ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު: އެ މަނިކުފާނުގެ ރިޔާސީ ޕްރައިމަރީ އިއުލާން ކުރައްވާނީ އަންނަ ހުކުރު ދުވަހު ތިނަދޫގައި.
29 ނޮވެމްބަރ 2022 - 23:48
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ކެމްޕެއިން ގުރޫޕެއް މިއަދު ހަދައިފި އެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ، ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް ފެށުން އޮންނާނީ އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި ކަމަށެވެ.
"ރައީސް ނަޝީދު އެކަން [ޕްރައިމަރީގައި ވާދަކުރެއްވުން] އިއުލާން ކުރެއްވީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ބޭއްވި ބައްދަލުވުމެއްގައި. އެ ބައްދަލުވުމުގައި ބައިވެރީ ރައީސް ނަޝީދުގެ ވަރަށް އަރިސް މީހުން،" އޭނާ ވިދާޅުވި އެވެ.
ވަޓްސްއެޕް ގުރޫޕްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިސްކޮށް އުޅުއްވާ އަހުމަދު ޝާހިދު (ސާބެ) އެ ގުރޫޕުގައި ވިދާޅުވީ، އެއީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ 94،000 މެމްބަަރުންގެ ތެރެއިން އެންމެ ފަހުގެ ކޮންގްރެސްގެ ފަހުން ކަނޑާލާފައިވާ "36،000 އެމްޑީޕީ ހާޑްކޯ" މެމްބަރުންގެ ވޯޓު ޔަގީންކޮށް، އެ މީހުން އަލުން މެމްބަރުންނަށް ހެދުމެވެ.
ސާބެގެ މެސެޖުގައި ވަނީ އެ މަސައްކަތް ކުރަން ބޭނުންވާ ފޯމާއި ދާއިރާގެ ލިސްޓާއި (މިހާރުގެ މެމްބަރުންނާއި ޕާޓީން ވަކިކޮށްފައިވާ މީހުން އެނގޭ ގޮތަށް) ފިންގަ ޕްރިންޓް ޕެޑާއި ގަލަން ހޯދަން ބޭނުންވާ މީހުން ގުޅަން ހާއްސަ ނަމްބަރެއް ހިއްސާ ކުރައްވައިފަ އެވެ.
"އަންނި ޕްރައިމަރީ" ގެ ނަމުގައި މިއަދު ހަވީރު ހެދި އެ ގުރޫޕަށް މިހާރު ގެންދަނީ ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ގުޅެމުންނެވެ.
ސާބެ އަށް "މިހާރު" އަށް ވިދާޅުވީ، އެ ކަމާ ގުޅޭ ގޮތުން އޭނާ އަށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާއިރު، ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ވިޔަސް ވެރިކަމުގެ ކޯޅުމުގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސިޔާސީ ގޮތުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދޫނުދެއްވުމުގެ ނަތީޖާއަކީ އެމްޑީޕީގެ އެތެރޭގައި އެ ދެ ބޭފުޅުންގެ ފެކްޝަނެއް އުފެދި ހައިޖާނުތަކެއް ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެލަވަރު
01 December 2022
ސްރީލަންކާއަށް ގޮސް އެތަނަށް އެހީ ހޯދައިދޭނަމޭ ކިޔާފަ ބޭރު ގައުމެއްގެ ޖަލްސާއަކަށް ކޯޓުފަޓުލޫނުގައި ދެވޭތޯ ބެލުން އަދިވެސް މާކާމިޔާބު ވެދާނެ. ދިވެހިންގެ %85 މީހުން މިހާރު ބުނަނީ ކަލޭ ބޭނުމެއް ނޫނޭ. ކިހިނެއް ވެގެން ގޮތްކުޑަވެގެން ތިއުޅެނީ
hasn
01 December 2022
މަރުހަބާ ! މަނިކުފާނު ފއްޓަވާފައިވާ ކަންތައްތައް ނިންމަން އެބަޖެހޭ . އޭގެ ތެރޭން ، ރާއްޖެއަށް ބަރުލަމާނީ ހިމެނޭ . މިތާ މިހާރު ރޮގާލި ގިނައީ ، ގައުމެއް ނުިންގޭނެ މިހެނެއް ! މިހާރު އަޅުގަޑުމެން މިދެކޭ ހެޔޮ ބަދަލުގެ އަސްލަކީ މަނިކުފާނު ، ސާބަހޭ ! އަވަށް މައިދާން އާއި ހަވާލުވެ ލައްވާ !
