27 ޑިސެމްބަރ 2022 - 14:04
ކޮވިޑް-19ގެ ވަބާ އިން ރައްކާތެރިވުމުގެ ގޮތުން މުޅި ގައުމު ފުރަބަންދުކޮށްގެން ތިން އަހަރު އޮތުމަށް ފަހު، ބޯޑަރުތައް ހުޅުވާލައި އާންމު ދަތުރުފަތުރުތައް ފެށުމަށް އިއްޔެ ޗައިނާ އިން ނިންމައިފި އެވެ.
އެ ގޮތުން ޗައިނާ އިން މިހާރު ނިންމާފައިވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ކުރިން އަޅަމުން އައި އެންމެ މުހިންމު ފިޔަވަޅު ކަމަށްވާ، އެ ގައުމަށް އެތެރެވާ މީހުން ކަރަންޓީނުގައި ތިބުން، މިފެށޭ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ އިން ތަންފީޒު ކުރަމުން އައި، ޒީރޯ-ކޮވިޑް ސިޔާސަތުތަކަށް އަމަލުކުރުން ހުއްޓައިލުމުން، މިހާރު މެދުކަނޑާލާފައިވާ ވިސާތައް، އެ ތާރީޚުން ފެށިގެން އަލުން ދޫކުރަން ފަށާނެ އެވެ.
ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، އަލުން ދޫކުރަން ފަށާ ވިސާތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ވިސާ އާއި ކިޔެވުމުގެ ވިސާގެ އިތުރުން، އާއިލާ މީހުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ވިސާ ހިމެނެ އެވެ. ނަމަވެސް ޓޫރިސްޓު ވިސާއާ މެދު ޗައިނާ ސަރުކާރުން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ. ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މި ވިސާތައް ދޫކުރުން މެދުކަނޑައިލުމުން، ޗައިނާ އަށް އެތެރެވާން ބޭނުންވި އެތައް މިލިއަން ބަޔަކު ޗައިނާ އަށް ދެވޭނެ ގޮތެއް ނެތި ތިބޭތާ ތިން އަހަރުވީ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވާ މީހުން، ޗައިނާ ސަރުކާރުން ކަނޑައަޅާ ވަކި ތަނެއްގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖެއްސީ މާޗް 2020ގަ އެވެ. އެ އުސޫލުގެ ދަށުން، އެ ތާރީޚުގެ ފަހުން ޗައިނާއަށް އެތެރެވާ ކޮންމެ މީހަކު ތިން ހަފުތާގެ މުއްދަތަށް ކަރަންޓީނުގައި ހުރުމަށް ފަހުގައި ނޫނީ، ޗައިނާ އަށް އެތެރެ ނުވެވޭނެ އެވެ.
ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދޭން ފެށި ލުއިތަކުގެ ތެރެއިން، ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތު، ދާދި ފަހަކުން ވަނީ ފަސް ދުވަހަށް މަދުކޮށްފަ އެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، ޗައިނާ އިން ބަލަމުން އަންނާނީ ކޮވިޑަކީ "ބީ" ދަރަޖައިގެ ބައްޔެއްގެ ގޮތުގަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާތައް ބާއްވައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން، ޗައިނާ ސަރުކާރުން ވަނީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ދޫކޮށްލައިފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ބޯޑަރުތައް އޮތީ ހުޅުވައިނުލަ އެވެ. އަންނަ ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ބޯޑަރުތައް ހުޅުވައިލަން ނިންމާފައިވާ އިރު، ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ދޫކޮށްލުމާ އެކު، ޗައިނާގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ.
ޗައިނާ އިން ލިބޭ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މުސްކުޅިންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެ، ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށްވެ އެވެ.
ޗައިނާ ސަރުކާރުން އެންމެ ފަހުން އާންމުކުރި ރަސްމީ މައުލޫމާތަށް ބަލާއިރު، މިދިޔަ ހުކުރު ދުވަހު ވެރިރަށް ބެއިޖިންގުން އެކަނިވެސް 4000 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެހެން ނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ދެމެދު، ކޮވިޑް ބަލީގައި އެއްވެސް މީހަކު މަރުނުވާ ކަމަށް ވެސް އެމައުލޫމާތުތައް ބުނެ އެވެ.
ނަމަވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަނީ ކޮވިޑްގެ މައްސަލަ ކޮންޓްރޯލުން ނެއްޓިފަ އެވެ. ވެރިރަށް ބެއިޖިންގްއާއި ޝަންހާއީ ފަދަ ބޮޑެތި ބައެއް ސަހަރުތަކުން ހުމުގެ ބޭހާއި ރޯގާގެ ބޭސްތައް މިހާރުވެސް ނުލިބޭ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނބުކުރި
29 December 2022
އުއިގުރު މީހުންނަށް އިހާނެތިކޮށް ހިތާހާހިނދަކު ކަލޭމެންނަށް ތިޖެހޭ ބަލާވެރިކަން ނުފިލާނެ!!!
