13 ޑިސެމްބަރ 2022 - 15:34
އިންޑިއާ އާއި ޗައިނާގެ ގުޅިފައިވާ އިމުގެ ސަރަހައްދެއްގައި، ދެ ފަރާތުގެ ސިފައިންގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށް ދެ ފަރާތުގެ ސިފައިންނަށް ގެއްލުންތަކެއް ލިބިއްޖެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
މިއީ މި ދެ ގައުމުގެ ސިފައިންގެ މެދުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިފަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރެވުނީ، ދެ ގައުމުގެ މެދުގައި މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ސަރަހައްދެއްގަ އެވެ.
އިންޑިއާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އިންޑިއާ އާއި ޗައިނާގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރީ އަރުޗަނަލް ޕްރަދޭޝްގެ ޓަވަންގް ސަރަހައްދުގަ އެވެ. މި ސަރަހައްދުގައި އެންމެ ފަހުން، މި ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރީ، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
އިންޑިއާ އިން ބުނި ގޮތުގައި ހުކުރު ދުވަހު ބަދަލުކުރި ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ބައެއް މީހުންނަށް އެކި ވަރަށް ޒަޚަމްވި އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ދުވަހުގެ ހަމަލާތަކުގައި އިންޑިއާ އިން ޒަޚަމްވީ ހަ ސިފައިންނެވެ.
މި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ތިބޭ ދެ ގައުމުގެ އިސް ކޮމާންޑަރުންގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައި، ހަމަލާ ބަދަލުކުރުން ހުއްޓުވައިފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރަން ފެށުނީ، ޗައިނާ ސިފައިންގެ ބަޔަކު އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެގަތުމާ ގުޅިގެންނެވެ. ޗައިނާ ސިފައިންގެ ފަރާތުން އެފަދަ ހަރަކާތްތަކެއް ފާހަގަކުރެވުމާ އެކު، އިންޑިއާ ސިފައިން ވަގުތުން ރައްދު ހަމަލާދީ، ޗައިނާ ސިފައިން ފަހަތަށް ޖެހެން މަޖުބޫރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު، މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ސަރަހައްދުގައި 3440 ކިލޯމީޓަރު ދިގުމިނުގެ ސަރަހައްދީ ރޮނގެއް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasn
14 December 2022
އިންޑިއާ ކުޅެން މިއީ ކަޝްމީރެއް ނޫނޭ . މިޔަތޫނު ކޮށްކޮށް ދެބައިމީހުން ވެސް ހަމަ ތިބޭނީ . ނަމަނަމަ ސީނުކަރަޔާ ނުތޮޅޭތި .
ޢެމެރިކާ
14 December 2022
ޢިންޑިޔާއާ ހެދި މިސަރަހައްދުގެ ގައުމުތައް ކުރި ނާރަނީ
މުޑަހަންޖާ
13 December 2022
އަނހަ ބަލަ އިންޑިއާ ބެކްޔާޑުގަދޯ ޗައިނާ މިއޮންނަނީ، އެކަމަކު ރާއްޖެ މިއީ ތިމަންނަމެން ބެކުޔާޑޭ ބެކުޔާޑަށް ޗައިނާ ބޯޓުފަހަރޭ ކިޔައިގެން އަހަރެމެން މިތިބެނީ ހައްދާފަ.
ދަގަތްފާނު
13 December 2022
އިންޑިއާ މީހުނަކީ ވަށައިގެން ހުރި ހުރިހާ ގައުމަކާ ބޯޑަރު އެކިހިސާބު ނޭނގޭކަމަށް ހެދިގެން ބޯޑަރު ގޭސް ކައްކާ ބައެއް.
ށަވިޔަނި
13 December 2022
ކޮންމެ ބަޔަކު ކުރިއަސް ހަމަލާ ބަދަލުކޮށް ހަމަލާދީ ހެދުމަކީ ގޯހެކެވެ. އަހަރުމެންގެ ތެރޭ މަގުމަތީގައި މީހުނަށާއި މީހުންގެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މީހުނާ މިމީހުނާ އެއްވެސް ތަފާތެއް ނެތެވެ.
ޙިނި
13 December 2022
އިންޑިޔާ ޕާކިސްތާނުވެސް ހަގުރާމައިގެ ކަނދީގެ މިޔަމަތީ ދެގައުމު އޮންނަތާ މިހާރު 75 އަހަރު އަދި ނިއުކުލިޔާ ހަންގުރާމައެއްގެ ތުންފަތް މަތީ ކޮންތާ 48 އަހަރު. މާދަމާވެސް ހަންގުރާމާ ފަށާފާނެ.
ޖުހާ.
13 December 2022
ކަލޭމެން ހިފައިނުގަނެ ތިބެބަލަ. އޭރުން ހުރިހާ ގެއްލުމެއްއޮތީ އަހަރުމެނަށް.
ރަދީފްއޮފިޝަލް
16 December 2022
ޖުހާ ކީކޭ ތި ކިޔަނީ؟ ހަމައިގަތަ؟
ފާއިޒުބެ
13 December 2022
ނަމުން ވައްތަރުވަނީ ޗައިނާގެ ސަރަހައްދަކާ.
ޜޯނު އެރުނު
13 December 2022
ޕްރަދޭސް ކިޔާތަންތަން ޗައިނާގަ ހުންނަކަމެއް ނޭންގެ
ޑިސްއޮނަރަބަލް ޑީޑީ
13 December 2022
ދެގެރި ތަޅަންޏާ ކައްގަލަށް ބާރުނުކޮށެއްނުހުންނާނެ.