމުން ރައްޔިތުން ހަނާވާ އަހަރު.
އަބްޑޫޅް
17 November 2022
ތިޔައީ "ކުރޮޅިމާލެ" ބުރިޖު.
ހުރި ހިތާމަ
16 November 2022
ނޫނޭވާ ދިވެހިންނަކީ ކީތްވެފަ ތިބި ބައްބާވަޔޭހިތައްއަރަ އެނގޭކަމެއް ނޭންގޭ ކަމެއްވެސް ނޯވެ ރަގަޅު އެއްގޮތްވެސް ނޯވެ ޝުކުރު ކުރަންވެސް ދައްނަ ބައެއް ނޫން.
ދިއްދޫމީހާ
17 November 2022
ޝުކުރު ކުރަން އިންގޭ ކޮއިފުޅާ ނިކަން ފިލައްދޫ ފުއްޓަރުކޮޅަށް ގޮސްބަލަ ތީގެ ތަނބެއް ފެންނާނެ އެއީ ފަރަށް އެރި ކާގޯ ބޯޓެއްގެ އިންޒީނުގެ ފިސްޓަންބައި…
ޝަރުފިއްޔާ
16 November 2022
އިންތިޒާރު މިކުރަނީ 2 ވަނަ ޓެސްޓު ޕައިލް ޖެހިކަމުގެ އާޓިކަލްގެ ވެރީ އެކްސައިޓެޑް
ޔާހޫ
16 November 2022
ދޮންކަލޯ މިގައުމު ބޭނުންވަނީ ޓެސްޓް ހަމަ. އަންނި އައް ވެރިކަން ދިިނީވެސް ޓެސްޓް ކޮއްލަން، ކަމަކު ނުދިޔަ. ދެން އައީ ޔާމީން ( ތަރައްގީ ޔަގީން) އެކަމް ބޭނުންވީ އިބޫ ޓެސްޓް ކޮއްލަން،، ދެން މިހާރު ފީކަޅާކަން އެނގުނީމަ ކޮންކަމެއް. ދެން އޮތީ އިބޫގެ ވާހަކަ ގާތްކޮއްގެންވެސް މިއުޅެނީ މުޅި ދުނިޔެ އޮޓޮމެޓިކައް ބަދަލުވިއިރުވެސް މެނުއަލްކޮށް މަސައްކަތްކުރާ އިިންޑިއާއާ. ހާލަތު ދެން އަންދާޒާކޮއްލާ ހަމަ ނޭނގޭ ހިންގާކަށް. ނޭނގޭކަންވެސް ނޭނގެ.