ބޭހެއް: ކުޑަކުދިންނަށް ދޭ ދެ ބޭހެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ސަމާލުވާން ވަނީ އަންގާފައި
12 ޖެނުއަރީ 2023 - 17:32
ކުޑަކުދިންނަށް ދޭ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައިވާ ގޮތުން ތަޣައްޔަރުވެފައިވާ އަދި ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ޑަބްލިއުއެޗްއޯއިން ހެލްތު އެލާޓެއް ނެރެފައިވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭހަކަށެވެ.
އެމްއެފްޑީއޭ އިން ބުނީ އެއީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫން ކަމަށް ވިޔަސް، ބޭސް ސިޓީ ލިޔެދީގެން އެ ބޭސް އެތެރެވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވާން އެދޭ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރާއްޖޭގެ ޕޯޓްތަކުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަމުންދާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެ ދެ ބޭހާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެލާޓް ނެރުނީ އެ ދެ ބޭސް ބޭނުންކުރި އުޒްބެކިސްތާނުގެ ކުޑަކުދިންތަކެއް މަރުވުމުންނެވެ. އެކަމަކު އެލާޓް ނެރުނީ އެ ދެ ބޭހުގައި ވެސް ވަކި މުއްދަތެއްގައި ތައްޔާރުކުރި ބެޗްތަކަކަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދހސތވސ
13 January 2023
ބޭސް އެތެރެކުރުމުގެ ކުރިން ޓެސްޓު ކުރަންވީ. އިންޑިއާއެއް އެހެން ޤައުމެއް ބަލާނެކަމެއް ނެތް
މަނީޖް
15 January 2023
ރާއްޖެއިން ނުކުރެވޭ
ބޭސް
13 January 2023
ބޭހުގެ ވާހަކަ ދައްކަން ލަދުނުގަނޭބާ؟ ކުޑަކުދިންނަށް ދޭން ރާއްޖޭގަމިގެންގުޅޭއެއްވެސް ވައްތަރަކީ އޮރިޖިނަލް އެއްނޫން ހުސް ފޭކު . އަދި މިނޫނަސް ކުޑަކުދިންނަށްދޭ ދިޔާބޭހުގެ ގިނަވައްތަރުތަކަކީ ހުސް ފޭކު ރާއްޖެއިން ބޭރަށް ދަނީ މިބޭސްތައްދީދީ ގޮތެއްނުވެގެން އެހީހޯދައިގެން ، ގޮސް ބޭރުގެ ހޮސްޕިޓަލް ތަކުން ވެސްދެނީ ހަމަ މި ބްރޭންޑުތައް. އެކަމަކު އޮރިޖިނަލް ވީމަ ނަތީޖާ ރަނގަޅުވޭ. ބޭހުންވެސް ފައިސާ ކާން ހަދައިގެން ދަރިންކޮޅުހަލާކުވަނީ ނިކަމެތިންގެ.
ނައްސް
13 January 2023
އަދިވެސް ސަމާލުވާންތަ މިޖެހެނީ އެބޭސް ތައް ނައްތާލަންވީ މިވާހަކަ ވެސް ބުނަން ޖެހެނީ ރައްއިތުންތަ ބޯހަލާކު
އެމްސް
13 January 2023
ސިވިލް ސާވިސްގެ ކޮންމެ ވަޒީފާއަކީ އޭސީ ދަށުގަ އަދާ ކުރަން ޖެހޭ ވަޒީފާއަކަށް ވެގެން ދިޔަ ދިއުމުންވެސް މުޅި ޤައުމު ފުރުނީ ބިދޭސީންގެ އާބާދީއަކުން! ތިޔަކަމަށްވެސް ނެރެން ތިބޭނީ ބޮންދުން!
LaamuonlineDOTcom
13 January 2023
ބަޔަކުމަރުވީމަ ބޭހުގަ މައްސަލައެއް އުޅޭކަން އިންސާނުންނަށް މިރޭކާލަނީދޯ؟
އެމްސް
13 January 2023
ކަމަކަށް ވާކަހަލަ ކަމެއް ވެގެން، ސަރުކާރު ތަނަކަަށް ގޮއްސިއްޔާ މަރުނޫން ގޮތެއްވެސް އޮންނާނީ 24 ގަޑި އިރު ކަންކަމާއި ބެހޭ ސްޕެޝަލިސްޓުން ހޮސްޕިޓަލްގަ ބޭތިއްބިގެން! ކަންކަމަށް ޚާއްސަ ޑޮކްޓަރުންވެސް އިދާރީ މުވައްޒަފުންހެން، 2 ޖެހީމަ ދެން ނުބޭތިއްބެންޏާ 24 ގަޑި އިރު ހޮސްޕޓަލް އެއް އެބެހެއްޓެނީ ނަމެއްގަ!
