ޚަބަރު

ބޭސް ވިއްކާ ބްރޭންޑްގެ ނަން ބޭސް ސިޓީން "ފޮހެލަނީ"؟

ބޭސް ފިހާރައަކުން މީހަކު ބޭސްތަކެއް ގަންނަނީ: ބްރޭންޑް ނަމުން ރާއްޖޭގައި ބޭސް ލިޔެދިނުން ހުއްޓާލުމަށް ޕޮލިސީއެއް އަންނަނީ ހަދަމުން. --ފޮޓޯ/މިހާރު

ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ބޭސް ސިޓީގައި ލިއުން ހުއްޓާލައި، ޖެނެރިކް މެޑިސިން ޕްރިސްކްރައިބިން ނުވަތަ ބޭހުގެ އަސްލު ނަން ލިޔާ ގޮތަށް ހަމަޖައްސަން، ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

މިކަމަށް ތައްޔާރުވުމަށް މާލެ އާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުންނާ އެކު އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ބައެއް ގައުމުތަކުގައި އަމަލުކުރަމުން އަންނަ މި އުސޫލު، ރާއްޖޭގައި ތައާރަފްކުރަން އުޅޭ ކަން ސަރުކާރާއި ހެލްތު މިނިސްޓްރީން ރަސްމީކޮށް އަދި ވާހަކަ ނުދެއްކި ނަމަވެސް މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން "މިހާރު"އަށް ވިދާޅުވީ އާސަންދަގެ ވިނަވި ޕޯޓަލް ތެރެއިން ޑޮކްޓަރުން ބޭސް ލިއެދޭއިރު ވިސްނުމަކީ ބޭހުގައި ޖަހާފައި އޮންނަ ވަކި ބްރޭންޑެއްގެ ބަދަލުގައި ޖެނެރިކް ލިއެވޭ ގޮތަށް ހެދުމެވެ. އެކަމަކު ބަލި މީހަކު ގާތްގަނޑަކަށް 15 އަހަރު ވަންދެން އެއް ބްރޭންޑެއްގެ ބޭހެއް ކާ ނަމަ، ސަބަބުތަކާ އެކު އެ ބޭސް ލިއެދިނުމުގެ އިޚްތިޔާރު ޑޮކްޓަރަށް ލިބޭ ގޮތަށް ހަދާނެ ކަމަށްވެ އެވެ.

ޖެނެރިކް ނަމަކީ އެ ބޭހެއްގެ އަސްލު ނުވަތަ ކެމިކަލް ނަމެވެ. ބްރޭންޑް ނަމަކީ ބޭސް އުފައްދާ، މާކެޓްކޮށް ވިއްކާ ކުންފުނިން ދޭ ނަމެވެ. އެއް ބޭހެއް ތަފާތު ނަންނަމުގައި، އަދި ތަފާތު އަގުތަކުގައި އެކި ކުންފުނިތަކުން ވިއްކަ އެވެ.

އެއް ބޭހެއް ތަފާތު އެކި ބްރޭންޑް ނަމުގައި ވިއްކާ.

މިސާލަކަށް ޕެރެސެޓަމޯލް އެކި ކުންފުނިތަކުން ބްރޭންޑްކުރަނީ އެކި ގޮތަށެވެ. މި ބޭސް ޕެނަޑޯލް، ޑައިމެޑޮން، ޕެނަމެކްސް، ކެލްޕޯލްގެ ނަމުގައި ވެސް ވިއްކަ އެވެ. ޑައިބެޓީސްއަށް ދޭ ބޭހުގެ ޖެނެރިކަކީ "މެޓަފޮމިން" އަށް ވިޔަސް، މިސާލަކަށް ބްރޭންޑުގެ ނަމެއްގެ ގޮތުގައި "ގުލްކޮފޭޖް" ލޭބަލާ އެކު ވެސް ވިއްކަ އެވެ.

ސަރުކާރުން ގެންނަން މިއުޅޭ ބަދަލުން، ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން (މިސާލަކަށް ޕެރަސެޓަމޯލް) ނޫން ނަމެއް ޑޮކްޓަރުންނަކަށް ނުލިޔެވޭނެ އެވެ. ބޭސް ސިޓީގައި ޖެނެރިކް ނަން ޑޮކްޓަރުން ލިއުމުން، ދޫކުރާނީ ޕެރަސެޓަމޯލްތޯ ނުވަތަ ޕެނަޑޯލްތޯ، ޕެނަމެކްސް ބްރޭންޑްތޯ ނިންމާނީ ފާމަސިސްޓެވެ.

