ބީއެމްއެލްގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗެއަޕާސަން ޔޫޝައު ވާހަކަދައްކަވަނީ-ފޮޓޯ:ނިޝާން އަލީ/މިހާރު
12 ޖެނުއަރީ 2023 - 22:11
ބީއެމްއެލް އިން ތައުލީމު ހާސިލު ކުރާ ކުދިންނަށް ހާއްސަކޮށްދޭ "ކިޔަވާ ލޯނު"ގެ އިންޓްރެސްޓް ރޭޓު ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.
އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ކްރޮސްރޯޑުގައި ބޭއްވި ހާއްސަ ޖަލްސާގައި ޗެއާޕާސަން ޔޫޝައު ސައީދު ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކާއި އަލުން ދޭ ކިޔަވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ފަސް ޕަސެންޓަށް ކުޑަވާނެ ކަމަށެވެ.
މީގެ ކުރިން ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 9 ޕަސެންޓެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު 2021 ވަނަ އަހަރުގެ ޑިސެންބަރުގެ ކުރިން ހުރީ 11 ޕަސެންޓުގަ އެވެ.
ޔޫޝައު ވިދާޅުވީ، މި ބަދަލު ގެނެސްފައި ވަނީ އިންޓްރެސްޓް ބޮޑުވުމުން ބައެއް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާތީ އެކަން ބެލުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ރާވައި ހިންގަމުންދަނީ، ވަކި ވަކި ފަރުދުންނާއި، ޖަމިއްޔާ އަދި ޖަމާއަތްތައް ވެސް ބާރުވެރިކުރުމަށް، ގިނަ ފުރުސަތުތައް ތަނަވަސްކޮށްދެވޭ ގޮތަށް. އަޅުގަނޑުމެންގެ އަމާޒަކީ، އަބަދުވެސް، ދިވެހި މުޖުތަމައު ބޭނުންވާ، ހެޔޮ ބަދަލު ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބީއެމްއެލް ހުޅުވީ އެންމެ 10 މުވައްޒަފުންނާ އެކު ނަމަވެސް، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ބޭންކަށް ވުމަކީ ލިބުނު ބޮޑު ކާމިޔާބީ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ބޭންކުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށް ވުރެ، ހިދުމަތްތައް ފަސޭހަކުރުން ކަމަށެވެ.
ބީއެމްއެލް އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޗެއަޕާސަން ޔޫޝައު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެންމެފަހުން ދިމާވި ދަތި އުނދަގޫ ހާލަތަކީ، ކޮވިޑްގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެއަށްވެސް ދިމާވި ގޮންޖެހުން. މި ހާލަތުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ރައްކާތެރިކަމަށާއި، ބޭންކިން ފަދަ އަސާސީ ހިދުމަތެއް، މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް. މި ގޮތުން މުހިންމު ހިދުމަތްތައް، އޮންލައިންކޮށް ދޭން ފެށުނު،" އޭނާ ވިދާޅުވި އެވެ.
ޔޫޝައު ވިދާޅުވީ، ކޮވިޑާ ގުޅިގެން ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށް، ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދައި 90 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެވުނު ކަމަށެވެ.
އޭނާ ވިދާޅުވީ، ދައުލަތާއި، ދިވެހި ރައްޔިތުންނަށް، މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދޭނެ ކަމަށާއި ކޮންމެފަދަ ހާލަތެއްގައި ވެސް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ ހިދުމަތްތައް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮމާޕުޅު
13 January 2023
އިންޓްރެސްޓް ނުނަގާ ތިވެސް އިސްލާމީ އުސޫލަށް ބަދަލު ކުރަން ވެއްޖެ ކޮންމެ ހުކުރު ޚުތުބާއެއްގަ ގުރުއާނާއި ސުންނަތަށޭ އުޅެންވާނީ ނުކިޔާ
ދހސތވސ
13 January 2023
ތީގެ ކްރެޑިޓް ނަގަން އުޅޭނެ
އެމްސް
13 January 2023
ކިޔަވާ ލޯނު/ގެދޮރު ލޯނުގެ އިންޓަރެސް އިސްލާމިކް އުސޫލަށް، އަހަރުން އަހަރަށް އިތުރުވަމުން ނުދާގޮތަށް ހެދުން މުހިއްމު! ކިޔެވުމަކީ ގިނަފަހަރަށް ވަޒީފާއެއްގެ ބޭނުމުގަ ކުރާކަމެއް! މާނައަކީ ވިޔަފާރި އުސޫލުން އާމްދަނީ އިތުރުވަމުން ދިއުމުގެ އެއްވެސް ފުރުސަތެއް ވަޒީފާވެެރިއަކަށް ނޯންނާނެއޭ!
