08 ޖެނުއަރީ 2023 - 16:27
އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅި މީހުންގެ ތެރެއިން އިތުރު ދެމީހަކު ދަންޖައްސައި މަރާލައިފި ކަމަށް އީރާން ސަރުކާރުން އިއްޔެ ބުނެފި އެވެ.
އީރާންގެ ޝަރުއީ ދާއިރާގެ ޚަބަރުތައް ފަތުރާ ނޫސް އޭޖެންސީ މީޒާން އިން ބުނި ގޮތުގައި، ހޮނިހިރު ވިލޭރޭ ދަންވަރު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކުރި ދެ މީހުންނަކީ، އީރާންގެ ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންގެ މީހަކު މެރުމުގެ ކުށް ސާބިތުވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ މުހައްމަދު މަހްދީ ކަރަމީ ކިޔާ މީހަކާއި ސައްޔިދު މުހައްމަދު ހުސައިނީ ކިޔާ މީހެކެވެ.
މި ދެ މީހުންނަކީ ވެސް، ނޮވެމްބަރު 2 ވަނަ ދުވަހު މުޒާހަރާއަށް ނުކުތް މީހުން މައިތިރިކުރަން ހަރަކާތްތެރިވި، އީރާންގެ އިންގިލާބީ ލަޝްކަރުގެ ފައުޖުގައި ހިމެނޭ މެމްބަރެއް ކަމަށްވާ ރޫހުﷲ އަޖަމައިން އަށް ހަމަލާދީ މަރައިލި ކަމަށް ކޯޓުން ކުށް ސާބިތުވި ދެ މީހުންނެވެ.
މުޒާހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅި މީހުންގެ ތެރެއިން މިހާތަނަށް 16 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އިއްޔެ ދަން ޖައްސައި މެރި ދެ މީހުންނާ އެކު، މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވާފައިވަނީ، އާންމުކޮށް ހުޅުވާނުލައި ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކެއްގަ އެވެ.
މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ އީރާން ކުށްވެރި ކުރަމުންނެވެ. އިއްޔެ ދެ މީހަކު ދަންޖެއްސުމާ ގުޅިގެން، މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތުން ހުއްޓައިލުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ އީރާނަށް ގޮވާލައިފަ އެވެ.
އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވަނިކޮށް، އެގައުމުގައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން ވަނީ ނިންމައިފަ އެވެ.
އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގައި އުފައްދާފައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް، ބުރުގާ އެޅުމާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް އުފައްދާފައި އޮންނަ ފުލުހުންގެ އެ ޔުނިޓް ދާއިމީ ގޮތެއްގައި އުވައިލީ ކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްރާސް ކުކުޅު
12 January 2023
ސަލީމުބޭ އަރަބިންދެކެ ހާދަހާ ރުޅިއެކޭ ތިއަންނަނީ..އަރަބި އަންހެން މަންޖެއަކުދެކެ ލޯބިވެ އެމަންޖެ ނުލިބުނީމަ އެއައި ރުޅިގަނޑު ދޯ ތިބާލަނީ. އަހަރެން ހަމަ ހައިރާންވޭ ދޭތެރެ ދޭތެރެއިން އުދުހޭ އަހޭ ކިޔައިގެންވެސް އެރުޅިގަނޑު ބާލާތީ. ދުނިޔޭގަ ހިނގާފަ ހުރި އެއްވެސް ހާދިސާއަކާ ރަސޫލުންނަށް ދެއްވާފަވާ މުޢުޖިޒާތްތަކާ އަޅާ ނުކިޔޭނެކަން މުސްލިމަކަށް ވިއްޔާ އެނގޭނެ.
