ޕޮލިސް ކޮމިޝަނަރު ހަމީދު (ކ)، އިންޓަޕޮލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ޕޮލިސް އޮފިސަރު ރިލްވާނަށް ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕޮލިސް
24 ނޮވެމްބަރ 2022 - 12:56
އިންޓަޕޮލްގައި މަަސައްކަތްކުރާ ފުރަތަމަ ދިވެހި ޕޮލިސް އޮފިސަރަކަށް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފު ވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ތިން އަހަރު ދުވަހަށް ރިލްވާން މަސައްކަތް ކުރުމަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ އިންޓަޕޮލްގެ ދައުރު ފައްޓަވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
With great satisfaction I handed over the Letter of Approval of Secondment to Chief Inspector Rilwan Shareef today, for his secondment at @INTERPOL_HQ. He will work at INTERPOL Financial Crime and Anti-Corruption Centre in Lyon, France for 3 years starting from 1st December 2022. pic.twitter.com/URvacyXCs7
— Mohamed Hameed (@M_Hameedh) November 24, 2022
ސީޕީ ވިދާޅުވީ މިއީ ބޭރުގެ ފުލުހުންގެ އެއްބާރުލުމާއި ބައިނަލްއަގުވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އިންޓަޕޮލް ނުވަތަ އިންޓަނޭޝަނަލް ޕޮލިސްއަކީ މީގެ 99 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
24 November 2022
މަރުހަބާ ރިޟްވާން ސަރ
ތެފައާސާ.
24 November 2022
ވަރަށް ބޮޑަށް މަރުހަބާ ބްރަދާރ ރިލްވާން..