ޚަބަރު / މަރު

ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު.-- ފޮޓޯ: މިހާރު

ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށެވެ.

އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާ އަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.

ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފައްތާހަކީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް އުފެއްދި ފަންނާނެކެވެ.

އަސަރުގަދަ ލޯބީގެ "ތަފާތު" ފިލްމުތައް ހެދުމަށް މަޝްހޫރު ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ގެނެސްދިން "ހައްދު" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކޮށް ދާއިރާއަށް އެއްކޮށް ދުރަށް ގޮސްފަ އެވެ.

އެއަށް ފަހު، 2018 ހިސާބުގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރި އޭނާ ފެށި އެވެ.

ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ. ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުން ގެނެސްދިން "ވައްޓަފާޅި"އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ އޭނާގެ މަސައްކަތެކެވެ.

ފައްތާހު ޑައިރެކްޓުކުރި ފުރަތަމަ ފިލްމަކީ 2000 ވަނަ އަހަރު ގެނެސްދިން، މަރިޔަމް ނިޝާ އާއި އަލީ ހާލިދު ލީޑް ރޯލު ކުޅުނު "ހިމޭން ދުނިޔެ" އެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި "ރަންމުތް"، "އާނ އަހަރެން ވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، "14 ވިލޭރޭ"، "ޖިންނި"، "ހުރީމޭ އިންތިޒާރުގައި" އަދި "އޭނާ" ހިމެނެ އެވެ.

ފައްތާހުގެ އެންމެ ކާމިޔާބު ފިލްމަކީ 2003 ގައި ގެނެސްދިން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޖަމްޝީދާ އަހްމަދު ލީޑް ރޯލު ކުޅުނު "ވެހޭ ވާރޭ ތެރޭން" އެވެ. ހަތަރުވަނަ ގައުމީ ފިލްމު އެވޯޑުގައި އެ ފިލްމަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭ އާއި އާޓް ޑިރެކްޝަން އަދި މޭކަޕްގެ އެވޯޑް ލިބިފަ އެވެ. އެ ފިލްމުގައި އެ ހުރިހާ މަސައްކަތެއް ކުރީ އޭނާ އެވެ.

އޭނާގެ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "އައިޝާ"، "ރޭޝަމް"، "ދޯޕައްޓާ"، "ފަހު ފިޔަވަޅު"، "މާފުކުރާށޭ" އަދި "ތިއޭ މިހިތުގެ ވިންދަކީ" އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނު ޑްރާމާތަކެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު ވެސް ދީފަ އެވެ.

25 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެބި

31 December 2025

ޖަންނަތުލް ފިރުދައުސް އަށް އެދެން. އެއީވެސް މުސްލިމެއް ދިވެހި ގައުމަތް ހިދުމަތްކުރި ދިވެހި ދަރިއެއް.

The name is already taken The name is available. Register?

ސަލީމު އިދުރީސް

31 December 2025

ސަރުކާރައް ސަނާނުކިއާ މީހައެއީވަކި ފިކުރެއްގެ މީހަކައް ނުވެދާނެ!އަޅުގަނޑު ރަސްމާލެ ވާހަކަބުނީ ގައުމުގަ ހިކިފަސް ބިންހުއްޓަ ގައުމެއް ބިނާކުރާހާފައިސާ އެމިހެއްގެހުވަފެނީ ސަހަރެއް ބިނާކުރަން ހައުމު ކުރިއަތް100އަހަރައް ބަނގުރޫޓުވާރުގެ ހޭދައްކުރާތި!މިގައުގެއިގުތިސޯދުގެ މައި ބަދައެއްގަނެއް ކަނޑުއަޑިން ޓަނަލުއައިގެން!އެކަލަ ސަހަރެއްގަ އުޅޭހާ ހަކަތައެއް! ބުރިޖުން ދަތުކުރަނީ ހިލޭ ލޯނާ އެއްވަރުގެ ކުލި ފުލެޓުތަކައް ދެއްކޭވަރު ރައްތުންއަތްމަތި ތަނަވަހެއްނޫން

The name is already taken The name is available. Register?

