ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް އިންދުމުގެ މަސައްކަތް މިނިސްޓަރު ޑރ. ހުސެއނިް ރަޝީދު ހަސަން ބައްލަވާލައްވަނީ --
08 ޑިސެމްބަރ 2022 - 07:18
ބޮޑު ތަދުގެ ދުވަސްވަރުގައި ރިޔާ ނަގައިގެން އަލަ ހޯދަން ރަށްތަަކަށް ދަތުރު ކުރި ޒަމާނުގެ ވާހަކަތައް ހުވަދު އަތޮޅުގެ މުސްކުޅިން އަދިވެސް ހަނދާން ހުރެ އެވެ. ވަޅޯމަހާއި އެހެނިހެން އަގުހުރި ތެކެތީގެ ބަދަލުގައި ހޯދަނީ އަލަ އެވެ. ބައެއް މީހުން އަގުހުރި ކަސަބު ލިބާހާއި ރަން ފައްޓަރުބައި ވެސް އަލަ އަށް ޓަަކައި ގުރުބާންކުރި އެވެ. ބަނޑުހައިހޫނުކަމުގެ އެ ދުނިޔޭގައި އަަލަ އަކީ "ރަނެވެ".
އަލައިން ގެނުވި ތިޔާގިކަމުގެ މަންފާ އެންމެ ބޮޑަށް ކުރި ހުވަދު އަތޮޅުގެ ދެ ރަށަކީ ބިން ބޮޑު ގދ. ވާދުއާއި ދަނޑުވެރި ކަމަށް ގދ. ގަން ބޭނުންކުރާ ގައްދު އެވެ. އެ ރަށުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ޒަމާނުއްސުރެ ކެއުމަށް އަދި ވިޔަފާރި އަށް އަލަ ހައްދައި އުޅުނެވެ. ދުޅަހެޔޮ ކާނާއަަކަށް ވުމުގެ އިތުރަށް އަލަ ވިއްކައިގެންނާއި އޭގެން އުފެއްދުންތައް ހަދައިގެން އާމްދަނީ ވެސް ހޯދި އެވެ.
އެކަމަކު، މީގެ ފަސް ވަރަކަށް އަހަރު ކުރިން ދަނޑުވެރިންނަށް ފާހަގަވާން ފެށީ އަލަ ގަސްތަކުގެ ފަތްތަކުގައި އުފެދޭ ރީނދޫ، ދަބަރު ކުލައެއްގެ ލައްތަކެކެވެ. އެ ލައް ބޮޑުވެގެން ގޮސް ފަތް މޯޅިވެ، ވަކި ހިސާބަކުން މުޅި އަލަ ގަސް މަރުވެގެން ދަނީ އެވެ.
މި ބަލި މިހާރު މުޅި ރާއްޖޭގައި އެބަ އޮތެވެ. ނަތީޖާއަކީ ކުރިން ހެއްދި ފުޅާމިނުގައި އަލަ ނުހެއްދި މަޑުމަޑުން ނެތެމުން ދިޔުމެވެ. ދަނޑުވެރިންނަށް އެ ބާވަތް ގެއްލުމެވެ. ކެއުމަށް އަލަ ހައްދަމުން ދިޔަ މީހުންނަށް ވެސް އެއީ މިހާރު ހައްދަން އުނދަގޫ، ތަދު އެއްޗެކެވެ. ބައެއް ރަށްތަކުގައި މަދުމަދުން އަލަ ހައްދާ ނަމަވެސް، އެއްވެސް ވަރަކަށް ނުހެއްދޭ ހިސާބަށް ވެސް ބައެއް ރަށްރަށް ހިނގައްޖެ އެވެ.
"ތެދުތެދަށް ދަންނަވަންޏާ ދިވެހި އޮޅު އަލަ މިއޮއް ބޮޑު ވާދޫން، އެއޮއް ވަރަށް އަލަ ގެންގުޅުނު ރަށުން ހަމަ އެއްކޮށް ނެތިއްޖެ،" ވާދޫގެ ހާލަތު އެ ރަށުގެ ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު އިބްރާހިމް ކިޔައިދިނެވެ.
