ރިޕޯޓް

ޖަލު ހުކުމާ އެކު ވެސް ކެންޑިޑޭޓަކަށް: ވާނެ ކަމެއްތަ؟

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް ކުރި ހުކުމުގައި ޖިނާއީ ހުކުމް ތަންފީޒުކުރާ މީހުންނާ މެދު އަމަލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައިވޭ

ރިޝްވަތު ހިފުމާއި މަނީ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލާން ހުކުމް ކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމުން ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައި ވިޔަސް އެ ޕާޓީން ކެނޑިނޭޅި ބުނަމުން އަންނަނީ އިންތިހާބުގައި އެ ޕާޓީން އެހެން ބޭފުޅަކު ވާދަ ނުކުރައްވާނެ ކަމަށެވެ. ހުކުމެއްގައި ހުންނެވި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ވެސް އުނި ނުވާ ކަމަށް ވެސް ގަބޫލުކުރެ އެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ޔާމީންގެ ހުކުމާ ގުޅުވައި ނެރުއްވި ބަޔާނުގައި ދެއްކެވީ އެ ވާހަކަ އެވެ. ސަބަބެއްގެ ގޮތުގައި ދައްކަވާފައި އޮތީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް ޖަލަށް ލާން ކުރި ހުކުމާ ގުޅިގެން މެންބަރުކަމާ މެދު ސުވާލު އުފެދި ސުޕްރީމް ކޯޓުން ނިންމި ގޮތެވެ.

މެންބަރެއްގެ ޝަރުތާ މެދު ހިލާފު އުފެދިއްޖެ ނަމަ ނުވަތަ މެންބަރެއްގެ ގޮނޑި ގެއްލުމާ މެދު ސުވާލު އުފެދިއްޖެ ނަމަ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައި އޮވެ އެވެ. އަދި އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް ލިބިދީފައި އެބަ އޮތެވެ. މި ކަންކަމަށް ރިއާޔަތްކުރުމާ އެކު 2011 ވަނަ އަހަރު ކުރި އެ ހުކުމުގެ ހުލާސާ އަކީ ސުޕްރީމް ކޯޓުން މައްސަލައެއްގައި ނިހާއީ ހުކުމެއް ކުރުމާ ހަމަޔަށް، މެންބަރެއްގެ ޝަރުތާ މެދު ސުވާލެއް ނެތުމެވެ. ޝަރުތު އުނިވާނީ އެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން ކަމަށެވެ.

އެ ނިންމުމަށް ބަލައި، ބައެއް ބޭފުޅުން ވިދާޅުވަނީ ޔާމީންގެ ރިޔާސީ ކެންޑިޑެސީއާ މެދު ފަހު ބަސް ބުނަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ކަފާލާތު ދިނުން އަދި ހުކުމް ތަންފީޒުކުރުން ފަސްކުރުން

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ޖިނާއީ ހުކުމެއްގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމާ މެދު ގޮތެއް ކަނޑައަޅާފައި އެބަ އޮތެވެ. އެ ހުކުމުން، ޔާމީންގެ ވެރިކަމުގައި އެކި ތުހުމަތުތަކާ އެކު ޖަލުގައި ބަންދުކުރި ސިޔާސީ ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަންކުރަން ފަހުން ނިންމި ނިންމުން ބަދަލުވެ އެ ސުވާލުތަކަށް ވެސް ލިބެ އެވެ.

ހުކުމުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 48 އަދި 49 ވަނަ މާއްދާ އަށް ބަލާއިރު ކަފާލާތުގެ ދަށުން މީހަކު ދޫކުރުން ހިމެނިފައިވަނީ ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން، ކުށުގެ ތުހުމަތު އޮތް މީހަކު ދޫކޮށްލާ ހާލަތުގައި ކޯޓުތަކަށް ދީފައިވާ އިހްތިޔާރުގެ ދަށުން ކަމަށެވެ. މިކަމުގައި އަމަލުކުރެވޭނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

"ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފް ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ބާރު ދަށްވާނެ ހުކުމެއް ނޫނެވެ. އަދި އެ ހުކުމެއް ވުޖޫދުވެފައި ނުވާ ހުކުމެއް ކަމުގައި ބަލާނެ ޖާގަ އޮތް ކަމެއް ވެސް ނޫނެވެ. މިފަދަ ހުކުމެއް މީހެއްގެ މައްޗަށް އިއްވުމުގެ ނަތީޖާ އަކީ، އެ ހުކުމް ތަންފީޒުކުރުމަށްޓަކައި އެ މީހެއްގެ މައްޗަށް ހިންގާ އިޖުރާއަތުތައް ހިންގުމުގައި އެ އިޖުރާއަތުތައް ހިންގުމަށް ބޭނުންވާ މިންވަރަށް ގާނޫނުއަސާސީގައި ލިބިދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވާ މީހެއްކަމުގައި ބެލެވުމެވެ."

މިކަން ތަފްސީލްކޮށްދީ އިތުރަށް ބުނެފައިވެ އެވެ.

"... ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި، ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫވުމަކީ، އެފަދަ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމުގައި ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތެވެ."

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ވަގުތު އެ މަނިކުފާނާއި ވަކީލް މުހައްމަދު ޖަލީމް (ވ) ޝަރީއަތުގެ މަޖިލީހުގައި ކޮޅަށް ތެދުވެވަޑައިގެން.

ދުރާލައި ލިޔެފައިވާ ތަފްސީލީ އިޖުރާއަތުތަކެއް ނެތި، ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ނުވަތަ އެ ނޫން އުސޫލެއްގެ ދަށުން ވެސް އިސްތިއުނާފީ މަރުހަލާގައި ދޫވުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި ހާމަކަމާ އެކު އިންސާފުން ޝަރީއަތް ކުރެވުމުގެ މަބްދައާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރްގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ. ހަމަ އެއާ އެކު، އިސްތިއުނާފީ މަރުހަލާގައި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން ކޯޓުތަކުން ދޫކުރަަން ފަށައިފި ނަމަ އެކި ގޮތްގޮތަށް އަމަލުކުރުމުގެ ދޮރު ހުޅުވިދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެ ހުކުމުގައި ވަނީ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމާ މެދު ވެސް ގޮތް ކަނޑައަޅައިފަ އެވެ. ބުނެފައިވަނީ ޖިނާއީ މައްސަލައެއްގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް އޭގެ މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ޖިނާއީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއާތުތަކެއް ނެތް ކަމަށެވެ. މިކަމާ ގުޅުން ހުރި އެހެން ކަންކަމަށް ރިއާޔަތްކުރުމާ އެކު ބުނެފައިވަނީ ޔާމީނަށް އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ.

އެހެންވެ ޖިނާއީ ހުކުމެއްގައި ހުންނަ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އިސްތިއުނާފާ ގުޅިގެން ޖިނާއީ ހުކުމެއް ތަންފީޒުކުރުން ފަސް ނުކުރެވޭނެ ކަމަށް ޔާމީން މިނިވަންވި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކުރިމަތިލެވުނަސް ސަލާމަތެއް ނެތް!

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން" ހިމެނެ އެވެ.

މި ހިސާބުން އެހެން ކަމެއް ފާހަގަވެ އެވެ. ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި ސުވާލު އުފެދުނީ މެންބަރުކަމުގައި ހުންނަވަނިކޮށް އައި ހުކުމަކާ ހުރެ އެވެ. މެންބަރުކަން ނުވަތަ ރައީސް ކަމަށް ކުރިމަތި ލިޔަސް، ޝަރުތު އަންނަނީ ކުރިމަތިލާއިރު ހުރި ހާލަތަށެވެ. އިންތިހާބު ވުމުގެ ކުރިން ވެސް ޝަރުތު އުނިވަނީ އެވެ.

ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފް ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ބާރު ދަށްވާނެ ހުކުމެއް ނޫނެވެ. އަދި އެ ހުކުމެއް ވުޖޫދުވެފައި ނުވާ ހުކުމެއް ކަމުގައި ބަލާނެ ޖާގަ އޮތް ކަމެއް ވެސް ނޫނެވެ: ސުޕްރީމް ކޯޓް

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އޮތް މީހެއްގެ އިންތިހާބީ ޝަރުތު ހަމަވާ ކަމަށް ނިންމެން އޮތީ ވަރަށް ހަނި ހާލަތެއްގައި ކަމަށެވެ. އެއީ އެ މާއްދާގައި އެ ބުނާ "ހުކުމް" އަކީ ދަށު ކޯޓުގެ ހުކުމެއް ނުވަތަ ނިހާއީ ހުކުމެއްތޯ ކޯޓަށް ހުށަހަޅައިގެން ކަނޑައެޅުމެވެ. އެކަމަކު އެއީ ވަރަށް ހަނި ފުރުސަތެކެވެ. ސަބަބަކީ ގާނޫނުއަސާސީގައި އޮތީ "ހުކުމެއް ކުރެވިފައިވާ" މީހަކަށް ނުވުން ކަމަށް ވުމެވެ. ކޮށްފައިވާ ހުކުމެއް ބާތިލް ނުކުރާހާ ހިނދަކު އެ ހުރީ ހުކުމެއްގައި ކަމަށް ވާތީ އެވެ.

"އެ ބުނާ ޖިނާއީ ހުކުމަކީ ނިހާއީ ހުކުމެއް ނޫން ކަމަށް މާނަކޮށްފި ނަމަ އިންތިހާބުގައި ވާދަކުރެވިދާނެ. އެކަމަކު އެހެން ނިންމައިފި ނަމަ އަނެއްކާ މި އޮތީ ސުޕްރީމް ކޯޓުގެ ނިންމުމެއް. އެ ނިންމުމުގައި އެބަ އޮވޭ ޖިނާއީ ހުކުމެއްގައި ހުރި މީހަކު ކަފާލާތުގެ ދަށުން މިނިވަން ކުރާނެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުމުން އެކަން ނުވާނެ ކަމަށް. އަދި އިސްތިއުނާފު ނުވަތަ އެހެން ކަމަކާ ގުޅިގެން ވެސް ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތް ކަމަށް،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކަންކަން މިހެން އޮއްވައި، ބަންދެއްގައި ހުރި މީހަކަށް ކެންޑިޑޭޓަކަށް ވެވޭ ހާލަތުގައި ކެންޑިޑޭޓަކަށް ދޭންޖެހޭ އިންތިހާބީ ހައްގުތައް ދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށް ބޭއްވި ޝަރީއަތް ކުރިއަށް ދިޔައިރު ސަޕޯޓަރުން ކޯޓު ކައިރީގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ކެމްޕޭން ކުރުމަށް ތަންތަން ދިއުމަށް ފުރުސަތު ދޭން އެބަ ޖެހޭ. އިންތިހާބު ވެއްޖެ ނަމަ އެ މީހަކު މަގާމުގެ ޒިންމާ ވެސް އަދާކުރަންޖެހޭ. އެކަމަކު ހުންނަން މި ޖެހެނީ ބަންދުގައި. ސުޕްރީމް ކޯޓުން މި ކަންކަން ކަނޑައެޅި ހުކުމުގައި އެ ބުނަނީ ރާއްޖެއަކު ނެތޭ މި ނިޒާމު ހިންގާނެ ގާނޫނީ އޮނިގަނޑެއް."

ގާނޫނީ ބައެއް ބޭފުޅުން މީގެ އަނެއްކޮޅު ވެސް ދައްކަވަ އެވެ. އެއީ ނިހާއީ ހުކުމެއް ނެތުމުން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ބަލައި އެކަން އެގޮތަށް ކޮށްފައި އަދި އިންތިހާބު ވެސް ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓަފާނެ ހާލަތު ވެސް އޮތުމެވެ. އެހެން ވެއްޖެ ނަމަ، ހުކުމެއްގައި ހުއްޓާ ރައީސް ކަމަށް އިންތިހާބުކުރާ މީހާގެ ރައީސްކަން އަނެއް ދުވަހު ވެސް ގެއްލިދާނެ އެވެ. އިންތިހާބުގައި ވާދަކުރި އެހެން މީހުންގެ ހައްގު ވެސް އުނިވީ އެވެ.

