މުސްލިމް ޝަވަރު: މި ފަހަރުގެ ވޯލްޑްކަޕްގެ އަސްލު ހީރޯ އަކީ މިއީ!
21 ޑިސެމްބަރ 2022 - 06:30
މިދިޔަ އާދިއްތަ ދުވަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ކަމަކީ، ހުޅަނގުގެ މީހުންނަށް "މުސްލިމް ޝަވަރު" ތައާރަފްވެ އެއީ މާ ރަނގަޅު އެއްޗަކަށް ވުމެވެ.
ފާހާނާ ކުރުމަށް ފަހު ސާފުވާން ޓޮއިލެޓް ޕޭޕަރު ބޭނުންކުރަމުން އަންނަ މީހުން، މުސްލިމް ޝަވަރުގެ ނަމުން މަޝްހޫރުވެފައިވާ "ބިޑެޓް ޝަވަ" ބޭނުންކުރުމަށް ފަހު މިއީ އެ މީހުން މުޅި އުމުރު ނަޖިހުން ތާހިރުވާން ބޭނުންކުރި ޓޮއިލެޓް ޕޭޕަރާ އަޅާބަލާއިރު ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތްކަން ގަބޫލުކުރެވިގެން ވަނީ ވާހަކަ ދައްކައިފަ އެވެ.
ޓޮއިލެޓް ޕޭޕާ ޓިޝޫ: އާންމުކޮށް ބޭނުނުްކުރަނީ ހުޅަނގުގެ ގައުމުތަކުން
އަރަބި އަދި އޭޝިއާގެ ގިނަ ގައުމުތައް، ހާއްސަކޮށް މުސްލިމު ގައުމުތަކުގައި ފާހަނާކުރުމަށް ފަހު ނަޖިހުން ތާހިރުވުމަށް ބޭނުން ކުރަނީ މުސްލިމް ޝަވަރުން ފެން ކަމެއް ހުޅަނގުގެ ގިނަ މީހުންނަކަށް ނޭނގެ އެވެ.
ވޯލްޑް ކަޕަށް ގަތަރަށް ގޮސް އުޅުނު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ނަޖިހުން ތާހިރުވާން މި ހުރިހާ ދުވަހަކު ޓޮއިލެޓް ޕޭޕާ ބޭނުންކުރުމަށް ފަހު މުސްލިމް ޝަވަރުން ފެނުން ސާފުކުރުމުން ދެ ކަމުގެ ހުރި ތަފާތު އެނގުނު ކަމަށެވެ. ފެނުން ސާފުކުރުން މާ ރަނގަޅު ކަމަށާއި އެނބުރި ގައުމަށް ގޮސް މީގެ ޝަވަރު ބޭނުންކުރަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.
Been using the toilet bum shower thing in qatar for a month…I am absolutely horrified we only use toilet paper in the Uk/Europe. This is the best thing ever man.
— VUJ (@DavidVujanic) December 14, 2022
"ގަތަރުގައި 'ޓޮއިލެޓް ބަމް ޝަވަރު' ބޭނުން ކުރަމުން އަންނަތާ މިހާރު މަހެއްވެދާނެ. ޔޫރަޕް/އެމެރިކާ ހިސާބުގެ އަހަރަމެން ބޭނުންކުރަނީ ހަމައެކަނި ޓޮއިލެޓް ޕޭޕަރަށް ވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް. މިއީ މިހާތަނަށް ފެނުނު އެންމެ ސަޅި އުފެއްދުން،" މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
I’ve used a bidet in France, it’s decent but it’s too big, this is a simple high pressure shower head, more functional and easily adaptable. Will be investing when back in london. My bum is very thankful.
— VUJ (@DavidVujanic) December 14, 2022
އޭނާ ބުނެފައިވަނީ ކުރިން ބިޑެޓް ބޭނުންކުރި ކަމަށާއި އެކަމަކު އެއީ މާ ބޮޑު އެއްޗެއް ކަމަށެވެ. މުސްލިމް ޝަވަރަކީ ބާރަށް ފެން ޖަހާލައިގެން ސާފުކޮށްލަން، އަތަށް ފަސޭހަކޮށް އުފައްދާފައިވާ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
އެ ޓްވީޓް ވައިރަލްވެ، ގިނަ ބަޔަކު މުސްލިމް ޝަވަރުގެ މުހިންމު ކަމުގެ ވާހަކަ ދައްކާފައިވެ އެވެ. އަދި އެއްބަޔަކު އަންނަނީ އެއާ ގުޅޭ މަޖާ ޕޯސްޓްތައް ވެސް ކުރަމުންނެވެ.
