ޚަބަރު / ސިވިލް ކޯޓް

ޕޮލިސް ބޯޑުގެ ލަފައާއެކު، ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް: ސިވިލް ކޯޓް

ޕޮލިސް ބޯޑުގެ ނިންމުމާ އެކު ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުން: އޭގެ ތެރެއިން ފަސް އޮފިސަރަކު ވަކިކުރަން ނިންމި ނިންމުން ކޯޓުން ވަނީ ބާތިލްކޮށްފައި

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އޭގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީ އެ ބޭފުޅުން އަދިވެސް ތިބީ ވަޒީފާގަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.

ހުކުމުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫނެވެ.

އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައިވެ އެވެ.

27 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 5%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަދަގޮތް

22 December 2022

2ވަނަ ދައުރެއް ލިބެން ނުޖެހެނީ މިކަހަލަ ބޮޑެތި ގޯސްތައް ހަދަމުން ދާތީ

The name is already taken The name is available. Register?

މަސްއޫދުރާނާ

22 December 2022

ތ‫ިތާކު ނެތް އަލުން ވަޒީފާ ދޭންޖެހޭ މީހެއް އެންމެންވެސް ވަކިކުރީ ގާނޫނާއި އެއްގޮތަށް

The name is already taken The name is available. Register?

މުރާސިލް

21 December 2022

ކޮންމެ ކަމެއްގައިވެސް މިފެންނަނީ މިއަނިޔާވެރި އަދި މަކަރުވެރި ދޮގުވެރި ސަރުކާރު ފަޟީހަތްވަމުންދާ މަންޒަރެވެ. މުޅީންވެސް އަތަށް ގޮވާ މިވެރިން ބޭޒާރުވަމުންދާތަނެވެ. އަދިވެސް ފުލުހުންގެ މުއައްސަސާއަަށާއި ޝަރުޢީ ދާއިރާއަށް އަތްބާނައިގެން ހިތުހުރި ގޮތެއް މީހުންނަށް ހަދާ އެމީހުން ނިކަމެތިކޮށް އަނިޔާވެރި ވެވޭތޯ ބަލާށެވެ. ތިމާމެން އެހެން މީހުންނަށް ދޭ އަނިޔާގެ ބަދަލުގައި ތިމާމެންނާއި ހަމަކުރާނެކަން ޤަބޫލުކުރަން ޖެހެއެވެ. އަބަދުވެރިކަމަކު ނުތިބެވޭނެއެވެ.

The name is already taken The name is available. Register?

ޕޫރުބެ

21 December 2022

ގާނޫނާއި ޚިލާފަށް މުވައްޒަފުންނާއިމެދު އަމަލުކޮށްގެން، ނުވަތަ ގާނޫނާއި ޚިލާފު ނިންމުމުގެ ސަބަބުން ދައުލަތުން ގެއްލުމުގެ ބަދަލެއް ދޭންޖެހޭނަމަ އެގޮތަކަށް ނިންމި ބައެއް ޒއްމާކޮށް އެމީހުން ދެން ދުވަހަކުވެސް ދައުލަތުގެ ވަޒީފާއަކަށް ކުރިމަތި ނުލެވޭ ގޮތަކަށް އޮންނަންޖެހޭ. ނޫންތަ؟

The name is already taken The name is available. Register?

މާހިރު

21 December 2022

ޤާނޫނާ ޚިލާފަށް ވަކިކޮށްފައިވާނަމަ ކޮންމެ މީހަކަށްވެސް އަލުން ވަޒީފާ ދޭންވީއެވެ. ނަމަވެސް ވަޒީފާއިން ވަކިކޮށްފައި އެތައް ދުވަހެއް ފަހުން ވަޒީފާދޭންޖެހޭއިރު ވަކިކޮށްފައި ހުންނަ މުއްދަތަށް މުސާރަ ދޭންޖެހޭނީ ޤަވާޢިދާ ޚިލާފުވި ފަރާތްތަކުން އެފައިސާ ހޯދައިގެން، ދައުލަތަށް އޭގެ ބުރަ އުފުލަން ނުޖެހޭގޮތަށްކަމަށް ދެކެމެވެ. އެހެންނޫނީ ކޮންމެބަޔަކުވެސް އެބަޔަކު ބޭނުންވާ ބަޔަކު ވަޒީފާއިން ވަކިކުރާނެއެވެ.

The name is already taken The name is available. Register?