މިއާ އެކު ލިބޭނެ އެއް ފައިދާއަކީ ޑޮކްޓަރު ބޭސް ސިޓީގައި ލިއެދޭ ބްރޭންޑް ނުލިބިގެން އުފުލަން ޖެހޭ ތަކުލީފު ވަރަށް ބޮޑަށް ލުއިވެގެން ދިއުމެވެ. ބޭސް ސިޓީގައި ޑޮކްޓަރު ލިޔެދޭ ވަކި ބްރޭންޑް ލިބެންދެން ބޭސް ފިހާރަތަކަށް ބަލިމީހާ ދާން ޖެހުމަކީ ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. އެހެން ނަމެއްގައި، އެއްފެންވަރެއްގެ އެއް ފައިދާއެއް ލިބޭނެ ބޭސް ލިބެން ހުރި ކަމަށް ބުންޏަސް ގިނަ ފަހަރަށް ބޭނުންވާނީ ޑޮކްޓަރު ލިއެދިން ބްރޭންޑެވެ. އެއްވެސް ފާމަސީއަކުން ސީދާ އެ ބްރޭންޑް ހޯދަން އުނދަގޫވެއްޖެ ނަމަ އަނެއްކާ ބޭސް ސިޓީ ހިފައިގެން ހޮސްޕިޓަލަށް ގޮސް ކިޔޫގެ ދޭތެރެއަކުން ޑޮކްޓަރުގެ ކޮޓަރިއަށް ވަދެ ބޭސް ނުލިބުމުގެ ޝަކުވާ ކުރުމުން އެހެން ބްރޭންޑެއް ލިއެދީފައި އެބަ ހުއްޓެވެ. ދެން އެ ބްރޭންޑެއް ރާއްޖެ އިން ނުލިބެއްޖެ ނަމަ ބޭރުން ވެސް އެބަ ގެނެ އެވެ.

ރާއްޖޭގައި ފާމަސީތަކުގައި ވިއްކޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތަކެވެ.

ބޭހުގެ އަގު ބޮޑުވި ވަރަކަށް ކޮލިޓީ ރަނގަޅުވީ؟

ފާމަސޫޓިކަލް ކުންފުނިތަކުން ބްރޭންޑް ނަމުން ބޭސް ވިއްކަނީ ވިޔަފާރީގެ ބޮޑު ފައިދާއެއް ހޯދުމުގެ ނިޔަތާ ވެސް އެކުގަ އެވެ. ގިނަ ބޭސްތަކުގައި ބްރޭންޑް ނަން ސާފުކޮށް ފެންނަ ގޮތަށް ލިއެފައި ހުންނައިރު، ޖެނެރިކް ނަން ކޮންމެވެސް ދިމާލެއްގައި ކުޑަކޮށް ލިއެފައި ހުރެ އެވެ. އެއް ބޭހެއް، އަގުގެ ބޮޑު ފަރަގަކާ އެކު ތަފާތު ނަން ނަމުގައި ރާއްޖޭގައި ވެސް ވިއްކަ އެވެ.

އަގު ބޮޑުވި ވަރަކަށް ބޭހުގެ ކޮލިޓީ ރަނގަޅުވޭ ހެއްޔެވެ؟ މި ވިސްނުމަށް ބުރަވިޔަސް އެއީ މުޅިންއަކުން ހަގީގަތެއް ނޫން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. އެކި ބްރޭންޑްތަކުގެ ނަމުގައި ވިއްކާ ބޭހުން ވެސް ފައިދާވާނީ، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ޖެނެރިކް ބޭހާ އެއްވަރަކަށެވެ.

އެމެރިކާގެ އެފްޑީއޭ އިން ބުނާގޮތުގައި ޖެނެރިކް ބޭހަކީ ހުއްދަ އޮންނަ ބްރޭންޑަކާ އެއްގޮތަށް އުފައްދާ ބޭހެވެ. ބޭހުގެ ޑޯޒޭޖް ފޯމާއި ސްޓްރެންތު، ހަށިގަނޑަށް ވާސިލްކުރާ ގޮތާއި ބޭހުން ކުރާ މަންފާ އާއި ކޮލިޓީ އެއްގޮތްވާން ޖެހެ އެވެ.