"މުޅި ރާއްޖޭގައި ކަހަލަ ގޮތަކަށް މިހާރު މި ބަލި އެބަ އޮތް ކަމަށް އެކި ފަރާތްތަކުން އެކި ދިމަދިމާލުން ލިބޭ މައުލޫމާތުން އެނގެނީ."
ދިވެހި އަންހެނަކު އަލަ ކަނޑަނީ: އަލަ ވިއްކައިގެންނާއި އެއިން އުފެއްދުންތައް ހަދައިގެން ގިނަ ބަޔަކު އާމްދަނީ ހޯދި
މީގެ ކުރިން އެތައް ސަތޭހަ ކިލޯއެއްގެ އަލަ ބޭރު ކުރި ގަމުން އެ ބަލީގެ އަސަރުތައް ފެންނަން އެބަ ހުއްޓެވެ. ކުރިން އެ ރަށުގައި ގޮވާލުމުން އަޑުއިވޭ ހިސާބުގައި ގައްދޫ ކޮންމެ ވެސް މީހެއްގެ އަލަ އޮޅެއް އޮންނާނެ އެވެ. އެ މީހުން ފަސޭހަ އަކަށް ކޮށި މަގުތަކުގައި އަލަ ބަސްތާތައް ގާޑިއާތަކުގައި އުފުލި އެވެ. އެކަމަކު، މިހާރު އެ އޮޅުތަކާއި މަގުތައް ވަލަށް ވެ، ބެދިއްޖެ އެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދެނެގަނެފައިވާ ގޮތުގައި އަލަ ގަސްތަކަށް ޖެހެމުން ދަނީ "ޓާރޯ ލީފް ބްލައިޓް" ކިޔާ ބައްޔެކެވެ. ވަރަށް އަވަހަށް ފެތުރިގެންދާ އެ ބަލި ޖެހެނީ ފައިތޯފްތޮރާ ކޮލޮކޭޝިއާ ކިޔާ އޫމެސައިޓެއްގެ ސަބަބުންނެވެ. އެ ބައްޔަށް އޮތް ދެމެހެއްޓެނިވި ހަމައެކަނި "ފަރުވާ" އަކީ ބައްޔާ ދުރު މުޑުވަކެއް ހޯދުމެވެ.
އެމެރިކަން ސަމޯއާގައި ވެސް 1993 ވަނަ އަހަރު ޓާރޯ ލީފް ބްލައިޓް ފެތުރި ކެއުމާއި ވިޔަފާރީގެ ބޭނުމަށް އަލަ ހެއްދުން ހުއްޓެނެވެ. އެ މައްސަލަ ހައްލު ކުރެވުނީ 1997 ވަނަ އަހަރު މައިކްރޮނީޝިއާއިން އަލައިގެ އާ މުޑުވަކެއް ގެނެސްގެންނެވެ.
ދިވެހި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަލައިގެ އެހެން މުޑުވައްތައް ގެނެސްގެން ރާއްޖޭގައި ޓެސްޓު ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. މިނިސްޓްރީން ވަނީ އަލައިގެ ރަނގަޅު މުޑުވަކެއް އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާއިން ހޯދައިފަ އެވެ.
ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ގދ. ގައްދޫގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --
އެ މުޑުވައް މީހުން އުޅޭ ރަށްތަކުގައި އިންދާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން ވިދާޅުވި ގޮތުގައި ކެންޔާއިން ގެނައި އަލައިގެ އާ މުޑުވަަކީ ބަލިތަކާ ދުރު ވައްތަރެކެވެ.
އެ މުޑުވައް ފޮނުވާފައި ވަނީ ފަސް ރަށަކަށެވެ. އެއީ، ފުވައްމުލަކުގެ އިތުރުން ގދ. ވާދު އާއި އެ އަތޮޅު ގައްދޫ، ފިޔޯރީ، ހޯނޑެއްދޫ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފަސް ރަށަށް ކުރިތައް ފޮނުވައިގެން އިންދުމުގެ ބޭނުމަކީ އަޖުމަ ބެލުމެވެ.
