ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ނުކުރަން: މެމްބަރުން

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

ބްރޯޑްކާސްޓް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ ސުވާލާ ގުޅިގެން، އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އެއްވެސް ބޭފުޅެއް އަދި މަޖިލިސް މެމްބަރަކު ވެސް ކަމެއްގައި ގުޅައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަންގަވާފައިނުވާ ކަމަށެވެ.

ގުޅުން ހުރި ބައެއް ކަންކަމުގައި މަޝްވަރާކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ މެސެޖު ކުރިއަސް، އެކަމަށް ދެއްވާނެ ޖަވާބެއް އިނގޭނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމަށް ފަހު ކަމަށް ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނުހުންނާނެ އެއްވެސް ވަރަކަށް ނުފޫޒެއް އަޅުގަނޑަށް ކުރާ ގޮތަކަށް ވާހަކަދެއްކި މީހަކަށް ވާހަކަދައްކަން ފުރުސަތު ވެސް ދީފައި، އައުޓް އޮފް ދަ ކޮމިޝަން އަދި އިންސައިޑް ދި ކޮމިޝަން ވެސް. އެހެން ނަމަވެސް ޕްރޮފެޝަނަލީ އެ ވާހަކައެއް ދައްކަންޏާ އަޅުގަނޑު ހުންނާނެ އެ ފުރުސަތު ދީފައި. ގައިމު ވެސް އަޅުގަނޑުގެ ރިކޯޑުގައި ނީންނާނެ ކަންނޭނގެ އެ ކަހަލަ ކަންކަމަށް މަގުފަހިވެފައެއް،" މަރީ ވިދާޅުވި އެވެ.

"....ހަމަ ގައިމު ވެސް ޕްރޮފެޝަނަލީ އަދި ޕާސަނަލީ ވެސް މަސައްކަތުގައި އަޅުގަނޑަށް އިންފްލުއެންސެއް ނުކުރެވޭނެ އަޅުގަނޑަށް."

ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ އެއްވެސް ނުފޫޒެއްގެ ދަށުވެގެން ވޭތުވެދިޔަ މުއްދަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"އެއްވެސް ނުފޫޒެއްގައި ޖެހިގެން އެއްވެސް ކަމެއް މި ވޭތުވެދިޔަ މުއްދަތުގައި ކޮށްފައިނުވާނެ. އަދި އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން ނުފޫޒެއްގައި ދަށުވެގެން،" ގައިސް ވިދާޅުވި އެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އިސްލާހާ ޑްރާފްޓް ކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ގައިސް ވިދާޅުވި އެވެ. ނަމަވެސް އެކަން ކޮށްފައި އޮތީ ބައެއްގެ ނުފޫޒު ދަށުވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް އޭނާ އައްޔަންކުރެއްވި ފަހުން ސިޔާސީ އެއްވެސް ބޭފުޅަކު، ބްރޯޑްކާސްޓިން އަދި ރީ-ބްރޯޑްކާސްޓިންނާ ގުޅޭ އެއްވެސް ކަމެއްގައި ގުޅައި. ބައްދަލުކޮށް އަދި މަގުމަތިން ފެނިގެން ވެސް އޭގެ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

ފަޒީން ވިދާޅުވީ އެ ކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ. އަދި އޭނާއަށް އެނގިގެން ކޮމިޝަންގެ އެހެން މެމްބަރުންގެ ފަރާތުން ވެސް އެ ކަހަލަ އަމަލެއް ހިންގާފައިވާކަން މިހާތަނަށް ނޭނގޭ ކަމަށް ފަޒީން ވިދާޅުވި އެވެ.

