ރަށްރަށުގައި ނެތް އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި މި ސަރުކާރުން ކުރަމުން ގެންދަނީ، އިންސާނީ އަސާސީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އެންމެ އިސްކަމެއް ދެނީ އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތުނުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ޑިސެމްބަރ 2022 - 12:57
އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"ރަށްރަށުގައި ގާއިމުނުކުރެވި ހުރި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ހައްގުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ގާނޫނު އަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ލިބެން ހުރުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ކުރިން ވެސް ވިދާޅުވެފައިވެ އެވެ. އެ އަމާޒުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން މިހާރު ވަނީ ހަވާލު ވެސް ކޮށްފަ އެވެ.
ތާރީހީ ދުވަހެއް: ފެނާއި ނަރުދަމާގެ ވައުދު ވާންޖެހޭ ރަށެއް ދެން ނޯންނާނެ https://t.co/tkAjuRsIWr
— Mihaaru (@Mihaarunews) December 29, 2021
މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހަށް، އދ. އިން ކަނޑައަޅާފައިވާ ޝިއާރު، "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" އަށް އަލިއަޅުއްވާލައި ރައީސްގެ ހިތާބުގައި ވިދާޅުވީ، އިންސާނުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަމާއި އިހުތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެ ޝިއާރުން ރަމްޒުކޮށްދޭ ކަމަށެވެ.
ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ އަސާސަކީ ހަމައެކަނި ހައްގުތަކެއް ލިބުން ނޫން ކަމަށާއި އަސާސީ ކޮންމެ ހައްގަކާއެކު އުފުލަން ޖެހޭ ޒިންމާތަކަކާއި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ. އެ މަސްއޫލިއްޔަތުތަކަކީ؛
• ދިރިހުރުމުގެ ހައްގު ލިބުމަށް އެދޭއިރު، އަނެކާގެ ފުރާނައަށް ގެއްލުމެއް ނުދިނުމުގެ ޒިންމާ.
• މުދަލާއި އާމްދަނީ ހޯދުމުގެ ހައްގަށް އެދޭއިރު، އަނެކާގެ މުދަލާއި ތަކެއްޗަށް ނުޙައްގުން އަރައިނުގަތުމުގެ ޒިންމާ.
• ތިމާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އެދޭއިރު، ކުރާ ކަމަކުން ނުވަތަ ބުނެލާ ބަހަކުން ވިޔަސް، އަނެކާގެ އަބުރާއި އިއްޒަތަށް އުނިކަމެއް ނުދިނުމުގެ ޒިންމާ.
• ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވަކާލާތުކުރާއިރު، އަނެކާގެ އަބުރާއި އިއްޒަތް ގެއްލިގެންދާ މިންވަރަށް ތިމާގެ މިނިވަންކަމުގެ ލަގަން ދޫކޮށްނުލުމުގެ ޒިންމާ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި ވަނީ، އެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް މުޖަތަމައުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ، ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހެ އެވެ. އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖުތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަނިވެރިކަމުގައި އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހެ އެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ."
މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން، މުޖުތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހުތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ލިބެން ޖެހޭ އެންމެ އަސާސީ ހައްގުތައް ވެސް ފުރިހަމަ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، ކޮންމެ މީހަކު ވެސް، ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ އިހުތިރާމާއި މިނިވަންކަމާއި އިންސާފު، ތިމާގެ ފަރާތުން އަނެކާއަށް ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފދގސއަެ
11 December 2022
އަސާސީ ހިދުމަތެއްނޫންތޯ ބޯހިޔާވަހިކަމަކީވެސް. ކީއްވެ ބޯހިޔާވަހިކަމެއްނެތި އުޅެންމިޖެހެނީ؟
އަސާސީ ޚިދުމަތް
11 December 2022
އަސާސީ ޚިދުމަތް އެއްގޮތް ކުރާނަމަ ފުރަތަމަ ސްޓެލްކޯއާއި ފެނަކަ ވަކިން ހިންގަނީ ކީއްކުރަންތޯއެވެ. މިހާރު ތިހައްދަވާ ގޮތުން ފެނަކަވަނީ ވައްކަމުގެ ބޮޑު ހަބަކަށެވެ. ތި ދެކުންފުނި އެއްކޮށް ޚަރުދަނާ މީހުން ލައިގެންވެސް މަނިކުފާނަށް ސިޔާސީގޮތުން ވާނެ ގެއްލުމެއް ނޯންނާއެވެ. ފެނަކަ ކުރީގެ އެޓޯލްސް މިނިސްޓްރީ ހިންގެވިހެން ޔާމީނު ހިންގަވަން ހުއްޓާނޫންތޯ މަނިކުފާނަށް ރައްޔިތުން ވެރިކަންދިނީ. ދެން ކޮންކަމަކާއި ބިރުންތޯ ތިޔަ އުޅުއްވަނީ؟
މައިސޯބުގެ ތަފާތު
11 December 2022
އަލިފުށީ އެއަރޕޯރޓަކީ ކިހިނަކުން ވެގެން އުޅޭ ކަމެއް
ކަސްއަނދުވާނި
11 December 2022
މަނިކުފާނު ތިޔަ ޚިދުމަތް ތަފާތު ނުކޮށް ދެއްވަން ތޯ ފެނަކަ ކަހަލަ ކުންފުނިތަކުން މި ސަކަރާތް މި ޖަހަނީ؟ ތިޔަގޮތަށް ޚިދުމަތްދީ ނިމޭއިރު މިޤައުމުގައި ތިބޭނީ ހުސްވަގުން ނޫންތޯ؟
ޖަންކްޝަން ރައީސް
10 December 2022
ވެރިކަން ދިނީމައި ގޮސް ފެނައި ނަރުދަމާ ޚިދުމަތްދޭ ކުންފުނީގެ ޖަންކުޝަން ވަޅަށް މަނިކުފާނު ފުންމާލައިގެން ހުންނަވައި ތިޔަ ނަޖިހުން މިޅި ހަށިގަނޑު ނާލީސް ކުރައްވަމުން ކޮންހާ ވާހަކަފުޅެއްތޯއެވެ. ފުރަތަމަ ހިނައި ތާހިރުވާށެވެ.
ފާލަސްތީން
10 December 2022
މި ސަރުކާރައް ވޯޓެއް ނުދޭނެ ދިވެހިންނެ ދެނެ. އިންޝާﷲ
ޢެމެރިކާ
10 December 2022
އަސާސީ ނުކިޔާ އިންޑިޔާ އައުޓް
ޕޫރުބެ
10 December 2022
ކުރެވުނިއްޔާ އެނގޭނެތަ؟ ކުރޭ ވަރަށް ބޮޑަށްކުރޭ! ހުރިހާކަމެއް ކުރަނީ ބައިމީހުންނާ ބައި މީހުންގެ މެމްބަރުންތިބޭ ރައްތަލަށް! އެއްވެސް ހަމައަކުންނޫން. ކޮން އިންސާފެއް ގާއިމުކުރެބޭނީ.؟
ޝާކިރުބެ
10 December 2022
ސޯލިހްއެވެ! މަތްﷲ ބިރުވެތިވާށެވެ! ވެރިކަމަކީ ވަގުތީ ކަމެކެވެ. މަނިކުފާނު ވެރިކަމަށް ގެނައުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން މިކުރާކަންތަކަކީ ނޭގި ހިނގާ ކަންތަކެއް ނޫނެވެ. މުލިއާގެއިން އަންގައިގެން ރޭވިގެން ހިންގާ ކަންތައްތަކެވެ. މުލިއާގެއަކީ އެގޭގެ ތާރީޚްގައިވެސް ވިޔާނުދާ އެތެއްކަމެއް އުފެދި އައިތަނެކެވެ. މަނިކުފާނަކީ ދިވެހިން ވޯޓްދިން ސޯލިހްއޭ ވިދާޅުވާން ދައްޗެވެ. މަނިކުފާނެެވެ! ބުއްދި އިސްކުރައްވާށެވެ! ފެނަކަވީ ޔާމީނުގެވެސް ހަލާކަށެވެ.
އޮނަރަބްލް އަފީފު ދީދީ
10 December 2022
މިޤަރުނުގައިވެސް "ކަނޑުކޮހުން" އުޅެނީކަންނޭގެ. ފައިސާއިންމެނުވީ ކަންކަންނުކުރެވޭއިރު ދައުލަތުގެޙަޒާނާއިން ރާއްޖޭގެރައްޔިތުނަށާއި ރަށްތަކަށްކަންކުރާނެފައިސާ ކޮންމެއަހަރެއްގެ ބަޖޭޓްގައިހިމަނައިގެން ސަރުކާރުން ހުށަހަޅާބަޖޭޓް މަޖިލީހުން ފާސްކޮށް އެބަޖެޓާއި އެއްގޮތަށް ޙަރަދު ބަރަދު ކުރާކަށް ނޫންތަ ބަޖޭޓް ފާސްކުރަނީ. # ބަޖޭޓްގެ %85 އެންމެ ރަށެއްގެ މައްޗަށް ކަނޑައަޅާފައި ކިތަންމެވަރަކަށް "ހަމަހަމަ" ކަމާއިއެކު ކަންކުރާނަމޭ ބުންޏަސް އެކަމެއް ނުކުރެވޭނެ.