21 ނޮވެމްބަރ 2022 - 06:53
ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުވުމަށް ހެނދުނު ކަސްރަތު ކުރުމުގެ ފައިދާ ބޮޑު ކަމަށް ނެދަލެންޑުގެ ލައިޑަން ޔުނިވަސިޓީ މެޑިކަލް ސެންޓަރުން ހެދި ދިރާސާ އަކުން ދައްކައިފި އެވެ. .
ކަސްރަތަކީ މީހާގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު ކަމަކަށް ވާއިރު މި ދިރާސާ އިން ދައްކަނީ ހެނދުނު ހޭލައިގެން ކުރާ ކަސްރަތުގެ ފައިދާ މިކަމުގައި އިތުރު ކަމަށެވެ.
މި ދިރާސާ ކުރުމަށް ބޭނުންކުރީ އިނގިރޭސިވިލާތުގެ ބަޔޯބޭންކް ޑޭޓާ ބޭސް އެވެ. މި ޑޭޓާ ބޭސްގައި، އުމުރުން 42 އަހަރާއި 78 އަހަރުގެ 86،657 މީހުން ހިމެނެ އެވެ. މި މީހުންނަކީ ފެށުނު އިރު ހިތުގެ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. މި މީހުންގެ އެވްރެޖް އުމުރު އުޅެނީ 62 އަހަރުގަ އެވެ. އޭގެ ތެރެއިން 58 ޕަސަންޓަކީ އަންހެނުންނެވެ.
މި ދިރާސާގައި ބުނަނީ ހަ އަހަރާއި އަށް އަހަރާ ދޭތެރޭ 2،911 މީހަކަށް ކޮރޮނަރީ އާޓަރީގެ މައްސަލަތައް ދިމާވެފައި ވާއިރު، 796 މީހަކަށް ސްޓްރޯކް ޖެހިފައިވާ ކަމަށެވެ.
މި މައްސަލަތައް ދިމާވި މީހުންގެ މައުލޫމާތު އަޅާކިޔައިގެން ބެލި އިރު ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އެންމެ ދަށީ ހެނދުނު 8 އާއި 11 އާ ދެމެދު ކަސްރަތުކުރި މީހުންގެ ކަމަށް ދިރާސާއިން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
21 November 2022
" ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އެންމެ ދަށީ ހެނދުނު 8 އާއި 11 އާ ދެމެދު ކަސްރަތުކުރި މީހުންގެ ކަމަށް ދިރާސާއިން ދައްކަ އެވެ. " .... ހެދުނު 8 ގެ ފަހުން ކަސްރަތު ކުޅެން ދާމީހުންނަށް ޓްރެކް ބަންދުވާނެ ދެން އެތަން ހާއްސަ ވަނީ ބޭރު ގައުމުތަކުން އައިސްތިބޭ ބިދޭސީން ކްރިކެޓް ކުޅެން. އަމިއްލަ ގައުމުގަ މިހާހާލުގެ އުޅެން މިޖެހެނީ. ކީއްކުރާނީ ސީޔާސީ މީހުންނަށް މުސާރަދީފަ ސިންތެޓިކް ޓްރެކަކަށް ބަދަލު ކޮއްލާނެ ލާރިވެސް ދައުލަތަކު ނޯވޭ.
އޮބްރޯއި
21 November 2022
އަހަރުމެން ދިވެހިންނަށް ތިކަމެއްނުވާނެ. ދަންވަރު 1 ދޭއް ޖަހާއިރު ނިދަނީ. ހެނދުނެ އެލާމުވެގަތީމަވެސް ސްނޫޒު ކޮއްލަކޮއްލާ އޮންނަނީ އޮފީހަށް ގަޑިޖެހޭއިރުވެސް، އޭރު ދަރިފުޅުގެ ސްކޫލަށް ގަޑިޖެހި ގޭޓްލައްޕާފަ.