ޚަބަރު / އެމްޑީޕީ ގައުމީ މަޖިލިސް

އިންތިހާބު ކޮމެޓީ އެކުލަވާލުން ދެ ފެކްޝަންގެ ބޮޑު ކޯޅުމަކަށް!

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން އަތް ނަގައިގެން ވޯޓު ދެއްވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

26 ޑިސެމްބަރ 2022 - 23:37

34 comments

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ އަށް އައްޔަންކުރާ ފަސް މެންބަރެއްގެ ނަން އެ ޕާޓީގެ ގައުމީ މަޖިލީހުން، ބޮޑު ކޯޅުމަކަށް ފަހު މިރޭ ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ކަނޑައަޅަން ޖެނުއަރީ 28 ގައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަ އެވެ.

ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، ޕާޓީ ތެރެ ހޫނުވެފައި ވަނިކޮށް، ތާޖުއްދީން ސްކޫލް ހޯލުގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި އޮތީ އިންތިހާބީ ކޮމިޓީ އަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ އެވެ.

ނަން ހުށަހަޅަން ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި ފަހަރުގެ ރިޔާސީ ޕްރައިމަރީއަކީ އެމްޑީޕީގެ ތާރީހުގައި އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެ ކަމަށާއި އެހެންވެ، އިންސާފުވެރިކަމާ އެކު އަދި އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް އިތުބާރު ކުރެވޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

އިންތިހާބީ ކޮމިޓީގެ ކަންކަން ހަމަހަމަ ގޮތަކަށް ކުރިއަށް ގެންދަވަން ނަޝީދު ބޭނުންފުޅުވާ ދެ ކެންޑިޑޭޓުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ދެ ކެންޑިޑޭޓުން ކޮމިޓީ އަށް އައްޔަން ކުރުމަށް އާޒިމް ހުށަހެޅުއްވި އެވެ. އެ ދެ ކެންޑިޑޭޓުންނަށް ވެސް އެއްބަސްވެވަޑައިގަންނަވާ އިތުރު އެއް ކެންޑިޑޭޓުންނާ އެކު ޖުމުލަ ފަސް މެންބަރުން އައްޔަން ކުރެއްވުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އާޒިމްގެ އެ ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި އެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކޮށްދެއްވަން އޭނާ ރިޔާސަތުގައި އާދޭސް ދަންނަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާޒިމް ހުށަހެޅުއްވި ނަންތައް:

- ވިލިމާލެ ދާއިރާގެ ކުރީގެ ރައީސް މުހައްމަދު އިބްރާހިމް މަނިކު.

- ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު.

- އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު.

އާޒިމްގެ އެ ހުށަހެޅުއްވުންތަކާ ގުޅިގެން، ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ތިން މެމްބަރުންގެ ބަދަލުގައި ފަސް މެންބަރުންގެ ނަން ހުށަހެޅުއްވުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ފަރާތުން ނަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސެއިން) އެވެ.

އަނދުން ހުސެއިން ހުށަހެޅުއްވި ނަންތައް:

- ހުސައިން ޝަމީމް (އަނދުން)

- ޑެޕިއުޓީ ޗެއާ އިބްރާޙިމް ވަހީދު

- އަނަސް އަބްދުއްސައްތާރު

- އަކްރަމް ކަމާލުއްދީން

- އަހުމަދު އަބްދުﷲ އަފީފް

- ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު އީމާން

އެއް ގަލަކަށް ނޭރި، ދެ ފެކްޝަންގެ އަރައިރުން!

އިންތިހާބީ ކޮމިޓީ އަށް ފަސް ނަން ހުށަހެޅުއްވުމުގެ ބަދަލުގައި އާޒިމް ހުށަހެޅުއްވީ ބާކީ ދެ ސްލޮޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ބޭނުންވާ މެންބަރެއްގެ ނަން އެ ފަރާތްތަކުން އަމިއްލަ އަށް ހުށަހެޅުމަށެވެ. އެކަމަކު ފައްޔާޒު ވަނީ އާޒިމް ވެސް ފަސް މެންބަރެއްގެ ނަން ހުށަހެޅުއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ޗެއާޕާސަން ފައްޔާޒް އިބްރާހިމް-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަށް އެއްބަސްނުވެވި އާޒިމާއި އީވާ އަދި ފައްޔާޒާ ދެމެދު ހޫނު ބަހުސްތަކެއް ފެށުނީ އެވެ.

