ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ޖޫން 2025 - 10:58
ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ވަރަށް ބޮޑު ކަމަށާއި އެހެންވެ، މާލެ އާއި ރަށްރަށުގައި އެ ފަރުވާ ރަނގަޅު ކުރަން އިސްކަމެއް ދެމުން އަންނަ ކަމަށެވެ.
މިދިޔަ ހަފުތާގެ ގޯމަ ދުވަހު ދެއްވި އިންޓަވިއުގައި ނާޒިމް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
"މާ ގިނަ ދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"[މި އަހަރު ފެށުމަށް] އުއްމީދަކީ."
އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާށެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ކެންސަރު ބަލީގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް އަދި އުޅެނީ ވަރަށް ފަހަތުގަ އެވެ.
މި ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރަން މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފަ އެވެ. ހެލްތް މިނިސްޓްރީން އޭރު ބުނި ގޮތުގައި، އެ ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖައްސަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.
ނާޒިމް ވިދާޅުވިގޮތުގައި، އެ ހޮސްޕިޓަލް މަޝްރޫއާ ގުޅޭގޮތުން ގާނޫނީ ގޮތުން ހައްލު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު އެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނީފް
29 June 2025
ރައްޖޭގެ ހިއްފަސޭހަ ރަށެއްގައި މި ހޮސްޕިޓަލް އެޅީމަ ފަރުވާ ލިބިގަންނަ މީހާއަށްވެސް މާ ބޮޑަށްވެސް ފައިދާ ލިބިގެންދާނެ
ޖަޢުފަރު
29 June 2025
މި ސަރުކާރުން މި ފެންނަނީ ސިއްހީ ދާއިރާއަށޤ އިނގިލާބީ ބަދަލުތަކެއް ގެންނަ ތަން
ޖަމީލު
29 June 2025
ރާއްޖެ ތެެރެވެސް ތަރައްގީ ވާނީ މިކަހަލަ ބޮޑެތި ހޮސްޕިޓަލްތަށް މާލެ ނޫން އެހެން ތަންތާގައި އެޅިގެން
ކަލާމު
29 June 2025
މާޅޭގެ ތޮއްޖެހިފައިވާ ތަނުގަ މެންޓަލް ހޮސްޕިޓަލެއް އަޅައިގެން ބަލިމީހާ އިތުރަށް ބަލި ވާނީ
ނަފީލު
29 June 2025
ނަފްސާނީ ހޮސްޕިޓަލެއް އަޅަން އެންމެ ރަނގަޅު ވާނީ ގަން ކަހަލަ ހިއްފަސޭހަ ތަނެއް
އަމީން ފައިސަލް.
29 June 2025
އެތައް ސަރުކާރެއް ގޮއްސި. މި ހޮސްޕިޓަލް ހަގީގަތަކަށް ނުހެދުނު. އެކަމަކު މިސަރުކާރުން މިކަން ހަމަ ހަގީގަތަކަށް ހަދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.
މޫސާ ޔައީސް
29 June 2025
ވަރަށް ފުރިހަމަ ކަމެއް. މިކަން ކޮށްގެން ނޫން ނަމަ މިގައުމުގެ ރައްޔިތުންގެ ދުޅަހެޔޮ ކަން އިތުރު ނުވާނެ.
އާނިމް މުހައްމަދު
29 June 2025
މިގައުމުގެ ހެލްތް ދާއިރާ މިހާ ވަރަށް ރަނގަޅު ކުރަން އަމަލީ ގޮތުން މަސައްކަތް ކުރަން އުޅޭ ވެރިކަމެއް އަދި އަހަރެން ހަމަ ހަގީގަތުގައިވެސް ނުދެކެން.
ޙާމަ333
28 June 2025
އެތާ ތަންކޮޅެއް މިތާ ތަންކޮޅެއް އެޅީމާ މިވަނީ ކޯޗަކަށް.. ސިއްހީ ހިދުމަތަކީ އެކަމުގެ ހާއްސަ މަލްޓިސްޕެޝަލިޓީ ޑިޕާޓްމަންޓުތައް އޮވެ އެކި ޑޮކްޓަރުން ގުޅިގެން ވާހަކަ ދެކެވި އެޑްވައިސް ލިބި އޮޕީނިއަން ލިބިގެން ދެވޭ ކޮންބައިން ހިދުމަތެއް. ކަމެއް ކުރަންޏާ ބޮޑެތި އާބާދީ ހިމެނޭ ސަރަހައްދުގެ ހުރި ހޮސްޕިޓަލްތައް ތަރައްގީ ކުރަންވީ މިދެންނެވި ގޮތަށް...މީހުންދާނެ.... އިންޑިއާއަށްވެސް ދަނީ އެތަންތަނުން އެ ހިދުމަތް އޮގޮތަށް ފުރިހަމަކޮށް ލިބޭތީ...
ބަބްސް
28 June 2025
ސްޕްލިސްޓް ހޮސްޕިޓަލްތަށް މާލެ ސަރަހައްދަށް ގެނެސްފަ ވިލިގިނލީގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ޖެނެރަލް ހޮސްޕިޓަލް ލާމަށް ބޭނުންވަނީ. އިންތިހާބަށް ދެން އެއްޗެކޭ ކިޔަނީ ...