ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗުގައި ބަޔަކު މަޑުކޮއްލައިގެން: ހުޅުމާލޭގައި ޕްރައިވެޓް ބީޗެއް ހަދަން ވަނީ ނިންމައިފައި -- ފޮޓޯ: މިހާރު
23 ނޮވެމްބަރ 2022 - 17:24
ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
ޕްރައިވެޓް ބީޗެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ވޯޓާ ތީމް ޕާކާއި ޖެހިގެން އޮތް ސަރަހައްދެވެ.
ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް ކަނޑައަޅަން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެކަމަށް އެދިވަޑައިގަތުމުން ކަމަށް އެޗްޑީސީން ބުންޏެވެ. މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން އެގޮތަށް ނިންމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.
ހުޅުމާލޭގެ ބީޗަކީ މިހާރު މާލޭގައި ދިރިއުޅޭ މީހުން ވެސް އެންމެ ގިނައިން ގޮސް އުޅޭ ބީޗެވެ. އާންމުކޮށް ހަފުތާ ބަންދުތަކުގައި ގިނަ ބަޔަކު ހިތްފަސޭހަކޮށްލަން އެ ބީޗަށް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
25 November 2022
ތިޔައީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ޕްރައިވެޓް ބީޗުތައް އެބަހުރި މަދުނުވާވަރަށް. ޕްރައިވެޓް ބީޗު ބޭނުންވާ މީހާ ދާނީ ރިސޯޓުތަކަށް. އަހަރެމެން ދިރިއުޅޭ ރަށުގައި މޫދަށް އެރޭނީ އަހަރެމެންނާއެކު އަހަރެމެންގެ ސަގާފަތާ ގުޅޭގޮތަށް ތިބެގެން. ގެސްޓު ހައުސަށް އަންނަ މީހާއަށް އެނގެންވާނެ ތިމަންނަ ދާނެ ޕްރައިވެޓް ބީޗެއް ހުޅުމާލޭގައި ނޯންނާނެކަމާއި ތިމަންނަ ބޭބުންހާގޮތަކަށް އުޅެވޭނީ ރިސޯޓަކަށް ގޮސްގެންކަން. ރިސޯޓަށްދާންޖެހޭ މީހަކު ގެސްޓްހައުސަށް ނުގެނޭ.
ޓަންޑަ
25 November 2022
ފައްޔާޒެވެ. ކަލޯމެން ހުޅުމާލޭ ބީޗަށް ނޭރުނަސް ނިކަމެތި ރައްޔިތުން ދާން އޮތްތަނަކީ އެއީ،ޕްރައިވެޓް ބީޗްހަދައި ބަޔަކަށް 2 ޕީސްގައި އުޅެވޭނެހެން ހަދަން ތިޔައުޅެނީ އަހަރުމެންގެ ޅަދަރިން ބޮޑުކުރަމުންދާ ފަސްގަނޑެއްގައެވެ! ކަލޯމެން ރިސޯޓުތަށް ވަރުވަރުން ހަދައި އެތާގައި ބީޗުތައް ހެދިޔަސް ވަރިހަމައެވެ. އަހަރުމެން ދިރިއުޅޭ ރަށެއްގައި އަހަރުމެންނަށް ހަމަޖެހިލާގެން އުޅެން ފުރުޞަތުދޭށެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ދީނީ މަޞްލަޙަތުވެސް އިސްކުރާށެވެ.
ސަންޝައިން
24 November 2022
ތީ ރައީސް ޔާމީނު ދައުރުގަވެސް ކުރި ކަމެއް ކަން އަހަރެމެން ހަނދާން އެބަހުރި. ހަމަ އެ ދިމާ ބީޗު ދެއްވީ ޕްރައިވެޓް ބީޗު ކިޔައިފަ.
އެހެންވެގެންވެސް
24 November 2022
ޔާމީންއިރުގަ ކުރިހާ ނުބައި ކަމެއް ކުރަން އެރުވި ސަރުކާރެއްތަ މިއީ؟ ޔާމީން ކުރީތީ ކުރާނަމަ ކުރަންވީ އެހެން މާ ބޮޑެތި ފައިދާހުރި ކަންކަން އެބަހުރި.
ކަޑަވީ
24 November 2022
މިހާރުތިވީގޮތުން ބޭބެ ދެން ބީޗަށް ދާހިތެއް ނެތް.
ފޫހި
24 November 2022
މިއީ ނުބައިކަމެއްގެ ފެށުން. ތިޔައީ އެއްލައްކަ ދިވެހިން ދިރިއުޅޭ ރަށެއް. އެރަށަށް ފަތުރުވެރިން އަންނަންވާނީ ދިވެހިންގެ ސަގާފަތާއި އާދަކާދައަށް ރުހިގެން. އަދި ރޫމް ވެސް ވިއްކަންވާނީ ދިވެހިންގެ ދިރިއުޅުމަށް އިހްތިރާމްކުރުމަށް އިސްތިހާރުކޮށްގެން. ޕްރައިވެޓް ބިކިނީ ބީޗާއި ޕްރައިވެޓް އަލްކަހޯލް ޕާކާ އެލްޖީބީޓީ ފްރީ އޭރިޔާ ހަދާކަށް ނުޖެހޭ. އާދޭސްކޮށްފަބުނަން ތިޔަކަން ނުކުރޭ. ޕްރައިވެޓް ބީޗް ބޭނުންވާ މީހުން ރިޒޯޓް ތަކަށްދޭ.
