ރައީސް ދަތުރެއްގައި ފުރާވަޑައިގަންނަވަނީ: މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މިރޭ ފަރެސްމާތޮޑާގައި ވާހަކަ ދައްކަވާނެ. -- ފޮޓޯ | ރައީސް އޮފީސް
11 ޑިސެމްބަރ 2022 - 11:14
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި، ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރަން އެ ރަށުގައި ކުރިއަށްދާ އެކި ހަރަކާތްތައް ބައްލަވާލައްވާނެ އެވެ. އޭގެ ތެރޭގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރެ އެވެ. އެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.
މި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުތާޒު
11 December 2022
ފަރެސްމާތޮޑާގެ މެޖޯރިޓީވެސް ޕީޕީއެމްއަށް އެއާޕޯޓް އެޅިޔަސް ނޭޅިޔަސްވަރަށްސާފު
މާތޮޑާ އަތިރިމަތިން
11 December 2022
ފަރެސް މާތޮޑާގެ މަސްވެރިން ތޮށި މަގީ ރަތްދަކަ އަވީގައި މަސްވެރިންގެ ހައްގު ނުލިބި މުޒާހަރާ ކުރަންތިއްބާ ރައީސް ވައްޓާލީ ގަޓް ސައީދު ގިވައިގެންނެވެ. ރައްޔިތުން ބިރުން ފިލައިފިއެވެ. އަކަމަކު މިހެން ވޯޓް ހޯދޭނެތަ؟؟
ފަލަސްތީން
11 December 2022
މަސްވެރިކަން ކުރަން ބޭރުމީހުންނަ މި ސަރުކާރާރުން ފުރުސަތު ދީފި. ދިވެހިންނެކޭ ބޭރުމީހުންނެކޭ ތަފާތެއްނެއް. ކަޑަ ސަރުކާރެއްމީ.
ބަބޫ
11 December 2022
ފަރެސްމާތޮޑާ އެއާޕޯޓަށްތަ އެ ބޯޓު ޖެއްސީ؟ ނިމި ނިމި ކަންކަން ނުނިމޭ ސަރުކާރު
ނަމެއްނެތި
11 December 2022
މިއީ މުނާސަބަތުތައް ފާހަގަ ކުރުމުގެ ރައީސެއް.
އެއްގަމު މަސްކެޔޮޅު
11 December 2022
ރާއްޖޭގައި ހުރި އެއްމެ ކުޅަދާނަ މަސް ކޮޔޮޅު ފެނަކަ އެމްޑީ ސައީދު ގޮވައިގެން ފަރެސް މާތޮޑާއަށް މަސްވެރިންގެ ދުވަސް ފާހަނގަކުރަން ރައީސް ވަޑައިގެންފިއެވެ. މިދަތުރުގެ ބައިވެރިންނަށް ފަރެސް މާތޮޑާގެ ރައްޔިތުން މަރުހަބާ ކިޔުމަށް މުޅި ބަނދަރުގައި ރަތްދޫލަ އަޅައި ރަށުތެރޭގައި ގިޑިގެ ހަދާފައި ހުއްޓެވެ. މިދަތުރުގައި ރައީސްއަށް އެެއްމެ ބޮޑު ހައިރާން ކަމެއް ލިބުނީ ސައީދަށް ހުވަދު އަތޮޅުގައި އޮތް ތާޢީދާއި ރައްޔިތުން ކުރާ އިޚްތިރާމް ފެނިއެވެ. #އާވަަރާ ރައީސް
ސީޒަން ޖެކުހަން
11 December 2022
ރައީސް ހުންނާނީ މިކަހަލަ ދުވަހެއް ނައިސްގެން، ދަތުރުއަޅާހިތުން.