ޒުވާނުންގެ ރޫޙް ޖަމިއްޔާ
13 January 2023
ކިޔަވަނީ ނުކިޔަވާތިބި ސިޔާސީ ވަގުން ގޮތަކަށް ދިރިއުޅުން ހަރާމް މަގުގައި ކަޑައްތު ނުކުރުމަށް. އެނގިއްޖެތަ އެމްސް؟ ނުކިޔަވާ ޗޯރު ސިޔާސީ ކުލަ ބަދަލުވާ ބޯވަތަކެއްހެން މުޅި ގައުމުގަ ވަކި ހިއްޕާގެން ތިތިބެނީ. ވަރަށް ތާހިރުވާނެ އިންޑިއާގޮތަށް ހުސް ސިޔާސީ ޗމމުސްކުޅިންނަށް ގައުމު ދޫކޮށް ކިޔަވާގެންތިބި މީހުން ހިޖުރަ ކުރާން ފެށުމުން. އޭރަކުން މީހަކު ކިޔަވާފެތީ ކަލޭމެންނަށް ބިރެއް ނެތެއްނު!
ކޯނުކޯކ
13 January 2023
ލޯނުގެނަން ގޯނަށް ބަދަލުކުރަންވީ، އޭރުން ހަލާލުވާނީ. ލޮލް
ކޮމަންސެންސް
13 January 2023
އިހައްދުވަހު ކިޔާއުޅުނު އިންޓްރެސް ފްރީއޭ ؟؟؟ކިހިނެއް މިވަނީ ހަބަރުލިޔާ ކުދިން މިވާގޮތް އޮޅުންފިލުވަ ދީބަލަ ހެޔޮނުވާނެ. ޚަބަރެއް ހަމަ ޖަހާލިޔަކަސް ނުވާނެ
އެމްސް
13 January 2023
ބީއެމްއެލް އިން ހިލޭ ޚިދުމަތެއް ދީފާނެތަ؟ ޔޫއެންޑީޕީން މީހުން ބިނާކުރަން ހިލޭ ދޫކުރި ލޯނުންވެސް، އެޑްމިނިސްޓްރޭޓިވް ޗާޖޭ ކިޔާފަ %5 ނެގި ބަޔެއްގެ ވާހަކަ ތިދެއްކެނީ!
އެމްސް
13 January 2023
ލޯނު ނަގަން އަހަރެއް ހޭދަވަންޏާ ތަރައްޤީވެސް އުޅޭނީ ފިނިހަކަ ދުވެލީގަ!
ކުއްޖާގެ ބެލެނިވެރިޔާ
13 January 2023
ކިޔަވާ ކުދީންނާ މައިންބަފައިންނަށް ތި ލުޔަކަށް ވާނީ މިހާރު ވެސް ކިޔަވަމުންދާ ކުދީންގެ ލޯނުގެ ވެސް އިންޓްރަސްޓް ކުޑަ ކުރިނަމަ އެއްނު. ކިޔަވަން ލޯނު ދެނީ ކިޔަވަން ފަށާ ދުވަހުން ފެށިގެން އިންޓްރަސްޓް އެބަ ޖެހޭ ދައްކަން އަނެއްކާ އިންޓްަރަސްޓްއަށް ދައްކާ % އެއްދުވަހުން އަނެއް ދުވަހަށް ބޮޑު ވަމުން ދަނީ. ކީއްވާނީ ކުއްޖާ ކިޔަވާ ނިމި ވަކި މުއްދަތަކުން ތިޔަ ލޯނުއަށް ލާރި ދައްކަން ފަށަން އޮންނަ ނަމަ.
އެމްސް
13 January 2023
އާޓިކަލް ރަގަނޅަށް ނުކިޔާ ކޮމެންޓް ތިކުރީ!