މާލަސްވެއްޖެ
24 November 2022
މިހާރު މިއޮތީ ހުޅަނގުގެ ހުރިހާ ކަމެއް މިތަނުގަ ފަތުރަން ބާރުއަޅާ އެކަންކަމަށް ނުސީދާކޮށް ހުއްދަދޭނެ ސަރުކާރެއް. ޔާމީނު އަނިޔާވެރިއަސް އޭނަ ބާލަން ނުވީ އެންމެ ބޮޑަށް އެ ސަބަބާ ހެދި. ދައުލަތުގެ ފައިސާކޮޅަށްވުރެ ހަގީގަތުގަ އަގުބޮޑު އެއްޗެހިތަކެއް ގެއްލޭނެ ޒާތުގެ ބަޔަކު ވެރިކަމަށް އެރުވީމަ ތިޔަ އާދޭސްކުރާ ކަންކަން ހުއްޓުވާނެ ފަރާތެއް ދެނެއް ނެތް.
އުނބުށޭމު
24 November 2022
އެޗްޑީސީން ވަރަށް ހުޝިޔާރުވެ ބަލަމުންދާކަމެއް އޮވެއެވެ. އެއީ މީހަކު އެމީހާ ދިރިއުޅޭ ފްލެޓްގެ ކައިރީގައި ގަހެއް އިންދާތޯއެވެ. ގަހެއް އިންދައިފިއްޔާ އެތަނުން އޭތި ލުހެނުލައި ލޮލަށް ނިދިވެސް ނާދެއެވެ. އެކަމަކު އެއީ ބައެއް ތަންތާނގައެވެ. އެތަންތާނގައި ވިނަހެދި މީހުންއަޅާ ކުނިބުނިންގޮނޑުވާއިރު އެއިންތަނެއް ސާފުކުރަނީކީ ނޫނެވެ. ދިރިއުޅޭމީހާ ސާފުކޮށް ބަލަހައްޓާކަމަށްވަންޏާ އެތާނގައި ގަހެއް ނުއިންދެންވީ ކީއްވެބާވައެވެ.
ލުހޭ
24 November 2022
ލުހެލުން މިހާރުވެސް މާ ލަސްވެއްޖެ. ގަސްތައް ހައްދަނީ ހައްދަންވާ ގޮތަކަށް ނޫން. ބޭނުންވާ ގަހެއް ހައްދައިގެންވެސް ނުވާނެ. ކޮށިއަޅައިގެންވެސް ނުވާނެ. އެޗްޑީސީވެސް މިކަމުގައި ގޯސް ހަދާ. މުޅި ރަށުގައި ތާކުންތާކު ނުޖެހޭ ގަސް ޖަހަނީ. އެހެން ނުހަދައި މީހަކަށް ކެވޭ ޒާތުގެ ގަހެއް ޖަހާނަމަ މި މައްސަލަތައް ތަންކޮޅެއް ކުޑަވީސް.
ބަޑިތަކުރު
24 November 2022
ބީޗެއް ދޭއިރު ރޯނެއް ދެމިއަކަސް ނުފުދޭނެއެވެ. ތިޔަ ދޭ ސަރަހައްދާއި ނުދޭ ސަރަހައްދުވެސް ހިމެނޭގޮތަށް އަތިރިމައްޗާއި މޫދު މީހުންނަށް ހުސްފަޔާ އުޅޭވަރަށް ގަލާއި އަކިރިއާއި ކުނިބުނި ނަގައި ސާފުކޮށްލަދީ ބަލާށެވެ.
ސަރޭ
24 November 2022
މީ ދެން ނުވެފަ އޮތް ކަމަކީ. މިހާރު ރަށަކަށް ގޮސް މޫދަށް ވެސް އެރިލެވޭކަށް ނޯވޭ. އެންމެ ރީތިހެންހީވާ ހިސާބުގަ "ޕްރައިވެޓް" ބޯޑު އަޅުވާފަ.
ގައުމުދެކެ ލޯބިވާ
24 November 2022
ތިއުޅެނީކީ ކޮންމެހެން ޕުރައިވެޓް ބީޗެއް ނުދެވިގެނެއްނޫން.އޮރިޔާމުން ޖަނގިޔާ ކޮޅުލައިގެން އުޅެން އުދަގޫވާތީ މިނިވަންކަމާއި އެކު އުޅެލެވޭނެ މާހައުލެއް އުފައްދާދިނުން.
ނަމޭ
24 November 2022
ތިހެން ވަކި ވަކި ތަންތަނަކަށް ބީޗް ނުދެވޭނެ..... ތީ ވަރަށް ބޭއިންސާފުން ކުރާ ކަމެއް... ކޮބާ ޢާއްމު ރައްޔިތުމީހާގެ ޙައްޤު..