ސޫ ޗީ: އޭނާގެ މައްޗަށް އިތުރު ހަތް އަހަރުގެ ހުކުމެއް ކޮށް ޖަލުގެ އަދަބު 33 އަހަރަށް ވަނީ ދަމަހައްޓާފަ
31 ޑިސެމްބަރ 2022 - 10:49
ޔަންގޮން (ޑިސެމްބަރު 31) - މިޔަންމާގެ ކުރީގެ ލީޑަރު އައުން ސަން ސޫ ޗީ އިތުރު ހަތް އަހަރުގެ ޖަލަށް ލާން އަށް އެ ގައުމުގެ އަސްކަރީ ކޯޓުން ނިންމައި ޖުމުލަ 33 އަހަރަށް ޖަލުގައި ހޭދަ ކުރަންޖެހޭ ގޮތަށް ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރު ޖެނުއަރީގައި ސޫ ޗީ ވެރިކަމުން ދުރުކޮށް މިޔަންމާގެ ވެރިކަން މިހާރު ކުރަނީ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ ކޯޓަކުން ސޫ ޗީ އަށް ހަތް އަހަރުގެ ހުކުމެއް ކުރީ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކޮށްފަ އެވެ. އެ ދައުވާގައި ބުނެފައި ވަނީ ގުދުރަތީ ކާރިސާތަކުގައި އާންމުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ހެލިކޮޕްޓަރެއް ކުއްޔަން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.
ސޫ ޗީ ދޫކޮށްލުމަށް ގޮވާލައި ތައިލެންޑްގައި ދިރިއުޅޭ މިޔަންމާގެ ރައްޔިތުން މިދިޔަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން --- ފައިލް ފޮޓޯ: އޭއެފްޕީ
މިހާރު ވެސް ބަންދުގައި ހުރި އުމުރުން 77 އަހަރުގެ ސޫ ޗީ އަށް އިއްވި ހުކުުމްތަކާއެކު އޭނާ އުމުރަށް ޖަލުގައި ހޭދަ ކުރައްވަން ޖެހޭނެ އެވެ. ޝަރީއަތުގައި ސޫ ޗީގެ ވަކީލުން ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތާ ބެހޭގޮތުން ސޫކީގެ ވަކީލުން ބުނީ އެ ޝަރީއަތްތަކަކީ ސިޔާސީ މަގުސަދެއް އޮވެގެން ސީދާ ސޫ ޗީ އަށް އަމާޒުކޮށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށެވެ.
ސޫ ޗީ އާއި އެ ގައުމުގެ ކުރީގެ ރައިސް މިއިންޓް ހިމެނޭގޮތަށް ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް މިޔަންމާގެ އަސްކަރީ ސަރުކާރަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
02 January 2023
ޔޫރަޕުން ބޭނުންވާފަދަ މުސްލިމުން ތިބީ ޕާކިސްތާނުގައި. އެމީހުން އުފެއްދީ ޔޫރަޕުން އުފެއްދި އަރަބި ޔުނިވަރުސިޓީތަކުން ހިންގި ޕްރޮގްރާމް ތަކުން. ދަސްކޮށްދީފައިވަނީ ޖާހިލިއްޔަ ޒަމާނުގެ ގޮތްތައް. އެޒަމާނުގައި އޮންނަނީ ގަބީލީ ވެރިކަމާއި ތަޅާފޮޅުމާއި މީހުން މެރުމާއި ލޫޓުވުމާއި މަގުފޭރުމާއި ހުޅުޖެހުން. ދެން އަންހެނުން ބޭނުންކުރަނީ ތަކެތި ދޮވުމާ ކެއްކުމާއި ފިރިހެން ދަރިން ޕްރޮޑިއުސް ކުރުމަށް. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި.އަފްގާންއެހާލަތުގައި.
އަމާ
01 January 2023
މޭ ގޯޑޫ ބާން ދިސް ބިޗު ލައިވް! އާމީން
އަސަރު69
01 January 2023
ދުވަހަކުވެސް ތިޔަމީހަކު ޖަލުން ނެރެގެން ނުވާނެ. ތީ މުސްލިމުންނަށްހުރި ނުރައްކަލެއް.
ނުރަބޯ
31 December 2022
މީ ވަރަށް ނުލަފާ ޑަކައިތެއް.
ސައީދު .
31 December 2022
ސޫޗީ،ހަނދާން އެބަހުރި ބާ މުސްލިމުންނަށް ދިން އަނިޔާއާއި ހިތްދަތިކަން.؟ ރޭޕް ކޮށް އަންދާ މަރާ ހެދީ ސޫޗީ ގެ ބާރު ވެރިކަމުގަ. ހުރީ ދެލޯ މަރާލައިގެން ދެކަންފަތް ބަންދު ކޮށް ގެން. ބަލަ ﷲ ކަން ކަން ދައްކަވަނީ ވިސްނާ ބަޔަކަށް އިބްރަތެއް ކަމުގެއެވެ.