އެއްކަލަ އިބުރާ
01 December 2022
މި އުޅޭ ފެއިލް ވެފަ ތިބި ސިޔާސީ މީހުން ނޫން އާ މޫނު ތަކާ އާ ޕޮލިސީ ތައް މި ގައުމަށް ބޭނުން ވަނީ. މައުމޫން، ނަޝީދު، ޔާމީން، ސާލިހު، ގާސިމް، ދެންވެސް މިބައިގަނޑުގަ އުޅޭ މުސްކުޅި ފުރައިގެ މުއްސަނދިން ސިޔާސީ މައިދާނުން ދުރުކޮށް އާ ވިސްނުން ތަކަށް ޖާގަ ދޭން ޖެހޭ.
ކޮބާ
03 December 2022
ތިޔަ ބުނާ އާވިސްނުންތަކަކީ ކޮބާތަ؟ ތިޔަބުނާ ބައެއް ލޮލަކަށް ނުފެނޭ.
ކުދުބެއްޔާ
30 November 2022
މަށަކަށް ނުވިސްނުނު ބޮޑުވަޒީރުކަން އެވަރަށް ބޭނުންވެގެން އުޅުއްވި ބޭފުޅަކު "ވިޔާނުދާ" ޕްރެޒިޑެންޝަލް ކެންޑިޑޭސީއަށް ވާދަކުރަށް ޖެހުނު ސަބަބެއް!!!!!! ކާފަ ބުނީ ހަމަ.......
އެމްސް
01 December 2022
ހަމަ އެކަހަލަ ކަމެއް ނޫންތޯ، 4 އަހަރުވެސް ތިމަންނާއަށް ގިނަ ކަމަށް ބުނި މީހަކު، 2 ވަނަ ދައުރަކަށް މަރުދިނުންވެސް!
އިސްލާހުޖާޑި
30 November 2022
ދުނިޔެއިން ބޭރުގައި ބޭއްވިޔަސް ނަޝީދަކަށް ތާއީދެއް ނެތް!
އެމްސް
01 December 2022
އެމްޑީޕީ ވަނީ ދުވަހަކުވެސް ފެއިލް ނުވާ ވަރަށް ފެއިލްވެފަ!
އޮނަރަބްލް އަފީފު ދީދީ
30 November 2022
ޕްރައިމެރީޒްގަވޯޓުލުމަށް ފުރުސަތުލިބޭނެނަމަ (މިހާރު އެމްޑީޕީއިންވަކިވެ ޕާޓީއެއްގައިނޫޅޭތީ.) ވޯޓްދޭނީ ނަޝީދުއަށް. # ޒުވާނުންގެ ބޮޑުތަރުޙީބެއްއޮތް ނަޝީދު ޕްރައިމެރީޒް ކާމިޔާބުކުރިކަމުގައިވިޔަސް (ކަޓުމުއްލާއިންނާއި، ބައެއް ސައުދާޤަރުންގެ ދުއްޕާނާއިހެދި) އިންތިޙާބުކާމިޔާބުކުރަން އުދަގޫވާނެތީ، ނަޝީދުއާއި އަހަރުމެންއެންމެ ކުރިމަސައްކަތްދެމެހެއްޓުމަށް ނަޝީދަށް ރަގަޅުގޮތަކީ ޑރ މުނައްވަރު ފަދަބޭފުޅަކަށްތާއީދުކޮށް ކާމިޔާބަށް މަސައްކަތްކުރުންކަމަށް ދެކެން.
ލުތުފީ
01 December 2022
ޑރ.މުނައްވަރަށް ކަމެއް ކުރެވޭނީ ފުރަތަމަ، ނިދާހޭލެވިގެންދޯ! ރައީސްއޮފީސް ގެ ރަސްމީގަނޑި މެންދުރުފަހު 2 އަށް ބަަލުކުރަންޖެހޭނީ.