ކޮމިޝަންގެ މެމްބަރު އާމިނަތު އަމީނާ ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ އަދި ސިޔާސީ ނޫން މީހަކު ވެސް އަދި ބްރޯޑްކާސްޓިންނާ ގުޅުންހުރި މީހަކު ވެސް އޭނާއަށް ގުޅައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮފްދަ ޓޭބަލް ބައްދަލުވުންތަކުގައި މަޝްވަރާކުރުމަކީ އަޅުގަނޑު ބަލައިގަންނަ ކަމެއް ވެސް ނޫން. އަޅުގަނޑުގެ ސައިޑުން، އަޅުގަނޑަށް އެއްވެސް މީހަކު މަޝްވަރާކުރައްވާފައި ނެތޭ، އެ ކަހަލަ ފުރުސަތެއް ވެސް ކުރިއަށް އޮތް ތަނުގައި ވެސް ނުލިބޭނެ އަދި ތި ފާހަގަކުރެއްވި ފައިސާގެ އެއްވެސް ކަމެއް އަޅުގަނޑަށް ހުށަހަޅާފައިނުވޭ އަދި ހުށަހެޅުމުގެ ފުރުސަތު ނުވެސް ދޭނަން،" އަމީނާ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް މި ފަހުން ބްރޯޑްކޮމް އަށް އަމާޒުވި އެއް ކަމަކީ، ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރުމުންނެވެ.

އެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އެ ގަވައިދު ބަދަލުކުރީ، ބްރޯޑްކާސްޓިންގެ ހިދުމަތް އެންމެ ފުރަތަމަ ފެށި މީޑިއާ ނެޓަށް ފައިދާވާ ގޮތަށެވެ.

އެހެން މެމްބަރެއްގެ ސުވާލާ ގުޅިގެން އަމީނާ ވިދާޅުވީ މީޑިއާ ނެޓުން ހުށަހަޅާ ހުރިހާ ކަމެއް ބްރޯޑްކޮމް އިން ފާސްނުކޮށްދޭ ކަމަށެވެ. ހުރިހާ ކަމެއް ވެސް ފާސްކުރަނީ މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފް ވިދާޅުވި ގޮތުގައި އެންމެ ގިނަ މެމްބަރުން ތިބީ ބްރޯޑްކޮމްގައި ކަމަށް ވާތީ އެހެން މުއައްސަސާތަކަށް ވުރެ ނުފޫޒުގެ ދަށުވެގެން ބްރޯޑްކޮމްގައި ކަންކަން ނިންމަން އުނދަގޫވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ކޮމިޝަނުން ނިންމާ ނިންމުންތަކަށް އެއްވެސް ނުފޫޒެއް ފޯރުވާކަމަކަށް. ނިންމާ ހުރިހާ ނިންމުމެއް ވެސް ނިންމަނީ ގާނޫނާއި ގަވައިދުގެ ތެރެއިން މެމްބަރުންގެ އަޣުލަބިއްޔަތުން،" އަލީ ޔޫސުފް ވިދާޅުވި އެވެ.

ކޮމިޝަނަރު އަމްޖަދު ވަހީދު ވެސް ވިދާޅުވީ އޭނާއަށް އެއްވެސް ނުފޫޒެއް އަދި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މިހާތަނަށް ހުރިހާ ކަމެއް ވެސް ކުރީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިދާޅުވާ ވިދާޅުވުން، އަމްޖަދު ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

ނަމަވެސް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ގަވައިދަށް ގެނައި ބަދަލާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންނަށް ވަރަށް ގިނައިން ގުޅި ކަމަށެވެ. އެކަމަކު، އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުވެގެން ގެނައި ބަދަލެއް ނޫން ކަމަށް ބްރޯޑްކޮމްގެ މެމްބަރުން ވިދާޅުވިއަސް އެކަން ގަބޫލު ނުކުރައްވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.

"އެކަމާ ގުޅޭގޮތުން މެމްބަރުންނަށް ލޮބީކުރަން އެކި ފަރާތްތަކުން ގުޅާފައި ހުރި ވަރުން އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން އިނގޭ ތި މެމްބަރުންގެ ތެރެއިން ކޮންމެ ވެސް ބަޔަކަށް ގުޅުއްވައިގެން ތިކަން ކޮށްފައިކަން އޮތީ،" ޝަފީގު ވިދާޅުވި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި ބަދަލުގައި ބުނީ ރި-ބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.

ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ބަޓެލްކޯ ކުންފުންޏެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރު އަދި ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.