އަލަށް އުފައްދާ ބޭސް ތައްޔާރުކުރާ ކުންފުންޏަށް އޭގެ ޕޭޓަންޓް ހައްގު 20-25 އަހަރަށް ލިބެ އެވެ. އޭގެ ފަހުން އެ ބޭހުގެ ކެމިކަލް ބޭނުންކޮށްގެން އިތުރު ކުންފުނިތަކަށް އެ އުފެއްދުމުގެ ފުރުސަތު ލިބެ އެވެ.

ފާމަސީއެއްގައި ވިއްކަން ބަހައްޓާފައި ހުރި ބޭސްތަކެއް: ސަރުކާރުން ގެންނަން އުޅޭ ބަދަލާ އެކު ބަލިމީހާ އަށް ދޫކުރާނީ ކޮން ބްރޭންޑެއްގެ ބޭހެއްތޯ ނިންމާނީ ފާމަސިސްޓް. --ފޮޓޯ/މިހާރު

އެހެންކަމުން، ޖެނެރިކް ޕްރިސްކްރައިބިން ތައާރަފްކޮށްފި ނަމަ އެއް ފައިދާއަކީ ބޭހަށް ކުރާ ޚަރަދު ކުޑަވުމެވެ. ސަރުކާރުން ރައްޔިތުންނަށް ހިލޭ، އިންޝުއަރެންސް ފޯރުކޮށްދޭ އާސަންދަ ސްކީމުގެ ހޭދަ އަހަރުން އަހަރަށް އެތައް ގުނައެއް ބޮޑުވެގެންދާއިރު، ހިސާބުތަކުން ފެންނަން އޮތީ ބޭހުގެ ހަރަދު ވެސް ބޮޑުވާ ތަނެވެ.

ބޭހުގެ ކޮލިޓީ އެމްއެފްޑީއޭއަށް ކަށަވަރު ކުރެވޭނެ؟

ބްރޭންޑް ނަން ބޭސް ސިޓީން "ފޮހެލަން" ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިކަމަށް ތައްޔާރު ހެއްޔެވެ؟ ޖެނެރިކް ނަން ލިއަން ފެށީމާ ބަލި މީހާއަށް ދޭނީ މިވެނި ބްރޭންޑެކޭ ބުނުމުގެ އިޚްތިޔާރު ޑޮކްޓަރަށް ގެއްލުނީ އެވެ. ވިއްކާނީ ކޮން ކުންފުންޏެއްގެ ބޭހެއްތޯ ފާމަސިސްޓަށް ނުވަތަ ބޭސް އެތެރެކުރާ މީހުންނަށް ދޫކޮށްލާއިރު، ބޭހުގެ ކޮލިޓީ އެމްއެފްޑީއޭ އަށް ނުބެލޭ ނަމަ އެއީ މައްސަލައެކެވެ.

"އާސަންދަ ސްކީމުގެ ތެރެއިން ބޭސް ދޫކުރާއިރު ޖެނެރިކް ނަން ލިއުމަކީ މައްސަލައެއް ނޫން. ބޭސް ލިއުމުގައި މިގޮތަށް ސްޓްރިކްޓް ވަންޏާ އެބަ ޖެހޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސްޓޭންޑަޑްތައް ވަރަށް ބޮޑަށް ރަނގަޅުވާން. ހުރިހާ ބޭހެއްގެ ކޮލިޓީ ރަނގަޅަށް އެބަ ބެލެހެއްޓެން ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޑޮކްޓަރަކު ވިދާޅުވި އެވެ.

ޖެނެރިކް މެޑިސިން ޕްރިސްކްރައިބިން ޕޮލިސީގެ ދަށުން ފާމަސިސްޓް ބޭނުންވާ ބޭސް ދިނުމުގެ އިޚްތިޔާރު ދޫކޮށްލުމަކީ ބައެއް ޑޮކްޓަރުންގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ. އެއް ޑޮކްޓަރަކު ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެސްޓީއޯގެ ބޭސް ފިހާރަ އިން މީހަކަށް ބޭސް ދޫކުރަނީ: ސަރުކާރުން ޕޮލިސީއެއް އެކުލަވާލަމުން އަންނަނީ ބްރޭންޑް ނަމުން ބޭސް ނުވިއްކޭ ގޮތަށް. .---ފޮޓޯ/މިހާރު

އެމްއެފްޑީއޭއިން ބޭހުގެ ކޮލިޓީ ބަލަހައްޓަމުން އަންނަ ގޮތާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ހުއްދަ ދީފައިވާ ބޭސްތައް އެކަނި ވިއްކޭއިރު ރާއްޖޭގެ ހުރިހާ ފާމަސީތަކެއް އަހަރަކު ހަތަރު ފަހަރު އިންސްޕެކްޓްކުރާ ކަމަށާއި ކޮލިޓީ ދަށް ބޭސްތައް އެތެރެކުރަން ހުއްދަ ދީފައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތައް ނެޝަނަލް ހެލްތު ލެބޯޓްރީން ޓެސްޓްކުރާއިރު 68 ޖެނެރިކް ޓެސްޓްކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ.

