އަރަބިއްޔާ ސްކޫލް: އެތަނަށް ދާއިމީ ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ވަނީ ނެރެފައި --- ފޮޓޯ/މިހާރު
20 ނޮވެމްބަރ 2022 - 16:12
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު މިމަހު ކުރީކޮޅު ވަނީ އެ މަގާމުން ވަކިކޮށް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފަ އެވެ. އެެހެންވެ، އެ ސްކޫލް މިހާރު ވަގުތީ ގޮތުން ހިންގަވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ އެވެ.
އެ މައްސަލަ ޝުޖާއުގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމަށްފަހު ވަގުތީ އަމުރަކަށް އެދުމުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭން އެ މައްސަލާގައި އެދުނަސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އެ ނުކުތާއާ މެދު ގޮތް ނިންމޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށްވާތީ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
ޝުޖާއު ވަކިކުރި މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން މުޒާހަރާ ވެސް ކުރި އެވެ. އަދި އަރަބިއްޔާ ހިންގުން ސައީދުއާ ހަވާލުކުރުމުން ބައެއް ބެލެނިވެރިން އެކަމާ ދެކޮޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފް އޯފް
22 November 2022
އަރަބިއްޔަ އަކީ މަ މާތް ބައެއް. އެމީހުންނައް މުހާތަބްކުރަންޖެހޭނި ރަސްރަސް ކަލުން ނާ މުއާމަލާތް ކުރާހެން.
ވަހީދުބެ
22 November 2022
ވަކި ސްކޫލަކާ މެދު ރަށްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަކީ ސިސްޓަމުގެ ތެރެއިން ކުރަމުން އަންނަ ކަމެއް. ކުރިން އެކަން އޮތީ އެޑިއުކޭޝަނުގެ ތެރޭގައި މިހާރު އާއްމުންނަށް ވެސް ތިލަވީ. ހުރިހާ ވެސް ބޭނުމަކީ އަރަބި ބަަހުން ކިޔަވަދޭ ހަމައެކަނި ސްކޫލް އުވާލުން
ކިހާބޮޑު
21 November 2022
އަރަބިއްޔާ ގެ ޕްރިންސިޕަލް ކަމަކީ މިކަލޭގެ އަށް އަބަދަށް ލިއުއްވާފަ އޮތް މަގާމެއްތަ!؟
ކެރަފާނަޝީދު
23 November 2022
ކަލޭގެއަށް ތިޔައުޅެނީ އޮޅިގެން. ވަކި ކަމެއް މަތިކޮށްފަ ވަކިކުރީމަ އެކަމަކީ ހަގީގަތެއް ނޫންވިއްޔާ ވަކިކުރާނީ ގޯސްކޮށް، ވީމަ އެކަން ކަށަވަރުކުރަން ޓްރައިބިއުނަލަށް ދިޔައީ. އެއީ ޝުޖާގެ ހައްގެއް.
ނިރުނު
21 November 2022
އަރަބިއްޔާ އަށް ޕްރިންސިޕަލްއެއް އައްޔަނެއް ނުކުރޭ. ހިންގުން ހަވާލުކުރީ.
ސައްޙާފް
21 November 2022
ހުވަފެނުންވެސް އަލުން އަރަބިއްޔާތެރެއަށް ތިޔަ ޕްރިންސިޕަލް ވައްދަންފުރުސަތުނުދިނުން ރަނގަޅު. މުޅިތަން ސިޔާސީ ކިއްލާއަކަށް ހަދައިފި. އަދި އަރަބިއްޔާއަކީ މިނިސްޓްރީގެ މައްޗަށް އަމުރު މައުރަޫފު ހިންގާ ބާރުގަދަ އިދާރާއެއްކަމަށް ދައްކާ، މިނިސްޓްރީގެ ބާރާއި އޮތޯރިޓީ ކޮމްޕްރޮމައޮޒް ކުރި މީހާ މާލޭގެ އެއްވެސް އެހެން ސްކޫލެއްގެ މަގާމުވެސް ނުދިޖުމަށް ގޮވާލާން.
ހަމީދު 1
21 November 2022
މި ގައުމު ކޯޓުތަކާ ހަވާލުކޮށްފަ ދަމާ އަނެއް ދިވެހިރާއްޖެވެސް ދޫކޮށްފަ ކުރިން އަހަރެމެން އުޅުނު ދިވެހި ރާއްޖެއަށް. މިހާރު ބޯހަލާކު
ހަސަންދީ
20 November 2022
އަރަބިއްޔާ ހިންގަން ސަރުކާރުން ޙަވާލުކޮށްފައި އެވަނީ މިވަގުތު އެތަންހިންގާން މިޤައުމުން ލިބޭނެ އެންމެ ރަގަޅުމީހާ
ލަޠީފު
21 November 2022
ރަނގަޅު ވާހަކަ އެއް. އިސްކަންދަރު ހުސައިން، އައްޑޫ ހައި ސްކޫލު ނަދީމް، ޏ ގެ ސައުދު، މިކަހަލަ ކެރޭ، މިޖިސްޓްރީއް ތެދުވެރި ޕްރިންސިޕަލުން މަދު.
ދޮން ރަހާ
20 November 2022
ކޯޓު ތަކަށް އެކަނި އަމުރު ނެރެވޭނީ! ތި މީހުން އަމުރު ކުރި ނަމަ އެ އަމުރު ބާތިލު
ދޢަހުމަދު
20 November 2022
ނޮވެންބަރު 3 ގެ ބާގީން ވެރިކަމަށް ގެނައިމަ ވާގޮތްމިއީ. ހައްގު ގޮތުގަ ހުންނަ މީހާއަށް އަދަބުދެވި، ދީނީ ތައުލީމާއި ޖައްސާލައިގެން ސަރުކާރުން އުޅެނީ. އަރަބިއްޔާ ޕްރިންސިޕަލްގެ ކުށަކީ ކުދިންތަކެއްގެ ހައްގައް ވަކާލަތު ކުރުން
ހަސަނު
20 November 2022
މިހިރީ ހާލު ހުރި ގޮތް.. ކޮށް ނިންމާފަ އޮތް ކަމެއްގެ މައްޗަށް ވަގުތީ އަމުރު.. ބޮއެ ހަލާކު.. އެ ހުކުން ކުރި މީހާ އެތަނަށް އައްޔަނު ވެ އިން ގޮތެއް އެހަށް ބަލަންވީ..
ހަޑިގިއްލާ
20 November 2022
ތިންބާރޭތޯ؟ ސަރުކާރަކަށް ނެތެއްނު ދައުލަތުގެ ސިޔާސަތު ކަނޑައަޅާ ހިންގުމުގެ ބާރެއްދެން މިހާރަކު!