20 ނޮވެމްބަރ 2022 - 12:54
ފިރިހެނުންގެ ޖިންސީ ދިޔަވަރު ނުވަތަ މަނީގައި ދަރިފަނި ހުންނަ މިންވަރު (ސްޕާމް ކައުންޓް) ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާ، އިޒްރޭލު، ސްޕެއިން، ޑެންމާކް އަދި ބްރެޒިލްގެ ސައެންސްވެރިން ހިމެނޭ ޓީމަކުން ކުރި މި ދިރާސާގައި ބުނެފައިވާ ގޮތުން، ފިރިހެނުންގެ މަނީގައި ދަރިފަނި ހުންނަ މިންވަރު، މިދިޔަ 50 އަހަރުގެ ތެރޭގައި ވަނީ 62 ޕަސެންޓް ދަށްވެފަ އެވެ. މި ދިރާސާގެ އިސް ސައެންސްވެރިޔާ، ހީބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ ޕްރޮފެސަރު ހަގާއީ ލެވީން ވިދާޅުވި ގޮތުގައި މިއީ ވަރަށް ކަންބޮޑުވާންޖެހޭ އަދި ހައިރާންކުރަނިވި ހޯދުމެކެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، މި ދިރާސާގެ ހޯދުންތަކުން އެނގޭ އަނެއް ހަގީގަތަކީ ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަން ދަށަށް ދާ ކަމެވެ. ސަބަބެއް ކަމަށް ދިރާސާގައި ބުނެފައިވަނީ، ދަރިފަނީގެ މިންވަރު މަތިވުމަކީ، ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކަމުގެ ހެއްކެކެވެ. އެހެންކަމުން އެ މިންވަރު ދަށްވުމަކީ ސިއްހީ ހާލަތު ދަށަށްދާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
Humans could face reproductive crisis as sperm count declines, study finds
— Wittgenstein (@backtolife_2023) November 16, 2022
Global figures suggest sperm concentration has halved in 40 years – and the rate of decline is acceleratinghttps://t.co/x3IXF91VVO pic.twitter.com/mQDycmIoCt
އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައެންޓިފިކް ޖާނަލް، ހިއުމަން ރިޕްރޮޑަކްޝަން އަޕްޑޭޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާއާ މެދު، ކަމާ ގުޅޭ ދާއިރާތަކުގެ ސައެންސްވެރިންނާއި ތަޖުރިބާކާރުންގެ މެދުގައި މިހާރު ވަނީ ހޫނު ބަހުސެއް އުފެދިފަ އެވެ. މި ދިރާސާގެ ހޯދުމަށް ތާއީދުކުރައްވާ ސައެންސްވެރިން ވިދާޅުވަނީ މިއީ ހަގީގީ ހޯދުންތަކެއް ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މި ހޯދުންތަކަށް އިތުބާރު ނުކުރައްވާ ބައެއް ސައެންސްވެރިން އެކަމުގެ ހުއްޖަތަކަށް ދައްކަވަނީ، މި ދިރާސާގައި އެއްކޮށްފައިވާ މައުލޫމާތަކީ މިދިޔަ 50 އަހަރުގެ މައުލޫމާތަށް ވެފައި، އެ މުއްދަތުގެ ކުރީކޮޅުގައި، ދަރިފަނީގެ މިންވަރު ކަނޑައެޅުމުގައި ބޭނުންކުރި މިންގަނޑާއި މިހާރު އެކަމަށް ބޭނުންކުރާ މިންގަނޑު ވަރަށް ބޮޑަށް ތަފާތުވުމެވެ.
އެހެންކަމުން، ކުރީގައި ހޯދިފައި ހުރި އަދަތުތަކާއި މިހާރު ހޯދާ އަދަތުތައް އަޅައިކިޔުމުން ނުކުންނާނީ ސައެންޓިފިކް ހަގީގީ އަދަދުތަކެއް ނޫން ކަމަށް އެ ސައެންސްވެރިން ދެކެ އެވެ. އެހެން ނަމަވެސް، މިއީ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ކަމެއް ކަމަށް، އެ ބޭފުޅުން ވެސް އެއްބަސްވެ އެވެ.
"ކޮންމެ ދިރޭ މަޚުލޫގެއްގެ އެންމެ އަސާސީ މަސައްކަތަކީ އެ އެއްޗެއްގެ ދަރިފަސްކޮޅު އިތުރުކުރުން. އެ ބައެއްގެ ދަރިފަސްކޮޅު ދަށަށް ދާކަމުގެ އިޝާރާތެއް ލިބުމަކީ، އެއީ ވަރަށް މުހިންމު ހޯދުމެއް،" ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ޚާއްސަ ޕްރޮފެސަރު ޑރ. މިޝެލް އެއިޒެންބާގް ވިދާޅުވި އެވެ.
"ފިރިހެނުންގެ ދަރިމައިވުމުގެ ދުޅަހެޔޮކަމާއި ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަމަކީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ކަންތައް. އެހެންވީމާ، މި ދިރާސާގައި ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވިފައި އެބަހުރި. އެ ވާހަކައަކީ، މީގެ 50 އަހަރު ކުރިން އުޅުނު ފިރިހެނުންގެ ސިއްހީ ދުޅަހެޔޮ ކަމަށްވުރެ އަހަރެމެންގެ ސިއްހީ ދުޅަހެޔޮކަން ދަށަށް ހިނގައްޖެޔޭ."