މަގުފުރެދިފައިވާ ސަލީމު
10 January 2023
ސަލީމު އިދުރީސް އެމަރިކާއާއި މެރީކުރަންފެނޭ އީރާނާ ހަނގުރާމަކުރާދުވަހަކަށް ދިވެހިރައްޔިތުން ކުޅިބަލަންމިތިބީ ވާނެގޮތަކާމެދު. ކިރުފެލާލެވޭ ފަސޭހަކަމާއެކު އީރާން ހިފޭތޯ ނޫނީ އީރާނުންތޯ މުސްލިމުންގެ ޙާއިނު އިސްރާއީލާ އެމަރިކާ ގެ ދުވަސްދުއްވާލާނީ؟؟އަދި ބުނަން 1969ވަނަ އަހަރު ހަނދައް ގޮސްފީމޯކިޔާފަ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ފިލްމެއްކުޅެފަ ރައްޔިތުންގެ ލޮލުގައި އަދުންއެޅުވިބައެއް ހީހީހަލާކު ވެދާނެ
ސަލީމު އިދުރީސް
09 January 2023
އީރާނު މާބާރުގަދަ ބަޔެއް ކަމައް ހީވެގެން ވާހަކަދައްކާ ދުނިއެ ހިންގާގޮތް ނޭގޭ ގަމާރުނައް ދައްނަވަން އެމެރިކާއާ ހުޅަގުން އީރާނާ ހަގުރާމަ ނުރަނީ އެގައުމު ބާރުގަދަ ވެއެއްނޫން! އެހިސާބުގަ ހަގުރާމައެއް ހިންގާއިރު ދުނިއޭގަ އެންމެ ގިނަ ތެއޮ އުފައްދާ ސައުދީފަދަ ގައުމުތަކުގެ ކާރުހާތަކައް ގެއްލުންވެދާނެތި! އަދިބުނަން މިހާރު ޔޫރަޕުގަ ހައިޑުރޯޖަން ހަކަތައިން މަސައްކަތްކުރާ ބޭކަރީތައް އުފައްދާ ޓެސްކުރަން ފަށައިފި މިއީ އީރާނު ހަމަބިމައް ތިރި ކުރުމުގެ ފެށުން!
މޮޔަބޭ
09 January 2023
މަންމަން އިދުރީސް ކަލޭތީ ހަމަހޭގަހުރިމީހެއްހެނެއް ހިއެއްނުވޭ ތަންދޮރުނުދަނަސް ބޮޑުވަރު ޓްރަމްޕު އީރާނައް ހަމަލާދޭން އެންގުމުން އާމީޗީފް ކީކޭބުނީ އީރާން ވީއްލާނެ ރައްދުހަމަލާ ވަރަށް ވަރުގަދަ ވާނެޔޯ އިރުބިލްބޭހާ އައިނުލްއަސަދުބޭހުގެ މައްޗަށް އީރާނުން ދީނީ ވަރަށް ލުއިހަމަލާއެކޯ އެއާ އަޅާވެސްނުކިޔޭނެ ވަރުގެ ގަދަފަދަ ހަމަލާތަކެއް އީރާނުންދޭނެޔޯ ބިރުން ފިތްކަނޑައިގެން ދާވަރުވާނެޔޯ..ސަލީމުބޭ ކަލޭ ވެއްޖެ ކިޔަވަން..އެމަރިކާގެ ޕަޕެޓެއްހެންހީވޭ
ސަލީމު އިދުރީސް
10 January 2023
އަރަބިން މޮޅުވާހަކަ ދައްކަން އެގައުތަކުން ބުންޏޭ ބުންޏޭ އިލުމުން ޕީއެޗުޑީ ހަދައިގެން ޢާސްތިބިމީހުން ދައްކާ ކަހަލަ ބުރަދަނެއް ވާހަކަތިއީ! އެމެރިކާ ބޭނުވެއްޖެނަމަ ބަކަށިން ކިރުފެލަން ފަރިތަ އަރައްބަކު ބަކައްޓަކުން ކިރުފޮދެއް ފެލާހާ ފަސޭހައިން އިރާނު ހިފާނެކަމާމެދު ސައްކުރާނީ ސަހަރާގެ ހިރަފުހުން ސިކުނޑި ތަގައްޔަރުވެފަ ތިބިމީހުން! އެމެރިކާކާ މީހުންއެއީ އުދުހޭ އަކާނުލައި ހަނދައް ދެވުމުގެ ގާބިކަން ހުރިބަޔެއްކަން ހަމަބުއްދި ހުރި މީހުން ސައްކުނުރާނެ
