ވިޔަފާރި / ނޭޝަނަލް ބޯޓިން އެސޯސިއޭޝަން

ބޯޓިން އެވޯޑްސް 2022: 30 އަށް ވުރެ ގިނަ ފަރާތަކަށް އެވޯޑް

ރޭ ދަރުބާރުގޭގައި ބޭއްވި 'ބޯޓިން އެވޯޑް 2022' ގައި އެކިގޮތްގޮތުން ގިނަ މުއްދަތަކަށް ހިދުމަތްކޮށްދެއްވި ފަރާތަކަށް ޓޫރިޒަމް މިނިސްޓްރީގެ ޓޯކެން އަދި އެންބީއޭއެމްގެ ހަނދާނީ ފިލާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އަދި އިކޮނޮމިކް މިނިސްޓަރު ޑރ. ފައްޔާޒް ހަވާލުކޮށްދެއްވަނީ، އަރިހުގައި އެންބީއޭއެމްގެ އިސްވެރިން --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ފަހަރުގެ ބޯޓިން އެވޯޑްސް ގިނަ އިނާމުތަކެއް އެމްޓީސީސީގެ ބައެއް މުވައްޒަފުން އަދި ވަރަށް ގިނަ ކެޓަގަރީތަކުގެ އެވޯޑުތައް އެ ކުންފުނިން ރޭ ހޯދައިފި އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދޭ އެވޯޑް ހަފުލާގައި، އެންމެ މޮޅު ކެޕްޓަންގެ އެވޯޑް ހޯދީ އެމްޓީސީސީގެ ކެޕްޓަން އަހުމަދު ޒަކީ އެވެ. އެންމެ މޮޅު އިންޖިނިއަރުގެ އެވޯޑް ވެސް ލިބުނީ އެމްޓީސީސީގެ އިންޖިނިއަރެއް ކަމަށްވާ މުހައްމަދު ރަޝީދަށެވެ. އެންމެ މޮޅު ކްރޫގެ މަގާމު ލިބުނީ އެމްޓީސީސީގައި މަސައްކަތްކުރާ އިބްރާހިމް އަބްދުލް ހާދީ އަށެވެ.

ވަކިވަކި މީހުންގެ އެވޯޑްގެ އިތުރުން ވެސް އެމްޓީސީސީ އަށް ގިނަ ކެޓަގަރީތަކަކުން އެވޯޑު ލިބުނެވެ. އޭގެ ތެރޭގައި ޔަންމާ މެރިން އިންޖީނުގެ އެވޯޑާއި އެންމެ މަގުބޫލް ޑޮކްޔާޑް އެވޯޑް އަދި އެންމެ މަގުބޫލް ލޯކަލް ފެރީ އެވޯޑް ހިމެނެ އެވެ.

ބޯޓިން އެވޯޑްސް އަކީ 2016 ވަނަ އަހަރު ފެށި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޯޓުފަހަރާ ގުޅުން ހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ދާއިރާ ކުރިއެރުވުމަށް އެންބީއޭއެމް އިން ދޭ އެވޯޑެކެވެ.

ބޯޓިން ދާއިރާގައި ހިއްސާވާ ގިނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު ރޭ ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ހަފުލާގައި 34 ކެޓަގަރީއަކުން އެވޯޑް ދިނެވެ.

އެންމެ ރީތި ސަފާރީ/ ޔޮޓް ނުވަތަ ލިވަބޯޑަށް ދޭ އެވޯޑާއި ދޯނިފަހަރުގެ ޑިޒައިނަށާއި އެންމެ މަގުބޫލު އިންޖީނު ފޯރުކޮށްދޭ ކުންފުނިތަކާއި މަގުބޫލް ބްްރޭންޑުތަކުގެ އިތުރުން އެންމެ މަގުބޫލް ޑައިވް ސަފާރީ އާއި ސާފް ސަފާރީ އާއި އެންމެ މަގުބޫލް އިންޖީނު ސަޕްލަޔަރުން ފަދަ ބޯޓުފަރާ ގުޅުން ހުރި ކެޓަގަރީތައް އޭގެ ތެރޭގައި ހިމެނެ އެވެ.

ވޮޔެޖަސް މޯލްޑިވްސްގެ ސީއީއޯ އައިންތު ސޮލާހު، އެމްޓީސީސީގެ އެވޯޑެއް ރޭ ހަވާލު ކޮށްދެއްވަނީ: ގިނަ އެވޯޑްތަކެއް އެމްޓީސީސީގެ ބައެއް މުވައްޒަފުން ހޯދި.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރުގެ އެންމެ މޮޅު ޑައިވް ގައިޑް އެވޯޑް ހޯދީ ޓޮޕްކްލާސް ކްރޫސިންގެ އަލީ ޝަރީފެވެ. އެންމެ މޮޅު ސާފް ގައިޑްގެ އެވޯޑް ކާމިޔާބުކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ މޫޝަން އަދުނާން މޫސާ އެވެ.

ރޭގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން: ޑރ. އަބްދުﷲ މައުސޫމް (ވ)، އެންބީއޭއެމްގެ ރައީސް އިސްމާއިލް ހަމީދު (މ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް (ކ) --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރޭގެ ހަފުލާގައި އެވޯޑު ލިބުނު ބައެއް އެހެން ކުންފުނިތަކުގެ ތެރޭގައި ބޯޓުފަހަރު އުފައްދާ އަލްޝާލީ މެރިން އާއި ގަލްފްކްރާފްޓާއި ތެޔޮ ފޯރުކޮށްދޭ ކުންފުނި ދަ ހޯކްސް އާއި އެލިއާ އިންވެސްޓްމެންޓްސް އާއި ވޮޔޭޖަސް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސާއި ޕާމް ޓްރީ މެރިން އާއި މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން އަދި ޖަލްބޫތު ފަދަ ކުންފުނިތައް ހިމެނެ އެވެ.

ބޯޓުފަހަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ފަރާތްތަކަށް އެންބީއޭއެމްގެ ހަނދާނީ ފިލަ އާއި ޓޫރިޒަމް މިނިސްޓްރީގެ ޓޯކަން ވެސް ރޭގައި ދިނެވެ.

ރޭގެ ހަފްލާގައި ޑރ. މައުސޫމް ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ވިދިވިދިގެން ތިން އަހަރު އެންމެ މަގުބޫލް މަންޒިލްގެ ލަގަބު ރާއްޖެ ހޯދުމުގައި ބޯޓިން ދާއިރާގެ ހިއްސާ ބޮޑު ކަމަށެވެ.

އެންބީއޭއެމްގެ ރައީސް އިސްމާއިލް ހަމީދު (ހައި ރައިޒް އިއްސެ) ވިދާޅުވި ގޮތުގައި، މި އަހަރުގެ އެވޯޑަށް 100 އަށް ވުރެ ގިނަ ފަރާތްތައް ނޮމިނޭޓް ވެފައިވާއިރު، އެވޯޑު ހައްގުވާ ފަރާތްތައް ހޮވީ ނޮމިނޭޓުވި ފަރާތްތަކާ ފަނޑިޔާރުންގެ ޕެނަލުން ކުރި ވަކިވަކި އިންޓަވިއުތަކާއި ބޯޓުފަހަރުތަކަށް ގޮސް، އެ ބަލައި، އިވެލުއޭޓްކޮށްގެންނެވެ.

ރޭގެ ހަފްލާގައި އެންބީއޭއެމްގެ ރައީސް އިސްމާއިލް ހަމީދު ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ބޯޓިން އިންޑަސްޓްރީ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އެކަމަކު، އަދިވެސް ބައިވަރު ކަންކަން ރަނގަޅު ކުރަން ޖެހިފައިވާ ކަން ފާހަގަކުރައްވަމުން އާދިލް ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ދިވެހިން އެ ދާއިރާ އަށް ޝައުގުވެރިކުރުވައި، މަސައްކަތައް ނެރުން ކަމަށެވެ.

"ގިނަ ސަފާރީ ފަދަ ތަންތަނުގައި ދިވެހި މުވައްޒަފުން މަދުވުމުން އެންމެ އެކަށީގެންވާ 'މޯލްޑިވިއަން އެކްސްޕީރިއެންސް' އެއް ޓޫރިސްޓުންނަކަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިންދަގީ

13 December 2022

މޓސސ އަކީ ބޯޓިންގ އެސޯސިއޭޝަންގެ ޅިޔަނު.. ވަރަށް ސާފު..

The name is already taken The name is available. Register?

ސަރީފުބެ

13 December 2022

ސަރުކާރުގެ ކޮރަޕްޝަނުން އަލްޝާލީ އައް އެވޯޑު އަންނަނީ މިވީހާ ތަނައް ހުރީ ހުސްވެސް އަތައް ގޮވާ ފާޑު އެއްޗެހި ބަނދެފަ

The name is already taken The name is available. Register?

48343

13 December 2022

ދުވާލެއްގެމައްޗަށް ހާދައެވޯޑެކޭ މިގައުމުގާ މިބަހާލަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454