އެ ރަށްރަށުގައި އެ އަލަ ހައްދައި ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ އެއިން ކޮންމެ ރަށެއްގެ ކައުންސިލާ އެވެ. ކޮންމެ ރަށެއްގައި ވެސް އަލަ ހައްދަމުން އަންނަނީ ކައުންސިލުގެ ބެލުމުގެ ދަށުން އެ ރަށެއްގެ ދަނޑުވެރިއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ މަރުހަލާގައި އާންމުކޮށް ދަނޑުވެރިންނަށް އާ މުޑުވައް ދޫނުކުރީ އަދި އަޖުމަ ބަލާތީ އެވެ. އެކަމަކު، ނަތީޖާ ރަނގަޅު ނަމަ މިނިސްޓްރީން ނިންމާފައި ވަނީ އެ މުޑުވައް ބޭނުންވާ ހުރިހާ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށެވެ.
ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ފުވައްމުލަކުގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --
ކެންޔާއިން ގެނައި އަލަ ގަހުގައި އަލަ އަޅާނީ ތިން މަހާއި ހަތަރު މަހާ ދޭތެރޭގަ އެވެ. އެހެންވެ އެ މުޑުވައް އަދި ކަނޑާ ހިސާބަކަށް ނުދެ އެވެ. އެކަމަކު، ނަތީޖާ މިހާތަނަށް ދައްކަނީ ރަނގަޅަށް ކަމަށް އާ މުޑުވައް ލިބުނު ބައެއް ރަށްތަކުން ބުނެ އެވެ.
ވާދޫ ކައުންސިލުގެ މެމްބަރު މުހައްމަދު ޝިފާގު ވިދާޅުވި ގޮތުގައި އެ ރަށުގައި އިންދި 60 ގަހުން އެއްވެސް ގަހަކުން ބައްޔެއް ނުފެނެ އެވެ. ދުޅަހެޔޮކޮށް ބޮޑުވަމުން ދެ އެވެ.
ވިއްސާރައިގެ އަސަރުކުރުމުން ފިޔޯރީގައި އިންދި އާ އަލަތައް ހެދެން ޖެހޭ ވަރަށް އަދި ނުހެދޭ ކަމަށް ރަށުގެ ކައުންސިލުން ބުންޏެވެ. އެކަމަކު، އެ ގަސްތަކުން ވެސް ބަލި ފެނިފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
"ކެންޔާ އަލައިގެ ހެދެމުންދާ ވަރު ރަނގަޅު އަދި އޭގެއިން ބައްޔެއް ނުފެނޭ. އޭގެ އަލަ އެ ބޭފުޅުން [މިނިސްޓްރީން] ވިދާޅުވަނީ ހަ އިންޗި އަށް އިންޗި ވަރު ހުންނާނެ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް އެނގޭނީ ތިން މަސް ފަހުން ކަނޑާ އިރުގައި. އަދި [ގަސް] ރަނގަޅަށް ހުރީ،" މުހައްމަދު އިބްރާހިމް ބުންޏެވެ.
ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް މިނިސްޓަރު ޑރ. ހުސެއނިް ރަޝީދު އިންދަވަނީ
ކެންޔާއިން ގެނައި މުޑުވައް ކާމިޔާބު ވެއްޖެ ނަމަ ދިވެހީން އެ މުޑުވައް ހެއްދުން އާންމުވެ އެ މުޑުވައް ބާޒާރަށް ނެރޭނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހީން ޒަމާނުއްސުރެ ހައްދައި އުޅުނު ބާވަތް ނެތިދިޔުމުގެ ފުރުސަތު ވެސް އެބައޮތެވެ. މުހައްމަދު އިބްރާހިމް ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ.
"އެ [ދިވެހި] އަލައަށް ޖެހުނު ބައްޔެއް ވެސް ނުހޯދުނު އެއަށް ލިބުނު ފަރުވާއެއް ވެސް ނެތް. ދިވެހި އަލަ ހަމަ މަރުވީ. ދިވެހި އަލައެއް ނެތް." މުހައްމަދު އިބްރާހިމް ބުންޏެވެ.