ސަލީމު އިދުރީސް
09 January 2023
ބުނައް ބޭރުގެ އެޖެއްޓުން ފޮނުވައިގެން އެވަރުގެ ބޮޑެތި މުޒާހާރަ ތަކެއް ނުކުރެވޭނެ! އެހާބޮޑެތި މުޒާހަރާ ކުރެވެނީ ސަރުކާރުގެ އަނިޔާ ވެރިކަމައް ރައްޔިތުނައް ކެއްނުކުރެވުނީމަ! ހެދުން އެޅޭގޮތުން ޖަލައްލައި ތަޅާމެރުން މިއީ ތަހުޒީބީ އިންސާނުން ބަލައި ގަންނަ ކަމެއްނޫން! ދަންޖެއްސި މީހުން ބޮލުގަ ތުމަތެއް އަޅުވާފަ! ދައްޖެއްސީ މުޒާހަރާގެ އިސްމީހުން މުޒާހާރާ ބަލިކަށިކުރަން! އީރާނުގެ ފުރަޕެގެންޑާ ވިއްކޭނީ ގަމާރުނައް
މޮޔަނޮގޮވާ
09 January 2023
ސަލީމު އިދުރީސް އާއި ލެއްގި ކޮމިޝަނަރ ބުނެލަން ބޭނުން އީރާނުގެ އަސްކަރީޔާއާއި ހަނގުރާމަ ކުރަން ދެކޮޅުހަދައި އެމަރިކާގެ ކޮމާންޑަރުން ދައްކާވާހަކަތައް ނިކަން އަޑުއަހާބަލަ؟ ތިހީކުރާ ވަރުގެ ގަދަ ބައެއް ނޫނޯ؟ ކޮމިޝަނަރ ކަލޭހީކުރަނީ ހަނގުރާމައަކީ ވަރަށް އާދައިގެ އެއްޗެއްކަމަށްތަ؟އީރާން ހަނގުރާމަ އަކަށް ނުކުމެއްޖިއްޔާ އެހަގުރާމަވާނީ އެމަރިކާ ހުޅަނގު އިސްރާއީލު ސައޫދީ އަދި ގްލްފުގެ ގައުމުތަކާއި ދެކޮޅަށް؟ އެމަރިކާ އެކަނި ނަމަވެސް އޯކޭ
މޮޔަބޭ
09 January 2023
ސަލީމު އިދުރީސް އަކީ ކިޔާއެއްޗެއް ގެޓުވާމީހެއްނޫން ބޭރުގެ އެޖެންޓުންގެ އެހީގަޔޯބުނީމަ މީނަމިހީކުރީ ބޭރުގެ އެޖެންޓުންނޯ އެބޮޑު މުޒާހަރާގެ ބައިވެރިން ނަކީ. އެހެނެއްނޫން މިކިޔަނީ ބޭރުގެ އެޖެންޓުންގެ އެހީ ގައި މުޒާހަރާ ލީޑްރޯލްކުރަން ހުދު އީރާނުގެ ހުޅަނގު ފިކުރައްލޯބިކުރާ ޢައްދާރު ރައްޔިތުންނަށް ލާރިޖަހައި ގެން މުޒާހަރާބައިވެރިން ގިނަ ކޮށް ހަލުތާލުކޮށް މާރާމާރީ ހުޅުޖަހަން ހިތްވަރުދީ ނެރުވުން މިކިޔަނީ އޭގެ މޭސްތެރިންނަކީ މޮސާދް ސީއައިއޭ
ސަލީމު އިދުރީސް
09 January 2023
ބުނަން މަށަކަންނޫން ގެޓު ނުވަނީ! މަބުނީ ބޭރުގެ އެޖެއްޓުންގެ ބަހައް ރައްތުން ނުގުޑާނޭ ސަބަބެއް ނެތިއެއް! އަނިއާއައް ކެއްނުވާބަޔަކު ކައިރީގަ މިގޮތައް ކަންކުރާށޭ ބުނީމަ ކުރާނޭ! ނޯވޭ ސުއިޒަލެއްޑު ފަދަ ގައުމަކައް އީރާނުގެ އެޖެއްޓުން ފޮނުވައިގެން ރައްޔިތުން ލަވާ އެގައުމުތަކުގެ ސަރުކާރާ ދެކޮޅައް މުޒާހަރާ ނުކުރެވޭނީ ކީއްވެތޯ އަމިއްލަ ބުއްދިން ވިސްނޭ ފެންވަރު މީހުނައް މަކިއާއެއްޗެއް އެނގޭނީ!