ނަޝީދުގެ ފެކްޝަންގެ މެންބަރުން ވަނީ، އިންތިހާބުގެ މިހާތަނަށް އައިއިރު ވެސް އުސޫލުތަކާ ހިލާފަށް އަދި ބޭއިންސާފުން ޕާޓީން އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެއް ކަމަކަށް އާޒިމް ފާހަަކުރެއްވީ އިންތިހާބީ ކޮމިޓީ އެކުލަވާ ނުލައި އިންތިހާބަށް އިއުލާން ކުރުމެވެ. އެއީ އަސާސީ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ތާއީދު ފޯމު ފުރަން ރައީސް އިިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ދެ މަސް ދުވަސް ލިބުނު ކަމަށާއި ނަމަވެސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ ފަސް ދުވަސް ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްޑީޕީގެ 39،000 އެއްހާ މެންބަރުން ޕާޓީން ކަނޑާލައިފައިވާ ކަމަށާއި އެއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.

އީވާ ވިދާޅުވިގޮތުގައި، ގައުމީ މަޖިލިސް އެކުލަވާލާފައިވާ ގޮތް ވަރަށް ރަނގަޅަށް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. ހުދުމުހުތާރުކޮށް ކަންކަން ނިންމުމުގެ ބަދަލުގައި ރަނގަޅު ވާނީ މަޝްވަރާގެ މަތިން ދެކޮޅަށް އެއްބަސްވެވޭ ގޮތަކަށް ފާސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން އޮތް ގޮތަކީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅުއްވުމަށް ފަހު ދެ ބޭފުޅުންނަށް އެއްބަސްވެވަޑައިގެންނެވޭ ގޮތަކަށް ކޮމިޓީ އެކުލަވައިލުން ކަމަށެވެ.

ނަޝީދުގެ ފެކްޝަނުން ކުރި ތުހުމަތުތައް ފައްޔާޒު ދޮގު ކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ އިންތިހާބާއި ޕާޓީގެ ނަން ހުތުރުވާ ގޮތަށް މެންބަރުން ވާހަކަ ދައްކަވައި ކެމްޕެއިން ނުކުރެއްވުމަށެވެ.

ނަޝީދުގެ ފެކްޝަނުން ތިން ނަމެއް ހުށަނޭޅުމުން ފައްޔާޒް ވިދާޅުވީ އެ ނަންތަކަށް ވޯޓަށް ނޭހޭނެ ކަމަށެވެ.

ތަކުރާރުކޮށް އެދިގެން ވެސް އާޒިމްގެ ހުށަހެޅުއްވުމަށް ރައީސް ފެކްޝަންގެ މެންބަރުން އެއްބަސްނުވުމުން ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.

މެންބަރުން ވަޑައިގަތުމާއެކު ރިޔާސަތުން ވޯޓަށް ހުޅުވައިލި އެވެ. އަނދުން ހުސެއިން ހުށަހެޅުއްވި މެންބަރުންގެ ނަންތައް އިއްތިފާގުން ފާސްވި އެވެ.

34 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 11%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބުލޯ

27 December 2022

ވެރިކަން ހޯދަން ދައްކާ ވާހަކަ ވެރިކަން ލިބުމުން ބަދަލުވެއެވެެ. ސިޔާސީވެރިންގެ ކިބައިގައި އަޚްވަންތަ ކަމަށް ވުރެން އާރާއި ބާރު އަދި ޚިޔާނާތަށް ހިތްކިޔާވަރު ބޮޑެވެ. އިބްރާހިމް މުހައްމަދު ސޯލިހްގެ އުޅުމާއި ގުޅުމަށް ވިސްނާލިޔަސް މިކަން ސާފްވާނެއެވެ. ސިޔާސީގޮތުން ވެރިޔަކަށް ވޯޓްދޭއިރު ވޯޓްދޭންވީ ކެމްޕޭނު ވައުދަށް ވުރެން ބޮޑަށް ޚިޔާނާތާއި އަނިޔާވެރިކަން ނެތް ވެރިޔަކަށެވެ.

The name is already taken The name is available. Register?