އިސްލާހު
30 November 2022
ކޮންބައެއް ހުސްބުޅީގަ ގަންނަނީ...... މަ މި ބުނަނީ ތިޔަ އެމްޑީޕީއަކަށް ދުވަހަކުވެސް މަ ވޯޓެއް ނުލާނަމޭ ... ސާފުވެއްޖެ ކަމަށް ހީކުރަން....
އެމްސް
01 December 2022
ތަފާތަކަށް ދެން ބޮންދަކަށް ވޯޓްދީ!
ބަކުންބޭ
30 November 2022
ފެއިލްވާ ލީޑަރުން އަލުން ވެރިކަމަށް އަންނަން އުޅުމަކީ ޑިމޮކްރެޓިކް އުޞޫލްތަކާ މުޅިން ޚިލާފު ވިޔާ ނުދާ ވިސްނުމެއް، ދެކެންތަ ތިބޭފުޅާގެ ޔޫކޭ ގަ ފެއިލްވި ލީޑަރެއް ވެރިކަމަށް އައިތަން. މިކަމުން އެނގެނީ ޔާމީނެކޭ ނަޝީދެކޭ އެއްވެސް ތަފާތެއް ނެތްކަމާ އެއީ ސިމްޕްލީ ޑިކްޓޭޓަރުންކަން. ޑިމޮކްރެސީ އޭ އަޑަށް ބާރުލާފަ ކިޔަން ލަދު ގަންނަންޖެހޭ.
އެމްސް
01 December 2022
ޔާމީންއަށް ވެރިކަމަށް އާދެވުނީ މައުމޫނު އެގޮތް ބޭނުންވުމުން، މައުމޫނު އެއްފަރާތްވީ ޔާމީން ނުހޮވުނީ! ހަމަ އެގޮތަށް އިބޫ އަށް ވެރިކަމަށް އާދެވުނީ ނަޝީދު އެގޮތް ބޭނުންވުމުން، އެހެން ކަމުން ނަޝީދު އެއްފަރާތްވާ ހިސާބުން ދެންވާނީ ކިހިނެއްބާ؟
ރަދީފްއޮފިޝަލް
30 November 2022
ރާއްޖެއަށް ގެނައި ގިނަ ބަދަލުތަކުގެ ފަހަތުގަ ހުރި ބޭފުޅަކީ މުހައްމަދު ނަޝީދުކަމާއި މެދު ގިނަ މީހުން ދެބަހެއް ނުވާނެ.ކުރިން ނެރުނު ސަންގު އަދި ހުކުރު މަޖައްލާ ކިޔާލީމަ ވެސް މިކަން އިތުރަށް ސާފްވާނެ.ނަމަވެސް ރާއްޖޭގެ ވެރިކަންކުރަން ނަޝީދު އެއީ އެންމެ ރަނގަޅު ޗޮއިސްކަމަށް މިއަދުގެ ހާލަތު ނުބުނޭ.ނަޝީދު އެއީ ރުންކުރު މީހެއް.މީހުންނާ ގުޅިގެން އެކީގަ ކުރިއަށް ދާން ނަޝީދަށް ފަސޭހަ ނުވާނެ.ވ.ވެދުން
އެމްސް
01 December 2022
ގުޅިގެން ވައްކަން ކުރާކަށް ނަޝީދު އެއް ނޫޅޭނެ! ހުރިހާ ކަހަލަ ކަރަޕްޝަން އަކަށް ނަޝީދު ބުނާނީ ނޫނެކޭ!
ާބަބުޅި
30 November 2022
އެމްޑީޕީން ވޯޓް ކޮޅެއް ލިބުނަސް ދިވެހިން ތިބީ ނަޝީދާ ވެރިކަން ހަވާލުކުރާ ގޮތަކަށް ނޫން. ވީމާ 2023 ގެ ފަހުން އަނެއްކާވެސް މަގުމަށްޗަށް ނުކުންނަން ރޭޑީގަ ތިބި އެމްޑީޕީ މެމްބަރުން ނަޝީދަށް ވޯޓް ދޭށެވެ.
ކާސިމް
30 November 2022
ޕްރައިމަރީންވެސް ވާނެ ބޮޑުތަނުން ބަލިކުރަން