އެ ގަވައިދަށް އިތުރު އިސްލާހެއް ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލް ވާނެ އެވެ. އެކަމަކު، މަޖިލީހުގެ ކޮމިޓީން ވަނީ އެ ގަވައިދު އިސްލާހުކުރަން ބްރޯޑްކޮމް އަށް އަންގައިފަ އެވެ. އަދި އެ މައްސަލައިގައި ބްރޯޑްކޮމްއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ނިންމަންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފައިވެ އެވެ.

27 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސްރުނަސްރު

23 November 2022

ތިއީ ކޮންފެންވަރެއްގެ ތަނެއްކަން މާކުރިންވެސް އޮތީ އެނގިފައެވެ. ފަހުގެ އެސްޖީ އިސްތިއުފާ ދެއްވީވެސް ތިޔަ މެމްބަރުންގެ ސިޔާސީ މިންވަރާ ޤައުމަށާއި ރައްޔިތުންނަށް ކޮންމެފަދަ ގެއްލުމެއްލިބޭ ކަމެއްވެސް އޭނާ އެމަޤާމުގައި ހުއްޓާ ކޮށްފާނެކަމުގެ ބިރަށެވެ. ހުރިހާ މެމްބަރުންނަކީ އެމްޑީޕީގެ ރަތްލާޖެހި އެކްޓިވިސްޓުންނެވެ. އެމީހުންނަށް ވިސްނޭނީވެސް އެނގޭނީވެސް ކުރެވޭނީވެސް އެޕާޓީމީހުންގެ ޖާހިލުފިކުރާއެއްގޮތް ކަންތައްތަކެވެ.

The name is already taken The name is available. Register?

ސިކުނޑި

22 November 2022

ނުފޫޒެއްނެތޭ ނުފޫޒެއްނެތޭ އަޑަށް ބާރުލާފަ ގޮވިޔަސް! ތިޔަ ގަވައިދެއް އިސްލާހު ކުރަންޖެހުނު ސަބަބު ބަޔާން ނުކުރެވިގެން އުޅެނީ ކީއްވެގެން ކަމެއް ބުނެދޭންޖެހޭ! ދިރާގުން އެވަރުގެ އިންވެސްޓެއް ކޮށްފައި ވަނިކޮށް އަދި ރާއްޖޭގެ އެތަށް ހާސް ގޭބިސީއަކުން އެ ޚިދުމަތް ހޯދަމުންދަނިކޮށް އެކަމަށް ހުރަސް އެޅޭގޮތަށް ގަވައިދު ބަދަލު ކުރެވުމަކީ މެންބަރުންގެ ނާގާބިލުކަން! އެހެން ނޫނީ ނުފޫޒު!

The name is already taken The name is available. Register?

ތުކިތުކި

22 November 2022

ކޮމިޝަންމީހުން ތިތިބީ މީޑިއާނެޓުގެ ނުފޫޒު ދަށުވެފަ ކިތަންނެ ވަރަކަށް ނޫންކަމަށް ހެދެން އުޅުނަސް ހަމަ ތިބެފަ މީޑިއާނެޓަށް ފައިދާވާގޮތަށް ގަވާއިދު ބަދަލުކުރާނީ ކޮނމެވެސް ކަމެއް ވީމަތާ

The name is already taken The name is available. Register?

ބަޑިތަކުރު

22 November 2022

ނުފޫޒެއްގެ ދަށުވެގެން ކަމެއް ކުރިޔެކޭ މީހަކު ނުކިޔައެވެ. އެންމެންވެސް މިކިޔަނީ ވަކިބަޔަކަށް މަންފާވާގޮތަށް ދައުލަތާއި ރައްޔިތުންގެ ހިއްސާވާ ބޮޑު ކުންފުންޏަކަށާއި، މުޅިރާއްޖޭގެ ރައްޔިތުންނަށް ސީދާކޮށްނާއި ނުސީދާކޮށް މުސްތަގްބަލުގައި އެވަރުގެ ގެއްލުމެއްވާނެކަމެއް އެނގިތިބެގެން ނިންމާނީ ކޮންމެވެސް މަންފާއެއް ތީގެ ތެރެއިން މަދުބަޔަކަށް ނަމަވެސް ވާނެތީކަމަށް ބެލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ރަނގަޅު ތަހްގީގެއް ކޮށްލީމާނޫނީ ހަގީގަތެއް ނޭނގޭނެއެވެ.

