އެފްކޮންސްގެ ގުޅިފަޅުގެ އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
16 ޑިސެމްބަރ 2022 - 14:22
ތިލަ-މާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޭ ދަންވަރު ވަރަށް ބޮޑަށް ރޯވެ، ލިބުނު ގެއްލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެ ކުންފުނިން ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
ރޭ މެންދަމު 12:30 ހާއިރު އަލިފާން ރޯވި އެ އެކޮމޮޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދޭން ޖެހުނެވެ.
އެފްކޮން ކުންފުނިން މިއަދު ބުނީ ހުޅުމާލެ އާއި ގުޅިފަޅުގައި އެ ކޮންޓްރެކްޓަރުގެ އިތުރު އެކޮމޮޑޭޝަންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އެ ތަންތަނުން އެ މީހުންނަށް އެކޮމަޑޭޝަން ހަމަޖައްސަމުން އަންނައިރު އެޗްޑީސީގެ އެހީގައި ގުޅިފަޅުން ވެސް އިތުރު ތަނެއް ހަމަޖައްސާފައިވާ ކަމަށް އެފްކޮން ކުންފުނިން ބުންޏެވެ.
އަލިފާނުގެ އެ ހާދިސާގައި އަނިޔާވި 13 މީހަކަށް އައިޖީއެމްއެޗުގައި އަދި 60 އަށް ވުރެ ގިނަ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާދިނެވެ. ޓްރީޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ އަތްފައި ބިނދިފައިވާ މީހުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބޮލަށް އަނިޔާވެގެން ފަރުވާދޭން ޖެހުނެވެ. އަދި އެކަކު އޮތީ އައިސީޔޫގަ އެވެ.
އެފްކޮންސްގެ ގުޅިފަޅުގެ އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
އެމްޓީސީސީން ކުރިން ގުޅިފަޅުގައި ބޭނުންކުރި އެކޮމަޑޭޝަން ބްލޮކްގައި އަލިފާން ރޯވާން ދިމާވި ގޮތެއް އަދި ނޭނގެ އެވެ. އެމްއެންޑިއެފްގެ ފަޔާމަނުން އެތަނަށް ގޮސް ކުރި މަސައްކަތުން ގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކުރި ނަމަވެސް އޭރު މުޅި އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެފައިވާ ކަމަށް އެމްއެމްޑީއެފުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިމާލާ
17 December 2022
އެފްކޮންސްއަށް އެކޮމަޑޭޝަން ފްރީކޮށް ލިބުނީ. އަވަސްކުރަން އަނެއްކާ 100 މިލިއަން ޑޮލަރު އިތުރުކޮށްލާ. ޖުލައި އަށް އަވަސްކުރި ތާރީޚް ފައިސާ ދެއްކުމުން ޑިސެމްބަރަށް ލަސްވެއްޖެ.
ކޮއިލި
16 December 2022
ޢަދިވެސް ދިވެހިންގެ ޓެކްސްފައިސާ އިންޑިއާ ބްރިޖް އަޅާ ކުން ފުންޏަށް ، އެކުން ފުންޏަށް އެހީވާން ޖެހޭގޮތެއް ނޭގުނު
ފުކެއް ބޮޑުވަރު
16 December 2022
ދެން ތަން އެއްކޮށް އަނދާ ހުލިވީމަ އަލިފާން އޭގެ ޒާތުގަވެސް ކޮންޓްރޯލްވާނެ. އަލިފާނަކީ އެހެން އެއްޗަކާނުލާ ރޯވެފަ ހުންނަ އެއްޗެއްނޫން. ތިކަން ފަޔަރމަނުންގެ މަސައްކަތުން ކޮންޓްރޯލް ވީކަމައް ބުނާނެ ޖާގައެއްނެތް
އިންގުލޭންޑު
16 December 2022
އިންޑިޔާ މީހުނަށް ނެށިދާނެ، ފިލްމު ކުޅެވިދާނެ އަދި ބިރިޔާނި މޮޅަށް ހެދިދާނެ. އެކަމަކު އިންޑިޔާ މީހުންނަކަށް މުރަކަ މަތީގަ ގަދަ ކަނޑެއް ހުރަސްކޮށް ބުރިޖެއް ނޭޅޭނެ.. މިއީ ދިވެހީންނަށް ހެލިކޮޕްޓަރު ދުއްވަން ނޭގޭހެން ސާފުކޮށް ފެންނަން އޮތް ހަގީގަތެއް.
ށަވިޔަނި
16 December 2022
އިންޑިއާގެ ހައިދަރު އާބާދީ ބިރިޔާނީ ވާހަކަތަ؟
އިދްރީސް
16 December 2022
އަބަދު އޮންނަނީ ރޯވެފަ ރޯނުވާ ގޮތަކަށް ހަދަން ވެެއްޖެ އެއްނު މިހާރު ކިހާދެރަ ކަމެެއް މީ