ކަސްއަނދުވާނި

27 December 2022

އިބޫ އަރުތެރޭގައި ކަރަޕްޝަނުގެ ރަހަލީތޯއްޗެއް! ދަރިކަލަކު ވިދާޅުވިކަމަށް ފަޒުނާ ދިން އިންޓަވިއުއެއްގައި ބުނާތީ އަޑުއެހީމެވެ. ބައްޕާފުޅުވެސް ވެރިކަން ލިބި އެހެން މީހުންނަށް ވާގޮތަށް ކޮރަޕްޓްވެދާނަތީ ބިރުފުޅު ގަންނަ ވާހަކަ، އެދަރިކަލުންނަށް ދަންނަވާށެވެ. އެދުވަހު ބިރުން އުޅުނުކަންތަށް މިއަދު މިއޮތީ ހަގީގަތަކަށްވެފައެވެ. މީހެއްގައިގައި ހުންނަ މިފަދަ ސިފަތަށް އެއްމެ ފުރަތަމަ ކަޝްފްވާނީ ދަރިންނަށެވެ. އެދުވަހުވެސް އަޅުގަނޑު ހިތަށް މިދުވަސް އައެވެ.

The name is already taken The name is available. Register?

ކައުސަރު

27 December 2022

މިއަދާ ހަމައަށް އަހަރުމެންގެ ހަނދާނުގައި ދިވެހި ވެރިކަމަށް އައި މީހުން ހަމަ ދާދިއެއްގޮތެކެވެ. ވެރިކަމުގައި ދެމި ހުރެވޭނީ ދަރިން ކަތިލައި ކަނޑަށް ލޭއަޅައިގެންނޭ ބުންޏަސް އެކަންވެސް ކުރަން ފަހަކަށް ނުޖެހެއެވެ. ނަމަވެސް ރައީސް ނަޝީދުގެވެރިކަން ތަފާތެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނާއި، ޓެކްސް އަދި އާސަންދަ މިއީ ފާހަނގަ ކޮށްލެވޭ ބަދަލު ތެކެވެ. ވެރިން ވެރިކަމަށް އަންނަނީ މިފަދަ ބަދަލުތަށް ގެންނާށެވެ.

The name is already taken The name is available. Register?

ކޮރުސޮރު

27 December 2022

ޓެކްސް ނިޒާމަކީ ނަޝީދުގެ ވިސްނުން އައި އެއްޗެއް ނޫން. ވެރިކަމަށް އާދެވުނީ ރައްޔިތުންނަށް ހިލޭ ހުރިހާކަމެއް ކޮށްދޭނެއޭ ވިސްނައިދީގެން! ދައުލަތް ބަނގުރޫޓުވެ ކުންފުނިތައް ވިއްކުމުގެ ތެރޭ މަޖްބޫރީ ހާލަތަކުން ކުރެވުނުކަނެއް. ރައީސް ނާސިރުގެ ދައުރުގައި ސިލޯނުން ދިވެހިހިކިމަސް ނުގަތީމާ ތޯމަސް އެކްސްޕޯޓް ކުރުމާ ޕިޝް ކޭނިން އިންޑަސްރީ ފެށުނުހެން. އަންނި ކުރީ ހެސްކިޔާފަ ޚަރާބު! އަމިއްލަ ވެރިކަން ނުލިބޭތީ ގައުމުގަ ހުޅުޖެހުން ވެސް އޭނައަށް އޯކޭދޯ؟

The name is already taken The name is available. Register?

ކުދުބެއްޔާ

27 December 2022

އެމްޑީޕީގެ އަސާސީ ގަވާއިދުދަންނަ ދެފެކްޝަނެއް އެމްޑީޕީއަކު ނޯންނާނެއެވެ. އެހެންވީމާ ދެ ފެކްޝަނުން އެއްބަސް ވެވޭ ގޮތަކަށް ކޮމިޓީ އެކުލަވށލުމުގެ ވިސްނުމަކަށް އެމަޑީޕީގެ އަސާސީ ގަވައިދު ތަނެއްނުދޭނެއެވެ. މީހަކު ނުރުހުނަސް އެމްޑީޕީގެ އިންތިހާބުތައް ކުރިޔަށް ގެންދާނީ އެމްޑީޕީގެ އަސާސީ ގަވައިދުގެ ދަށުންކަން "މަށަށް" އެގުނީމަ އެކަން މަ ޖެހޭނީ ގަބޫލު ކުރާށެވެ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

27 December 2022

[ދެވަނަބައި] އަދި ރައީސްއަށް ދެވަނަ ދައުރެއް ލިބޭ ހިސާބުން އެމްޑީޕީ އުފެދިގެން އައި ސިޔާސީ ބިންގަލާއި އެމްޑީޕީގެ އުސޫލުތަށް ފޮހެވިގެން ދިއުމުގެ ބިރު އެބައޮތެވެ. ކޮރަޕްޝަން އިތުރުވެ ދައުރު ނިމެންދާއިރު ދައުލަތް އެކީއެކަށް ފެއިލްވުމުގެ ބިރުވެސް އެބައޮތެވެ. ފައްޔާޒުމެން މިޤައުމާއި ދޭތެރޭ ކުޑަވެސް ރަނގަޅު ވިސްނުމެއް ހުރިނަމަ މިފަދަ ގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. އަދި މިކަމުން ލިބޭ ހުރިހާގެއްލުމެއް ލިބޭނީ އާއްމު ރައްޔިތުންނަށެވެ.