ދެން އޮތީ އަދި މާބޮޑު މައްސަލައެކެވެ. "ވޯޓްދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު" އޮތީ ގާނޫނުއަސާސީން އެންމެންނަށް އަސާސީ ހައްގެއްގެ ގޮތުގައި ދީފަ އެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ނުވަތަ ވަކި ބަޔަކަށް އޮތް ހައްގެއް ނޫނެވެ. ޝަރުތު ހަމަވާ ނަމަ ކޮންމެ މީހަކު ވެސް ކުރިމަތިލާންވީ އެވެ. އޮންނަނީ މިހެންނެވެ؛

● މި ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެންވެ އެވެ.

(ހ) އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެ އެވެ.

(ށ) އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު.

(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު.

ކޮންމެ ހުކުމެއް އައިސްފައި ހުއްޓަސް، ނިހާއީ ހުކުމަށް ނުވާ ނަމަ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ދޭ ނަމަ ޖަލުގައި މިހާރު ހުކުމް ތަންފީޒުކުރަމުންދާ އެތައް ބަޔަކަށް ވެސް އިންތިހާބުތަކުން ފުރުސަތު ލިބޭނެ އެވެ. ކެންޑިޑޭޓަކަށް ވެގެން، ކެމްޕޭނު ކުރުމުގެ ހައްގު ލިބިގެން ޖަލުން ނުކުމެގެން އެ އެންމެން އުޅެން ފުރުސަތު ދެވޭނެތޯ އެއީ އެންމެ ބޮޑު ސުވާލެވެ.

54 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމެރިކަ

13 January 2023

ދެން ނުވަނެ ތިކަމެތް އެހެން މިިހަކުލަ

The name is already taken The name is available. Register?

ރާއްޖެތެރޭމީހާ

12 January 2023

ވައްކަންކުރިމީހާއަށްވެސްވެރިކަމަށްކުރިމަތިލެވޭކަމަށްވާނަމަ މަސްތުވާތަކެތިވިއްކާމީހާއާއިބޭނުންކުރާމީހާވެސްކުރިމަތިލެވޭނެ ކޮންމެކުށެއްގަހުރިމީހެއްވިޔަސްކުރިމަތިލެވޭނެ

The name is already taken The name is available. Register?

ގެދާނޯމޮސް

12 January 2023

ރައީސްޔާމިން އަކީ އަބަދުވެސް ހަނިދޭތެރެއިން ވެރިކަމަށް ވަޑައިގެން ތަރައްގީގެ ފުޅާމަގުން ރައްޔިތުންނާ އެއްސަފެއްގަ ހިިންގަވާ ދުރުވިސްނޭ ބޭފުޅެކެވެ .

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 January 2023

ވޯޓުދޭން މިތިބީ އަހަރެމެން އަހަރެމެން މިބުނަނީ އަހަރެމެންގެ ކެންޑިޑޭޓަކީ ރޔާމީނޭ...އަހަރެމެންވަނީ ރޔާމީނަށް 2023ގެ އިންތިޙާބުގަ ބައިވެރިވާން ޓިކެޓްހަވާލުކޮއްފަ.މިކަން މިނޫން ގޮތަކަށްހެދުމަށް ސަރުކާރުގެ ޕާޓްނަރުންއެއްމެންވެގެން ރޔާމީނަށް ހަރާންހުކުމެކޮށް ޖަލަށްލީ މިކަން ބަދަލުކުރެވޭނީ ސްޕްރީމްކޯޓުން ގޮތެއް ނިންމުން އޭރުންއެއީ ކުރިމަގުގަ ކަންހިގާނެމަގުކަމަށް ދެކި މިހާރުވެރިކަމުގަތިބިމީހުން ވިސްނާއިގެން އިންސާފަށް ހުރަސްނާޅާ އިދިކޮޅަށް ހުރަސްނާޅާނީ

The name is already taken The name is available. Register?

