ވެމްކޯގެ މެނޭޖިން ޑިރެކްޓަރު: މަގުތަކުގައި ހުރި ކުނި ނެގުމަކީ އެ ކުންފުނީގެ ޒިންމާއެއް ނޫން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
29 ޑިސެމްބަރ 2022 - 17:40
މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އެކަމާ ދެން ހަވާލުވާނީ ސިޓީ ކައުންސިލުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މާލޭގެ މަގުތަކާއި އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯއިން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، މަގުތަކުގައި ކުނި ވަނީ ގިނަވެފަ އެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ މަގުތަކުގައި ހުރި ކުނި ނެގުމުގެ ހިދުމަތް ހިލޭ ދިނުމަކީ އެ ކުންފުނީގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެކަން ވެމްކޯއިން ކުރާނީ ކުރިން ވެސް އަމަލުކުރި ގޮތަށް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީ ކައުންސިލަށް މާލެތެރެ ސާފުކޮށް ނުބެލެހެއްޓޭ ކަމަށް ވަންޏާ އަޅުގަނޑުމެންނާ ހަވާލުކޮށް ދެއްވާ. އަޅުގަނޑުމެންގެ މުވައްޒަފުން މި ތިބީ ތައްޔާރަށް އެކަން ކުރަން." ސިރާޖު ވިދާޅުވި އެވެ.
ރަޖިސްޓްރީކޮށްފައި ހުރި ގޭބީސީތަކުން ނެރޭ ކުނި ވެސް ވެމްކޯއިން ނުނަގާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ ސިރާޖު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ދޭ ގެތަކުން މަގުތަކަށް ކުނި ނުނެރޭނެ ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެމްކޯގެ ރަޖިސްޓާޑް ކަސްޓަމަރުން ނުޖެހޭނެ ގެއިން ބޭރަށް، މަގުމައްޗަށް ކުނި ނެރޭކަށެއް. އަދި ނެރެންޖެހޭ ސަބަބެއް ވެސް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މަގުތަކުން ކުނި ނެގުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ދެކިގެން ސިޓީ ކައުންސިލުން އެ މަސައްކަތް ފެށިޔަސް، އެ މަސައްކަތުން ބުރަކަން ސިޓީ ކައުންސިލަށް މިހާރު އެނގޭނެ އެވެ. އަދި އޭރު ވެމްކޯއިން ދިން ހިދުމަތް ރައްޔިތުންނަށް ވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ ،
02 January 2023
"ވެމްކޯގެ ރަޖިސްޓާޑް ކަސްޓަމަރުން ނުޖެހޭނެ ގެއިން ބޭރަށް، މަގުމައްޗަށް ކުނި ނެރޭކަށެއް. އަދި ނެރެންޖެހޭ ސަބަބެއް ވެސް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ. މިހާރުވެސް ނެރެން ޖެހެނީ މަގައް ، މައްޗައް އަރަން ވީމާ ގަނަފަހަރު ކުނި ބަލައެއް ނާދޭ ، އަންޔާ އަންނާނެ ގަޑިއެއް ހިސާބުވެސް ނޭންގެ. ކޯލް ސެންޓަރައް ގުޅާއިރައް ބުނާނެ ނުވާނެެޔޭ ކުނިބަލާ ދާނެއޭ. ދެން ކޮންމެފަހަރަކު ގުޅައިގެން ޒުވާބެއް ނުކުރެވޭނެ. މިހާރު އިރު އޮއްސޭއިރައް ތިރިޔައް ބާލަނީ...
ކުދުބެއްޔާ
30 December 2022
މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ކައިރީ ބުނާށެވެ. މާލޭ ގޭބިސީ ތަކުން އުފެދޭ ކުނި ނަގާނީ ވެމްކޯއިންނެވެ. ކަމިޝަނަރ އޮފް ޕޮލިސް އަށް ދަންނަވާށެވެ. ގާނޫނާ ޚިލާފަށް މަގުމައްޗަށް ކުނި އަޅާމީހުން ހުއްޓުވާށެވެ. ކޮންމެމީހަކުވެސް މިބަލަނީ އެމީހެއްގެ ޒިއްމާއިން ރެކިގެން ތިބެވޭނެ ގޮތެއް ފެނޭތޯއެވެ. މިގޮތަށް ކަންކުރާނަމަ އަހަރެމެން ތަރައްގީގެވާހަކަ ދެއްކުން ހުއްޓާލަށްވީއެވެ.
