ރަށެއްގެ ގޮނޑުދޮށުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުޑަކުދިންގެ މެދުގައި އާންމު ހޭންޑް، ފުޓް އެންޑް މައުތު ބަލި ވަރަށް ބާރަށް ދަނީ ފެތުރެމުން -- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ނޮވެމްބަރ 2022 - 16:28
ރާއްޖޭގައި ހޭންޑް، ފުޓް އެންޑް މައުތު ބަލި ވަރަށް ބާރަށް ފެތުރެމުން ދާތީ ސަމާލުވުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސް ކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހޭންޑް، ފުޓް އެންޑް މައުތު ބަލި ވަރަށް ހަލުވިކަމާ އެކު މި ދުވަސްވަރު ފެތުރެމުން ދާތީ އެ ބަލީގެ އަލާމަތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
ހޭންޑް، ފުޓް އެންޑް މައުތު އަކީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެކެވެ. ވައިރަސްއަކުން ޖެހޭ، ގައިންގަޔަށް އަރާ މި ބަލި ބައެއް ފަހަރު ބޮޑެތި މީހުންނަށް ވެސް ޖެހެ އެވެ. ބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
• ހުން އައިސްް ބޮލުގައި ރިއްސުން.
• އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށް ފަހު ފެން ފޮޅަކަށް ބަދަލުވުން.
• ކަރުތެރެ ފާރުވުން.
• ވަރުދެރަވުން.
• ކާ ހިތްނުވުން.
މި ބައްޔަށް ވަކި ފަރުވާއެއް ނޯވެ އެވެ. އެކަމަކު ބަލިން ފަސޭހަވުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި؛
• ގިނައިން ދިޔާ ތަކެތި ބޭނުންކުރުން.
• ހުން އައުމުން ހުމަށް ބޭސް ކެއުން.
• ބިހިތަކުގައި ކެލަމިން ލޯޝަން ނުވަތަ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭހެއް ހޭކުން.
• ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާ ނަމަ ޑޮކްޓަރަށް ދެއްކުން.
މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި އާންމު ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ޑެންގީ އާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ފަދަ ބަލިތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނިފޯމް
23 November 2022
ސްކޫލްތަކުގެ ކުޑަކުދިންގެ ކޮންސަޓްތަކާ ކުޅިވަރު ފެސްޓިވަލްތަކާ އިންތިހާއަށް ގިނަވީމަ ތިޔަ ކަހަލަ ބަލިތައް ފެތުރެން އެހާ ފަސޭހަވާނެ. ޖުލައިއިން ފެށިގެން ތިޔަ ކަމެއް ފާހަގަކުރެވުނުއިރު އެހާ ގިނަ ތުއްތުކުދިންތައް އެއްތަން ކުރުވައިގެން ސްޕޯޓްސް ފެސްޓިވަލްތައް ބާއްވަން ކީއްކުރަންބާ ހުއްދަ ދީގެން ތިބެނީ.
ކަންނެލި
23 November 2022
ޢާއްމު ޞިއްހަތުގެ ކަންތައް ވަރަށް ފަހަތުގަ އެޗްޕީ އޮތީ ގަދަ ނިދީގަ ކަންނެތް ކަމުގަ
ޑދދދ
23 November 2022
ކިތައްމެ ދުވަހެއް
އެމްސް
23 November 2022
ދުޅަހެޔޮ ސިއްޙަތަކަަށް ރަގަނޅު ކާނާ، ރައްކާތެރި ކާނާ، ތާހިރު މުޖުތަމަޢެއް އެބަ އޮތްބާ؟ ހުރިހާ ކަމެއްގަ ތިބީ ބޮންދުން، އެހާ މުޑުދާރު!