ސަލީމުދީން

12 January 2023

ބަލި މީހުންކޮޅެއް އަދިވެސް މާ ނާމިނު ވެގެން އުޅޭ، އެއީ އެމީހުންގެ މައްސަލައެއް ނޫން.. ކޮންމެ މީހަކަށްވެސް ގޮތެއް ވެދާނެ.. އެކަމަކު އަހަރުން ހެޔޮހާލުގަ ތިބި މީހުން ޔަގީން ކުރަންޖެހޭ ކުއްވެރިއަކު ވެރިކަމަށް ނައުން.. އެކަން އެބީދައިން ވާނެ...

The name is already taken The name is available. Register?

ރުހުނަސް ނުރުހުނަސް މީހަގީގަތް

12 January 2023

ސަލީމްއިދުރީސް ހެޔޮހާލުގަ ތިބޭމީހުންނަ ކީއްވެ ހައްގާ ބާތިލް ވަކިނުވަނީ..އިންސާފާ ބޭއިންސާފް ވަކިނުވަނީ.. އަހަރެމެން މިބުނަނީ ރޔާމީނަށް އިއްވުނު ޙުކުމް ރަގަޅެނޫނޭ އެޙުކުމަށް މަތީދެކޯޓުން ގޮތެއް ނުނިންމަނީސް ރޔާމީނަށް އަހަރެމެން ލޯބިންދިން ޓިކެޓް އެގޮތުގައޮންނާނޭ އަދި މަތީދެކޯޓުން ރޔާމީންގެ ޙުކުމްދެމެހެއްޓިޔަސް ރޔާމީންދެއްކި މީހެކޭ ޕޕމގެ ކެންޑިޑޭޓަކަށްވާނީ ޕޕމއިންނެރޭ މީހެކޭ 2023ގަ ވެރިކަމަށްހޮވޭނީ އިންޝާﷲ މިއީ އަހަރެމެންގެ އުއްމީދު

The name is already taken The name is available. Register?

ޖޭޑު

13 January 2023

ބޮޑު ވައްކަމެއް ކޮށްގެން ހުކުމް ކޮށްފަ އޮތްމީހަކަށް ވެރިކަން ހޯދަދޭން މަސަތްކައް ކުރާނީ އަލުން ވައްކަން ކުރަން ފުރުސަތުދޭން.. އެފަދަ މީހަކަށް ތާއީދު ކުރާނީވެސް އެފަދަބައެއް.

The name is already taken The name is available. Register?

އޭނަ

12 January 2023

އެހެންވީއިރު ކީއްވެތަ 18 ގައި އައްނި އައްކުރިމަތި ނުލެވުނީ!

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 January 2023

18ގަ އައްނިޔަށް އޮތީ ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވާފަ..ކުރިން ދިވެހި ރާއްޖޭގަ ހިގަމުން އައިގޮތަކީ އެއްމެ މަތީ މަރުޙަލާއިން ގޮތެއް ކަޑައެއޅީމަ އެހިސާބުން ރުހުނަސް ނުރުހުނަސް ގޮތް ނިންމިފަ..މިކަންބަދަލުކުރީ ހަމަ ސްޕްރީމްކޯޓިން އަމިއްލަޔަށް އަމިއްލަޔަށް ނިންމާފަހުރި މައްސަލަތައް އަލުން ރިވިޔުކުރަން ހުކުމްނެރުނީ..މިހާރު އައްނިޔަށް ކުރިމަތިލެވެލީ ކުށެއްނެތް މައުސޫމެކަމަށް ކޯޓުން ނިންމައިގެނެނޫން ދައުލަތަށްކުރި އަމުރު އޮތްގޮތަށްއެބައޮތް.

The name is already taken The name is available. Register?

ވަހީދު

12 January 2023

އޮޅުވާލުމާ މަކަރު , ގަތުލްއާމް އަދި ރޮބަރިންޔާ މަނީލޯންޑްރިން ގެ ކުއްސާބިތުވެ ގާނޫނީ ހުކުމެއް އާސްފަ އިން މީހަކައް ވެރިކަމައް އާދެވިގެން އަދި އެފުރުސަތު ދީގެންނެކަމުގަ ނުދެކެން.

