ޚަބަރު / ދިވެހި ފިލްމް އިންޑަސްޓްރީ

ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ

"ދިރިއުޅުމަކީ މިއީބާ" އިން މަޝްހޫރުވި އިބްރާހިމްބެ: އޭނާ ނިޔާވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށް.

26 ޑިސެމްބަރ 2022 - 09:35

11 comments

ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ؟" އިން ގިނަ ބަޔަކު ދަންނަ މޫނަކަށްވި އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) ރޭ ނިޔާވެއްޖެ އެވެ.

މާލެއަށް އުފަން އުމުރުން 57 އަހަރުގައި އިބްރާހިމްބެ ނިޔާވީ ބަލިވެގެން އައިޖީއެމްއެޗުގައި ފަރުވާދެނިކޮށް ރޭ ދަންވަރު އެވެ. އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

"ދިރިއުޅުމަކީ މިއީބާ؟"ގައި އޭނާ ކުޅުނު ރޯލަށް ކިޔަނީ އިބްރާހިމްބެ އެވެ. އެހެންވެ އެ ނަމުން އޭނާ މަޝްހޫރުވީ އެވެ.

އެ ޑްރާމާގައި އިބްރާހިމްބެ ކުޅުނީ އަބަދުވެސް ސޯޓުބުރިއެއް ލައިގެން، ބޮލާއި މަތިމަހުގައި ކުލަ ޖައްސައިގެން އުޅޭ ރުޅިގަދަ މީހެއްގެ ރޯލެވެ. މިއީ އޭނާގެ ސިގްނޭޗަ ސިފަތަކެވެ.

އެ ޑްރާމާގެ އިތުރުން ބައެއް ޓީވީ އިޝްތިހާރުތައް ވެސް އިބްރާހިމްބެ ކުޅުނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވި އިޝްތިހާރަކީ ސޮނީ ހާޑްވެއާގެ "ކޫލުކުރާ ފަންކާ، އޮރިއެންޓް ފަންކާ" އިޝްތިހާރެވެ.

އިބްރާހިމްބެ ނިޔާވިއިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

11 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 98%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިދު ޝާހިދު

26 December 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون. އިބްރާހިމްބެ އަކީ ގޭދޮށު މީހުންނަށް ހިތްހެޔޮ އަބަދުވެސް ހިނިތުންވެފައި ހުންނަ މީހެކެވެ. އަސްލު އޭނާއަށް އިބްރާހިމްބެ މިނަންދިނީވެސް ގޭދޮށު މީހުންނެވެ. މަޝްހޫރު ބޮޑުފުންގަނޑު ދޮށުންނެވެ. ފަހުން އެނަން ޑްރާމާގައިވެސް ބޭނުންކުރަނީއެވެ. އިބްރާހިމްބެ ރުޅިގަދަ ބައިކުޅުނަސް އެއީ އަސްލު ވަރަށް ކޫލް މީހެއް. އޭނާގެ ފާފަ ފުއްސަވާ، މާތް ރަސްކަލާންގެ އޭނާއަށް ޖަންނަތުލް ފިރުދައުސު މިންވަރު ކުރައްވާށިއެވެ.

The name is already taken The name is available. Register?

ކަރާ.

26 December 2022

انا لله و انا اليه راجعون. ވަރަށް މޮޅު އެކްޓަރެއް. ގިނަފަހަރު ސްކްރިޕްޓަކާ ނުލައި ގެންނަ ޑައިލޮގް ޑެލިވަރީތަކާ އެކްސްޕް ވަރަށް ފުރިހަމަ. ޔޫސޭގެ ޑްރާމާތަކަށް ވަރަށް ފުރިހަމަކަމެއް ގެނެސްދިން.

The name is already taken The name is available. Register?

ބަކުރުބޭ

26 December 2022

انا لله و انا اليه راجعون

The name is already taken The name is available. Register?

ހުސްނުހީނާ

26 December 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون.

The name is already taken The name is available. Register?

އައްޔަަ

26 December 2022

اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ހުވަދޫ އަހައްމަދޭ

26 December 2022

އިބްރާހިމްބެގެ ފާފަ ފުއްސަވާ ރަހުމަތް ލައްވާށި. އާމީން

The name is already taken The name is available. Register?

ޢަސްލު ދިވެހިން

26 December 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަންދެއްވުމަށް ވީހާވެސް ގިނައިން ހެޔޮ ދުޢާ ކުރައްވާށެވެ. ކަށްވަޅުގައި މައްޔިތާ ބޭއްވުމަށްފަހު ވަގުތުކޮޅެއް ވަންދެން އެމައްޔިތާއަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަށް މާތް ނަބިއްޔާﷺވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.

The name is already taken The name is available. Register?

ށަވިޔަނި

26 December 2022

اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

48343

26 December 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

26 December 2022

މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން. ''ވަގުން'' ޑްރާމާގަ ގަޑި ފޭރުނީމަ ކަރާ ޗިސްކުރާ ގޮތް ވަރަށް މަޖާ.އިބްރާހިމްބެ އެއީ ލެޖެންޑެއް.ވ.ވެދުން

The name is already taken The name is available. Register?

ނަންނެއްގޮލާ

26 December 2022

ވަގެކޭ ވަގެކޭ!! ޢެދިޔައީ މަގެ ގަޑިވެސް ހިފައިގެނޭ!..އިބްރާހިމްވޭގެ ފުރާނަޔައް ހެޔޮ ރަހުމަތް ލައްވާށި. ރޯދަ މަހުގެ ވަރައް ގިނަ އުފާވެރި ހަންދާންތަކެއް ވަނީ އިބްރާހިމްވެޔާ އެކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454