ކުޅިވަރު / ވޯލްޑް ކަޕް 2022

ވޯލްޑް ކަޕްގެ ކުރިން މެސީ އާއި ރޮނާލްޑޯގެ މި ފޮޓޯއިން ސަޕޯޓަރުން ބަދަހި ކޮށްދީފި

މެސީ އާއި ރޮނާލްޑޯ އެކުގައި ޝެއާ ކޯށްފައިވާ ލުއީ ވިޓޯން ގެ ޕްރޮމޯޝަނަލް ޕޯސްޓް.-- ފޮޓޯ އެނީ ލީބޮވިޓްޒް/ ލުއީ ވިޓޯން

ވޯލްޑް ކަޕަށް ވަގުތު ކުޑަތަން ވީއިރު ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮތީ ބައިބައި ވުމެވެ. ގަތަރުގެ އުސޫލުތައް ޔޫރަޕާއި ހުޅުނގުގެ ގައުމުތަކަށް ކަމު ނުދިއުމުން ފީފާ އާއި ގަތަރަށް އޮތީ ބޮޑު ޕްރެޝަރެއްގަ އެވެ. މައްސަލަތައް ބޮޑުވުމުން ފުޓްބޯޅަ އަށް އެކަނި ސަމާލުކަން ދިނުމަށް ފީފާއިން ގައުމުތަކަށް އެންގި އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު މުބާރާތަށް މުލީ ދުނިޔެ ސަމާލުކަން ދީގެން އޮތް ނަމަވެސް ބައިބައިވެފައި ވުމުން ދެކެވެމުން ދިޔައީ މައްސަލަތަކާއި ފުރިހަމަ ނުވެ ހުރި ކަންތައްތަކުގެ ވާހަކަ އެވެ.

އެ ދަނޑިވަޅުގައި، ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބަދަހިކަން އުފައްދައިދިނީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ، އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ދެ ކުޅުންތެރިން އެކުގައި އިން ފޮޓޯއިންނެވެ.

ދެ ކުޅުންތެރިން ވެސް ގާތްގަނޑަކަށް އެއް ވަގުތެއްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ފޮޓޯ ހިއްސާ ކުރުމުން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެވެ.

ފަހުގެ ތާރީހުގައި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ކާމިޔާބު ދެ ތަރިން އެ ފޮޓޯ އަކީ ފުޓުބޯޅަ ފޮޓޮއެއް ނޫނެވެ. ދެ ކުޅުންތެރިން ވެސް ތިބީ ފްރާންސްގެ މަޝްހޫރު ލަގްޒަރީ ފެޝަން ބްރޭންޑެއް ކަމަށްވާ "ލުއީ ވިޓޯން" ބްރީފްކޭސް އެއްގެ މަތީގައި ރާޒުވާ ކުޅޭށެވެ.

"ކާމިޔާބީ އަކީ ވިސްނުމާ ގުޅިފައިވާ ކަމެއް،" ފޮޓޮއާ އެކު ލުއީ ވިޓޯން އާއި ފޮޓޯގްރާފަރު އެނީ ލީބޮވިޓްޒް ޓެގް ކޮށްފައި މެސީ އާއި ރޮނާލްޑޯ ހިއްސާކުރި ކެޕްޝަންގައި ވެއެވެ.

އެހެން ނަމަވެސް ފާހަގަވާ އެއް ކަމަކީ ދެ ކުޅުންތެރިން ވެސް އެކަކު އަނެކަކު، އެ ޕޯސްޓުގައި ޓެގް ކޮށްފައެއް ނުވެ އެވެ.

ލުއީ ވިޓޯން ބްރޭންޑުން ކޮންމެ ޕްރޮޑަކްޓެއް އިސްތިހާރު ކުރިއަސް މައްސަލައެއް ނެތެވެ. މެސީ އާއި ރޮނާލްޑޯ އަކީ މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ވިއްކަން އެންމެ ރަނގަޅު އެއް ޒަރީޔާ އެވެ. ރޭގެ ވަގުތެއްގައި ދެ ކުޅުންތެރިން ހިއްސާކުރި ޕޯސްޓަށް ބައި ގަޑިއެއް ހާއިރު ތެރޭ 10 މިލިއަނަށް ވުރެ ގިނަ ރިއެކްޓްސް ލިބިފައި ވެއެވެ.

