12 ޑިސެމްބަރ 2022 - 11:36
އިންސާނުން ހަނދަށް ގެންދިއުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގެ ދަށުން، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހަނދުގެ ކައިރިއަށް ފޮނުވި ޖައްވީ އުޅަނދު (ކެޕްސޫލް) އޮރިއަން، އިއްޔެ އެނބުރައި ބިމަށް ގެނެސްފި އެވެ.
އޮރިއަން ކެޕްސޫލްގެ ޖައްވީ ދަތުރު ފުރިހަމަ ކުރުމަށް ފަހު އެނބުރި ބިމަށް ތިރިކުރީ، އެމެރިކާ ގަޑިން އިއްޔެ ހެނދުނު 9:40ގައި ޕެސިފިކް ކަނޑުގެ ތެރެއަށެވެ. އޮރިއަންގެ މި ދަތުރުގައި ހަނދުގެ ފަލަކަށް ދަތުރުކުރީ، އިންސާނުންގެ އެވްރެޖް ބަރުދަނާއި ބައްޓަމަށް އުފައްދައި، މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި އޭގައި ތަފާތު ސެންސަރުތައް ހަރުކޮށްފައިވާ ތިން ބުދެވެ.
Splashdown.
— NASA (@NASA) December 11, 2022
After traveling 1.4 million miles through space, orbiting the Moon, and collecting data that will prepare us to send astronauts on future #Artemis missions, the @NASA_Orion spacecraft is home. pic.twitter.com/ORxCtGa9v7
އޮރިއަންގެ މިދަތުރު ނިންމައި ބިމަށް ތިރިކުރުމަށްޓަކައި މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އައީ ގަޑިއަކު 39400 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އެ ބާރުމިނުގައި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އަންނާނީ، 2760 ޑިގްރީ ސެލްސިއަސްގެ ހޫނުގެ ތެރެއިންނެވެ.
އާޓެމިސް 1ގެ މި ދަތުރުގައި އޮރިއަން ކެޕްސޫލް ޖައްވުގައި ހޭދަކުރި 25 ދުވަހުގެ ތެރޭގައި، ހަނދުގެ ފަލަކުގައި ދަތުރުކޮށް، ހަނދުގެ ބިންގަނޑާ 127 ކިލޯމީޓަރަށް ކައިރި ކުރި އެވެ. އޮރިއަންގެ މި ދަތުރުގައި މި ބިމާ އެންމެ ދުރަށް ދިޔައީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، މި ބިމުން ފެށިގެން 434500 ކިލޯމީޓަރު ދުރަށެވެ.
This is a live view of the Earth from a distance of 15,000 miles away.
— NASA (@NASA) December 11, 2022
The @NASA_Orion spacecraft is mere hours away from arriving home. #Artemis pic.twitter.com/jyq7Hnv0Zp
އޮރިއަންގެ މި ދަތުރާ ބެހޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓާ ބިލް ނެލްސަން ވިދާޅުވީ އެޕޯލޯގެ ދަތުރުތަކުގައި ނާސާ އިން ކުރި ކަމަކީ، ކުރުން މުސްތަހީލު ކަންކަން، ކުރެވޭނެ ކަންކަމަށް ހެދުން ކަމަށެވެ.
"މިހާރު އަނެއްކާ އަހަރެމެން މި ކުރަނީ އެ ކަންތައް. ނަމަވެސް މުޅިން ތަފާތު މަގްސަދެއްގައި. ސަބަބަކީ، މިފަހަރު އަހަރެމެން ހަނދަށް އެނބުރި މި ދަނީ، އިތުރު ހޯދުންތައް ހޯދުމަށްޓަކައި ޖައްވަށް ދިއުމުގެ ގޮތުން، ހަނދުގައި ދިރިއުޅޭނެ ގޮތް ދަސްކޮށް، އެތަނުގައި މަސައްކަތްކޮށް، އުފެއްދުންތައް އުފައްދައި އީޖާދުތައް ކުރަން،" ބިލް ނެލްސަން ވިދާޅުވި އެވެ.
We're back after a 1.4 million mile journey around the Moon. pic.twitter.com/f3e5Ov1M2E
— Orion Spacecraft (@NASA_Orion) December 11, 2022
"އަހަރެމެންގެ ރޭވުމަކީ 2030ގެ ފަހުކޮޅުގެ އަހަރުތަކުގައި މާސް އަށް ދަތުރުކޮށް، އަދި އެއަށް ވުރެ ވެސް ދުރަށް ދަތުރުކުރުން."