އޮނަރަބްލް އަފީފު ދީދީ
11 December 2022
މަސްވެރިއާއިލާތަކުގެ އުފެއްދުން ބާޒާރާށް ފަސޭހައިންނެރުމަށް އެހީތެރިކަންދިނުމަށްޓަކާ ތިނަދޫ ފަރެސްމާތޮޑާއާއިދެމެދުގެ ދަތުރުތަކުގެއިތުރަށް ފަރެސްމާތޮޑާ-ފުވައްމުލަށް އަދި ފުވައްމުލަކަށްފަހު އައްޑޫ ފޭދޫބަނދަރަށް ހަފުތާއަކު 2 ދަތުރުކުރާ ޕެސެންޖަރުންނާއި ކާގޯ އުފުލޭވަރު ފެރީދޯންޏެއް ބާއްވާ މެދުނުކެޑޭގޮތަށް މިއުފެއްދުން ބާޒާރަށްް ނެރެ ވިއްކުމަށް މަގުފަހިވާނެ އިންތިޒާމްތަކެއް ހަމަޖެއްސުން ވަރަށް މުހިންމު. އޭރުން މަސްނުކިރިގެން ލިބޭގެއްލުން ކުޑަކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
11 December 2022
ކަންނެލިޖަގަހަ ބިލާހަކަށް ވެއްޖެނޫންތޯ. ދެންވެސް ތިޔަދުވަސްތައް ފާހަގަކުރަން ފައިސާ އިސްރާފުކުރުމުގެބަދަލުގައި ދެކުނުގައި މަސްކައްކާ ހިއްކާ ރިހާކުރުހަދާ ފަރާތްތަކަށްޙާއްސަކޮށްގެން މިފަދަބޭނުންތަކަށް ކުޑަކުއްޔަކަށްދޫކުރާ މަސްގެތަކެއް ނުވަތަ މަހާއި ރިހާކުރު ތައްޔާރުކުރާ ފެކްޓްރީ ތަކެއް އަޅާފައި އެތަންތަން ކޯޕަރޭޓް ސޮސައިޓީ ތަކަށް ނަމަވެސް ދޭންވީނޫންތޯ. އަދި މިއީ ދެކުނުގެ މިފަދަ ރަށްކަމުގައި ކަނޑައަޅާ އުތުރާއި މެދުތެރޭގައިވެސް ރަށެއް ޤާއިމްކުރައްވާ.
ދަލުބޭރު
11 December 2022
ޢައްޑޫމީހުންނާއި މަސްވެެރިކަމާއި އެއްވެސް ގުލުމެއްނެތް. ޥީމާ އަފީފުމެން ހަނު ތިބުން ރަގަޅީ. ޢައްޑޫމީހުންނައް ހާއްސަކަމަކީ ރިސޯރޓްރޫމްބޯއީ ކަމާއި، ސާކުވާކުރުމާއި ސިއާސީކަންކަން
ޭފަރެސްމާތޮޑާ އަސްލަމް ޕާކް
11 December 2022
ރިޔާސީ އިންތިޚާބު ކައިރިވީވީހެން މަސްވެރިންނާއި ދަނޑުވެރިންނަށް ތަޢުރީފް ކުރާނެެއެވެ. ވެރިކަން ލިބި އާރާއި ބާރުގައި ވެޑުވުނީމައި ކުންފުނިތަކުގެ އެމްޑީންނާއި އެކު ޕިކްނިކް ހައްދަވަމުން ކެމްޕޭންއަށް ދެއްކި އެއްވެސް ވާހަކައެއް ހަނދާން ނުވެސްނެތް ކަހަލައެވެ. މަނިކުފާނެއެވެ. ފަރެސްމާތޮޑާއަކީ ހުވަދޫގައި އޮތް އެއްމެ ބޮޑު ސިޔާސީ އެއްރަށަވެ. މިރަށަށް އަރައި ކޮސްކަންތަށް ކުރިވަރަކަށް ވާނީ ބޭޒާރެވެ. މަނިކުފާނު ސައީދުބެ ގޮވައިގެން ވާދޫއަށް ދާށެވެ.