ލަވައަލީގެ ލޯބިން ފޮޅޭ ރަތް ފިނިފެންމަލަކީ
09 January 2023
ހަނދާން ކުރަންވީ ތިޔަ އީރާން އެއީ ޝިޔައީންގެ މައި ހަބުކަން އެއީ މުސްލިމުން ނޫންކަން ހަމަ އެމެރިކާ އިޒްރާއިލް ފަދަ ސުންނީ މުސްލިމުން ފޮހެލަން އުޅޭ ބައިގަޑެއް މި ޝިޔައިންނަކީވެސް
ގޮޓްކަލޯ
09 January 2023
ޝިޔައީ އެއް ނޫން. ޝީޢީ
އަހުމަދުގަވާރު ހިސްޓްރީ ދަސްކުރޭ
09 January 2023
އަހުމަދުގަވާރު އިރާގު އެތެރެ ގަޑުބަޑުކުރަން އެޖެންޓުން މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދީ މުޒާހަރާކޮށް ސައްދާމް ހުސައިން ޓެރަރިސްޓަކަށް ހަދަން ވަރުގަދަ ރޭވުންރޭވި އެމަރިކާ އާއި އިސްރާއީލްތިއީ އީރާނާ ހަނގުރާމަ ކުރުމަކީ އިސްރާއީލާ އެމަރިކާއަށް ކުރަން ކެރޭވަރުކަމެއްނޫން އެހެންވެ އީރާނުގެ އެތެރެ ހަލަބޮލިކުރަން އެއުޅެނީ ކަލޭ އަޑުނާހަންތަ އެމަރިކާގެ އާމީޗީފް މާކްމިލޭ އީރާނާ ހަނގުރާމަ ކުރުމަކީ ބިރުން ފިއްކެނޑޭނެކަމެއްކަމަށް ބުނެ ގިސްލިހަދާން
ލެއްގިކޮމިޝަނަރ
09 January 2023
ކަލޭމޭމެން ހީކުރާހާ ބާރުގަދަ ގައުމެއްނޫނޭ އިރާނަކީ. ވައްވަށްޖަހާ ކުއްތާއަކަށް ދައިގަންނާކަށް ނުކެރޭނެ. އުރާނަކީ އޭގެމިސާލެއް. ސުލައިމާނީގެ މަރަށް 3 އަހަރުވިރުވެސް މިކިޔަނީ އެމެރިކާގެ ކިބައިން ބަދަލު ހިފާނަމޭ. މިސޭލެއް ފަލައިޓެއް ވަކިކުރަން ނޭންގޭބަޔަކު ބަދަލުހިފާގޮތް މީގެކުރިން އަހަރުމެން ދެކެފިން. އެމެރިކާއިން ކަމެއްކުރަން ބޭނުންވީމަ އެކަމެއް އެބަކުރޭ. މިކުރަނީ މިކުރަނީ ކަޔާކަށް ނުހަދާ ސުލައިމާނީވެސް މަރާލީ.
އަހުމަދުވަގާރު
10 January 2023
ހައްހައްހައް.އީރާނަކީ ޝިޔާއީން. ﷲ ޝިޔަޢީން ނާ އެކު ވޮވޮޑިގެންނުވާނެ ކަން އެމެރިކާގެ ޗީފަށް ނޭގެނީ ކަން ނޭގޭ. އ
އަފްރާސިޔާބު
09 January 2023
ޚަބަރުގައި އޮތީ އިންގިލާބީ ލަޝްކަރޭ. ރަނގަޅެއްނޫން އެތަން. ރަނގަޅުގޮތަކީ އީރާނުގެ ބަސިޖް ވޮލަންޓިއަރުންގެ މީހަކަށް ވަޅިންނާއި ދަގަނޑުބުރިން ހަމަލާދީ މަރާލި ކަމުގެ ކުށް ސާބިތުވެގެން. ބަސިޖް ވޮލަންޓިއަރުންނަކީ ހަތިޔާރު އެޅި ބައެއްނޫން. ރާއްޖޭގައިނަމަ އެމީހުންގެ މިސާލަކީ ސްކައުޓުންގެ މިސާލު. ހުޅަނގުގެ ނޫސްތަކުން ޚަބަރު ނަގާއިރު ޚާއްސަކޮށް އީރާނުގެ ޚަބަރު ނަގާއިރު ވިސްނާލާތި ކޮއިފުޅާ.
ހޭއަރާށެވެ
08 January 2023
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރުޅިއަންނަނީ އެ ބައިގަނޑު އަޑިން ލާރިޖަހައިގެން އީރާންގެ އެތެރެ ގަޑުބަޑުކުރަން އީރާންގެ ޢައްދާރުން ލައްވައި ކުރި މަސައްކަތް ނާކާމިޔާބުވެ އެޖާސޫސުންގެ ދުވަސް އީރާނުން ދުއްވާލުމާގުޅިގެން މަރުހަބާ އީރާން ތީ އިރާގު ސޫރިޔާ ލީބިއާ ސޫދާން އެއްނޫން
ެައަހުމަދުވަގާރު
08 January 2023
ހައްހައްހައްހާ.އަހަރެން ބަނޑު ހަރުވީ ވެސް އެމެރިކާ އާ ހެދި
މާކުންބެގެ ބޮނބިނަރު ބޯޓު
08 January 2023
@ ވަގާރޫ...ރަނގަޅަށް ތިޔަ ބުނީ. އެހެންވެގެން އެމެރިކާއޭ ބުނާއިރަށް ކޮމެންޓުވެސް ތިކުރީ ނުހުރެވިގެން.
ކިރު ސައި
08 January 2023
ކައިގެން ވަޔެއް ލެވުނަސް އެމެރިކާ
އަހުމަދުވަގާރު
10 January 2023
އެންމެ ބާރުގަދަ ޙަލީފާގެ ވެރިކަން އެއޮތީ އަފްގާނިސްތާނުގަ ގާއިމު ކޮށްފަ.ހައްހައްހާ