އެމްއެމްއޭގެ އިދާރާ. ރިޒާވު 800 މިލިއަން ޑޮލަރަށް އަރައިފި--ފޮޓޯ:މިހާރު
10 ޖެނުއަރީ 2023 - 20:23
އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ވަރު 827 މިލިއަން ޑޮލަރަށް އަރައިފި އެވެ.
ދައުލަތުގެ ރިޒާވް 800 މިލިއަނަށް އެރި އިރު މި އަހަރުގެ ބަޖެޓާ ގުޅިގެން އާންމު ކުރި ހިސާބުތަކުގައި ސަރުކާރުން ލަފާ ކުރީ ދައުލަތުގެ ރިޒާވް އަހަރު ނިމޭ އިރު 632 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު އެ އަދަދު ވަނީ ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ވުރެ ވެސް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އޭގެ ކުރީ މަހަށް ވުރެ ރިޒާވް ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.
ރިޒާވް އިތުރުވި އިރު މިދިޔަ މަހު އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކު (އާރްބީއައި) އިން ކަރެންސީ ސްވޮޕްގެ ގޮތުގައި 100 މިލިއަން ޑޮލަރު ނަގައިފަ އެވެ.
ކަރެންސީ ސްވޮޕް ފެސިލިޓީ ރާއްޖެއިން ނަގަނީ އިންޑިޔާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އެގޮތުން 400 މިލިއަން ޑޮލަރު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ނަމަ އެއާ އެއްވަރަށް ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓަން ޖެހޭނެ އެވެ. ކަރެންސީ ސްވޮޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނެގޭ ގޮތަށް އޮތް ނަމަވެސް އެ އަދަދު 400 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ކަރެންސީ ސްވޮޕް ނަގަނީ ސަރުކާރުން ގެރެންޓީ ދޭ ގޮތަށެވެ.
އެކަމަކު ރިޒާވް އިތުރުވުމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ، ވޭތުވެދިޔަ ދެ މަސް ތެރޭ ރިޒާވް އެހާ ބޮޑަށް އިތުރުވީ، ދައުލަތަށް އާމްދަނީ އާއި ބޭރު އެހީގެ ގޮތުގައި އާއި ޓޫރިޒަމް ދާއިރާއިން ލިބުނު ޓެކްސް އިތުރުވުމުން ކަމަށެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ބޭރު ފައިސާގެ ގޮތުގައި ދައުލަތަށް 134 މިލިއަން ޑޮލަރު ލިބުނެވެ.
މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ހުރީ މާޗް މަހު އެވެ. އެ މަހު ރިޒާވްގައި 865 މިލިއަން ޑޮލަރު ހުއްޓެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް 2021 ވަނަ އަހަރު ނިމުނު ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ 985 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ ރިޒާވް، އަހަރު ނިމުނު އިރު ވަނީ އެވްރެޖުކޮށް 800 މިލިއަން ޑޮލަރުގައި ހިފެހެއްޓިފަ އެވެ.
މި އަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައި ވަނީ 606.3 މިލިއަން ޑޮލަރުގަ އެވެ.
އެކަމަކު، މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފފފފފ
12 January 2023
މިހާ ކުއްލިކުއްލިއަށް ލާރިގަނޑު ލިބެންޏާ އާސަންދަ ކެނޑު ސަރުކާރުން ހުއްޓާލާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ކުޑަކުރާނެތާ.. އެނގިދާނެ ތި ރިޒާވްއަށް އިތުރުވާއިރު ރައްޔިތުންގެ އަނގައިގަ ތިއިން ފޮނިރަހައެއް ލަންޏާ.
އަބްޑޫޅް
11 January 2023
އިންޑިޔާ އާއި ގުޅޭ ރިޒާވަކީ އަޅުވެތިކަމުގެ ކަސްތޮޅެއް. ޑެންމާކު، ނޯވޭ، ޔޫކޭ، އިޒުރޭލު، ޖަޕާނު، ސިންގަޕޫރު، ޗައިނާ ފަދަ ހަރުދަނާ ރަށްރަށާ އެކު ކަރަންސީ ސުވޮޕު ކުރަން ފަށަންވީ.
އަސްތާ
11 January 2023
ޔޫޒަބްލް ރިޒާވްގެ ވާހަކައެއް ނޫން އެ ދައްކަނީކީ. އަދަދު ރީތިކޮށް އޮތް ރިޒާވްގެ ވާހަކަ އެ ބުނެލީ.
ތިމާވެށި
11 January 2023
2023 ގައި ބޭނުން ވަނީ އާ ވެރި އެކެވެ.