ކަރަންޓޭ
13 January 2023
މާރާމާރީހިންގުމަށާއި އަލފާންރޯކުރުމަށްބޭނުންސާމާނަށްއާއްމުންސަމާލުވާތި ހަމަމިކަހަލަވާހަކައެއް މިރާއްޖެއަށްއެތެރަނުކުރާއެއްޗަކަށްސަމާލުވާން އެކަމާއިގުޅޭމުއަށްސާއިންއިއުލާންކުރީއޮޅުމަކުންހެންހީވޭ
ކޮރަލް
12 January 2023
އާއްމު ބަލިތަކަށް ފުރަތަމަ ދޭން ވީ ގުދުރަތީ ފަރުވާ އެކެވެ. އޭގެ އިން ރަނގަޅު ނުވާނަމަ ނޫނީ ބޮޑު ވަރު ވާނަމަ ޑޮކްޓަރަށް ދާން ވީ އެވެ.
އެމްސް
13 January 2023
އެކަށީގެންވާ ޢަދަދަށް ޑޮކްޓަރުން ނެތިއެއް ތިޔަކަމެއްވެސް ނުހިންގޭނެ! ހުރިހާ ސަރުކާރަކުންވެސް ކުރަނީ ދާދި 1 ކަމެއް، ކޮންކްރީޓް! ބޭރުގެ ބައެއް ހޮސްޕިޓަލް ތަކުގަ ޙަކީމީ/ޤުދުރަތީ ބޭހާއި، މިޒަމާނުގެ ޑޮކްޓަރީ ބޭސް، 1 ފުރާޅެއްގެ ދަަށަށްވެސް ގެނެއްސަ އެބަހުރޭ! އަދި ރަގަނޅަަށް ފަރުވާދޭ ހޮސްޕިޓަލްތަކުން ވީހާވެސް ބޭސް ނުދީ، ކާނާގެ ބާވަތްތަކުންނާއި ދިރިއުޅުމުގެ އާދަތަކުން ބަލިބައްޔާއި ދުރުގަ އުޅެން ދަސްކޮށްދީ، ބާރުވެސް އަޅާ! ހެސްކިޔާފަ ބޭސް ވިއްކާކަށް ނޫޅޭ!
ޖަމީލާއްތަ
12 January 2023
ޚަބަރު ރަނގަޅަށް ކިޔާލިނަމަ ޖަމީލުބެޔަށް އެނގުނީސް މީ ރާއްޖެ އެތެރެކުރުން މިހަަރުވެސް މަނާ ބޭސްތަކެއް ކަމާ, މި ބޭސްތައް އެއްވެސް ބޭސް ފިހަަރަޔަކު ވިއްކަން ނުހުންނާނެކަން
ޖަމީލުބެ
12 January 2023
ބަޔަކު ހައިރާނެއް ނުވާނެތަ؟ ނުރައްކައުތެރި ވިހަ މާއްދާ އެކުލެވޭނަމަ، ކަމާ ބެހޭ އިދާރާގެ ޒިންމާއަކީ، އެހުރިތާކުން އެތަކެތި ނަގާ ނައްތާލުމެއް ނޫންތަ؟ އަހަރެމެން ސަމާލުވުމަށް އިއުލާން ނެރުމުން އެބޭފުޅުންގެ ޒިންމާ އަދާވީ؟
ރަނގަޅަށް ކިޔާލާ
12 January 2023
ޙަބަރު ރަނގަޅަށް ކިޔާލިނަމަ އެނގޭނެ ރާއްޖޭގަ ހުރި ބޭހެއް ނޫންކަން
ޖަލީލުބެ
12 January 2023
ޙެޔޮނުވާނެ ހަބަރު ކިޔާލަބަ، ސަމާލުވާން އެނގީ އަތްދަބަސްމަތީ ދަތުރުވެރިއެއްގެ އަތުން ކޯފްސިރަޕް ގެނެވިދާނެތީ ބޭސްސިޓީ ދައްކާފަ. މިތާ ފިހާރައިގަ ވިއްކާބޭހެއްނޫނޭ އެއޮތީ.
ޙުގެނޭށޭ
12 January 2023
ޙަބަރު ނުކިޔާ ތިފުންމާލީ ކޮމެންޓުސެކްޝަނަށް. ދެރަކަމެކޭ
ނިޒާރު
12 January 2023
ޖަމީލުބޭ ފުރަތަމަ ކުރަންވީ ކަމަކީ ހަމަ އެކަނި ސުރުހީ ކިއުމުގެ ބަދަލުގަ ހަބަރު އެއްކޮށް ކިޔަން އާދަކުރުން.
ޖަމީލާއްތަ
13 January 2023
ހާދަހައި ނޫސްކިޔާ މީހެއްހެން ހީވޭ