އަޖުމަ ބެލުމުގެ ގޮތުން ނާސާ އިން މިފަހަރު ފޮނުވި އޮރިއަން ކެޕްސޫލްގެ އެންމެ ބޮޑު ބޭނުމަކީ، ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް އެނބުރި ވަންނައިރު، ކުރިމަތިވާ ގަދަފަދަ ހޫނުން އެ ކެޕްސޫލާއި އޭގެ އެތެރޭގައި ތިބޭ ޖައްވީ ފަޅުވެރިން ރައްކާތެރިކުރުމަށް އޭގެ ދަށް ފަރާތުގައި ލާފައިވާ ފަށަލައިގެ އަޖުމަ ބެލުމެވެ. އޮރިއަންގެ ދަށް ފަރާތުގައި ލާފައިވާ ފަށަލަ އުފައްދާފައިވަނީ، މީގެ ކުރިން ޖައްވަށް ގޮސް އެނބުރި އައުމަށް ބޭނުންކުރި އުޅަނދުތަކުގައި ބޭނުންކުރި ފަށަލަތަކުގެ ލިބުނު ތަޖުރިބާގެ އަލީގައި މުޅިން އާ ގޮތަކަށް ފަރުމާ ކުރި ފަށަލައެކެވެ.
އާޓެމިސް 1 ގެ ދަތުރު ރޭވިފައިވާ ގޮތް
ޖައްވީ އުޅަނދު އޮރިއަން ހަނދުގެ ފަލަކަށް މި ކުރި ދަތުރުން އެނބުރި ބިމަށް އައި ތާރީޚަކީ، އެންމެ ފަހުން ހަނދަށް ދިޔަ އިންސާނުން ހަނދަށް ފޭބިތާ 50 އަހަރު ފުރުނު ދުވަހެވެ. އިންސާނުން ހަނދަށް ގެންދިއުމަށް ނާސާ އިން ފެށި އެޕޯލޯ ޕްރޮގްރާމްގެ ދަށުން، އެންމެ ފުރަތަމަ އިންސާނުން (ނީލް އާމްސްޓްރޯންގް، ބަޒް އެލްޑްރިން) ހަނދަށް ފޭބީ ޖުލައި 20، 1969ގައި ކުރި އެޕޯލޯ 11ގެ ދަތުރުގަ އެވެ.
އޭގެ ފަހުން ނޮވެމްބަރު 14-24، 1969 ގައި ކުރި އެޕޯލޯ 12ގެ ދަތުރުގައި، އެމެރިކާގެ އެހެން ދެ އެސްޓްރޮނޯޓެއް، ނޮވެމްބަރު 14، 1969 ގައި ހަނދަށް ފައިބައި ހަނދުގައި އެއް ދުވަހާއި ހަތް ގަޑިއިރު ހޭދަކުރި އެވެ. އަދި ފެބްރުއަރީ 1971 ގައި ކުރި އެޕޯލޯ 14ގެ ދަތުރުގައި ވެސް އެމެރިކާގެ ދެ އެސްޓްރޮނޯޓުން، ފެބްރުއަރީ 5، 1971 ގައި ހަނދަށް ފޭބި އެވެ.
އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތް
މީގެ އިތުރުން، ޖުލައި 26-އޮގަސްޓް 7، 1971ގައި ކުރި އެޕޯލޯ 15ގެ ދަތުރުގައި ވެސް އެމެރިކާގެ ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބައި ދިރާސާތައް ކުރި އެވެ. އޭގެ ފަހުން، އެޕްރީލް 16-27، 1972 ގައި ކުރި އެޕޯލޯ 16ގެ ދަތުރުގައި ވެސް ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބައި، ހަނދުގައި 71 ގަޑިއިރު ހޭދަކުރި އެވެ.
އެޕޯލޯ ޕްރޮގްރާމްގެ ކާމިޔާބު ފަސް ދަތުރަށް ފަހު، އެޕޯލޯ ސިލްސިލާގެ ދަށުން އެންމެ ފަހުން އިންސާނުން ހަނދަށް ފޭބީ، ޑިސެމްބަރު 7-19، 1972ގައި ކުރި އެޕޯލޯ 17ގެ ދަތުރުގައި، ޑިސެމްބަރު 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް އިންސާނަކު ހަނދަކަށް ނުފައިބަ އެވެ.
އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތް
އާޓެމިސް ޕްރޮގްރާމަކީ، އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ގެންދިއުމަށް، ތިން މަރުހަލާއެއްގެ މައްޗަށް ނާސާ އިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ނާސާއާ އެކުގައި މި ޕްރޮގްރާމްގައި ބައިވެރިވަނީ، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އާއި ޖަޕާން އައެރޯސްޕޭސް އެކްސްޕްލޮރޭޝަން (ޖޭއޭއެކްސްއޭ) އާއި ކެނެޑިއަން ސްޕޭސް އޭޖެންސީ (ސީއެސްއޭ) އެވެ.
