ރ. އަތޮޅު ކައުންސިލާ އެކު ރައީސް މިއަދު ބައްދަލު ކުރައްވަނީ: ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
05 ޖެނުއަރީ 2023 - 21:57
ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތުގައި މިހާރު ނުނިމި އޮތީ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައެޅުމުގެ މައްސަލަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އަތޮޅު ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅުއްވައި ދެއްވާނެ ކަމަށާއި އަދި މިހާރު ނުނިމި އޮތީ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައެޅުމުގެ މައްސަލަ އެކަނި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނޭނެ އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ރ. އުފުލަންދޫ ސަރުކާރަށް މިހާރު ނަގާފައި އޮތަސް، އެރަށް އަނބުރާ އެ އަތޮޅު ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ރ. އަތޮޅު ކައުންސިލުން އެދުނު ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ ރ. އަލިފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ވެސް މިއަދު މެންދުރު ހުޅުއްވައި ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 January 2023
ވެރިކަމަށް ރައްޔިތުން އިންތިހާބު ކުރިކަމުގައިވިޔަސް ވެރިކަން ކުރާންވާނީ ޤާނޫނުއަސާސީއާއި ވެރިކަމުގެ ހުވާގައި ލިޔެފައިވާ ގޮތަށް "އަމާނާތް ތެރިކަމާއި އެކުގައިކަން" ހަދާން ނައްތާލައިގެން ނުވާނެ. # އެއްރަށުގައި ހުރެގެން ލޮލުކޮޅަށް ފެންނާންއޮތް އަނެއްރަށުގައި އެއަރޕޯޓެއް އެޅުމަށް ދައުލަތުގެ ޙަޒާނާއިން އެތައްމިލިޔަން ރުފިޔާ ހޭދަކުރުމަކީ މިދެންނެވި އަމާނާތަށް ޙިޔާނާތް ތެރިވުން ނޫން ކަމަކަށް ނުވާނެ. ސަސްޓެއިން ނުކުރެވޭނެ ޙަރަދުކުރުމަކީ އިސްރާފެއް އިގޭތޯ.
ތުނޑުހަސަނު
06 January 2023
ކޮންމެ ދެގެއެއްގެ ދޭތެރޭގައި ވެސް އެއަރޕޯޓެއް އަޅަންވާނެ.
ާނަރެންދުރަ
06 January 2023
ތިއެއާޕޯޓް ތައް އަޅަން ވަޢުދު ވުމަށްވުރެ މާރަނގަޅުވާނެނޫންތޯ އަޅަން ފަށާފަ 10 އަހަރު ވެފައިވާ އެއާޕޯޓްތައް ނިންމާފަ ހުޅުވިއްޔާ ވޯޓްހޯދަން އަންނާނެ އެއޭރުން ބުނާނެ އަންނަ މަހުގަ ނިންމާނަމޭ އެހެންކިޔާތާ މިހާރު މިސަރުކާރަށް ވީހާ ދުވަސް މިވީ
ކސކސކސޖ
06 January 2023
ރައީސް ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނޭނެ އެވެ. ރޫޓިން އިން ބޭރުން ޅ އަތޮޅުގަ ފަށާފަ ދެން ހޮޅި ވާހަކަ ނުދައްކާ
ސައޫދީ
06 January 2023