އެހެންނަމަވެސް، ދިވެހި އޮޅު އަލަ އަކީ ހަގީގަތުގައި ރާއްޖެ އަށް "ނޭޓިވް" ނުވަތަ ރާއްޖޭގައި ގުދުރަތީ ގޮތުން ކުރިން ވެސް ހެދޭ އެއްޗެއް ކަމެއް އެނގޭކަށް ނެތެވެ.
ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހިމް ޝަބާއު ލަފާ ކުރައްވާ ގޮތުގައި އިންޑިއާ، ލަންކާ އަދި އިންޑޮނޭޝިއާއިން މީގެ ޒަމާންތަކެއް ކުރިން ރާއްޖެއަށް ގެނައީ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ އެތައް ސަަތޭކަ އަހަރު ކުރިން ވެސް ހުވަދޫ އަދި އައްޑޫން ލަންކާ، އިންޑިއާ އަދި އިންޑޮނޭޝިއާ ފަދަ ތަންތަނަށް ސީދާ ދަތުރު ކުރި އެވެ. ކަންކުން ފަތް އަދި ސިޓްރަސް ފްރުޓްތައް ވެސް އެ ދުވަސްވަރު ރާއްޖެއަށް ތައާރަފުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނުގެ ދަނޑުވެރިން އަލައިން މަންފާ ހޯދި ޒަމާން އަނބުރާ ގެންނަން ބޭނުންްވެ އެވެ. ސަގާފަތާއި އާދަކާދަ އާއި ތާރީހާ ގުޅިފައިވާ އެ ފަލަމަޑި ނެތިޔުމަކީ އެދޭ ގޮތެއް ނޫނެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި އެ ރަށުގައި ވެސް އެކި ބޭނުންތަކަށް އަލަ ހެއްދުން ކުރިއާ އަޅާ ބަލާއިރު ދަށަށް ހިނގައްޖެ އެވެ. އަލަ ހައްދަން ކުރަން ޖެހޭ މަސައްކަތް ބޮޑުކަމުން އެކަމަށް އޮތް ޝައުގުވެރިކަަން މިހާރު ގެއްލިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ މަސައްކަތް ކުރަނީ މިހާރު ވިއްސަކަށް މީހުންނެވެ.
ކައްކާފައި ހުރި އަލަ: ދުޅަހެޔޮ ކާނާއަަކަށް ވުމުގެ އިތުރަށް އަލަ ވިއްކައިގެންނާއި އޭގެން އުފެއްދުންތައް ހަދައިގެން އާމްދަނީ ހޯދި
ހުވަދޫ، ފުވައްމުލައް އަދި އައްޑޫގައި ތުނިކޮށް އަލަ ކޮށައި ތެލުލައިގެން ވިއްކައި ވެސް ހަދަ އެވެ. އޭގެން ދިވެހި މެޓާ ހަދައި އެ ތަކެތި ވެސް ވިއްކައި އުޅުނެވެ. އެއީ އާއިލާތަކުން އާމްދަނީ ހޯދުމަށް ކުރި މަސައްކަތެއް ނަމަވެސް، އެ ދޮރު ވެސް ގިނަ މީހުންނަށް މިހާރު ބަންދު ކަމަށް މުހައްމަދު އިބްރާހިމް ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި، ބަލީގެ ފެތުރުނު ފަހުން، އަލަ ލިބޭލެއް މަދު ކަމުން އޭގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެންމެ ރަނގަޅަށް ހެއްދުނު ދުވަސްވަރު ކިލޯއެއް 30-20 ރުފިޔާއަށް ލިބުނު ނަމަވެސް މިހާރު އަގު ކިލޯއެއް 80-100 ރުފިޔާއަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.