"އަޅުގަނޑުމެން ހަދާ ގޮތަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ ކުރިން، އެ ބޭހެއް އެހެން ގައުމެއްގައި ރަޖިސްޓަކުރުން ޝަރުތުކޮށްފައި އޮންނަނީ. ޓެސްޓިން ކެޕޭސިޓީ ނެތީތީވެ ރިޕޯޓްތައް ވެސް އެ ބޭސް ކުރިން ރަޖިސްޓާކޮށްފައި އިންނަ ގައުމުން ބެލޭ، އެގޮތަށް ކޮލިޓީ އެންޝުއާ ކުރެވޭ،" އެމްއެފްޑީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ފާމަސީތަކުން ބޭސްތައް ނަގައިގެން ބޭރަށް ފޮނުވައިގެން ވެސް އެމްއެފްޑީއޭ އިން ޓެސްޓް ކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނެޝަނަލް ލެބޯޓްރީ މިހާރަށް ވުރެން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މިކަމަށް ވަގުތުކޮޅެއް ނަގާނެތީވެ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ސިންގަޕޫރުގެ ލެބޯޓްރީއަކާ އެކު ވަނީ ބޭސް ޓެސްޓްކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ރާއްޖެއިން އަމަލުކުރަމުން އަންނަ ގޮތަކީ، އަހަރަކު 3-4 ފަހަރު މާކެޓުން ބޭސް ނަގައިގެން ޓެސްޓްކުރަން ފޮނުވުމެވެ. ޓެސްޓްކުރާ ބޭސްތަކާ ގުޅޭ ރިޕޯޓް އެމްއެފްޑީއޭގެ ވެބްސައިޓުގައި އާއްމު ކުރެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ލެބޯޓްރީއަށް ގެންނަ ކުރިއެރުމާ އެކު ކޮލިޓީ ދަށް ބޭސްތައް ފާމަސީތަކުން ނުވިއްކޭނެ ކަން މިހާރަށް ވުރެން ބޮޑަށް ކުރިއަށް އޮތް ތަނުގައި އެ އޮތޯރިޓީއަށް ކަށަވަރުކުރެވޭނެ އެވެ.

"ވަކި ބްރޭންޑްތަކެއް ފާމަސީގައި ބެހެއްޓުމަށް ވުރެން، އަޅުގަނޑުމެން ބާރު އަޅަނީ އެސެންޝަލް ހުރިހާ ބޭހެއް ފާމަސީގައި ހުންނަން ވާނެއޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އެއް ކޮލިޓީއެއްގެ ބޭސްތައް ބޮޑު އަގުގައި ވިއްކާ ކަން އިންސްޕެކްޝަންތަކުން ފާހަގެވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ އެއް ކޮލިޓީއެއްގައި، އިންޑިއާގެ ބްރޭންޑާއި ޔޫކޭ ބްރޭންޑްގައި ގާތް ގަނޑަކަށް 10ރ. ގެ ފަރަގު ވެސް ހުންނަ ކަމަށެވެ.

ސަރުކާރުން ތައްޔާރުވިޔަސް މިއީ ފަށަން އެހާ ފަސޭހަ ކަމަކަށް ވެދާނެތޯ ސުވާލު އުފެދެ އެވެ. އެއް ކަމަކީ ވިޔަފާރީގެ ނުފޫޒު ފަދަ ބޭރުގެ ފާމަސޫޓިކަލް ކުންފުނިތަކާ، ރާއްޖެއަށް ބޭސް އެތެރެކުރާ ބައެއް ކުންފުނިތަކުން ގުޅި ޒަމާންތަކެއް ވަންދެން ހިންގަމުން އައި ވިޔަފާރިއަށް ލޮޅުން އެރުމެވެ. އަނެއް ކަމަކީ، ޑޮކްޓަރުން ބޭނުންވާ ބޭސް ދޫނުކުރެވި ބޭހުގެ ބޭނުން ބްރޭންޑެއް ވިއްކަން ފާމަސީތަކަށް ލިބޭ އިޚްތިޔާރާ އެކު އެމްއެފްޑީއޭއަށް ރަނގަޅަށް ކޮލިޓީ ބެލެހެއްޓޭނެތޯ އުފެދޭ ސުވާލެވެ.

