ރައީސާއި ހެލްތް މިނިސްޓަރު ރަސްމިއްޔާތެއްގައި: މެންޓަލް ހެލްތު ޑިޕާޓްމެންޓް މިއަދު ވަނީ އުފައްދަވާފައި --- ފޮޓޯ/މިހާރު
22 ޑިސެމްބަރ 2022 - 16:55
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ނަމުގައި އާ އިދާރާއެއް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ޑިޕާޓްމެންޓަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އުފެއްދި މުއައްސަސާއެއް ކަމަށެވެ. މި ޑިޕާޓްމަންޓް ހިންގާނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.
"އެ ޑިޕާޓްމެންޓްގެ މައިގަނޑު ޒިންމާއަކީ ނަފްސާނީ ދުޅަ ހެޔޮކަން އިތުރު ކުރުމާއި ނަފްސާނީ ހިދުމަތްތައް ވިލަރެސް ކުރުމާއި ފަންނީ އެހީތެރިކަމާއި ލަފާ ދިނުމެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަފްސާނީ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާއްމުވަމުންނެވެ. އަދި އެކަށީގެންވާ އަދަދަކަށް އެކަމުގެ ޑޮކްޓަރުން ނުތިބޭތީވެ، ފަރުވާ ނުލިބިގެން ގިނަ ބަޔަކު ޝަކުވާކުރެ އެވެ. އައިޖީއެމްއެޗުގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދައްކަން ބޮޑު ކިއޫ އެއް އޮވެ އެވެ.
މި ސަރުކާރުން އަންނަނީ އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއެއް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
23 December 2022
މެންޓަލް-ކޭސް ނޭސަނެއްގަ، ތިޔަކަހަލަ ނޭސަނަލް ޑިޕާޓުމެންޓެއް ހުރުން، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް، ލާޒިމު.
ބޯގޯސް
22 December 2022
މަށަކީ ކުރިން ނަފުސާނީ ބަލި ހުންނަ މީހެއް ނޫން،މި ރާއްޖޭ ގެ ވެރިކަން ކުރާ މީހުނާ ހެދި މިހާރު މަށަކީ އެބައްޔަށް ބޭސް ކުރަން ޖެހިފަ ވަާ މީހެއް ހުވާ މިބުނީ،ޑިޕާރޓްމެންޓް ތައް ނުހެފިގެންތަ އެބައްޔަށް ފަރުވާ ނުކުރެވިގެން ތިއުޅެނީ.ބަލަދު އަރާ ބަޔަކަށް ވަޒީފާ ތަކެއް ދޭންވީ،ދެން ތިތާ ޑައިރެކްޓަރެއް ގެ މަގާމު ހަދާފަ މުސާރައަކައް 50000ރ ދިނީމަ ހުންނާނީ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރެވިފަ،
ލައިލާލީ
22 December 2022
ކުރީގަ ރައީސްކަން ކޮށްފަ ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރުވެސް ރައީސްކަން ނުލިބިގެން އުޅުއްވާ ބޭފުޅުންނަށް ވެސް ނަފްސާނީ ޚިދުމަތްތައް ލިބޭނެ ގޮތެއް ހަމަޖެހުން މިހިންމު.
ބަރުބާދު
22 December 2022
އަޅުގަނޑައްފެނޭ ނެސަނަލް ބޮވޭނެ ބޯންޖެހޭނެ ވެސް އުފައްދަވަން.
ބަރުބާދު
22 December 2022
ކޮބާތޯ މަހަކު 30000 ރުފިޔާގެ ނެސަނަލް އަންބޮނޑިސްމަން މުސާރަނެގުންފިޔަވާ އެހެންކަމެއް އޮވޭތޯ؟.
ބަރުބާދު
22 December 2022
އަދިވެސް ކުރިއައް އޮތީ، ނެސަނަލް ހައިޕަރޓެންސަން، ނެސަނަލް އައިވީ އެންޑް އިންޖެކްސަން، ނެސަނަލް ބަޖެޓްޑެފިސިޓް. އެއީ އިންތިހާބައް ގިނައަދަދެއްގެ ޕާޓީ އައް ބަލަދުއަރާބަޔަކައް ވަޒީފާ.
އޮނަރަބްލް އަފީފު ދީދީ
22 December 2022
ނަމުގެ ކުރިއަށް ޤައުމީ ނުވަތަ "ނެޝަނަލް" ލައިގެން ތަންތަން އުފެއްދިދާނެ. ތިހެން އުފައްދާ ތަންތަނުން ދައުލަތުގެ ޙަޒާނާ ހުލިވުން ނޫންކަމެއް ނުވާނެ. # ދިވެހިންގެ ބުއްދިއާއި ސިކުނޑި ވަރުބަލިވެ ނަފުސާނީ ބައްޔަށް ހުށަހޮޅޭ ސަބަބު ވަރަށް ސާފު. ބުއްދި ސަލާމަތުން ހުރި އިންސާނަކު އޭނާގެ އިޙްތިޔާރުން އެއްކިބާކޮށް މަޖުބޫރީ ހާލަތް މެދުވެރިކޮށް ވަޒަނުން ބޭރުކޮށް ބުރަމަސައްކަތުން ހޯދާ އާމްދަނީ އެއްކޮށް އެހެން މީހަކަށް ދޭންޖެހިއްޖެނަމަ ނަފުސާނީ ނުވެ ނުހުންނާނެ.
ބޮޑުމީހާ
22 December 2022
ކޮމިޓީތަކާއި، ކޮމިޝަންތަކާއި، އޮމްބަޑްސްމަނުންނާއި، ސިޔާސީ މީހުންނާއި، ކައުންސިލަރުންނާއި، ސިވިލްސާވަންޓުން ކިޔާފަ ތަންތަން އުފައްދާވަރަކަށް މައްސަަލަތައް ވަނީ ގިނަ. ހިދުމަތް 0