ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން އިމާދުއްދީން ސްކޫލުގައި.
09 ޖެނުއަރީ 2023 - 17:59
ނީލަން ފިހާރާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުން އައި މީހުންނަށް ސަރުކާރާއި ކައުންސިލްގެ ކޯޅުމާ ހެދި އަދިވެސް ވަގުތީ ހިޔާއެއް ހަމަނުޖެއްސެ އެވެ.
ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކުގައި 200 އެއްހާ މުވައްޒަފުން ދިރިއުޅުނެވެ. ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 8:00 ހާއިރު އެ އެންމެން ވަނީ ސަލާމަތް ކުރެވުނު ބައެއް ސާމާނާ އެކު އިމާދުއްދީން ސްކޫލަށް ވައްދައިފަ އެވެ.
އޭގެ ފަހުން ނުވަ ގަޑިއިރު ވީ އިރު އެ މީހުން އަދިވެސް އެއްވެސް ގޮތެއް ނެތިފައި އެ ތަނުގައި އެބަތިއްބެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލާ ސުވާލު ކުރުމުން އެ ކައުންސިލްގެ މެންބަރު އާދަމް ރަމީޒް ވިދާޅުވީ، ރައީސް އޮފީހުން ވަކި ގޮތެއް ނުނިންމާތީ މުވައްޒަފުން ތިބޭނެ ތަނެއް އަދިވެސް ހަމަނުޖެއްސޭ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ކޮންމެ ތަނެއް ވިޔަސް މައްސަލައެއް ނެތޭ ފަރުކޮޅުފުށި ވިޔަސް އޯކޭއޭ ނޫނީ ސަލްމާން މިސްކިތް ކައިރީގައި ހުރި ތަން ވިޔަސް ހަމަޖައްސައި ދޭން. އެކަމަކު ރައީސް އޮފީހުގެ ބައްދަލުވުމަކުން ވަކި ތަނެއް ނުނިންމާތީ އަދިވެސް ނުވެފައި މި އޮތީ،" ރަމީޒް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ ވަގުތީ ހިޔާގެ ކަންކަމާ ގުޅޭ ގޮތުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ގުޅަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.
ޑިޒާސްޓާގެ ފަރާތުން އެ މައްސަލާގައި ޖަވާބެއް ހޯދަން ކުރި މަސައްކަތެއް ކާމިޔާބެއް ނުވެ އެވެ. އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ ކޮރަލް ބުލްވަޔަޑް ހަމަޖައްސައިދޭން ކަމަށެވެ.
އެކަމަކު، އެތަނުގެ މައްސަލަ އޮތީ ކޯޓުގައި ކަމަށާއި އެއީ އެ ފަރާތުން ޕްލޭނިން މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ތަނެއް ނޫން ކަމަށް މުއިއްޒަށް ދަންނަވާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަށް ހަމަޖައްސައި ދެވެން އޮތް ތަނެއް ވިއްޔާ ހަމަޖައްސާނެ ވާހަކަ،" އަކްރަމް ވިދާޅުވި އެވެ.
ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ލޭބަ ކުއާޓަރު ރޯވުމުން ހާލުގައި ޖެހުނީ ބަންގްލަދޭޝްގެ ވަރަށް ގިނަ ބަޔަކާއި އިންޑިއާގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަބިލި
10 January 2023
ސިޓީކައުންސިލުން މުއިއްޒު ބޭރުކޮށްފަ އެހެންމީހަކާ ހަވާލްކުރަންފެނޭ.
ކުކްރެއްލާ
10 January 2023
މާލެ ސިޓީ ކައުންސިލަކީ އޮންނަންޖެހޭ އެއްޗެއްނޫނެވެ. މަރުކަޒީ ސަރުކާރު ހިނގާތަނެއްގައި، ސަރުކާރުންދޭ ޚިދުމަތްތައް ދޭންޖެހެނީ ސީދާ ސަރުކާރުގެ މައައްސަސާތަކުންނެވެ. ލާމަރުކަޒު ކުރަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ގާތުން ދިނުމުގެ ބޭނުމުގައެވެ. މާލޭގައި އެޚިދުމަތްތައްދޭން ކައުންސިލެއް އޮންނާކަށް ނުޖެހެއެވެ. ޤާނޫނުއަސާސީ އިސްލާހުކޮށް މާލެސިޓީ ކައުންސިލް އުވާލަން ފެނެއެވެ. މިހާރު އަނެއްކާ މިކަމެއްވެސް ނުކުރެވޭނެ. މޮއޮތީ ދެ ފެކްޝަން. ހެހެހެހެ
ޑެބީ
09 January 2023
މުއިއްޒު ކޮންމެ ކަމެއްގަވެސް ފިތުނަ ފަސާދަ އުފައްދައޭދޯ.