އެކަމަކު، ސިއްހީ ދާއިރާގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނައިރު ބޭހުގެ ކަންކަމުގައި ދިމާވާ މައްސަލަތަކަކީ ވެސް ދާއިމީ ރަނގަޅު ހައްލެއް ހޯދިދާނެ ކަމެކެވެ.

65 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 3%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންބާ ދަ ގްރޭ ކެޓް

07 November 2021

އިންޑިޔާއޭ ފެންވަރޭ ފަޅޮލޭ ކިޔާނެކަމެއްނެތް މިރާއްޖޭގައި ވިއްކާ%90 ބޭސް އެތެރެ ކުރަނީ އިންޑިޔާއިން! ތިޔަހާ ލިބޭ މީހަކުވީޔާ ޔޫ.ކޭ އިން ޑީ.އެޗް.އެލް ގަ ގެނޭ

The name is already taken The name is available. Register?

ރަމަ

27 December 2020

މީވަރަށްރަގަޅު ނިންމުމެއް މިސާލަކަށް އެސެޓެމިނޯފިން ލިޔެފިއްޔާ އެއީ ޕެނަޑޯލް ނުވަ ތަ ޕެރެސެޓަމޯލް ނުވަ ކަލްޕޯލް ނުވަތަ އުފަމޯލްކަން ފާރމަސިސްޓަށް އެގެން ވާނެއެވެ. ބަލިމީހާ ދެކޮޅަށް ދުވުން ހުއްޓުމަކަށްއަންނާނެއެވެ. މީވަރަށްރަގަޅު ނިންމުމެއް.

The name is already taken The name is available. Register?

ނަހޫ

27 December 2020

ވީ ވަރަށް ވިޔާނުދާ ކަމެއް. ދޭނެ ބޭހުގެ ބްރޭންޑް ނިންމުމުގެ ބާރު ފާރމަސީއަށް އޮންނަންޏާ ޑޮކްޓަރުންވެސް ވާނީ ބޭކާރެއްނޫންތޯ؟. މިސަރުކާރުން އެބަ ނިންމާތަ ހޭޖެހޭ ނިންމުމެއް؟.

The name is already taken The name is available. Register?

ޖޯޖް

26 December 2020

ހުސް ޑޮކްޓަރުން ތިރިގަ ކޮމެންޓް ކޮއްފަ މިތިބީ އެވެސް ރޯނުއެދުރު ބަލީގެ ޑޮކޮްޓަރުން

The name is already taken The name is available. Register?

ކުއްޓި

26 December 2020

ޙާދަހާ ރުޅިއެކޭތިދުރުވީ ... ތިބޭފުޅާތީ ފާމަސީ ހިންގާ ބޭފުޅެއްތޯ.

The name is already taken The name is available. Register?

ޖޯޖް

27 December 2020

ކުއްޓި ދެން ރޯނުއެދުރު ނުހެދި ހުރެބަލަ

The name is already taken The name is available. Register?

ޙަސަން.

26 December 2020

ރަގަޅު ގައުމު ތަކުގެ ބޭހުގެ ބަދަލުގައި އިންޑިއާގެ ކޮލިޓީ ދަށް ބޭސްތައް ވިކޭނެ ގޮތް ހަދަނީ. މިހެން ހެޑްލައިން ވެސް ލިޔަންވީ.

The name is already taken The name is available. Register?

ހަކީމް

26 December 2020

ލިޔުމުގައި އެބައޮތް " ބޭހުގެ އަގު ބޮޑުވި ވަރަކަށް ކޮލިޓީ ރަނގަޅުވޭ " ހަމަ އެއާ އެކު ލިޔުން ނިންމަލުމުން އެބައޮތް " އެމްއެފްޑީއޭއަށް ރަނގަޅަށް ކޮލިޓީ ބެލެހެއްޓޭނެތޯ އުފެދޭ ސުވާލެވެ " ....

The name is already taken The name is available. Register?