ޖައިސާމް
11 January 2023
އަންނި އެއް ނޫން އެކަމު
ޔާމިނު
11 January 2023
ހުސްް ދޮގު@@
ސައިލާބު
12 January 2023
މަށަށްވެސް ވައްތަރީ ހަމަ ދޮގާ. 37 ބިލިއަން ރުފިޔާ ޗާޕްކޮށް ރިކަރެންޓް ޚަރަދުކުރުމަށް 400 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފަ ކޮންމެ ކްއާރޓަރއެއްގަ ދިވެހި ވިޔަފާރިވެރިންނަށް ބޮންޑު ވިއްކައިގެން ފައިސާ ނަގާނީ ދައުލަތަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެއްސީތާ. އެހެން ނޫން ނަމަ %18 އިންޓްރެސްޓުގަ 5 މަސްތެރޭ އަނބުރާ ދައްކާގޮތަށް ބޮންޑު ނުވިއްކާނެ.
ގަމާރު
11 January 2023
ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ނުވާވަރުގެ ރިޒާވެއްހަދައިގެން ޕާޓީބާއްވާއިރު މަހަކު 250ޑޮލަރުލިބެނީ ކިޔަވާކުދިންނަށްދޭ ޑޮލަރު މަދުކުރީ ބުލެކްމާކެޓުގައި 17-18 ޑޮލަރެއްލިބެނީ ޔާމިނުގެވެރިކަމުގައި ބޭންކުރޭޓަށް މަގުމަތިން ޑޮލަރުލިބެންފެޝީ ބޭންކުތަކުން ބޭނުންމީހަކަ ޑޮލަރުލިބި ކާޑުންވެސް ބޭނުންވަރަކަށް ޓްރާންސެކްޝަންހެދުނީމައި ގަމާރުސަރުކާރުން އުޅެނީ އެއްމެން ގަމާރުއްނަށް ހަދައިގެން ފިސާރި ވޯޓުލިބޭނެ
ސައީދު.
10 January 2023
މި ރާއްޖޭގަ އެބަތިބި ބިލިއަން ރުފިޔާ،(ޑޮލަރު)އަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގުނާ ލެވޭ ވަރުގެ ބޭފުޅުން. އެބޭފުޅުންނާއި ހަވާލުކުރޭ ގުނަން.
ސައީދޫ
11 January 2023
ދޮގެއް ހަދާއިރުވެސް ރަގަޅަށް ދޮގު ހަދާބަލަ. ބިލިއަނެއް ނޫން ގުނީ. މިލިއަން އަތުން ގުނީ.
ސައީދޫ އަށް ޖަވާބު
11 January 2023
އެއީ މަޖާ ކޮށްލީ އިނގޭތޯ
ކޮރަލް
10 January 2023
ބޮޑު ލޯން އެއް ނަގާ އިރަށް ރިޒާވް މައްޗަށް ދިޔައީ އެވެ. ދެތިން މަސް ތެރޭ ހުސްކޮށްލާ އިރަށް ދަށައް ދިޔައީ އެވެ. ސްޓޭބަލް އެއް ނޫނެވެ. އެންމެ ގިނަ އިން ޑޮލަރު ރާއްޖެއިން ބޭރު ކުރަނީ ބަންގލަދޭޝް މީހުންނެވެ. އެމީހުން ގަވާއިދާ ހިލާފައް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުން ލިބޭ ދިވެހި ރުފިޔާ ޑޮލަރަށް ހަދާ ފަ ބޭރުކޮށްލަނީ އެވެ. ވީމާ ރިޒާވް ގަ ޑޮލަރެއް ހަރެއް ނުލާނެ އެވެ.
އެމްސް
11 January 2023
ދުވަހަކުވެސް ނުދާވަރަށް ރިޒާވް މައްޗަށް ދިއުމާއި، ޑޮލަރުގެ ބްލެކް މާކެޓް އަތްނުފޯރާފަށަށް އެރުމާއި އޮތީ ކޮންގުޅުމެއް ބާ؟
އަބުދުލް ޤާދިރު
10 January 2023
ރިޒާވުގައި ތިހާ ފައިސާހުރެ 4.5 ބިލިޔަން ރުފިޔާގެ ޓީ ބިލް ވިއްކަން އިޢުލާނު ކުރުމުން ތި ފައިސާ ހުރިކަމާމެދު ސުވާލު އުފެދޭ.
އެމްސް
11 January 2023
ނަރީޝް ލައްވާ ގުނުވަމާ!
ކެމްސް
11 January 2023
ނަރީޝް ލައްވާ ނުކެރޭނެ ގުނާކަށް. މިސަރުކާރު ނޫން ކޮންމެ މީހަކު ގުނިއަސް ބުނި އަދަދަށްވުރެ މަދުވެފަ އޮންނާނީ. ދެން އިދިކޮޅޭ ކިޔާފަ ގަބޫލެއްނުކުރާނެ.
ފޮނިފޮނިޓައްޕު ކުމާރު
10 January 2023
އިބޫގެ ކެންޕޭނުގާ މިވާހަކަ ގޮވާލަންޖެހޭނެ.