15 ޑިސެމްބަރ 2022 - 12:44
އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ މިސައިލް ނިޒާމުތަކަކީ، މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ ޝަރުއީ އަމާޒެއް ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ރަޝިޔާ އިން މި މޭރުމުން އެމެރިކާ އަށް މި އިންޒާރުކުރީ، މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވަނިކޮށެވެ. ޕެޓްރޮއިޓް މިސައިލް ނިޒާމުތައް އެމެރިކާ އިން ޔޫކްރޭނަށް ފޮނުވަނީ، ޔޫކްރޭންގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާ އިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށްޓަކައި، ޔޫކްރޭނުން އެކަމަށް އެދުމުންނެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިސް މުޝީރު އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ނޭޓޯ އިން ޔޫކްރޭނަށް ޕެޓްރިއޮޓް މިސައިލް ފޮނުވުމަކީ، ހަނގުރާމަ އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ފިޔަވަޅެއް ނޭޅުމަށް ރަޝިޔާ އިން ވަނީ ނޭޓޯ އަށް އިންޒާރުކޮށްފަ އެވެ.
After losing the Battle of Kherson and being forced into a humiliating retreat, Russia is now bombarding the city relentlessly. This bombing serves no military purpose other than to take revenge for the Russian army’s defeat on the civilian population pic.twitter.com/2kGP47YPF5
— Business Ukraine mag (@Biz_Ukraine_Mag) December 14, 2022
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލްންސްކީ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ ގޮތުން، ކުރިއަށް އޮތް ކްރިސްމަސް ދުވަހުގެ މުނާސަބަތާ ދިމާކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނުން ފައިބަންޖެހޭ ކަމަށެވެ. ނަމަވެސް އޭނާގެ އެ ހުށަހެޅުމަށް ދެކޮޅު ހަދަމުން، ރަޝިޔާ އިން ބުނީ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން، މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކަކީ، މިހާރު ރަޝިޔާގެ ބިންތައް ކަމަށް ޔޫކްރޭނުން އިއުތިރާފުވާންޖެހޭނެ ކަމަށެވެ.
ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އިތުރަށް ގުޅުން ގޯސްވަމުން ދާއިރު، ކުރިއަށް އޮތް ކްރިސްމަސްގެ މުނާސަބަތުގައި ހަމަލާތައް މެދުކަނޑައިލުމަށް ހުޅަނގުގެ ގައުމުތަކުން ތިބީ އިންތިޒާރުކޮށްގެންނެވެ. ނަމަވެސް ރަޝިޔާ އިން ފާޅުގައި ބުނެފައިވަނީ ކްރިސްމަސްގެ މުނާސަބަތުގައި ހަމަލާތައް މެދުކަނޑައިލަން ވިސްނާފައިނުވާ ކަމަށާއި، އެކަމާ މެދު ޚިޔާލު ވެސް ނުކުރާ ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ހަނގުރާމައިގެ އަސީރުންތަކެއް ވަނީ ދާދި ފަހުން ބަދަލުކޮށްފަ އެވެ. މިފަހަރު ރަޝިޔާ އިން މިނިވަންކުރި އަސީރުންގެ ތެރޭގައި ޔޫކްރޭންގެ 64 ސިފައިންނާއި އެމެރިކާގެ ރައްޔިތެއް ހިމެނެ އެވެ. އެމެރިކާގެ ރައްޔިތަކީ، އެމެރިކާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ކުރިން ޚިދުމަތް ކުރި މީހެކެވެ.
ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން އިއްޔެ ވެސް ޑްރޯން ބޭނުންކޮށްގެން، ވެރިރަށް ކިޔޭވް އަށް ހަމަލާތަކެއް ދޭން މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން 13 ޑްރޯން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށް ޔޫކްރޭނުން ބުނެ އެވެ.
ޔޫކްރޭނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް އާންމު ގޮތެއްގައި ބޭނުންކުރަނީ ރަޝިޔާގައި އުފައްދާފައިވާ މިސައިލާއި، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ.
އީރާންގެ މި ޑްރޯންތަކަކީ، އޭގެ އަމާޒަށް ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ. އީރާނުން ރަޝިޔާ އަށް އެފަދަ ޑްރޯން ވިއްކަމުން ދާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކަށް އީރާނުން އިންކާރުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ބޭބެ
15 December 2022
ޓްރަމްޕު އަރައިފިއްޔާ ރަޝިއާގެ ހަނގުރާމަ ނިންމާފައި އީރާނާ ހަނގުރާމަ ކުރަން މަސައްކަތް ކުރާނެ އެހެން ވެއްޖެނަމަ ހާދަ ރަނގަޅޭ މަގޭބޭނުން އީރާނުގެ ހަމަލާގެ ބާރު ބަލާލަން މަގޭ އަދިވެސް ހަދާންވޭ އީރާނުން އެމަރިކާގެ 2 ބޭހަކަށް މިސައިލް ހަމަލާދިންދުވަސް މަގޭ ކެތްމަދުވެފަ ހުރީ އެމަރިކާ ރައްދުހަމަލާ އީރާނައް އަރުވާތަންބަލަން އެއިރުން ދެން އީރާނުން ވީއްލާ އެތިފަހަރުން އެމަރިކާ ފަނާވާތަން ބަލަން
hasn
15 December 2022
އޭރަށް ހަތަރެސްކަން ހަމަވީ ! މިމީހުން ނަކީ މުޅިދުނިޔޭގައި ހަމަނުޖެހުން އުފެއްދުމަށް ފޫގަޅާފަ ތިބޭބައެއް ! މިހާރު ސައްދާމު ބާލާފައި ، ލީބިޔާގެ ގައްޒާފީ ދުއްވާލީ ، ކީއްކޮއްގެން ކަމެއްވެސް ސާފުކޮއް ނޭގޭ . ފަލަސްތީން ރޮއްވާފަ އިޒްރޭލް ރުއްސަނީ . ނިކަން ރަޝިޔާ އާއި ކުރިމަތި ލާބަލަ ! އިގިދާނެ ވާގޮތެއް ! ތިހެން ފުއްޕާފަ އުޅެވުނީ ފިނި ހަގުރާމަ ދުވަސްވަރު . ނިއުކްލިއަރ ބޮމެއް ކިރިޔާއޯ އުސާމާ ބިން ލާދިން އަށް ތައް ޔާރު ނުވެވި އޮތީ !
ވާން
15 December 2022
ފަގުޑި ވިސްނުން ދޫކޮށް އިސްލާމީ ސުލްހަވެރި ވިސްނުން އިސްކޮށްބަލަ