ކޮންމެ ގެއަކަށް އެއާރޕޯޓެއް ، ކޮންމެ ރަށަކަށް އެއާރޕޯޓެއް ، ކޮންމެ މީހަކަށް އެއާޕޯޓެއް ،
ވަހީދުބޭބެ
06 January 2023
އެއަރޕޯޓު އަޅާނެ ރަށެއް ކަނޑައަޅަން 5 އަހަރު. ސާބަހޭ ސާލިހު
މުސްކުޅިބޭ
06 January 2023
ސާބަހޭ. ދިވެހިރާއްޖެ ދެނެވަޑައިގެން ހުންނެވީ ކިހާވަރަކަށްތޯ؟ އިފުރު ކިޔާ ރަށަކު އެއަޕޯރޓެއް އޮވޭ. އެއީ ރ. އަތޮޅުގެ ކިހާ ދެކުނެއްތޯ؟ ނޫނީ ކިހާ އުތުރެއްތޯ. ޢަތޮޅުގެ ދެކޮޅު ކިޔާނީ ކިހާ ދުރު މިނަކުންތ؟ ނޫނިއްޔާމު އަނގަފުރާލަ އެއަޕީރޓު އެއީ ޤައުމުގެ ރައްޔިތުންގެ އެންމެ ޢަސާސީ ބޭނުމަކީތޯ
ކިއެއްތޭ
06 January 2023
ރައްޔިތުން ފެލަ ފެލައިގެން ޓެކްސް ދަމައިގަނެގެން އެމްޑީޕީން މިކުރާކަމަކީ އެފައިސާ ތަޅާ ބުރުއްސުމޭ ވެރިކަމުގެ ދަހިވެތި ކަމުގައި ރާއްޖެތެރެއަށް ޑަމްޕް ކުރާ ފައިސާ ތަކަކީ އެއީ އެކުރާ ޚަރަދު ދުވަހަކުވެސް އަނބުރާ ލިބޭނެ ފައިސާ އަށް ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާ ރާއްޖެތެރެއަޢް އިސްރާފު ކުރަން ޖެހޭނީ އެކަމަށް ރައްޔިތުންގެ ވޯޓެއް ވެސް ލިބިގެންނޭ 80 ހާސް މީހުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯރމްލާފައިވާ އިރު އެކަން ނުބަލާ ރައީސް އިބޫ މިކުރަނީ
އެމްސް
06 January 2023
ސާބަހޭ ރައީސް، ކޮންމެ ރަށެއްގަ އެއާޕޯޓެއް ކީއްކުރަން ރަށުގެ 2 ކޮޅުގަ 2 އެއާޕޯޓް އަޅާނަމޭ ބުންޏަސް އަތް ޖަހާ ބަޔަކު ތިބޭނެ އަތް ޖަހަން! ދުނިޔޭގެ އެންމެ އަގުބޮޑު ބަހުގެ ޚިދުމަތްވެސް އޮތީ ރާއްޖޭގަ! ކަރަންޓާއި ފެނާއި ކުލިވެސް އެންމެ ބޮޑީ ރާއްޖޭގަ! މިހާރުވެސް ކައިރި ޤައުމަކަށް ދިއުމަށްވުރެ ފުވައްމުލަކަށް ދެވޭއަގު ބޮޑު! އެކަމަކު ކުންފުންޏަކަށް ފައިދާއެއް ނުވޭ! ދެން ކޮންމެ ރަށެއްގަ އެއާޕޯޓެއް އަޅައިގެން ވަޒީފާއެއް ނެތް ބަޔަކު ޓިކެޓް ހޯދާނީވެސް ކިހިނެއް؟
ބަލިމީހާ
06 January 2023
އެކަމެއް ނޭނގޭ. ކޮންމެ މީހެއްގެ ޖީބުގައި އެންމެ ފަހުގެ ސްމާރޓްފޯނު. ދުއްވާނީ އަގު ބޮޑު ސައިކަލާއި ކާރު. އަބަދު ތިބެނީ ކޮފީ އަކަށް ކޮންމެވެސް ގާޑިޔަލެއްގަ. މިއީ އަދުގެ ޒުވާން ޖީލުގެ ހާލަތު. ދެން އިއްޔެގެ މާމަ ކާފަމެން އެމީހުންގެ މާޒީ ހަނދާން ކޮށްލަ ކޮށްލާ ހޮޅުއަށީގަ ތިބޭނެތާ. މިހާރު ގޭގައި ތިމާކައިގެން ތަށި ދޮވެލާނެ ޒުވާނަކުވެސް ވަރަށް މަދު. ވަކި ޖިންސެއް ވަކި ރަށެއް ނޫން މިއީ މުޅި ރާއްޖޭގަ މިކަން ހިނގާމަގު. ބަދަލުކުރެވޭނީ މައިންނާ މުދައްރިސަށް!
ވޮޗްމޭން
05 January 2023
ވަރަށް ބޭއިންސާފު. ދެން އަތޮޅު މެދުގައި ވެސް އެއާޕޯޓެއް އަޅާ