ހަންދަރު ޙަސަނު
09 January 2023
ބަރުލަމާނީގެ ކުދަކުދަ މިސާލެއް ފެނިގެން ތިދަނީ ރައީސާ ބޮޑުވަޒިރުގެ ދެމެދު ގަނަތެޅެން ޖެހޭނެ ނިޒާމަކީ ބަރުލަމާނީ
އިސްތިއުފާ
09 January 2023
މިއީ ފެއިލް ސަރުކާރެއް ކީއްކުރާ ބަޔެއް
48343
09 January 2023
ކައުންސިލްވެސް އުޅެނީ މުޅިން މުސްތަގިއްލު ސަރުކާރެއް ފާޑަށް. ދެން ނުވެނުދާނެގޮތް މިފެންނަނީ.
އަހްމަދް
09 January 2023
ފައިސާއެއް ހަރަދު ކުރަންޖެހޭ ކަމެއް ވިއްޔާ ސަރުކާރު ބޮލަށް. ލާރި ލިބޭ ޕާކިން ސްލޮޓްތަކާ، ޓޭކަވޭ ތަކާ ތަންތަން ކުއްޔަށް ދޭންވީމަ މާލޭ ސިޓީ ކައުންސިލް. އެންމެ ކަމެއް ކިބުނީމަ ހުރި އިހުލާސްތެރިކަން. ޕީޕީއެމް އެކްޓިވިސްޓުްނަށް ބޮޑު މުސާރައިގަ ދީފަހުރި ވަޒީފާތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.
ކޮމެންޓޭ1
09 January 2023
ޢިންޑިޢާ ކުންފުނީގެ މީހުންނަށް ޑިޒާސްޓަރގެ ބަޖެޓު ޢޯޕަން ސިޓީ ކައުންސިލް ވީމަ ބަަންދު
އޮނަރަބްލް އަފީފު ދީދީ
09 January 2023
ތިކަންވެސް "ހިންގާލަން" ފައްޔާޒު އާއި ޙަވާލުކުރޭ. ޕެންޑަމިކްތެރޭގައި ދައުލަތުގެ ޙަޒާނާއިން އެތައްމިލިޔަން ރުފިޔާއާއި ބޭރުގެފަރާތްތަކުގެއެހީގައި އެމީހާހެދި "ބިދޭސީ ހިޔާ" ތައް ކޮބައިތޯ. # ދިވެހިރައްޔިތުން ނިދާނެ ތަނެއް ނުލިބިގެން އުޅޭއިރު 1500 އެއްހާ ބިދޭސި ލޭބަރުންގެ އެކޮމަޑޭޝަން ކޮންމެހެން ނުޖެހޭ މާލޭގެ މެދުތެރޭގެ އެންމެ އަގުބޮޑު ހިސާބުތަކުން ހަމަޖައްސާ ދޭކަށް. ކީއްވެ މަސައްކަތު ގަނޑިއަށް މާލެ އަންނަގޮތަށް އެމީހުން ތިލަފުށީގައި ނުބައިތިއްބަންވީ.
ހަސަންކާރި
09 January 2023
މާޅޭގެ ކަންކަން ނިންމާނީ މާލޭގައި ތިބި މީހުން. ތިބޭޅާ ބެހޭ އައްޑޫ ކަންކަމާ
ކުރު ހަސަނު.
10 January 2023
ކ.އަތޮޅު މާލެއަކީ އެއަތުޅު ގިރާވަރު މީހުންގެ ރަށެއް.
ބޮޑުމީހާ
09 January 2023
މިސަރުކާރަކަށް ނުވާނެ، އެއަށްވުރެ ނާޗަރަންގީ އަދި ސަޅިބައިސާ ބޮޑީ. މާލެ ސަރަހައްދަށް މުއިއްޒުމެން ކޮށްދީފަ ހުރި ކަންތައްތައް 50 އަހަރު ވެރިކަން ދިނަސް މިމީހުންނަށް ނުވާނެ