އިންސާނުން ހަނދަށް ގެންދިއުމަށް ނާސާ އިން ފަށާފައިވާ އާޓެމިސް ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު ތިން ފިޔަވައްސެކެވެ. އޭގެ ތެރެއިން އިއްޔެ މި ފުރިހަމަވީ އާޓެމިސް 1 އެވެ. މި މަރުހަލާގައި އޮތީ، ހަނދަށް އިންސާނުން ގެންދިއުމަށް އީޖާދު ކުރި ޖައްވީ އުޅަނދު، އޮރިއަން، މީހުންނާ ނުލައި ހަނދަށް ފޮނުވައި، ހަނދުގެ ފަލަކުގައި ވަށައިގެން ބުރެއް ޖެހުމަށް ފަހު، އަނބުރައި ބިމަށް ގެނައުމެވެ.
އާޓެމިސް 2 ގައި އޮރިއަން ޖައްވަށް ދާނީ ތިން އެސްޓްރޮނޯޓުން ގޮވައިގެންނެވެ. އެ ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ހަނދަށް ނުފައިބައި، ދިރާސާ ދަތުރެއްގައި ހަނދުގެ ފަލަކުގައި ވަށައިގެން ބުރެއް ޖެހުމަށް ފަހު، އެނބުރި ބިމަށް އަންނާނީ އެވެ. އާޓެމިސް 3ގެ ދަތުރުގައި އޮރިއަންގައި ދާ އެސްޓްރޮނޯޓުން ހަނދަށް ފައިބާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންމީހަކައް ނުފެނި ހަންދައް ގޮއްސަ އެތިބީ!
13 December 2022
ތިއީ މިހާރު އާކަމެއް ނޫން. އެއްވެސް ވައެއް ނެތްތާކު، ފިޔަޖެހި އަހެއްގަ ހަނދައް ގޮއްސަ އެއައީ، ދަންވަރު 12 ޔާ ފަތިހުގެ ދެމެދު. އެމެރިކާ އައް އެކަން ވޭތޯ ބަލާބަލަ، އަޅެ! ޢެއައްވެސް ކަލޭމެން ބުނެފާނެ އެއީ ހުވަފެނެކޭ! އެކަމު އެހެނެއް ނޫން. އެއީ އަސްލު ހަގީގަތެއް!
ހައިި
13 December 2022
ހަނދަށް 50 އަހަރުކުރިން އަސްލުވެސް ދިއަނަމަ މިހާރު ހަނދަށް ގޮސް ނުފައިބާނީ ހަމަ ބޮޑު ސަބަބެއް އޮވެގެން. އެމީހުން ބިރުގަންނަ ކޮންމެވެސް ކަމެއް ހަނދާ ގުޅޭ ގޮތުން އޮތުމަކީ ވެދާނެކަމެއް. އަމިއްލަ ގައުމުގެ މީހުންނަށް މާސިންގާ ބޮޑެތި ދޮގުތައްހަދާ އޮޅުވާލާހަދާ ބަޔަކު ހަނދަށް ދިއަ ދިއުމާ ބެހޭ ގޮތުން ތެދުހަދައި އެމީހުންނަށް އެނގުނު ހުރިހާ ކަމެއް ހާމަކުރާނެ ކަމަކަށް ނުބެލެވޭ. ޖަވާބުނެތް ކޮންމެ ކަމެއް އެއީ ނުވާ ކަންކަން ކަމަށް ހަދަން އެމީހުން ބޭނުންވޭ.