ސުލްތާން

21 December 2022

ކޮމެންޓުކުރާ މީހުންނަށް ކިހިނެތްތަ ވެފަމިތިބީ، ކޯޓަކީ އިންސާފު ހޯދަންތާތަކެއް އެތަނުން ނުބަލާނެ ސަރުކާރަށް ރައްޔިތުންނަށް ގެއްލުންވޭތޯ.ކޯޓުގެ ކުރިމަތީގައި އޮންނާނީ ގާނޫނާއި ގަވާއިދު، ކަނޑާލި ފުލުހުންކިތައްމެ ގޯސްބައެއް ނަމަވެސް އެމީހުން ކަނޑާލަން ޖެހޭނީ ގާނޫނުގެ ތެރެއިންނެވެ. ގާނޫނުގެ ބޭރުންއެމީހުން ކަނޑާލި މީހުން ކުށްވެރިކޮށް އެމީހުނާދިމާލަށް އެއްޗެހިގޮވުމުގެބަދަލުގެ ކޯޓުތަކާއި ގާޒީންނަށް އެއްޗެހިމިގޮވަނީ.ސުމާޓުވުމަކީ ސްމާޓުފޯނުގެންގުޅުމެއްނޫން.

The name is already taken The name is available. Register?

މާސިތާމާނު

21 December 2022

ފުލުހުންނާއި ސިފައިންގެ މިފަދަ ނިންމުންތައް ކޯޓުން ބަދަލުނުކުރެވޭނެ ގޮތެއް ހަދަންޖެހޭ މިހުންނަނީ ތަނުހެ ހަމަޖެހުމާއި ހަލާކާއި ގުޅިފަހުންނަކަންކަން މިތަނުން މިފެންނަީ ސިޔާސީމީހުން

The name is already taken The name is available. Register?

1828

21 December 2022

އިންސާފް ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމެއްނެތި އެެއް ހަމައަކުން ލިބިދޭން ޖެހޭ. ފުލުހުންނާއި ސިފައިންގެ މުއައްސަސާވެސް ވުޖޫދުކޮށްފައިވަނީ ޤއ އިން. އޭގެ ދަށުން ޤާނޫނު އަދި ގަވައިދު އެއީ ފުލުހުންނާއި ސިފައިނުންވެސް އަމަލުކުރަން ޖެހޭ އެއްޗަކީ. ކޮނޑުމައްޗަށް ތަރިއާއި ހަނދު އެރުމަކީ އެމީހަކު ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަން ޖެހޭ ސަބަބެއް ނޫން.

The name is already taken The name is available. Register?

1134

21 December 2022

ތީހަމަ ވަކިކުރަންޖެހޭ މީހުން. އަދިވެސް މަތީފަޑީގައި ތިބި ގިނަ ބަޔަކު ވަކިކުރަންޖެހޭ. އެނޫން ގޮތަކަށް ފުލުސް އޮފީސް އިލާހެއް ނުވާނެ. ތަޢުލީމީ ފެންވަރެއް ނެތްތާގައި އަޙްލާޤެއް ތިބި ބައެއްވެސް ނޫން. ފުލުސް އޮފީސްގައި ކިޔަވައިގެން ތިބި ޒުވާނުންނަށް މި މީހުންނާއި ހެދި ފުރުސަތެއް ލިބެނީކީއެއް ވެސް ނޫން. ބޭރުގެ ޤައުމުތަކުން ލިބޭ ޕްރޮފެޝަނަލް ކޯސްތަކާއި ވޯކްޝޮޕްތަކަށް ދަނީ މި މީހުން. ގޮސް ޗުއްޓީ ހަދާލާފަ އަންނަނީ.

The name is already taken The name is available. Register?

ކޮރަލް

21 December 2022

ދެ ތަނުން ދެ ގޮތަށް ނިންމި އިރު ކުއްވެރި ވާ ބަޔަކު ނެތެވ. ގެއްލުން ރައްޔިތުންނަށެވެ. ދެން ދޭން ޖެހޭނީ ބަދަލާ އެކު ވަޒީފާ އެވެ. ބަދަލު ދިނުމެވެ.

The name is already taken The name is available. Register?

ފަރޭ0

21 December 2022

ބަލަ ބޯޑުން ނިންމިކަމަށް ބުނާ ވަކި ބަޔަކު ކަނޑާނުލަން ނިންމީ ކިހިނެއް ވެދާނެތީ ބިރުންތަ؟ ގެއަށް ދޭބަލަ ނުވަންޏާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454