ބީއެމްއެލް ސަރުކާރު މޮޔަހެއްދުން
13 January 2023
ކިޔަވާ ލޯނޭ! އަނގަ! މޯގޭޖަކަށް ދޭން ޖެހެނީ މާލޭ ގޯއްޗެއް ނުވަތަ ބޮޑު އޮޑިއެއް. ލޯނުގެ %150 ރިކަވާރ ނުކުރާ މޯގޭޖެއް އެއްޗެއް ގަބޫލެއް ނުކުރޭ. ރާއްޖެތެރޭ ގޯއްޗެއް ބަލާ ނުގަނޭ. ލުއި ލޯނެއް އޮތަސް 1 މަހުގެ ފައިސާ ލަސްވިއަސް 24 މަހަށް ލޯނަކަށް ނޭދެވޭ. އާއިލާގެ އާމްދަނީ ހޯދާ އެހެން މީހަކު ލޯނުން ލިބޭނެ އަނިޔާ އަށް ހުށަހެޅުމަކީ ބޭންކުގެ ޝަރުތެއް. ކިޔަވަން ބޭނުންވާ މީހާ އަމިއްލަ އަށް ލޯނަކަށް އެދި އަމިއްލަ ކުރިއަށް ދެވޭނެ އިތުރު އެއްވެސް މަގެއް ނޯވޭ.
އެމްސް
13 January 2023
ކެންޑިޑޭޓަކު ކެމްޕެއިނަށް އެއްލި ބުޅިއެއްގަ ތިޖެހުނީ! ބީއެމްއެލް އަކީ ރިސްކް ފްރީ ބިޒިނަސް ކުރާ ބަޔެއް! އެހެންކަމުން -/100 ރރުފިޔާގެ ލޯނެއް އެތަނުން ދޭނީ ފުރަތަމަ -/200 ރ ބޭންކުގަ ބެހެއްޓީމަ! ބޭންކާ ކުރަން އޮތް ސުވާލަކީ، އެހާ ރިސްކު ފްރީ ކޮށް ކުރާކަމަކުން އެހާ ބޮޑެތި ރިބާ ނަގަނީ ކީއްވެތޯ!
އަހައްމަދޫ
12 January 2023
ކޮބާތޯ ހައުސިންގ ލޯންގެ އިންޓަރެސްްޓް . އެކުޑައެއް ނުކުރޭތޯ. . އެކަހަލަ ވިސްނުމެއް ނެތްތޯ ދިވެހިން ގެ ބޭންކް ދިވެހިންނަށް ފައިދާވާ ކަންތައްތައް ކޮށްދޭން ބަލާއިރު
ނުކުރެވޭނެ
13 January 2023
ހައުސިން ލޯން ކުޑަ ނުކުރެވޭނެ. އެހެން ހަދައިގެން މާކެޓްގެ އަގ ދަށްވެ، މާލޭގެ ކުލީގެ ވިޔަފާރި ދަށްވެދާނެ. ސަބަބަކީ ހައުސިން ލޯން ރޭޓް ދަށް ވުމުން މާކެޓްގައި ވިއްކާ ފްލެޓްގެ އަގުހެޔޮވެ ރައްޔިތުންނަށް ފްލެޓް ގަންނަން ފަސޭފަހުން. އެކަމަކަށް ފުރުސަތުދޭން މާލޭ ބިންވެރިން ބޭނުން ނުވާނެ. ބީއެމް އެލް އާއި ދިވެހި ރާއްޖޭގެ ހުރިހާ ބޭރު އެމްބަސީތަކަކީ މާލޭގެ ރައްޔިތުންގެ ހިބަ މުދާ
ޙިނި
12 January 2023
ހައުސިްނ/ބިލްޑިން ލޯނުއިްނޓަރެސްޓު ކުޑަކުރަން ބުނި ވައުދު ރައީސް ހަންދާ އެބަހުރިތޯ.
ތެޅުމޭ
12 January 2023
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ގައުމީ ބޭންކަށް 40 އަހަރު ފުރިގެންދާއިރުވެސް ބީއެމްއެލް އަށް ކުރާ އިތުބާރު ބޮޑު ކުރަންޖެހެއޭ ބީއެމްއެލް އަށް ހުޅުމާލޭ އިރުން އޮތް ފަޅު އެއްކޮށް ދޭންވީއޭ އެތަން ހިއްކައިގެން އެތަނުން ކޮންމެ ހެކްޓަރެއްގެ ބިމެއް 1 މިލިއަންޑޮލަރަށް ވިއްކާގޮތަށް މަހަކު 1 ހެކްޓަރުގެ 1000 ބިން މިގޮތަށް ވިއްކާނީއޭ 1 ބިލިއަން ޑޮލަރު ކޮންމެ މަހަކު ލިބެންދެން އެއިރުން ދެން ރިސޯރޓްސް ހަދަން ލޯން ދެވޭނެ ނޫންތޭ ބޮޑު އިންޓަރެސްޓް އެއީ ޗާބޫކުން
އާވަސް
13 January 2023
ހުޅުމާ އިރުން އޮތީ ކޮން ފަޅެއް؟