2023
30 December 2022
ރަނގަޅު ސައިޒު އޮޅިގެން އުޅޭމީހާ ސައިޒުކޮށްފަ ބަހައްޓާ
ދޮންކަބިލި
30 December 2022
މަގަށް ކުނިނެރޭ ޤައުމެއް މިނޫނީ ނޯވޭ. ހިތުން މީ ސިންގަޕޫރޯ!!
އެމްސް
31 December 2022
ސިނގަޕޫރުގެ މަގުމަތީ ޑަސްޓްބިންވެސް ހުރޭ، މިޤައުމު ސާފުކަމުން މަގުމަތީގަ ޑަސްޓްބިން ބަހައްޓާކަަށްވެސް ނުޖެހޭ!
ނާގާބިލް
30 December 2022
އޭ! މިތަނުގަ ވެރިޔަކު ހުރޭތަ؟ އަދި ކިރިޔާ މި އެނގުނީ.
ވެމްކޯ އުވާލާ
30 December 2022
ވެމްކޯއަކީ ބަރޯސާ ނުކުރެވޭ، ވަރަށް ވިޔާނުދާކޮށް ކަންކުރާ ބައެއް. ބުރިބުރިއަށް ހަދާފަ ހުންނަ ގެއަށް ވައްދަނީ އެކަކު. ކޮންމެ އެޕާޓްމަންޓަކުން ކުނި ވަކިކޮށް މަދުވެގެން 3 ކޮތަޅު ހުންނާނެ. ފެންބޮއެ ހުސްކުރާހާ ފުޅި ބޮނޑި އޮންނާނެ. އެ ވަންނަ މީހާގެ ދެ އަތަށް ހުރިހާ އެއްޗެއް މެހުނުގޮތަކަށް މަހާލައިގެން ތިރިއަށް ފައިބާއިރު ސިޑި ގޮނޑުވެ ފާރުތައް ހަލާކު. ކޮތާޅުތައް ފެޅި. ޝަކުވާކުރިޔަސް އިޖާބައެއް ނެތް.
ނެކްސްޓް
30 December 2022
ޥެމްކޯއިން މާލެ ކުނިގޮޑަކަށް ހަދާލީ
ޖޯކް
30 December 2022
ވެމްކޯ އުވާލަންވީ. ކުރިން ބަންގްލަދޭޝް މީހުން ކުނި ބައިސްކަލްގަ އުކި އިރު މާރަނގަޅު. ދިވެހިންނަކީ ކަމެއްކުރެވޭ ވަރަށްވުރެ މާ ހިއްފޮނި ލާރިޔަށް ކޮރޮޕްޓްވެފަ ތިބި ބައެއް. ވެމްކޯ އުވާލާ.
ތެދުމަސް
30 December 2022
ތެދެއް. ކުނި އުކަން ހަވާލުކޮށްފަ ހުންނަ މީހާ ބަލިވެގެން ނާދެވުނަސް އޭނަ އހެން މީހެއް ވިޔަސް ފޮނުވާނެ.
ށަވިޔަނި
30 December 2022
ކަރަންޓާ ފެނުގެ ޚިދުމަތްދޭ ދެކުންފުނިވެސް ސިޓީކައުންސިލަށް ނަގަންވީއެއްނޫން. މީ ހާދަ ވިޔާނުދާ މީހަކު އުޅޭ ތަނެކޭ.
ގުއިއްޒު
30 December 2022
ދައްކަމުންދާ 150 ރުފިޔާ މުއިއްޒުގެ އެކައުންޓަށް ޖަމާކުރޭ. އޭރުން ހުރިހާ ކަމެއް ހައްލުވީ. ޒިންމާއަކީ މުއިއްޒުގެ ޒިންމާއެއް. އަހަރެމެން ނުޖެހޭ މުއިއްޒު އެކަން ކުރަނީ އަމިއްޔަށްތޯ ނޫނީ ވެމްކޯ ލައްވާތޯ ބަލާކަށް. ބޭނުމަކީ ކަންވުން. މުއިއްޒަށް ކުރެވޭނެ. އެކަމަކު ފައިސާކޮޅު ޖީބަށް ލައިދޭންވާނެ.