ފަރެސްމާތޮޑާ އެއާޕޯޓު: މިތަނުގެ ރަންވޭގެ މަސައްކަތުގެ 90 ޕަސެންޓް ވެސް ވަނީ ނިމިފައި. --ފޮޓޯ:އެމްޓީސީސީ
27 ޑިސެމްބަރ 2022 - 12:25
ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ބޮޑު ބައެއް ނިންމާލައިފި އެވެ
އެމްޓީސީސީން ހިންގާ މި ޕްރޮޖެކްޓްގެ ޖުމްލަ މަޝްރޫއުގެ 85 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ މަސައްކަތް ވެސް ވަނީ 90 ޕަސެންޓު ނިމިފަ އެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑު ކުރުމާއި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދާނެ އެވެ. މީގެ އިތުރުން ފަޔާ ބިލްޑިން އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ 85 ޕަސެންޓު މަސައްކަތް ވަނީ ނިމިފައި. --ފޮޓޯ:އެމްޓީސީސީ
އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.
އެއާޕޯޓާ އެކު ފަރެސްމާތޮޑާގައި އަޅާ ބްރިޖްގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރާ އަށް މަސް ދުވަހެވެ.
ފަރެސްމާތޮޑާގެ އިތުރުން ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
03 January 2023
ފަރެސްމާތޮޑާ އެއާރޕޯރޓަކީ މ.މުލީ އެއާރޕޯރޓަށްވުރެ ފަހުން ކުރަންފެށި ކަމެއް، ކީއްވެތަ ފަރެސްމާތޮޑާ އެއާރޕޯރޓް އެހާ އަވަހަށް ، އެހާރީތިކޮއް ހަދާ ނިންމާލަނީ، މ. މުލީ އެއާރޕޯރޓް މަސައްކަތް ނުހިނގާ ވަޅުވަދެފަ އޮންނަނީ.؟ އަނެއްކާ ފަރެސްމާތޮޑާ މީހަކު މިމަސައްކަތުގެ ތެރޭގަ އުޅެނީބާ.؟
އެޑްމުންޑޯ
03 January 2023
ޕްލޭނިން މިނިސްޓަރ އަސްލަމަކީ ފަރެސް މާތޮޑާ އުފަން މީހެއް ، އަމިއްލަ ގެދޮރު އެބަހުރި ފަރެސް މާތޮޑާގައި ، ދެން ތިސުވާލުގެ ޖަވާބު ވަރަށް ސާފްވާނެކަމަށް ހީކުރަން
ހޯރަބޭ
27 December 2022
ހޯރަފުށީ ސަލީމްވެސް ރަށްއިތުންނަށް ދެއްކީ ވަރަށްޗާލު ގައިން ހީބި ނަގާވަރު ފުޓޯއެއް. އެތަކެއް ފުރާޅުތަކެއް ލައިފަ ބިއްލޫރީގެ ފާރުތަކެއް ލެވިފަ ހުރި ޓާމިނަލެއް. އެކަމް ތަން ނިމްނިއިރު ހުރީ ޓިނު ގުދަނެއް ހެން.
12345687
28 December 2022
އެއީ ހޯރަފުށި. މީ ފަރެސް. ފެންނަން އެހުރީ ހަދާފައިހުރި އިމާރާތެއް. ކުރެހުމެއްނޫން.
އަލީ ރަމީޒް
27 December 2022
ހަރުގެ އެއްތަ
އެޑްމުންޑޯ
03 January 2023
އަހަރަމެން ކިޔާ އިހުޒަމާނުގައި 60 އާއި 70 ގެ އަހަރުތަކުގައި ރާއްޖެތެރޭގެ ރައްރަށުގެ އަތިރިމަތިން ފެންނާނެ އެކަހަލަ ހަރުގެތައް
ކަމަންދިޔެ
27 December 2022
ނޮވެމްބަރު 22ގަ އެމްޓީސީސީއިން ހަމަ ޓުވިޓާގަ ބުނި މަޝްރޫއުގެ މަސައްކަތުގެ %82 ނިމިއްޖެއޭ. އެފަހުން %3 ތާ ތިނިމުނީ. 1 ޑިސެމްބަރުގަ ޓީވީއަށް އަރާ އާޒިމު ބުނި މިއަހަރު އަމަލީ މަސައްކަތް ނިމޭތޯއޭ. އެފަހުން ހައުސިންއިން ބުނީ މިއަހަރަކު ނުވާނެއޭ. މިއަންނަ އަހަރު ވޯޓު ލުމުގެ ކުރިން ހުޅުވާނެކަމަށް މިހާރު ދެން މިބަލަނީ އެހެން ނުބުންޏަސް.
އެންމެ23
27 December 2022
އެންމެ 1500 ވޯޓުގަޑަށް ބޮޑުުއެއަރޕޯޓެއް އެއެޅީ.
ތޮރުތޮރުޗީން
27 December 2022
ޓާމިނަލް ބޭރުގެ މަންޒަރުތައް ވަރަށް ފުރިހަމަ
އޮނަރަބްލް އަފީފު ދީދީ
27 December 2022
ޓާމިނަލް ބިންޑިންގް ވަރަށް ރީތި. އެތެރޭގެ ފޮޓޯ ހިމަނާލިނަމަ ވަރަށް ރަނގަޅު ވީސް. # ދައުލަތުން ޙަރަދުކޮށްގެންހަދާ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޙަރަދު އަބުރާލިބޭނެ މަގެއްހޯދާފައި ބޭއްވުމަށާއި، ދައުލަތުގެ އެއަރލައިން ކުންފުނި މޯލްޑިވިއަން ބަޤުރޫޓްނުވެ ދެމެހެއްޓުމަށްޓަކާ Regional Airport Company LTD އާއި މޯލްޑިވިއަން އަދި MTDC ގެ ޙިއްސާ އޮންނަގޮތަށް މިފަދަ ރަށްރަށުގައި ސިޓީ ހޮޓާ ހިންގުމަށް 50 ހާސް އަކަފޫޓް ބިން (ބީޗް ހިމެނޭގޮތަށް) ހަމަޖެއްސުން ރަނގަޅު.
މާރިސް.
27 December 2022
ދީދީ އަށް ރާއީދު.
އެހެންމީހާ
27 December 2022
ތިތަނުގައި ތިކަން ވެއްޖެ ދޯ! އެކަމަކު އަދިވެސް ކާޑެއްދޫ އެއާޕޯޓް 1880 ގެ އަހަރުތަކުގައި އެޅި ގޮތަށް އެހެރީ. މީތި ސަޅި؟ ސަޅި ވިޔަސް ނުވިޔަސް ތިބެންތާ ޖެހޭނީ ހެދި އެއްޗެއް ހަދަންދެން
ތިތަން2023
27 December 2022
ތިތަން ހެދުނީމަ ކާޑެއްދޫ އުވާލަންވީ..