The name is already taken The name is available. Register?

އެމްސް

27 December 2022

ފައްޔާޒްމެންގެ މުޅި ޢާއިލާއަށް ބެއްޔަސް ޤައުމަށްވުރެ އަމިއްލަ އެދުން އަބަދުވެސް އިސް!

The name is already taken The name is available. Register?

ހށނ

27 December 2022

ބާރުއޮތީއްޔާ ކޮންމެ ބަޔަކަށްވެސް ޖާއިޒު/ނާޖާއިޒު ފައިދާލިބިދޭ. އެއީ ކޮންމެ މަޚްލޫގެއްގެ ލައްވައިފައިވާ އޮޓޯ ސަވައިވަލް ސިސްޓަމް މަސައްކަތްކުރާގޮތް. މަށާ، މަމެންނާ ކަލެއާ ކަލޭމެންނާ އަކީ ދޭއްޗެއް. ކިތައްމެ ވަރަކަށް ތަރައްގީވެ ހައިޓެކްވިޔަސް މިހަގީގަތް ބަދަލެއް ނުވޭ. އެއީ މިބިމުގެ ނިޒާމު. މިކަމުގާ ސޫއްޕަކަސް ޖަނަވާރަކަސް، ގަހަކަށްވިޔަސް ތަފާތެއް ނެތް.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

27 December 2022

[ފުރަތަމަ ބައި] އެމްޑީޕީ ހައިޖެކް ކޮށްގެން މިދައުރުގައި އާރާއި ބާރުގައި ރައީސް ހުންނެވުމުން އަދި ރަނގަޅު އިދިކޮޅު ޕާރޓީއެއް ނެތުމުން ރައީސްއަށް ކާމިޔާބުވެދާނެއެވެ. ނަމަވެސް މިދައުރު ނިމި މިގޮތަކަށް މިކަން ރޭވުމުގައި ހަރަކާތްތެރިވި އެއްމެހާއި ސިޔާސީފަރާތްތަކުގެ ސިޔާސީ ހަޔާތް ނިމޭނެއެވެ. މިހެންމިކަން ވާނެ ކަމުގެ އިހްސާސް ދެންއަންނަ ދައުރެއްގެ ފުރަތަމަ އަހަރު ސިޔާސީފަރާތްތަކަށް އިހްސާސްވެ އަމިއްލަ މަންފާއަށް ދައުލަތް ލޫޓުވުމުގެ ފުރުސަތު ބޮޑެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

27 December 2022

''އަނދުން ހުސެއިން ހުށަހެޅުއްވި މެންބަރުންގެ ނަންތައް އިއްތިފާގުން ފާސްވި އެވެ.'' ހެހެހެހެހެހެހެ.

The name is already taken The name is available. Register?

ހަސަންދީ

27 December 2022

އާޒިމާއި، އީވާއާއި، ހަސަނަށް މުހިންމުވެގެން އެއުޅެނީކީ ނަޝީދެއްނޫން. ތަންކޮޅެއް ހަމަޖެހިލައި ތަނެއްގަ އިށީންދެލައި، ބުރަކަށި ޖައްސާލައި ލޯމަރާލުމައްފަހު ވިސްނާލަބަލަ. ކޮންމެ ވެރިކަމެއް އަދި އަޔަސް، މިދާރޭޓުން މި ތިންމީހުނަށް ޕާޓީގެ އެތެރޭގެ އިންތިހާބަކުން ދެންއަންނަ މަޖިލިސް އިންތިހާބަށް ޓިކެޓް ލިބޭނެގޮތެއް ދެން ނޯންނާނެ!

The name is already taken The name is available. Register?

ހަލާކޫ

27 December 2022

މެޖޯރިޓީ ލިބޭ ހުރިހާ ދިމާލަކުން ބޭނުން އެއްޗެއް ހަދާލާއިރު ރައްޔިތުންތިބީ ނިދާފައެއްނޫން...މަޖިލީޖުގަ ބޭނުންގޮތެއް ޕާޓީތެރޭ ބޭނުންއެއްޗެއް ޖުޑީޝަރީއަށް ބޭނުން ގޮތެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454