"ކެންޔާ އަލަ ނަމަވެސް އަަޅުގަނޑުމެން ބޭނުންވަނީ ރަނގަޅުކަމުގައި ވަނީ ނަމަ އަލަ އޮޅު ހައްދާ ފަރާތަކަށް ބަހައިގެން ހަމަ ކުރިން ވެސް ވާދޫގައި އޮތް ބޮޑު އަލަ ދަނޑުތައް އަލަ ދަނޑުތައް ގޮތުގައި އުފެއްދުން." މުހައްމަދު އިބްރާހިމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯކޮމް
11 December 2022
ތިޔަ އަލަ ލ. އަތޮޅުގައި ހައްދައިގެން ކައި ހަދާތާ މިހާރު އަހަރުތަކެއް ވެއްޖެ
އޮނަރަބްލް އަފީފު ދީދީ
09 December 2022
އައްޑޫސިޓީގެ ގޯއްޗެއްގައިއޮތް އޮލުއަލަ ދަނޑެއްގައި ތިޔަމުޑުވައް އުފައްދައިގެން އެމީހުން ތިޔައަލަ ކަމުންދާތާ މިހާރު ހައެއްކަ އަހަރު ވެދާނެ. # ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ ޒުވާނާ ތިކަންކުރީ އަވައްޓެރި ޤައުމަކުން ހަމަ ތިޔަ މުޑުވައް ގެނެސްގެން. އެފްރިކާގެ ޤައުމަކުން ނުގެނައިކަމުގައިވިޔަސް އެއީ ހަމަ ތިޔަ އަލަ ކަން އިގޭ. މިނިސްޓްރީގެ ފަރާތުން މިކަން ބަލާން ބޭނުންނަމަ އައްޑޫ ސިޓީކައުންސިލަށް ހުށަހެޅުމުން މިކަން ސާފުވާނެ.
ޗނގ14545
08 December 2022
ވ އުފާވެރި ހަބަރެއް. އަހަންނަށް އޮޅުއަލަ އާ ގަރުދިޔަ ވަރެއްނެތް
ބޯހަލާކު
08 December 2022
އެއްވެސް އިރެއްގަ ދިވެހި އަލައެއް ދިވެހި ރުކެއް ދިވެހި ރާއްޖެއަކުނެތް.ހުރިހާ އެއްޗެއްގެ މުޑުވައް އައިސްފަ ހުރީ ބޭރުން.އެވާހަކަ އޭރު ލިޔާނެ މީހަކު ނެތީމަ ލިޔެވިފަނެތީ.މިހިރަ މިހިރަ ކަންތައް ސާބިތުވާނެ ގިނަހެކިތައް ފެންނާން އެބަހުރި.
އުލްފަތު
09 December 2022
އަސްލު ތިޔައީ އެއްވެސް ސައިންޓިފިކް ސްޓޭޓްމެންޓެއް ނޫން. ރާއްޖެއަކީ ވެސް ގުދުރަތީ ތަނެއް. މިތާ ވެސް ގަސް ފަޅާ ގޮތަކަށް ފަޅާނެ. މިތަނުގެ ވެސް އަސްލު ގަސްތަކެއް ހުންނާނެ. ތިޔަ ބުނާ ލިޔާ ބަޔަކު ނެތަތީ ނޭނގި އޮތް ކަމަކީ އެއީ. ކޮން ހެތްކެއްގެ ވާހަކަ ތި ދައްކަނީ؟ ޔޫރަޕަށާ އެމެރިކާއަށް އާފަލު ހިޖުރަކޮށް އާލާވިހެން ރާއްޖެއަށް ވެސް ހިޖުރަ ކުރި ބަޔަކު އައި ތާކުން މުޑުވައް ނުގެންނާނެއެކޭ ނޫން.