ހަމީދު 1
13 December 2022
ހަނދަށް ދެވުނު ނަމަ 50 އަހަރު އަނެއްކާ މިވަރުކަމެއްކުރަން ނުނަގާނެ. އެހެންވީމާ އެއީ އެމެރިކާ ހަދައިގެން އުޅޭ ދޮގަކާ ވައްތަރީ. އަނެއްކާ އަދި އަދަށް ދާންދެންވެސް ހަނދުގައިބެހެއްޓި ދިދަ ވިހުރުނު ސަބަބު ބަޔާންކޮށް ނުދެވޭ. އެވަރުގެ ބޮޑު މިސްޓޭކެއް އެފިލްމުގައި އެވަނީ. ތީ ކޮންބައެއް
ސަލީމު އިދުރީސް
13 December 2022
މިސާލަކައް މުހަންމަދުނަސީދަށާ ސޯލިހުއައް އިނގިރޭސި ރާނީދައުވަތު ދިނީމަ އެމިހުން ދިއައީ ރާނީގަނޑު ވަރައް!ރާނީގަނޑުވަރު ހުރިހާތާކުވަނީ ކެމެރާ ހަރުކޮއްފަ!ރާނީހިދުމަތުގަ އެކިވަރުން މީހުން ތިއްބަސް މިދެމިހުން ގޮސް ރާނީއައްނޭގި ދޮރުގަ ޓަކިދިނީމަ ރާނީބުނީ ކާކުހޭ މީމުހަންމަދު ނަސީދޭ އެކީގަކާކުހޭ އިބުރާހިން މުހަންހަންމަދު ސޯލިހޭ! ދައުވަތު އެރުވިއަސް އެނގިވަސް ނުލައި އާސް ދޮރުގަ ޓަކިދިނީ!ހަނދައް ނުދާކަމައް ގަބޫލުކުރާމީހުން ބުނެބަލަ އެގޮތައްއެކަންކުރެވޭނެތޯ
ށަވިޔަނި
12 December 2022
މުޅިން ޔަގީން ނުވިއަސް ކުރިން ބުރަވެފަހުރީ ހަނދަށް ދިޔަކަމަށް ބުނިކޮޅަށް. އެކަމަކު އޭގެފަހުން ޖައްވަށް އެތައް ދަތުރެއްކޮށް ދަތުރުކުރި އުޅަނދު އެތައްގޮތަކުން ކުރިއަރާ ސަލާމަތްކަމާއެކު މަތިންދާބޯޓެއްހެން ބިމަށް ޖައްސާމަންޒަރު އެތައްފަހަރު ފެނިފައިވާއިރު ހަނދުގެ ވަށައިގެން ބުރުޖަހާ ހަނދުގެ އެތައް ތަހްލީލުތައްކޮށް ހަދާފައިވަނިކޮށް މިފަދަ ވާހަކައެއް ދެއްކުމުން ޝައްކުގެ ދާއިރާ ބޮޑުވެއްޖެ.
އިބުރާ
12 December 2022
"ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން އެނބުރި ބިމަށް" އަސްލު ރަނގަޅު ގޮތަކީ "ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން އެނބުރި ކަނޑަށް"
ބީރުބޮލު ވަޒީރު.
12 December 2022
ކަލޭމެން ތިއަހެން ތެޅިތެޅި ތިއްބާ އަދި ދިވެހިންވެސް ހަނދަށް ގޮއްސަ އެމެރިކާ މީހުންގެ ބޮލަށް އޮށްގާ އުކާނެ.
ކައުންސެލަރު
12 December 2022
ހަނދަށް މީހަކު ނުދާކަމަށް އަހުން ބުނާވާހަކައަށް ބާރުދޭ ހެކި މިލިޔުމުގައި މިހުރީ: 1. 50 އަހަރު ކުރން ދިޔަބަޔަކު އަތުގައި ޓެކްނޮލޮޖީ އިހަށްވުރެ މަދުވެގެންބާ 3 ބުދު ފޮނުވީ. 2. ކުރުން މުސްތަހީލު ކަންކަން ކޮށްފައި ތިބިބަޔަކަށް މިދަތުރުގައި ހަނދަށް ޖައްސަން ނުކެރުން. 3. ކުރިން ހަނދަށް ފައިބާފައިވާނަމަ އާޓެމިސް 2 ގެ ދަތުރުގައި ހަނދަށް ނުފައިބައި ދިރާސާ ކުރަނީ މާމޮޅަށް އެކަން ކުރަންތަ. ފައިބައިގެން ނެގޭ ސާމްޕަލްވެސް މާރަނގަޅުވާނެ
މަބުނީ
12 December 2022
ހަނދުގެ ދަތުރުތަކާ ބެހޭގޮތުން އެކި އެކި އިލްމީ ވާހަކަދައްކަން ކައުންސެލަރަށްވުރެ މާމޮޅު މީހެން މިރަށުގެ ރާވެރިކަންކުރާ ކާސިންބެއަކީ އޭނަވެސް ބުނަނީ ހަނދަން ނުދެވޭނެކަމަށް
ޟަޒްނާ
12 December 2022
މިހާ ޓެކްނޮލޮޖީ އެޑްވާންސް ޒަމާނެއްގައި ،2022 ގައި ހަނދަށް އިންސާނުންނަށް ނުދެވޭ. ވީމާ 1969 ގައި ހަނދަށް ދިއުމަކީ ނުވޭނެ ކަމެއް.
އަހުމަދު ނަޖީބު
12 December 2022
އާނ ދޯ.މީ މުސްލިމުން ހޯދި އިލްމު.ދޮން މީހުން ފޭރި ގަތީ
ކިރު ސައި
12 December 2022
މަރުހަބާ ނާސާ