ރޮނާލްޑޯ އާއި މެސީގެ އިންސްޓަގްރާމް ފީޑުގައި ޝެއާ ކޮށްފައިވާ ޕޯސްޓް.--

މިއީ ދެ ކުޅުންތެރިންގެ ވެސް ފަހު ވޯލްޑް ކަޕަށް ވުން އެކަށީގެން ވެއެވެ. ހަމަ ޔަގީނުން ވެސް އުމުރުން 35 އަހަރުގެ މެސީ ވަނީ މިއީ އޭނާ ކުޅޭނެ ފަހު ވޯލްޑް ކަޕް ކަން އިއުލާން ކޮށްފަ އެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ އެފަދަ ވާހަކައެއް މީޑިއާގައި ހިއްސާ ނުކުރި ނަމަވެސް ގަތަރުގައި، ޕޯޗުގަލް ޗެމްޕިއަންކަން ހޯދައިފި ނަމަ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް، މި ފަހުން އާއްމުކުރި އޭނާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

"އާނ، 100 ޕަސެންޓް. ރިޓަޔާ ވާނަން،" ޓޯކް ޓީވީގެ ޕިއޭސް މޯގަން އަށް ދިން އިންޓަވިއު އެއްގައި ވޯލްޑް ކަޕް ލިބިއްޖެ ނަމަ ރިޓަޔާ ކުރާނެތޯ އެހުމުން ރޮނާލްޑޯ ބުންޏެވެ.

އެ އިންޓަވިއު ގައި ރޮނާލްޑޯ ވަނީ މެސީ އަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކޮށް، އޭނާ އަކީ ޖާދުލެއް ފަދަ ކުޅުންތެރިއެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

"އޭނާ އަކީ ތަފާތު ކުޅުންތެރިއެއް، ޖާދުލެއް ފަދަ، އެންމެ މަތީ (ކުޅުންތެރިއެއް)،" ރޮނާލްޑޯ ބުންޏެވެ.

ދެން އޮންނަ ވޯލްޑް ކަޕް މުބާރާތަކަށް؛ 2026 ވަނަ އަހަރު މެސީ އަށް 39 އަހަރު ފުރޭނެ އެވެ. ރޮނާލްޑޯ އަށް 41 އަހަރު ވާނެ އެވެ. އަދި ފުޓުބޯޅަ ކުޅުން ހުއްޓާލަން އެންމެ މުބާސަބު ވަގުތަކަށް ވާނީ އުމުރުން 40 އަހަރުގައި ކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.

ގަތަރުގައި ރޮނާލްޑޯ ޕޯޗުގަލް ޓީމާ އެކު ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ

މިއީ މެސީ އާއި ރޮނާލްޑޯ ވެސް ކުޅޭ ފަސްވަނަ ވޯލްޑް ކަޕެވެ. ކްލަބް ލެވެލްގައި އެ ފެންވަރުގެ ދެވަނައެއް ނެތް މެސީ އާއި ރޮނާލްޑޯގެ ކާމިޔާބީތައް ގުނާ އަދަދު ނުކުރެވެ އެވެ. އަދި ގައުމީ ޓީމާ އެކު ކާމިޔާބެއް ނުހޯދި ހޭދަވި ހިތްދަތި ދުވަސްތަކަށް ނިމުމެއް އައީ ވެސް ވަރަށް ފަހަކުންނެވެ.

އެންމެ ފުރަތަމަ 2016 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޕޯޗުގަލް އާއެކު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ކުރިން ވޯލްޑް ކަޕް ގައި އެންމެ ދުރަށް ދިޔައީ 2006 ވަނަ އަހަރުގެ ސެމީ ފައިނަލަށެވެ. ތިންވަނަ ހޮވި މެޗުގައި ބަލިވީ ޖަރުމަން އަތުންނެވެ.

އެ ދުވަހާ ހަމައަށް ވެސް މެސީ އަށް އޮތީ ގައުމީ ޓީމާ އެކު ކާމިޔާބެއް ނުހޯދި އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ދިޔަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އާޖެންޓީނާ އަށް ވެސް ލަނޑު ދިނީ ޖަރުމަނެވެ.