އޮނަރަބްލް އަފީފު ދީދީ
28 December 2022
ހަނޤުރާމައާއި، ޓެރަރިޒަމާއި، ހައްދުފަހަނަޅާފައިވާ ނަސްލީތަފާތުކުރުން ބޮޑު ސަރުކާރުތައްއުފެދުމާއި މިފަދަ އެތައްސަބަބަކާއިހެދި މިސްރުގެ ފަތުރުވެރިކަމަށް އަސަރުކުރުމުން "އެފްރިކާ ނުވަތަ ގަލްފުގެ ޤައުމެއްގެ ގޮތުގައި ބަލަމުން އައި އިޖިޕްޓް" އެމީހުންގެ މަޤާމް ބަދަލުކޮށް ޓްއަރިޒަމް އިސްތިހާރު ތަކުގައި Caribbean ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރި. ހަމަ މިގޮތަށް ދެކުނުގެ ފަތުރުވެރިކަމުގެ ޕްރޮމޯޝަންތައް "SUVADIVE Atolls" ކުރުމަކީ މައްސަލައެއްނޫން.
އޮނަރޭ.
28 December 2022
މޯލްޑިވްސް އޮތީ ނުވަތަމޯލްޑިވްސް އެނަމަކީ ކަލޭ ތިޔަބުނާ ވަރަށް މުޑުދާރު ވެފައި އޮތް ނަމެއްނޫން. ދެން ކީއްކުރަން ކޮންމެހެން ސުވާދީބް ގެ ނަމުގައި ޑެސްޓިނޭޝަން އިސްތިހާރު ކުރަނީ.
ދަތްދޮޅި.
27 December 2022
އިންޑިޔާ އައުޓް. ޗައިނާ އިން.
އޮނަރަބްލް އަފީފު ދީދީ
27 December 2022
ގެސްޓްހައުސް ކޮޓަރިއާއި، ރިސޯޓް އެނދު "ރަނގަޅު ހެޔޮއަގުގައި ވިއްކުމުގެފުރުސަތުއޮތް" ދެކުނުގެ ފަތުރުވެރިކަމަށް ޗައިނާ މާކެޓް މުހިންމު. # ހުވަދޫ، ފުވައްމުލައް، އައްޑޫކައުންސިލާއި، ގޭންއެއަރޕޯޓް އަދި ދެކުނުގެ ފަތުރުވެރިކަމުގެ ވިޔަފާރީގައިތިބިފަރާތްތަކާއި، ސްރީލަންކަންގެ އިތުރަށް ފްލައިޑްބާއީ ގޭންއެއަރޕޯޓަށް އޮޕަރޭޓްކުރުމަށް އެންމެބޮޑަށް އެހީތެރިވެދިން، އޭސް ޓްރެވަލް ގުޅިގެން ޗައިނާ އެމްބެސެޑަރާއި ބައްދަލުކޮށް "SUVADIVE Atoll" މާކެޓްކުރަންޖެހޭ.
ސޯލިހް.
27 December 2022
ދިދީ. ކަލޭ ތިވާހަކަ ގޮސް މޭޔަރަށް ކިޔާދީބަލަ. ތިތަނުގެ ހޮޅު އަށީގައި އޮވެގެން ތިގޮތަށް ވާހަކަ ފަތުރައި ނަފުރަތު އުފެއްދުމުން ވާނެ ކަމެއް ނޯންނާނެ. މޭޔަރާއި ވާހަކަ ދައްކައިގެން ތިކަން ކުރެވޭތޯ މަސައްކަތް ކޮށްބަލަ.
ނަރީޝް
27 December 2022
ޗައިނާ އަށް ނުދެވިގެން ވަރަށް ކަންބޮޑުވެފައި ހުއްޓާ ޗައިނާ ހުޅުވާލިކަން ވަރަށް ބަރާބަރު. މާދަން ޓިކެޓް ނަގާނަން.