ޢަހުމަދުވަގާރު
01 January 2023
ތި ގޮތަށް މުހައްމަދު ބިން ސަލްމާނަށް ދައްކަވާތޯ މި އިންތިޒާރު ކުރަނީ.މުސްލިމުން އަތުގަ އެންމެ ގިނަ މިސްކިތާ ހޮސްޕިޓަލް ގޮއްވުމުގެ ރެކޯރޑް އޮތީ
ހޭޓާ
02 January 2023
މާބޮޑު އަދަބެެއްނޫން ޖަލު ހުކުމަކީ. ހުންނާނި ވީއައިޕީ ހިދުމަތްލިބޭ ފެންވަރުތަނެއްގަ.
ޖުހާ.
02 January 2023
ސައުދީ ކިންގު ޔަމަނަށް ބޮން އަޅައިގެން މެރި މުސްލިމުން މާގިނަ. މހާރުވެސް ޔަމަނުގެ ބަނދަރުތައް ބަންދުކޮށްގެން ކާއެއްޗެއް ބޯ އެއްޗެއް އެތެރެވިއަނުދީ އެތިބީ ސައުދީ މަނަވަރުތައް. ދުވާލަކު އެތައް ސަތޭކަ ކުޑަކުދިން އެ މަރުވަނީ ބަނޑަށް. ސައުދީ ސާހީ ޢާއިލާ އެއީތޯ މުސްލިމުންނަކީ. ސިކުނޑިއަށް ތިއަހުރީ ވައްހާބީ ސިންޑުރޯމް ޖެހިފަ،
ދޯޕައްޓާ
31 December 2022
މިއީ އިނގިރޭސިން ކުޑަހަރަދަކުން ގައުމުތަކުގެ ކޮންޓުރޯލުނަގަން ހިންގާ ޕުރޮގުރާމުގަ އެމީހުން ގެންގުޅާ ކުއްޖެއް. ބުރިޖާއި އެއާޕޯޓުކަހަލަ ކަންކަމަށް އެހީވީމަ ހަރަދުބޮޑު، އެކަމަކު ކޮންމެ ގައުމަކުން މިކަހަލަ ކުއްޖަކު ފާހަގަކޮށްފަ ޕުރޮޕެގެންޑާ ފަތުރަދީ، ރައްޔިތުންނަށް ދަތިކުރުމުގެ ފިތަވަޅު އަޅައިގެން މިއިންކުއްޖަކު ވެރިކަމަށް އެރުވުނީމަ ކޮންޓުރޯލު އެލިބުނީ.
ސުން
02 January 2023
ދިވެހިރާއްޖެއޭ ކިޔާ ތަނެއްގައިވެސް ތީގެ ކުއްޖަކު ގެންގުޅުނުދޯ..އެކުއްޖާޔަށް 3 އަހަރުވެސް ވެރިކަމުގައި ނުހުރެވުނު.
އަލީ ރަމީޒް ބިން ޖާހިލު
31 December 2022
ސޫކީ އަކީ ހިއްވަރު ގަދަ ކުއްޖެއް
ޙަމީދު 1
01 January 2023
ނުލަފާ ކުއްޖެއް. ޚުށުގެ އަދަބު ދުނނިޔޭގަވެސް ލިބެނީކަމަށް މިބަލނި
ދީބާސާ
31 December 2022
އެމީހުްނ ކިޔަނީ ސިޔާސީ ހައްޔަރީން. އެ ހެޔޮ ކޮންމެ ނުބައިކަމެއް ކުރިޔަސް. ތަންތަން ފަނާކުރަނީ އެބައިގަނޑު. ކޮރަޕްޝަނާއި ފާހިޝް އަމަލުތަކާއި މީހުްނގެ ޅަދަރިން އެމީހުންގެ އަވާގައި ޖައްސައި މުޅިތަން ހަލާކު ކުރަނީ ހަމަ އެމީހުން. އިންސާނީ ހައްގުގެ ނަމުގައި. ހަގީގަތަކީ އެމީހުންނަކީ އަނިޔާވެރިންކަން. ދައްކަނީ ހެޔޮ އެދޭ ބަޔެއްކަން. ދެފުށްދެގޮތް. މިޤައުމުގައުވެސް އެބައިގަނޑު އުޅޭ
ޒަރީރ
31 December 2022
މީ އަބަދުވެސް ޖަލުގަ ބަހައްޓަންޖެހޭ ބޮޑު އުދަގުލެއް. އިންސާނީ ހައްގޭ ޑިމޮކްރަސީއޭ އަމަޔޭ ކިޔައިގެން ވެރިކަމަށް އައިސް ނަސްލެއް ނައްތާލާއިރު އޭގައިވެސް އަމަލީ ގޮތުން ބައިވެރިވެފަ ހުރި އަނިޔާވެރިއެއް
މުސްލިމު އަޙު
31 December 2022
މުސްލިމުން ގައިގަ ބޮން ބަނދެ މިސްކިތް ގޮއްވި އިރު ކަލޭ ކޮބާ
ދގދސެފ×
31 December 2022
މުސްލިމުންނަށް އެވަރަށް އަނިޔާކުރިއިރުވެސް އަނގައިންނުބުނެ ހުރިމީހާ މީ.
އަހުމަދުވަގާރު
31 December 2022
މިސްކިތާ ހޮސްޕިޓަލާ ގޮއްވައިގެން އިންސާނުން މެރުމުގެ ރިކޯރޑް އޮންނާނީ މުސްލިމުންއަތުގައި