ވޯލްޑް ކަޕަށް އާޖެންޓީނާ ގައުމީ ޓީމާ އެކު މެސީ ގަތަރަށް އައިސް،-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ފައިނަލް ގައި ދިމާވި ނާކާމިޔާބީ އަށް ފަހު ދެކުނު އެމެރިކާ ބައްރުގެ މުބާރާތުގެ ފައިނަލް ގައި ވެސް ޖެހިގެން އައި ދެ އަހަރު ބަލިވީ ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލި ވެގެންނެވެ. އެއަށް ފަހު ގައުމީ ޓީމަށް ކޫޅުން ހުއްޓާލަން ވެސް މެސީ ނިންމި އެވެ. އެކަމަކު އޭގެ ހަފްތާއެއް ފަހުން އަލުން މެސީ ގައުމީ ޓީމުގައި ހިމަނައިގެން ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އާޖެންޓީނާ އިން ތައްޔާރުވާން ފެށި އެވެ.

ރަޝިއާ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލް ގައި މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް ގަދަ 16 ގައި އުރުގުއޭ އިން ޕޯޗުގަލް ބަލި ކުރި އިރު، އާޖެންޓީނާ ބަލިވީ އެ އަހަރުގެ ޗެމްޕިއަން ފްރާންސް އަތުންނެވެ.

އެންމެ ފަހުން އާޖެންޓީނާ އާއެކު މެސީ ބައިނަލްއަގުވާމީ މުބާރާތެއް ކާޟިޔާބު ކުރީ 2021 ވަނަ އަހަރު އެވެ. އޭނާގެ ކެޕްޓަންކަމުގައި ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ ފަސްގަނޑުގައި ބްރެޒިލް ބަލިކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ސަރަހައްދީ މުބާރާތް ކާމިޔާބު ކުރި އިރު، އަތް ނުލެވި އޮތް ބޮޑު މުބާރާތަކީ ވޯލްޑް ކަޕެވެ.

ގިނަ ބަޔަކު މެސީ އާއި ރޮނާލްޑޯ ދެމީހުން އަޅާކިޔުމުގައި އެންމެ މަޝްހޫރީ ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އެވެ. ބްރެޒިލް އަށް އެންމެ ފުރަތަމަ ތިން ވޯލްޑް ކަޕް ހޯދައިދިނީ ޕެލޭ އެވެ. އަދި މަރަޑޯނާ ވެސް ވަނީ އޭނާގެ އިންޑިވިޖުއަލް މޮޅު ހުނަރާ އެކު ކެޕްޓަން ކަމުގައި ވޯލްޑް ކަޕް ނަގައިފަ އެވެ.

މިއަހަރުގެ ވޯލްޑް ކަޕް ގައި އާޖެންޓީނާ އެންމެ ފުރަތަމަ ކުޅުން އޮތީ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ މެކްސިކޯ އާއި ޕޮލެންޑެވެ.

ރޮނާލްޑޯގެ ޕޯޗުގަލް ހިމެނެނީ ގާނާ އާއި އުރުގުއޭ އަދި ދެކުނު ކޮރެއާއާ އެއް ގުރޫޕެއްގަ އެވެ. އެންމެ ފުރަތަމަ ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ ގާނާއާ ދެކޮޅަށެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާލްޑޯފޭން

17 April 2024

ހަގީގަތަކީ ރޮނާލްޑޯ އަދި މެސީ އަކީ އެއްވެސް އިރެއްގައި ރައިވަލްސް އެއް ނޫން. އެއީ ދެ ހަގުރާމަވެެރިންކަން ދައްކުވައިދެނީ މީޑިއާއިން. ދޭއި އާރ މޯރ އޮފ ޕްރޮފެޝަނަލް ކޯ ވޯރކާސް. ދޭއި ރެސްޕެކްޓް އީޗް އަދާރ. ކޮފީ ތަކަށް ނުދެވެނި ދެމީހުން ދެ ސިޓީގައި ކުޅޭޓީ، ނުވަތަ ދެ ގައުމެއްގައި ކުޅޭތީ. ދަނޑު މަތިން އަބަދުވެސް ގާތް ގުޅެމެއް ބާއްވާ.

The name is already taken The name is available. Register?

ގެދާނޯމޮސް

20 November 2022

ފުރިހަމަ އިންސާނުން ކާމިޔާބު ފާހަގަ ކުރާނީ ދުރުވިސްނުން ތެރިގޮތުގައެވެ. އެއީ ފެށުމުގުގެ ނިޔަތާއި ، ނިމުމުގެ ނިޔަތުންނެވެ. މިޔައްކިޔަނީ " ޢަޒުމަކީ ކާމިޔާބުގެ ތަނޅުދަނޑި " އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454