އޮނަރަބްލް އަފީފު ދީދީ
27 December 2022
ޗައިނާގެ ގިނަފަތުރުވެރިންނަކީ ޔޯރޮޕުން އާންމުކޮށްއަންނަ ގެސްޓުންގެ ޑިމާންޑްތަކާއިގާތަށްވެސް ބައެއްކަހަލަހިދުމަތްތަކާއި މަތީދަރަޖައިގެސާވިސްތަކަށް އެދޭބައެއްނޫން. އެހެންކަމުން ޗައިނާގެ މިނިންމުމަކީ ދެކުނުގެ ގެސްޓްހައުސް ތަކަށާއި ރިސޯޓްތަކަށް އުއްމީދީ އުފާވެރިކަން ގެނެސްދޭނެކަމެއް. # އޭސް ޓްރަވަލްގެ ވެރިޔާ ފިރާޤްގެ އިސްނެގުމާއިއެކު ސްރީލަންކަންގެ އިތުރަށް ފްލައިޑްބާއީގެ ޝެޑިއުލްދަތުރު ގޭންއެއަރޕޯޓަށް ހަމަޖެހިފައިވާއިރު ދަނޑިވަޅުގެ ބޭނުންހިފަންޖެހޭ.
ތްރީ އެސް.
27 December 2022
ފިރާޤު ނޫނީ ތިތަނަކުނެތް ތިފަދަ މަސައްކަތެއް ކުރެވޭނެ ޤާބިލްކަން ހުރި މީހެއް. މިހާރުވެސް ގަމަށް ފްލައުޓްތައް ގެނެވޭތޯ ކުރި މަސައްކަތެއް ކުރީ އޭނާ. އަނެއްކާ މޯލްޑިވިއަން ގައި ތިބީ ތިކަން ކުރުމަށް އެދޭ ބައެއްނޫން. އެމީހުންވެސް ތިކަމަށް ހުރަސް އެޅޭތޯ ބަލަނީ.
ފައިރޫޒު.
27 December 2022
ތިފަދަ ވިޝަންއެއް ހުރި ބަޔަކު އައްޑޫ ކައުންސިލާއި ގަން އެއަރޕޯޓްގައި ނެތް. އައްޑޫގެ މޭޔަރަކީ އުއްމީދެއްގައި މަސައްކަތް ކުރާ މީހެއްނަމަ އައްޑޫ މިހާލުގައި އޮންނާކަށް ނުޖެހޭނެ. ކުރިން ހުރި މޭޔަރަށްވުރެން ގަޅި މީހެއް މިހާރު ހުރީ. ކުރިންވެސް ހުރީ ވަކި ރަނގަޅު މީހެއްނޫން. ދެންވެސް ވޯޓް ލާއިރު ޒިންމާ އުފުލޭ ވަރު މީހަކު ހޮވާބަލަ.
ނައިބު.
27 December 2022
މީނަގެ ވިސްނުން އަބަދު ވަކިވެގަންނަ ގޮތަށް ހުންނަނީ ކީއްވެ. އައްޑޫ މީހެއްވީއްޔާ ވިސްނާގޮތެއްތަ މިއީ. ބަލަ ދެކުނުގެ ފަތުރުވެރިކަން ރަގަޅު ކުރެވޭތޯ އެއްނޫންތަ ރައީސާއި ވަޒީރުން މަސައްކަތް ކުރަމުން އެދަނީ. ދެން ކީއްކުރަން މޭޔަރު ޗައިނާ އެމްބެސެޑަރާއި ބައްދަލު ކުރާންވީ.
ޗޮންޗިން.
27 December 2022
ތެދެއް. ނިދާނެ ކޮޓަރިއަކާއި ކަޕު ނޫޑޫލިސް ބެހެއްޓީމަ އެމީހުން އޯކޭ ވާނެ. ކޮޓަރި އަގުހެޔޮކޮށް ވިއްކައިގެން އަބަދު ފުލްކޮށް ބާއްވައިގެން ފައިދާ ނެގުން ރަނގަޅު. އޭރުން މެދުކެޑުމެއްނެތި ފްލައިޓް އައުމުން އަގުބޮޑު ޓްއަރިޒަމަށްވެސް މަގު ކޮށިގެންދާނެ.
ނިސްރީނު.
27 December 2022
އަގު ހެޔޮކޮށް ކޮޓަރި ވިއްކައިގެންވެސް މިސަރަހަްއދުގައި ތިބެގެން ވަޒީފާ ލިބޭނެ ފުރުސަތު ހޯދުމަށްޓަކާ ޗައިނާ މާކެޓް ހޯދަން މަސައްކަތް ކުރުން ރަނގަޅު. ޗައިނާގައި ރާއްޖެ އަންނަން ބޭނުން މިލިޔަން މީހުން ތިބޭނެ.
ކުޅޭ ބޭބެ.
27 December 2022
ފަތުރު ވެރިންނޭ ކިޔާފައި ހިއްޕީން މިތަނަށް ގެންނަނީ ކީއްކުރަން. އައްޑޫގައި ކުރެވިދާނެ ކިތަންމެ މަސައްކަތެއް އެބަހުރި ޓްއަރިޒަމް ނޫނަސް.
ށަވިޔަނި
27 December 2022
ޗައިނާ ހުޅުވީ އިންޑިއާ ބަންދުކުރީ.