ކުޑަ ކުއްޖަކު މަގެއްގެ މަތީގައި: ކުއްޖަކާ ބެހުނު ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
25 ޑިސެމްބަރ 2022 - 16:43
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދ. ހުޅުދެލީ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ކައިރިއަށް ގުރުއާން ކިޔަވަން ދިޔަ ކުއްޖެއް ކައިރީގައި "ވަރަށް ލޯބިވޭ" އޭ ބުނެ، އެ ކުއްޖާގެ މޭމަތީގައި އަތްލާފައިވާ މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ.
އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 އަހަރާއި އަށް މަހުގެ ޖަލު ހުކުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑުއަހާބަލަ
25 December 2022
މިތަނުން މީހަކަށް މަރުގެ އަދަބުދީބަަލަ.
ޢުސާމަތު ހަނީފް
26 December 2022
ދީނުގައި މަރުގެ އަދަބު އޮތް ކަމެއް ނޫނޭ އޭނަގެ މައްޗަށް ސާބިތުވީ
ރަނގަޅަށް ދިރާސާކުރޭ
30 December 2022
ދެން ވާހަކަ ދައްކާ.
ވަހީދުބޭބެ
25 December 2022
ސޭފު ސައިޑްގައި ތިބެން ދަސްކުރަމާ. އެގޮތަކީ ގައިގައި އަތްނުލުން. ތަފާތު މާނަ ނެގޭ ބަސް ބޭނުން ނުކުރުން.