Best mankind's invention. Ever. pic.twitter.com/6Th41N8l7O
— Herman (@herman6x) December 14, 2022
ބައެއް މީހުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕާއި އެމެރިކާގައި ވެސް މުސްލިމް ޝަވަރު އާންމު އެއްޗަކަށް ވާނެ ކަމަށް ބުނެފަ އެވެ.
މިއީ ހަގީގަތުގައި ވެސް މި ވޯލްޑް ކަޕުން ފެނުނު އެންމެ ބޮޑު އެއް "ހީރޯ" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.
މީގެ ކުރިން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގަ އާއި އެކި ހާދިސާތަކާ ގުޅިގެން ޔޫރަޕާއި އެމެރިކާގެ ގައުމުތަކުން އާންމު ބައެއް މުދާ ލިބުން ދަތިވި ވަގުތުތަކުގައި ވެސް ޓޮއިލެޓް ޕޭޕަރު ހުސްވުމުން އެ ގައުމުތަކުގެ މީޑިއާގައި އާންމުންނަށް މުސްލިމް ޝަވަރު ތައާރަފްކޮށްދީ، ނަޖިހުން ތާހިރުވާން އޮތް ހަމައެކަނި ހައްލަކީ ޓޮއިލެޓް ޕޭޕަރު ނޫންކަން ބުނެދޭން ޖެހުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލަބަޑި
12 January 2023
ހާދަ މުޑުދާރު ބައެކޭ ދޯ! ޕުއްޕުލައިގެން ފެނުން ނުދޮވެ އުޅޭ ބައެއްކަން އަދި ކިރިޔާ މި އެނގުނީ. ފަކުރެއްވެސް ނުގަނޭ ދޯ!
ގުދުގުދާބެއްޔާ
08 January 2023
ހެހެހެ! ކަލޭމެން ހީކުރަނީ ޔޫރަޕްމީހުން ބޮޑުކަމުގޮސް ތާހިރުވަނީ ޓިސޫއިން ކަމަށްތަ؟. ބަލަ އެމީހުން ޓިސޫ ބޭނުންކުރަނީ ހަމައެކަނި ފޮހެލާން! ބޮޑުކަމުދާ ކޮންމެފަހަރަކު އެމީހުން ބިލިގާއަށް އެރި ފެންފަރާނެ! ތަން ދޮރު ނުދަތަސް ދެން ތީ ފުކެއްބޮޑުވަރު!
މުރަމާސާ
11 January 2023
އަތޮޅުތެރޭ ހަމަ ރަނގަޅަށްވެސް ގިނަވެއްޖޭ ރޯނު އެދުރު
ހަބީ
25 December 2022
މިކަމުން މި އެނގެނީ ޔޫރަޕުން ރާއްޖެއަށް އެވަރަށް ޓޫރިސްޓުން އަންނައިރުވެސް އެމީހުންނަށް ރާއްޖެއިން މުސްލިމް ޝަވަރެއް ނުފެންނަކަން. ރާއްޖެއަކީ މުސްލިމް ގައުމަކަށް ވީއިރު ރާއްޖެއިން މުސްލިމުންގެ ސަގާފަތް އެއްވެސްވަރަކަށް ނުދައްކާކަން. އެމީހުންނަށް ރާއްޖެއިން ދައްކާފައިހުރީ މުޅިންވެސް ރަލާއި އޫރުމަސް އަދި ކުރިސްމަސް. ހާދަ ދެރައޭ! :-(
ސަލީމު އިދުރީސް
21 December 2022
ތިއުޅެނީ ނޭގިގެން ޔޫރަފުމީހުނައް އަލައްފެނުން އެއްޗެއްނޫން މުސްލިމުސަވަރު ހުޅަނގު ޔޫރަފުގެ އެންމެ އާބާދީބޮޑު ޖަރުމަނުގަ އެކަނިވެސް 8 މިލިޔަން މުސްމުން އުޅޭ! ފެއްނެއް ތަނެއްގަ ފުހުމަކީވެސް ދީންހުއްދަކުރާ ކަމެއް! ޔޫރަފުގަ މީހުން ދިރިއުޅެއް ފެށިއިރު އޮހޮރޭފެން އިސްކުރަކުން ނުލިބޭ؟ އަދި ކޮންމެތާކު ފަސޭކަމާއެކު ހޫނުފެންލިބެއް ނުހުރޭ! ފިނި ކިރިޔާ ގަނޑުނުވެ ހުންނަފެނުން ފޫކޮޅު ތާހިރު ކުރުމަކީ ކުރެވޭނެ ކަމެއްނޫން! ތިކަމުގަ އެމިހުން އުޅެނީ މިހާރު މާކުރީގަ
ކަދީ
21 December 2022
އަހަރެމެންނަށް އެނގެޔޭ ސަލީމްބެއަށް ޔޫރަޕުން ނުފެންނާނެ ނުރުހެވޭ އެއްކަމެއްވެސް.