މިފަހަރުގެ ދިރާސާގައި ހިމަނާފައިވާ މައުލޫމާތުތައް ވަނީ، 2017 ވަނަ އަހަރު ކުރި ދިރާސާއެއްގެ މައުލޫމާތުތަކާ އަޅައި ކިޔައިފަ އެވެ. އަދި 2017 ވަނަ އަހަރުގެ ދިރާސާގައި މައުލޫމާތު އެއް ނުކުރާ ބައެއް ސަރަހައްދުތަކުގެ ގައުމުތަކުން ވެސް މިފަހަރުގެ ދިރާސާ އަށް މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރޭގައި މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާ އޭޝިޔާ އާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
21 November 2022
ޢަގީދާ ވަރުގަދަ ނޫނަސް ދަންނަވަން. ފަހު ޒަމާނުގެ ޢަލާމާތެއް މީ. ދަރިން ނުލިބޭ ދެމަފިރިން ގިނަވާނެ ކަމަށް އަންގަވާފައި ވަނީ.
އޮތްގުޅުން
21 November 2022
ބާރު އެއްޗެހި ލުމާ ތިކަމާ ގުޅުމެއްވާކަމަށްވެސް ދިރާސާއަކުން ދެއްކި.
ކިޔާލަދީބަލާ..
20 November 2022
ދަރިފަނި ގިނަވާނެ ގޮތެއް ކިޔާދީބަލަ.. ނުވަތަ ދަރިފަނި ބާރުގަދަކުރަން ކެއުމުގައި ހިމަނަންވީ ބައިތައް..
ކަހެރުވައް
20 November 2022
ނަސީބެންނު 12 ދަރިން ހޯދުނުކަން. ދަރިފަނި ހުސްވުމުގެ ކުރިން..
ރިފާހް
20 November 2022
ރާއްޖޭގައިވެސް ދިރާސާ ކޮށްލީމަ އެނގޭނީ..އެނގޭ ކަމަކީ ދަރިންނުލިބޭތީ އައިވީއެފް ހަދާ މީހުން ގިނަކަން..އަދި ބައެއް ރަށްރަށުގައި އެކަމަށް ފަރުވާ ހޯދާމީހުން އާދަޔާއި ހިލާފަށް ގިނަކަން..
އުމޭއްތަ
20 November 2022
ދަރިފަނި އިތުރު ކުރާ ޓްރީޓްމަންޓް ވެސް އާސަންދައިން ހަމަޖައްސައިދޭން ވާނެ. މިކަމަށް މީކާއިލް މަޖިލީހަށް ބިލެއް ހުށައަޅުއްވައި ދެއްވާ
ސީޒަން ޖެކްޝަން
20 November 2022
އެހެންވީމާ ދުނިޔޭގެ އާބާދީ ދަށަށް އަޅަނީތާ. މީ ރަނގަޅުފާލެއްބާ ނޫނީ ގޯސްފާލެއްބާ؟
ރާބެއްޔާ
22 November 2022
މަބުނާނީ ރަނގަޅު ފާލެކޭ.
ބީރުބޮލުވަޒީރު.
20 November 2022
" މީގެ 50 އަހަރު ކުރިން އުޅުނު ފިރިހެނުންގެ ސިއްހީ ދުޅަހެޔޮ ކަމަށްވުރެ އަހަރެމެންގެ ސިއްހީ ދުޅަހެއުކަން ދަށަށް ހިނގައްޖެޔޭ." ކީއްވެ މިހެންވާންވީ. މިހާރުގެ އިންސާނާ ކުރީގެ މީހުނަށް މަލާމާތްކޮށް ހަޖޫޖަހާ. ކުރީގެ ޢިލްމުވެރިންނަށްވުރެ ފަހުގެ ޢިލްމުވެރިން މޮޅުކަމަށް ދަޢުވާކުރޭ. ކުރީގެ މީހުންގެ ބޭސްވެރިންނާއި ފަންޑިތަވެރިންނަށް މަލާމާތްކުރޭ. އެހެންވީމާ މިހާރުގެ މީހުން މާ ސިއްހަތު ރަނގަޅުވާންޖެހޭނެ ދޯ.
ތަފާތަކީ މީ
20 November 2022
ބީރުބޮލޫ މިހާރު މީހުންގެ ސިއްހަތު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ކުރީ ޒަމާނުގެ އިންސާނުންނަކީ އޯގަނިކް ބައެއް..ނަމަވެސް މިހާރުގެ އިންސާނާވަނީ ކެމިކަލުން ތަޣައްޔަރުވެފަ..
ބީރުބޮލުވަޒީރު.
20 November 2022
ތަފާތަކީ މީ ތިއަބުނަނީ މިހާރުގެ މީހުން ކެމިކަލުން ތަޣައްޔަރުވިއްޔޭ. އެހެންވީމާ މިހާރުގެ މީހުން މާ މޮޔަދޯ
އައްލާމިއާ
20 November 2022
ކެމިކަލުން ތަގައްޔަރުވެފަ ތިބި މީހުން ހަގުރާމަޔަށް ވަރަށް ލޯބިކުރާނެ.