ދަނޑުވެރި ފެނަކަ
08 December 2022
ތިޔަ އަލަ ދިރުވައި އާލަކުރަން އެމްޑީޕީ ރައޫފުއާއި ފެނަކަ ސައީދާއި ހަވާލުކުރައްވާށެވެ. އޭރުން ރޯދައަށް ފެނަކައިގެ ތިބި ސިޔާސީ ސިޔާސީ މުއައްޒަފުން ގޮވައިގެން ސައީދުބެ ދަނޑުވެރިކަން ކުރާނެ ތޯއްޗެކެވެ. އަނެއްކާ ކޮލޮމަފުއްޓާއި ވާދުއަކީ ބިން ރަނގަޅު ދެރަށެވެ. ޒުވާން ދަނޑުވެރިޔާ ސައީދުއަކީ ކޮންމެކަމެއްވެސް ކުރެވޭ ކުޅަދާނަ ބޭފުޅެކެވެ. އިހަކަށް ދުވަހު ދިމާވެގެން ފެނަކަ އަމިއްލަ ނޫހެއް ހަދަންވެސް އަޅުގަނޑާ މަޝްވަރާ ކުރި ވިއްޔާ!
ދޮން
08 December 2022
ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް އިންފުލޭޝަން އާއި މަސްވެރިންނަށް މަސްނުކިރުމާއި އައިސްނުލިބުމާއި ކިރާމަހަށް ލާރި ނުލިބުމާއި ތެޔޮ އަގު ބޮޑުވުމާއި ޑުރަގްޑީލަރުން ދޫވުމާއި ބޯހިޔާވަހިކަން ނުލިބުމާއި ސަރުކާރުން މަސައްކަތްތެރިންނަށް ދޭން ޖެހޭފައިސާ ލަސްވުމާއި ޒުވާނުންނަށް ވަޒީފާ ނުލިބުމާއި. ދަރިވަރުންގެ ކިޔަވާލޯނު ނުލިބުމާއި ހިލޭ ސުކޮލަޝިޕް ދޭނެ ޤައުމެއް މިހާރު ނުވުމާއި ބަހައްޓާފައި ބަތްޕާރުސަލާއި އަލަޔާ އުޅުނީމަ ހުންނާނީ ވެފައި..
ސަހަރޯ
08 December 2022
ދިވެހި އަލަ ނެތެމުން ދިޔަޔަސް ދިވެހި ބުޅާ އިތުރުވެއެއްނުން. އެއާހެދި މާލޭ މަގުމަތީ ހިނގޭކަށްނެތް. އޭގެ ނަޖިހުން ޕޭމަންޓްތަކާއި މަގުހުރަސްކުރާ ކަފިތަކުން ފުރިފައި. އެއާހެދި ދުއްވާ ސައިކަލގަނޑަށް ރައްކާތެރިކަމެއްނެތް. މާލޭގައި އެވަރަށް އެ ގިނަވެގެންދާއިރުވެސް އެކަމާ ފިޔަވަޅެއް އަޅާކަށްނޫޅޭ. ރޯގާފަދަ ބަލިތަކުންވެސް މިއުޅެނީ ސަލާމަތްނުވެގެން އެއާހެދި
ވފެރތސ
08 December 2022
މާލޭގަ ރަނގަޅަށްދަނީ ކޮންކަމެއް
ށަވިޔަނި
08 December 2022
ނިމުމުގެ ބިރު ހީވަނީ އަލަ އެކަނިތަ؟ ވަރައް ގިނަ އެއްޗެހި ނިމިގެނަދާތަން މަށަށް އެބަފެނޭ.
ރަދީފްއޮފިޝަލް
08 December 2022
ކުރީ ޒަމާނުގެ މީހުން މަސްހިފަން ގެންގުޅުނު ދާ އެއީ އެމީހުން އަމިއްލަ އަތުން ތައްޔާރުކުރި އެއްޗެއް.މިއަދު މިގައުމުގަ މަދުވާނެ އެކަހަލަ ދަލެއް ތައްޔާރުކުރަން އެނގޭނެ މީހުން.އަަހަރުމެންގެ ކާފަމެން ގޭގަ މިތަކެތި ތައްޔާރުކުރާ މަންޒަރު 80ގެ އަހަރުތަކުގެ ފަހުކޮޅު ދެކުނިން.
ރަދީފު ބިން ރަފައިދާ
08 December 2022
އެފްރިކާއަލައޭ ބުނީމާ އެނުވޭތޯ އަލައިގެމެދުގާ ނަސްލީ އިމްތިޔާޒު ގެންގުޅުންކަމަށް.