119 ކިލޯ ޑްރަގް ހޯދަން ހިންގި އޮޕަރޭޝަންގައި ކާރެއް ފާސްކުރަނީ: އެ މައްސަލާގައި ދައުވާލިބޭ އެކަކު ދޫކޮށްލި މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
29 ނޮވެމްބަރ 2022 - 15:53
ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުވާލިބޭ އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މާލެ އާއި ހުޅުމާލޭގެ އެކި ތަންތަނުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ މައްޗަށެވެ.
އޭގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލީ މުޖާހިދެވެ. މިދިޔަ ހަފުތާގައި އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގައި ފަނޑިޔާރަކު ނެތުމުން އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ކުރިއަށް ނުދާތީ ކަމަށް ބުނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މުޖާހިދު ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރިޔަސް، ދައުލަތުން ދައުވާކުރަނީ ތިން މީހަކަށެވެ. އެ ތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މީގެކުރިން އެފަދަ މައްސަލައެއްގައި ހައްޔަރުކުރި އަރުޝަދު ޚާލިދު ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
29 November 2022
"މިދިޔަ ހަފުތާގައި އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގައި ފަނޑިޔާރަކު ނެތުމުން އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ކުރިއަށް ނުދާތީ ކަމަށް ބުނެ އެވެ". އެހެންތަ ތިކަން އޮންނަނީ! ބަލަގަ މައްސަލަ ބަލާނެ ފަނޑިޔާރަކު ނެތިއްޔާ ކުށްވެރިއަކު ކުށް ނުކުރާ ކަމަށްވެސް ނިންމޭތަ، ފަނޑިޔާރަކު ނެތިއްޔާ ފަނޑިޔާރަކު ހަމަޖައްސައިގެންވެސް މައްސަލަ ބަލަން ޖެހޭ ނޫންބާ!
އައްމައްޔާއީ
29 November 2022
މިހާރު ޑްރަގުގެ ކަބަރުތަކަކީ ކުނި ގަރުދިޔަ