ހުސަ

31 December 2025

ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނެ ނަފްސެއް! މިދުވަސް އަޅުގަނޑުމެން ދިރިތިބީންނާއި ބައްދަލުރާނެ! މަރު ބައްދަލުކުރާނެ ވަގުތާއި ތަން ނޭގެނީ އަޅުގަނޑުމެންނަށް! އެހެންވީމަ މަރަށް އަބަދުވެސް ތައްޔާރުވާންޖެހޭ! މަރުވުމުން މިދުނިޔެއިން އަޅުގަނޑުމެންނާއެކު ގެންދެވޭނެ ހަމައެކަނި އެއްޗަކީ އަޅުގަނޑުމެންކުރާ ހެޔޮ ޢަމަލު! އެހެންވީމަ ނަމާދަށް ރައްކާތެރިވުމާއި ހެޔޮކަންތައް ކުރުމުގައި ދެމިތިބެމާ! އެއްކުރާ މުދަލަކީ ގެންދެވޭ އެއްޗެއްނޫން!

The name is already taken The name is available. Register?

ނަތީޖާ ހަމަ ރަނގަޅު ދޯ؟؟

31 December 2025

إنَّا للهِ وَإِنَّـا إِلَيْهِ رَاجِعُون

The name is already taken The name is available. Register?

ދޮޅި ހުސޭނު

31 December 2025

ވަރަށް ދެރަވެއްޖެ. މައްޔިތާއަށް ހެޔޮ ރަހުމަތް ލައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި

The name is already taken The name is available. Register?

ކަޑަބޮއް ސައީދު

31 December 2025

އެންމެނަކީ ވެސް މަރުވެގެން ދާނެ ބައެއް. އެހެން ވީމާ މިއީ ނޫހުގައި ޖަހާވަރު ކަމެއްތޯ؟ ހަމައެކަނި ދިރި ދެމިވޮޑިގެންވާ ފަރާތަކީ މާތްﷲ

The name is already taken The name is available. Register?

Brother

31 December 2025

ފައްތާޙާ އެންމެ ފަހުން ދެތިން މަސް ކުރިން ދިމާވީމާ ވަރަށް ވާހަކަ ދެއްކި. ވިދާޅުވީ އެންމެ މަތިވެރި ހިޖުރައަކީ ނުބައިކަމުން ހެޔޮކަމަށް ކުރާ ހިޖުރަ ކަމުގަ. ނުބައި ރައްޓެހިން ދޫކޮށް ހެޔޮލަފާ މީހުން ރައްޓެހިންނަށް ޚިޔާރު ކުރަން ނަސޭޙަތްތެރިވެލެއްވި

The name is already taken The name is available. Register?

ވައިޓް

31 December 2025

اِنَّا للهِ وَاِنَّااِلَيْهِ رَاجِعُون .ފައްތާހު އަކީ ސުކޫލް ދައުރުއްސުރެއް tvm ގެ ހިތްގައިމު ޑްރާމާތަށް ހުށައަޅުވައިދެއްވި ބޭފުޅެއް. އަދި ފައްތާހުގެ "ވައްޓަފާޅި" ޕްރޮގުރާމް އެޔީ ވަރަށް ރީތިކޮށް ރާއްޖޭގެ ވައްޓަފާޅިއާއި އާދަކާދަ، މޮޅު ޑިރެކްޓަރެއްގެ ވިޝަން އިން ގެނެސްދެއްވި ބޭފުޅެއް. ފައްތާހުގެ އާއިލާޔަށް މާތްﷲ ގެ ރަހުމަތާއި، ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން!

The name is already taken The name is available. Register?