ޑޮކްޓަރެއް

26 December 2020

ހަގިގަތުގައި މިއީ ކުރަން ހެޔޮވާ ވަރުކަމެއްނޫން. މިއަދާއި ހަމަޔަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ބަލާނަމަ މިހާރުވެސް ދިވެހިރާއްޖޭގެ ބޭސް ފިހާރަތަކުގަ، އިންޑިޠާގެ ގާބޭޖް މަދެއްނޫން. ދެން ފެންނާނީ، ކިރިޔާވެސް ފެންވަރެއް ހުރި ބޭސްތައް ބޭސް ފިހާރިތަކުން ގެއްލޭތަން. ﷲ ސުބުހާނަހޫ ވަތަޢާލާއައި މިގައުމުގެ ރައްޔިތުންނާއި ވަކީލް! މިވެސް ދުވަހެއް. މިދުވަސް ވެސް ހިގައިދާނެ.

The name is already taken The name is available. Register?

އަލި

26 December 2020

ފާމަސިސްޓަކު ބޭނުން ބޭހެއް ދޭ ގޮތަށް އޮތުމަކީ ރައްކާތެރި ގޮތެއްނޫން. ގޮތެއްނޫން.

The name is already taken The name is available. Register?

ބާބާބެލި

25 December 2020

ކޮންމެވެސް ބޭސްތަކެއް ނުވިކޭތީ މައްސަލަޔަކީ. މިސާލަކަށް ކޮލެސްޓްރޯލް ޕޭޝަންޓުން ރާއްޖޭގައި ކައިއުޅޭ ރޮޒުވާސްޓޭޓިން އަށް ގިނަ ޑޮކްޓަރުން ލިޔެދެނީ ކްރެސްޓަރ. ހަމަ މީގެ އެޓޯރިން ކިޔާ ބޭހެއް އިންޑިޔާ ކުންފުންޏަކުން އުފައްދާފައި ހުރޭ. މިއެޓޯރިން އަކީ އިންޑިޔާގައިވެސް ލިބޭ އެއްޗެއްނޫން. އިންޑިޔާ ފާމަސިސްޓަކު ބުނިގޮތުގައި އެޓޯރިން އަކީ ސީދާ ރާއްޖެއަށް އިންޑިޔާ ކުންފުންޏަކުން އުފައްދާ ކޮލިޓީ ދަށް ބޭހެއް. ބޭހުގެ އަަސްލު މާއްދާ އެއްވަރަކަށް ހިމެނުނަސް ކޮލިޓީގެމައްސަލައުޅޭކަމަށްވަނީ

The name is already taken The name is available. Register?

ރާއްޖެ

26 December 2020

ކްރެސްޓެޓް އާއި އެޓޯރިން އަކީ ދެ ޖެނެރިކްގެ ދެ ބޭހެއް. އެޓޯވަސްޓެޓިން ، ރޮޒުވަސްޓެޓިން. އެއީ އެއް ބޭހެއް ނޫން. ނޭގޭ ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ސްކިޕަރ

25 December 2020

އިންޑިޔާގައިވެސް، ބޭސް އުފެއްދުމުގައި ގިނަ ދުވަސްވީ އަދި އެތަންތަނުގެ މަތީ ކުއެލިޓީގެ ސަބަބުން ގިނަ އެވޯޑްތައް ލިބިފައިވާ ބޮޑެތި ކުންފުނިތައް ހުރޭ. އެތަންތަނުން އުފައްދާ ބޭހާއި ދެތިން އަހަރު ކުރިން ރެޖިސްޓްރީކޮށްގެން ހިންގާ ނިސްބަތުން ކުޑަ ކުންފުނިތަކުން އުފައްދާ ބޭސް ތަފާތުވާނެކަން ނޭގޭހާ ގަމާރެއްނޫންކަން ނޭގޭ އަދި އަހަރުމެންނެއް. އެފަދަ އާ އަދި ކުއެލިޓީއާއި މެދު މާބޮޑު ޔަގީންކަމެއް ނެތް ތަންތަން ބަންދުވެސް ކުރޭ. އެމްޑީޕީ ސަރުކާރު އިސްތިއުފާ!!

The name is already taken The name is available. Register?

މަހުދީ

26 December 2020

ތިބުނާ ގިނަ ކުންފުނިތަކަކީ އެވޯޑްތަށް ގަނެގެން އުޅޭ ކުންފުނިތައް ބޭސް ކޮލިޓީވާ ސަބަބެއް ނޫން އެއީ ކުންފުނި ގިނަދުވަސްވުން ރާއްޖޭގައި ވެސް އަލަށް އަުފައްދާ ކުންފުނިތަކާއި އަލަށް ހުޅުވާ ކެފޭތައް މީހުންގެ މަގުބޫލުކާއި އިތުބާރު ހޯދައިފައިވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454