The name is already taken The name is available. Register?

ކާފަ ތަކުރު

22 November 2022

ވޯލްޑް ކަޕް ފްރީކޮން ޕަބްލިކް ސަރވިސް މީޑިއާ އަށް ދޭން ކުރިން އޮތް އޮތުން ނުމުމަކަށް ގެނެސް، ގަވާއިދު އިސްލާހުކޮށް، ދައުލަތާ ރައްޔިތުންނަށް މާލީ ތަކުލީފު ޖެއްސީ ހަމައެއްވެސް އެއްޗެއް މެންބަރެއްގެ ޖީބަށް ނުލައިތޯ؟ އަދި މި ކޮމިޝަންގައި ހުރޭ މާވަރުގަދަ ލީގަލް ޑިރެކްޓަރެއް. އޭނާ ގަނެލީމާ މުޅި ކޮމިޝަން ގަނެވުނީ.

The name is already taken The name is available. Register?

ކޮތަންމާ

22 November 2022

ލަދެއް ހަޔާތެއްވެސް ނުހުރޭދޯ ނުފޫޒެއް ނުފޯރުވައޭ ބުނާއިރު ހަމަ ތިބެލާފަ ދިރާގުގެ ލައިސަންސް ބާތިލުވާފަދަ ގަވާއިދެއް ހަދާނީ ނުފޫޒެއްގެ ދަށުވެގެންގަބޫލު ނުކުރާނެ މީހަކު މިގައުމުގަ ނޫޅޭނެ ތިކޮމިޝަން މެމްބަރުންނަށް އެކަނި ނުފޫޒެއް ނެތްކަމަށް ގަބޫލުކުރެވެނީ

The name is already taken The name is available. Register?

އުދުހޭ

22 November 2022

ބަޔަކު އިންވެސްޓްކޮށްފައި އޮއްވާ ލައިސަންސް ހިފެހެއްޓުމަކީ ބަލައިގަނެވޭނެކަމެއް ނޫން

The name is already taken The name is available. Register?

ހުތްޢަ

22 November 2022

ހުދުކާފޫރު ތޮޅި ހަމަ

The name is already taken The name is available. Register?

ގޮޅާބެ

22 November 2022

ދެކޮޅުގަ ފުއްޖަހައިގެން އިނދެ މާ ތިއްތި އަޑުފުޅަކުން ވާހަކަ ދެއްކީމަ ހީވާ ކަހަލަ އެތެރޭގަ ފޮރުވިފަ އޮތް މުނާފިޤުކަމާ ޙީލަތްތެރިކަން ރައްޔިތުންނަށް ނޭނގޭނޭ. ބަލަގަ ރައްޔިތުންނަކީ މޮޔައިންނެއް ނޫނޭ. ހިންގާފަ އޮތް ޖަރީމާ ވަރަށް ސާފު. އެ ޖަރީމާ އެގޮތަށް ހިންގީ ކީއްވެކަން ދެނެގަންނަން ރޮކެޓް ސައިންޓިސްޓެއް ބޭނުމެއް ނުވޭ. އެއްގޮތަކީ ތި މެންބަރުންނަށް މި ކުރެވުނު ކަމަކީ ޖަރީމާއެއްކަން ނޭނގުން. އަނެއް ގޮތަކީ ވެލިދޫ މޯޑް އެ ވިދާޅުވާ ގޮތް. الله اعلم

The name is already taken The name is available. Register?

އަހްމަދ

22 November 2022

އެންމެ ތިލަކޮށް ވިސްނާއިރު ތިޔަ ބަދަލުން ފައިދާވަނީ ޤާސިމަށާ، އަކުރަމަށާ، އޭޑީކޭ ނާޝިދުއަށް އެކަނި. ގެއްލުން އެބަވޭ މުޅި ރައްޔިތުންނަށް ކަހަލަ ގޮތަކަށް.9

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454