The name is already taken The name is available. Register?

ފުންނާބުއުސްމީހާ

12 January 2023

ޓޮމްގެ ބަޔާންކިޔާއިރު، އޭނާގެ ދައްކާފައިހުރި ވާހަކަ ޤާނޫނީ ނަޒަރުން ގޯހެއް ނޫން. ރައީސް ޔާމިން ޖަލުގައި ހުއްޓަސް ޕީޕީއެމުން ދީފައިވާ ޓިކެޓްގެ ސައްޙަކަމަށް އަސަރެއް ނުކުރޭ. ޓިކެޓް ޤަބޫލް އިލެޝަނުން ނުކޮށްފިނަމަވެސް ގޮތް ބުނަން އޮތީ ސްޕްރީމް ކޯޓުން. ދެންއޮތީ، ޤައުމީ މަސްލަޙަތު، އެއީ އިސްތިއުނާފު އަވަސްކުރުވާ، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސްޔާމިންގެ ކޭސް ސްޕްރީމް ކޯޓުން ނިންމުން.

The name is already taken The name is available. Register?

ކ‫ޮންމެވެސް ވަގެއް

12 January 2023

އ‫ަބަދުވެސް ވެރިކަމަށް އަންނަނީ އަރުވާލާފަ ހުރިމީހެއް ނޫނީ ކޮންމެވެސްތާކުން ލާރިގަނޑެއް ކާލާފަ ހުރި މީހެއް , އެމީހުންގެ ވަށައިގެން އެނބުރެނީ ވެސް ހަމަ ދެޖިންސުގެ އެޒާތުގެ މީހުން

The name is already taken The name is available. Register?

ކޮއިފުޅާ ދެލޯ ނުމަރާ

12 January 2023

ހާމިދު ޝާކިރޫ! ނަޝީދަށް އެލިބުނު ފުރުސޮތު ޔާމީނަށް ވެސް އޮތީ ހަމަ އެންމެ ގޮތަކަށް. ޔާމީނު ހަރާމް ހުކުމްޖަހާ ހަޓުކާ ނުދޭ ބަޔަކު ވެރިކަމަށް ފުރަތަމަ ގެނޭ! އެއީ މިނިކާބާޒު ފްރީ ޕީޕީއެމް ތެރޭގަ ނޫނީ ނެތްބައެއް. އެކަމަކު ޕީޕީއެމް ގެންނަ އާވެރިޔާ ފަހުން ޔާމީނުވެގެން އުޅޭނެތޯ؟ މިއީނޫން ސުވާލަކީ:: މިހާރު ޔާމީނުވެގެން ނޭފަތުން ރޯ (ކުރީގައި މައުމޫނުވީ) ވަފާދާރުން އާވެރިޔާއަށް މޮޔަވަން ނަގާނީ ކިތައް ހަފްތާ ބާއޭ؟ މީ އަސްލު ސުވާލަކީ! ދެލޯ ހުޅުވާ ބަލާބަލަ!

The name is already taken The name is available. Register?

ސ‫ްޕްރީމްކޯޓުގެ ފަހުބަސް

12 January 2023

ވ‫ަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއް ދުވަސް

The name is already taken The name is available. Register?

ތި ބީދައިން

12 January 2023

ޔާމީނަށް ދެ ދައުރު ނުލިބި 1 ދައުރު ލިބުނީމަ ވަނީ ވެރިއަކަށްތަ ނޫނީ ވަގަކަށްތަ؟ އިބޫއަށް އަދި އިތުރު 1 ދައުރު ލިބި 2 ދައުރު ވެރިކަންކުރީމަ އެވަނީ ވެރިއަކަށްތަ ނޫނީ ވަގަކަށްތަ؟ މަގާމުގަ ހުރެ މުއްދަތު ދިގުވާ މީހުން ވަގުންނަށްވާނަމަ، މައުމޫން އެވަނީ ވަގަކަށް އަދި އަންނި އެވަނީ ވެރިއަކަށްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454