ނޮވެމްބަރ 27، 2022؛ އުތުރު ކޮރެއާގެ އަސްކަރީ ދިރާސާތަކާ ބެހޭ އިދާރާގައި މަސައްކަތް ކުރާ ބައެއް ސައެންސްވެރިންނާއި އިންޖިނޭރުންނާ އެކު، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އާއި އޭނާގެ ދަރިކަނބަލުން ފޮޓޯއެއް ނަންގަވަނީ. --އޭއެފްޕީ
27 ނޮވެމްބަރ 2022 - 11:45
އުތުރު ކޮރެއާގެ އަމާޒަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރުގެ މަގާމު ހާސިލުކުރުން ކަމަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.
ރައީސް ކިމް މި މޭރުމުން ހުޅަނގުގެ ގައުމުތަކަށް އިންޒާރު ކުރެއްވީ، އެ ގައުމުން ދާދި ފަހުން އަޖުމަ ބެލި އެ ގައުމުގެ އެންމެ ބޮޑު ބެލިސްޓިކް މިސައިލް ތަރައްގީކުރުމުގައި ބައިވެރިވި އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ނިއުކްލިއާ ގާބިލުކަން ވަރަށް މުހިންމު ކަމަށެވެ.
NEW: North Korea airs video footage of Hwasong-17 ICBM launch on November 18. (Videos of North Korean missile launches have been very rare since 2017.) pic.twitter.com/KeuQTuoYip
— Ankit Panda (@nktpnd) November 19, 2022
އުތުރު ކޮރެއާގައި މިހާތަނަށް އުފެއްދި އެންމެ ބިޔަ ބެލިސްޓިކް މިސައިލް، ހްވާސޮންގް-17 އެ ގައުމުން އަޖުމަ ބެލީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ގާތްގަނޑަކަށް 15000 ކިލޯމީޓަރަށް ނުވަތަ އެއަށް ވުރެ ދުރު ރާސްތާ އަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ، އަދި އެއްފަހަރާ އެކަކަށް ވުރެ ގިނަ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިގެންވާ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެކެވެ.
ހްވާސޮންގް-17ގެ ރާސްތާ އަށް ބަލާއިރު، އުތުރު ކޮރެއާ އިން ފޮނުވައިލާ މި މިސައިލުން އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ފޯރާނެ އެވެ. އަދި އުތުރު ކޮރެއާ އިން ޔޫރަޕްގެ އެންމެ ހުޅަނގުގެ ބިތުގެ ގައުމުތަކަށް ވެސް ހަމަލާ ދެވޭނެ އެވެ.
ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާއެކު ވަޑައިގެން މިސައިލް ބައްލަވާލައްވަނީ. --އޭއެފްޕީ
"ނިއުކްލިއާ ލަޝްކަރެއް ބިނާކުރުމަކީ، އުތުރު ކޮރެއާގެ ދައުލަތާއި ރައްޔިތުންގެ ކަރާމާތާއި އިސްތިގުލާލު އިތުބާރު ހުރި ގޮތެއްގައި ހިމާޔަތްކުރުން. އަހަރެމެންގެ އެންމެ ފަހު ލަނޑުދަނޑިއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ސްޓްރެޓީޖީ އަދި މި ގަރުނުގައި މީގެ ކުރިން ނުފެންނަ މުތުލަގު ބާރެއް މިލްކުކުރުން،" ރައީސް ކިމް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ހްވާސޮންގް-17 މިސައިލަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ސްޓްރެޓީޖިކް ހަތިޔާރެވެ. އަދި އެ މިސައިލުން ދޭހަކޮށްދެނީ، ދުނިޔޭގެ އެންމެ ވަރުގަދަ ލަޝްކަރު ބިނާކުރުމުގެ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިގެންވާ ކަން ކަމުގައި ވެސް ރައީސް ކިމް ވިދާޅުވި އެވެ.
ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމުގެ ގޮތުން ޖައްވުގެ ތެރެއަށް ފޮނުވައިލަނީ. --އޭއެފްޕީ
"ބެލެސްޓިކް މިސައިލްގެ ކުރީގައި ނިއުކްލިއާ ވޯހެޑް ހަރުކުރުމުގެ ޓެކްނޮލޮޖީގައި އުތުރު ކޮރެއާގެ ސައެންސްވެރިން މިވަނީ ވަރަށް ފުރިހަމަ ހަރުފަތެއް ގިރާކޮށްފައި. ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމުގައި އެމެރިކާ ހޯދާފައިވާ މަތީ މަގާމުގެ ކުރިމަތީގައި ސާބިތުވެ ހުރުމުގެ ނިއުކްލިއާ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިގެންވާކަން، މި މިސައިލް ދުނިޔޭގެ ކުރިމަތީގައި ސާބިތުކޮށްދީފި. އަދި އުތުރު ކޮރެއާއަކީ އެންމެ ބާރު ގަދަ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ ގާބިލުކަން ލިބިގެންގާ ގައުމުކަން ވެސް މި މިސައިލް ވަނީ ދުނިޔެއަށް ސާބިތުކޮށްދީފައި،" ރައީސް ކިމް ވިދާޅުވި އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ފޮނުވައިލެވޭ ވަރުގެ މިސައިލެއް، އުތުރު ކޮރެއާ އިން ތަރައްގީކޮށް އަޖުމަ ބެލުމާ ގުޅިގެން، އުތުރު ކޮރެއާ ޒިންމާދާރު ކުރުވުމަށް އެމެރިކާ އިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފަ އެވެ. އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލް އުފެއްދުމަކީ، ސަލާމަތީ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރުތައް މަނާކުރާ ކަމެކެވެ.
ހްވާސޮންގް-17 ތަރައްގީކުރުމުގައި ބައިވެރިވި ސައެންސްވެރިންނާއި އިންޖިނޭރުންނާއި އޮފިސަރުންނާ ބައްދަލުކުރައްވައި، އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ކިމް ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހަލުވި ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ އުފެއްދުންތެރިކަން ފުޅާކޮށް، ނިއުކްލިއާ ހަތިޔާރުގެ ބާރު މިހާރަށް ވުރެ ގަދަކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމްމ
28 November 2022
ނިއުްލިއަރ ހަތިޔާރަކީ އިންސާނުން އަމިއްލައަށް ހަލާކުވާން އުފެއްދި އެއްޗެއް. ނިއުލްލިއަރ ހަތިޔާރަކީ އެއްވެސް ގައުމެއް ދިފާއުކޮށްދޭ އެއްޗެއްގެސް ނޫން. އެކަމަކު ނިއުކްލިއަރ ހަތިޔާރަކީ ވަކި ބައެއްގެ އަތުގަ ހުންނަންޖެހޭ އެއްޗެއްކަމަށް ވަކި ބަޔަކަށް ގަބޫލު ކުރެވެންޏާ އުތުރު ކޮރެއާ އަތުގަވެސް ވަކި ހައްދެއްނެތި ނިއުކްލިއަރ ހަތިޔާރު ހުންނަން ޖެހޭނެކަމަށް މަވެސް ގަބޫލުކުރަނީ.
ރަސްދޫ ސައީދު
28 November 2022
ތަފާތަކީ، މޮޔައެއް އަތަށް ކަނޑިއެއް ލިބިއްގެއްޔާ ކޮންމެ ވަގުތަކުވެސް، ކޮންމެ މީހަކަށްވެސް ހަމަލާދޭކަށް ފަހަކަށް ނުޖެހޭނެ. އެކަމަކު ހޭޖެހޭ މީހަކު އަތުގަ ކަނޑިއެއް އޮތަސް އެހިފައިގެން މަގުމައްްޗަށްނުކުމެ ފެންނަހާ މީހަކަށް ހަމަލައެއްނުދޭނެ.
ސަލީމު އިދުރީސް
28 November 2022
ވަރައް ހައިރާން ވެއްޖެ އޭނަގެ އަމަލުތަކައް ކަތިލޮލެއް އަޅުވާލާ ރައްޔިތަކުވެސް ދިރިހުއްޓަ ދެފައިގަ ވާޖަހާފަ ދުއްވާއެއްޗެއްގަ ޖަހައިގެން މަގުތީ ދަމާ މަރާ އަނިޔާވެރިޔެއް ދުނިޢެގެ ކޮންމެތާކައް ފަނާކުވެނި ހަތިޔާރުން ހަމާލާ ދިނުމުގެ ގާބިކަން ތިމަން އެބަހުއްޓޭ ބުނާއިރައް އެކަމާކައުފާކޮއް ހިއްވަރުދީ ކޮމެއްޓުކޮއް އަދި ލައިކު ދޭދި ވެހިން ގިނަވީމަ! އެމެރިކާ ޔޫރަފު ބަލިކުރާ ހަނގުރާމަ ޔެއް ނިމޭއިރު ދިވެހިން މިތިބިގޮތައް ކޮމެންޓުކުރަން ތިބެވޭނެބާ؟
ބީރުބޮލު ވަޒީރު.
