ލަންކާގެ ސަފީރަކަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިން ޕޮލިސް ބޯޑުގެ ރައީސް އަލީ ފާއިޒް.
28 ނޮވެމްބަރ 2022 - 18:22
ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް ޕޮލިސް ބޯޑުގެ ރައީސް، އަލީ ފާއިޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ދީފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި، ލަންކާގެ ސަފީރު ކަމަށް މއ. މަނާގެ، ފާއިޒު އައްޔަންކުރަން ރުހުން ދޭން ނިންމީ 62 މެމްބަރުންގެ ތާއިދާ އެކު އެވެ.
ލަންކާގެ ސަފީރަކަށް ފާއިޒު އައްޔަންކުރަން ފޮނުވީ، އެ ގައުމުގެ ސަފީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އޮމަރު އަބްދުއްރައްޒާގު، ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުންނެވެ.
ފާއިޒަކީ ފުލުހުންގެ ހިދުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަލީ
07 December 2022
ކާއިގެން މަސައްކަަަތް ނުކޮށް ހުންނާނީއެއްނޫން. ތިގައުމުގަ އުޅޭދިވެހީންނާއި ޒިޔާރަތް ކުރާދިވެޙީންނަށް އެހީތެރިވާންވާނެ. މީހުންނަށް ބަވާފަ މެސެޖު ކޮށް ނޫސްބަޔާން ނެރޭނީއެއްނޫން.
އސމނ
29 November 2022
ބަލަދުއަރާފަތިބޭ މިކަހަލަ ކިތައްމީހުނަށް ދައުލަތުން ޚަރަދުކުރަންޖެހޭބާ؟ ބޯހަލާކުވެދާނެ.
ބަލަދުވެރިޔާ.11
28 November 2022
ހުސްމިކަހަލަ މީހުންނަށް ބޮޑު މުސާރަޔާއި ބޮޑުމަޤާމުތަށް. އަޅެ ސަރުކާރުތަކަށް ބަލަދު އަރާފަތަ މިވެރިން ބަލަން. މުސްކުޅިކުރައްވާފަ ގޭގަ ބައި ތިއްބަ ބަލަ. ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ދިބަލަ ނިކަން.
އޮނަރަބްލް އަފީފު ދީދީ
28 November 2022
ޙާރިޖީ ވަޒީރުގެ "މިޔަރު ވަދުގައި ބާނާ ތައްޓުމައްޗަށް ޖަހާލަނީ މުޅިންވެސް މުޤައްދަސް ރަށްކޮޅުގެ ޙިބަރުތައް" އެހެން ނޫންތޯ. # ކަންކަން ހިގަމުންދާގޮތަށް ބަލާފަ އެއްޗެއް ބުނާމަމަ ބުނާންޖެހޭނީ ސޯލިޙްގެ ވެރިކަމާއި، އަބުދުﷲ ޝާހިދުގެ ވަޒީރުކަން ނިމިގެންދާއިރު މިދައުލަތުގެ ފަރާތުން އެކުވެރި ދައުލަތްތަކަށް ވަޒީރުންގެ ގޮތުގައި ފޮނުވާންވާނީ "މުޤައްދަސް ރަށްކޮޅުގެ ބޮޑުންކަމަށް" ޤާނޫނުގައި ލިޔާނެ.
ބޮޑުމީހާ
28 November 2022
ރައްޔިތުންގެ އަތުން ކޮތަޅަކުން 2ރ ނަގާފަ މިލިއަނުން މި މީސްމީހުންނަށް މުސާރަ
ދަގަތްފާނު
28 November 2022
ސުޕާރިން ނަގާ ފައިސާކޮޅަށް ވަނީ ކިހިނެތްތަ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
28 November 2022
ވެރިކަމާ މަޖުލީހާ ކޯޓުތަކާ ހުރިހާތަނެއް ދިނީމާ ދެންއޮންނާނީ ރަބަރުސްޓެންޕުގެ އުސޫލުނޫންތޯ؟