މަހައިރާން
22 December 2022
ސަހަރާގެ ހިރަފުސް ނުބުރާ ތިބި އެންމެ ތަހުޒީބު ތަރައްގީ މީހުން އުޅޭ ގަނޑުވާޒާތުގެ ފިނިމޫސުން އަންނަ ގައުމުތަކުގަ ކޮންމެ ތަނަކުން ފަސޭހަކަމާއެކު ހޫނުފެން ލިބެން ނުހުރެއޭ؟ އަދިވެސް ހާދަ ފަހަތުގަ ތިބަޔަކު ތިއުޅެނީ. މިގައުމުގަ ފެން ނެތިގެން ފާހާނާނުކުރެވިފަ ވުލޫނުކުރެވިފަ ހުންނާކަށްނުޖެހޭ ކޮންމެ ދިމާލަކަށް ދިއައަސް.
ނަން މަޝްހޫރު މީހުންގެ ހާލަތު
21 December 2022
މިކަމުން އެނގެނީ ހީސްލާފަވެސް ނުދޮންނަކަން. ޔޫރަޕްގަ ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް ނިސްބަތުން ވ.ގިނަވާނެ ކަމަށް ލަފާކުރެވޭ.
މުސްލިމު ޝަވަރު
21 December 2022
ތިބުނާގައުމުތަކުގެ މީހުން މީގެ ކުރިން މުސްލިމު ޝަވަރެއްނުދެކޭތަ؟
ފޫހި
21 December 2022
މިވަރުގެ ނަޖިސް ބަޔަކު މާ މޮޅު ބަޔަކަށް ހަދައިގެން އަހަރެމެން މިއުޅެނީ. އައްޗީޑި
ޖަލީލީ
21 December 2022
ޓިޝޫ އިން ފުހެލައިގެން ގުއިވަސް ކަނޑުވާނުލެވޭނެ. އަދި ކިރިޔާ ޔޫރަޕް މީހުންނަށް ފެނުން ގުއި ދޮވުމުގެ އަރާމުކަން މި ފެނުނީ.
އެޑްމުންޑޯ
21 December 2022
އިގިރޭސިވިލާތަށް ފުރަތަމަ ކުރި ދަތުރުގައި ހީތްރޯ އެއަރ ޕޯޓަށް ފްލައިޓް ޖެއްސުމުން ފާޚާނާ އަކަށް ވަދެ ބަލާލިއރު ފްލެޝްކުރަން އެކަނި ފެންހުރީ ދެން ބޭރަށް ނުކުމެ ކުޑަ ފެންފުޅިއެއްގަނެގެން ވަދެ ބޭނުންކުރީ ، ހިތައްއެރީ އެއަރޕޯޓްވީމާ ހުންނަ ގޮތްކަމަށް ، ނަމަވެސް ހޮޓަލަށްގޮސް ފާޚާނާކުރަން ބަލާލިއިރު ފެންވަރާ ޝަވަރ އެކަނިހުރީ ، ބިލިގާ އެއްހުރި ، ފާޚާނާ ކޮއްފައި ސާފްވާން ޝަވަރެއް ނެތް ،
2022
21 December 2022
މަ ހީކުރީ ތި ޔޫރަޕް މީހުންނަކީ ވަރަށް ތައިޒީބުބައެއްކަމަށް...... ބޮއިހަލަކި