28 November 2022
މަށަކީ ސަލީމް އިދުރީސަށް ތާއީދުކުރާ މީހެއްވެސް ނޫން. އެކަމަކުވެސް ސަލީމް އިދުރީސްގެ މިކޮމެންޓަށް 100 ދޭނަން. އެއަށްވުރެ ގިނައިން ދެވޭނަމަ ގިނަ މާކުސް ދިނީމުސް
ސަލީމު އިދުރީސް
29 November 2022
ބީރުބޮލު ވަޒީރު ވިސްނުން މިކަމުގަ ތިކޮތައް ހުރީމަ އުފާކުރަން އެއީ ކޮންމެހެން އެކަމުން އުތުރުކޮރިޔާ ރައީސް ކިމުއަށް ޕުރެސަރު ވާނެތިއެންނޫން! ސަބަކީ އަޅުގަނޑު ލަފާކުރާ ގޮތުގަ ބީރުބޮލު ވަޒީރަކީ މުޖުތަމާގަ ބަސްވިކޭ މީހެއް ވީމަ އެކަމުން ބަޔަކައް ހެޔޮވިސްނޭ ކަމައް ދެކޭތި!
ނިއުކްލިއަރ ހަތިޔަަރު ނައްތާލަންޖެހޭ! އަމިއްލައައް ކައްވަޅު މި ކޮންނަނީ!
28 November 2022
މިއައް ކިޔަނީ ކަކުނި ސިކުނޑި. ކަކުނި ތަކެއް އަޅާފަ ހުންނަ އެއްޗަކުން އެއްވެސް ކަކުންޏަކައް ނުނިކުމެވޭނެ. ނުކުންނައް އުޅޭއިރައް އެހެން ކަކުނިތައް ހިފަހައްޓާނެ. މަށައް ނުދެވެންޏާ، ކަލެއަކައްވެސް ނުދެވޭނެ! އކޮރެއާ އައްވެސް ވަނީ އެހެން. ދުނިޔޭގަ އެންމެ ކުރިއައް ތިމަންނަމެނައް ނުދެވެންޏާ، އެކަކައްވެސް ނުދެވޭނެ. މުޅި ދުނިޔެ އަނދާ ހުލިވެ ފަނާވަރުގެ ހަތިޔާރު އުފައްދަން ހޭދޯނާރާ!!!
ޙަބީބު.
27 November 2022
އެމެރިކާނުން ދަތިކުރުމުގެ ފިޔަވަޅުއަޅައިގެންތިބޭ ވާނެ އެއްކަމެއްވެސް ނޯންނާނެ
ބީރުބޮލުވަޒީރު.
27 November 2022
ތީގެ އެއްޗެއް ކިމްގެ ބޮލަށް ނުވެއްޓިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. އޭރުން އެންމެފުރަތަމަ އަޅިއަށްވާނީ އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ. ރައްޔިތުންގެ އަނގައިގާ ތަޅުއަޅުވާފަ ރައްޔިތުން ބަނޑަށް ބައިތިއްބައިގެން ތިއަކުރެވުނީ ލައްކަބޮޑުވަރެއް.
އަލީލީ
27 November 2022
ސާބަހޭ ކިމް. ވާންކޮށްފަ ބަހައްޓާތި. އެމެރިކާ މީހުން ފޮޑިތަޅުވާލަން ވާނެ މިފަހަރު
އަފްރާސިޔާބު
27 November 2022
3 އަހަރެއްވަރު ތިގޮތުގައި ދޫނުދީ ހިފަހައްޓާލާ. ކައިރި ކުރިމަގެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކަސްތޮޅުން މިނިވަންވެ ހިންދެމިލެވޭ. ހައިޓެކް ތަނަކަށް މުޅި އުތުރު ކޮރެޔާ ބަދަލުވެގެންދާކަށް ގިނަ ދުވަހެއް ދެން ނުނަގާނެ.
ރަދީފްއޮފިޝަލް
27 November 2022
މީ ވަރަށް އުފާވެރި ޚަބަރެއް. ރަސިޔާޔާ، އުތުރު ކޮރެޔާ، އަދި ޗައިނާ އެއްގަލަކަށް އަރައިގެން ޔޫރަޕާ އެމެރިކާ ބަލިކުރަންޖެހޭ.
ރައްޒާގު
27 November 2022
ބްރޯ ތީތި ކަޑައޭ، އަހަރެން ދުނިޔެ ފަނާކުރަނިވި ހަތިޔާާރަކަށް، އަދި ހަގުރާމަޔަކަށް ތާއީދެއް ނުކުރަން.
ސަލީމު އިދުރީސް
27 November 2022
އުތުރު ކޮރިޔާގެ ރައްޔިތުންގެ ހާލު ފެނުނީމަ ޑިމޮކުރަސީގެ ފޮނިމީރުކަން އިހުސާސްވޭ
އަބޫބަކުރުބެ
27 November 2022
ކިމްއަށް ތިކަންވެދާނެކަމަށް ގިނަދިވެހިން ގަބޫލުކުރޭ.