ސަލީމު އިދުރީސް

31 December 2025

ހިތާމަވެރި ހަބަރެއް! ސްޓްރޯކެއް ޖެހިގެން ދިއްދޫ ހޮސްޕިޓަލުގަ ފަރުވާދެވޭނެތޯ! ބަލިމީހަކު އަތުގަ ފިރުމަކީވެސް ފަރުވާއެއް އަތުގަ ފިރުމަނިކޮއް ނިއާވިއަސް ބުނާނީ ފަރުވާ ދެމުން ދަނިކޮށޭނިއާވީ! ވަގުތުން ފަރުވާލިބެން ޖެހޭކަމެއްގަ ވަގުތުބޭކާރު ކުރަން ފަރުވާ ދެވެންނުހުންނަ ހޮސްޕިޓަލު ތަކައް ގެންގޮސްގެން އެތަބައެއް ނިއާވޭ! ރަސްމާލެ އެޅުމުގެ ބަދަލުގަ ރާޖޭ ކޮންމެތާކުން ގިނަވެގެން 20 މިނެއްޓުން ފަރުވާލިބޭ ސިއްހީ ނިޒާމެއް ނުކޮއް ތަރައްގީއޭ ނުކިއާ

The name is already taken The name is available. Register?

ކަޅުމާ އިދުރީސް

31 December 2025

ސަލީމޫ. ރަސްމާލެއާ ކޮންމެހެން ސިއްހީ ނިޒާމާ ގުޅުވީމަ އެނގޭ ތިޔައީ ކޮންކުލައެއްގެ ކާކުކަން. ކުރީ ވެރިކަމުގަ މާލޭ މީހުންނަށް ގޯތިތައް ނުބަހާ ސިއްޙީ ނިޒާމު ރަނގަޅުކުރިނަމަ މާރަނގަޅުވީސް.

The name is already taken The name is available. Register?

raajje

31 December 2025

ސުޓްރޯކު އެއްގޮތަކަށްވެސް ދިވެހިންއަދިވެސްމިކަމަށްސަމާލުކަމެއްނުދޭ، ލަހުންނިދުމާ ދަންވަރު ކެއުމާ ސިނގެރޭޓާ އެނަރޖީޑުރިންކުތައްބުއިމަކީ ސުޓުރޯކަށްމަގުފަހިކޮށްދޭކަންކަން، ހާއްސަކޮށް ތިމާއަށް އެއްވެސްއުނދަގުލެއްނުވިޔަސް "ބުލަޑްޕުރަޝަރ" ގަވައިދުން ދެތިންމަހުންއެއްމަހުނަމަވެސް ޗެކުކުރުމަކީވަރަށްމުހިންމުކަމެއް، ސުމާޓުވޮޗުންވެސްރަފުކޮށްމިކަންކޮށްލެެވޭނެ، ސުޓުރޯކުޖެހުމުގެކަންކަން ފެށުމުގެމާކުރިން އެމީހެއްގެ ބުލަޑުޕުރަސަރު މަތިވާންފަށާނެ

The name is already taken The name is available. Register?

00000000

31 December 2025

ސްޓްރޯކް ޖެހެނީ ހަމައެކަނި ބްލަޑް ޕްރެޝަރ މަތިވެގެނެއް ނޫން!!!!! އިސްކީމިކް އާއި ހެމަރެޖިކް ސްޓްރޯކްގެ ތަފާތު ދަސް ކުރަން ފެނޭ. ސިކުޑީގެ ނާރެއް ފަޅައިގެން ދިއުމާ ސިކުޑީގެ ނާރެއްގެ ތެރޭގައި ބްލަޑް ކްލޮޓް އެއް ތާށިވެގެން ސްޓްރޯކް ޖެހޭ!!!!! ކުޑަ އިރުކޮޅަކަށް ތާށިވެގެން ޖެހޭ ކުޑަ ސްޓްރޯކް ވެސް ހުރޭ އެއީ ޓްރާންސިއަންޓް އިސްކީމިކް ސްޓްރޯކް. އެންމެ ގިނައިން ޖެހެނީ އިސްކީމިކް ސްޓްރޯކް!!!!! ކާތަކެތި އަދި ގިނައިން ހަރަކާތްތެރިވުމަކީ ސިއްހަތަށް ރަގަޅުކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454